📍 ށ. ފުނަދޫ
ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ގޮނޑުދޮށުގެ ޤުރުރަތީ ދިރުންތައް ދަސްކޮށްދިނުމުގެ ހަރަކާތެއް
ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 3 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެ ރަށުގެ ގޮނޑުދޮށާއި ފަޅުތެރޭގައިވާ ޤުދުރަތީ ދިރުންތައް ތަޖުރިބާކޮށް، ދަސްކުރުމުގެ ޝައުޤުވެރި ޙަރަކާތެއް (ޓައިޑް-ޕޫލް އެކްސްޕްލޮރޭޝަން) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، “ކެޓަނެޓް” ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. ކެޓަނެޓް ޕްރޮޖެކްޓަކީ، ރާއްޖޭގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވ...