މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހއ. އުތީމު (233 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
233 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

އުތީމުގެ އެންމެ ފަހުގެ ޚަބަރުތައް

233 ޚަބަރުގެ ތެރެއިން
ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު 📍 ހއ. ބާރަށް

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.  މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި 📍 ހއ. ދިއްދޫ

ތިލައުތުރު ފުޓްސަލް: އިހަވަންދޫ އާއި އުތީމު މެޗު އެއްވަރުވެ, ދިއްދޫ އިން މުރައިދޫ ބަލިކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” އިހަވަންދޫ އާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ދިއްދޫ އަދި މުރައިދޫ ބައްދަލުކުރި މެޗުން މުރައިދޫ ބަލިވެއްޖެއެވެ. މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން އިހަވަންދޫ އާއި އުތީމު ވަނީ އެއްވަރުވެފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ރޭ ކާމިޔާބުކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ އުތީމެވެ. ރޭ 20:30 ގައި ފެށި މި މެޗުގެ ފުރިހަމަ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު […]

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް: ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އުތީމުގެ ޗެރިޓީ މެޗެއް މިރޭ، މުބާރާތް ފެށުން މާދަމާ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމުގެ ކުރިން ޗެރިޓީ މެޗެއް ކުޅެން ނިންމައިފިއެވެ. މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތް ކުރިއަށް ދާނީ އުތީމުގައެވެ. މި މުބާރާތް ކުރިއަށް ދާނީ އުތީމު ރަސްމީ ބޯޅަދަނޑުގައި މި މުބާރާތަށް ތައްޔާރުކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ. މި މުބާރާތް ފެށުމުގެ ކުރިން މިރޭކުޅޭ ޗެރިޓީ މެޗު ކުޅޭގައި ކުޅޭނީ މުބާރާތް ބާއްވާ ރަށް ކަމަށްވާ އުތީމާއި، އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ […]

ޔުމްނާ ޢަލީ
ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ 📍 ހއ. ދިއްދޫ

ތިލައުތުރު އެވޯޑް: އެންމެ ހަރަކާތްތެރި ކޮމެޓީ އަކަށް ދިއްދޫ އަންހެނުންގެ ކޮމެޓީ، ކްލަބަކަށް ދިއްދޫ ކުރިމަގު ޖަމިއްޔާ

ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ ތިލައުތުރު އެވޯޑްގެ “ތިލައުތުރު އެވޯޑް 2025″ގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ބޭއްވި މި އެވޯޑު ހަފުލާގައި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކަށް ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހޮވުނުއިރު، 2024 ވަނަ އަހަރުގެ ހިންގުންތެރި ކްލަބް ޖަމިއްޔާއަކަށް ހ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އިހަވަންދޫ އާއި އުތީމު 📍 ހއ. އިހަވަންދޫ

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި އިހަވަންދޫ އާއި އުތީމު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފެށުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ އާއި އުތީމު ބައްދަލުކުރާ މެޗުންނެވެ. މިއަހަރު ނަސްރުންގެ ދުވަހާއި ދިމާކޮށް ހއ އުތީމުގައި ބާއްވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން އޭ ގްރޫޕްގައި ހިމެނެނީ އުތީމު، އިހަވަންދޫ، ވަށަފަރު، ފިއްލަދޫ އަދި ހޯރަފުއްޓެވެ. ގްރޫޕް ބީ ގައި ހިމެނެނީ ދިއްދޫ، މުރައ...

އައިޝަތު އައިނީ އާމިރު
ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ގުރުއަތުލުން މިރޭ ބާއްވައިފިއެވެ. އުތީމުގައި ކުޅޭ މި މުބާރާތުގެ ގުރުއަތުލުން މިރޭ ކުރިއަށް ގެންގޮސްފައި ވަނީ އެކަަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހއ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވަނީ މި މުބާރާތުގެ އެއް މަގްސަދަކީ އެއްރަށް އަނެއް ރަށާއި ގުޅުން ބަދަހިކުރުންކަން ފާހަގަކުރަށްވައި، އެކަން ހާސިލްވަމުން އަންނަކަން ވަނީ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތުގެ ފަހުގެ ތައްޔާރީތައް ކުރިއަށް

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ ގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މުބާރާތުގެ ފަހުގެ ތައްޔާރީތަކާއި ގުޅޭގޮތުން އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މުބާރާތުގެ ފަހުގެ ތައްޔާރީތައް ކަމަށެވެ. މިގޮތުން އުތީމު މި މުބާރާތް ކުޅުމަށް […]

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ'' 📍 ހއ. އުތީމު

ތިލައުތުރު ފުޓްސަލް މުބާރާތުގެ ރަސްމީ ބުއިމަކަށް ''ފަލަސްތީނު ކޯލާ''

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ރަސްމީ ބުއިމަކަށް (އޮފިޝަލް ޑްރިންކަކަށް) ފަލަސްތީނު ކޯލާ ހަމަޖައްސައިފިއެވެ. މި އަހަރު ނަޞްރުންގެ ދުވަހު ފަށާ މި މުބާރާތް މިފަހަރު އޮންނާނީ އުތީމުގައެވެ. މި މުބާރާތުގެ ރަސްމީ ބުއިމެއްގެ ގޮތުގައި ފަލަސްތީނު ކޯލާ ހަމަޖެހިގެންދިޔަކަން ޢިއުލާންކޮށް، މި މުބާރާތް ހޯސްޓްކުރާ ރަށް އުތީމުގެ ކައުންސިލުން ވަނީ މި ބުއިން ރާއްޖެއަށް މާކެޓުކޮށް ޑިސްޓްރިބިއުޓް ކުރާ އެމްއެޗްއާރު ޓްރޭޑި...

ޔުމްނާ ޢަލީ
އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ 📍 ހއ. އުތީމު

އުތީމުގައި ވެރިފަރާތް ނޭނގި ގިނަދުވަސްވެފައިވާ ދޯންޏެއް ވެރި ފަރާތް ހޯދަނީ

ހއ. އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް އުތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ. އުތީމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮންނަ، ރަޖިސްޓްރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ދޯނީގެ ވެރިފަރާތެއްވާނަމަ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން އުތީމު ކައުންސިލް އިދާރާއަށް...

އައިޝަތު އައިނީ އާމިރު
އުތީމު ''އޮނުހިޔާ'' ހުޅުވައިފި 📍 ހއ. އުތީމު

އުތީމު ''އޮނުހިޔާ'' ހުޅުވައިފި

އުތީމު އިސްރަށްވެހީންގެ މައިޒާން، ”އޮނުހިޔާ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ. ޤައުމީ ދުވަހުގެ މުނާސަބަތުގައި...

ޔުމްނާ ޢަލީ
ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން 📍 ހއ. އުތީމު

ނިޝާން ދިޔަމިގިލި ޝަރަފްގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން

ދިވެހި ދައުލަތުން އަރުވާ ނިޝާން ދިޔަމިގިލި ޝަރަފް (ނ.ދ.ޝ.ޢ)ގެ ޢިއްޒަތް އުތީމު އާދަމް އަބުދުއްރަޙްމާން (އުތީމު އާދަމްބެ) އަށް މިއަދު އަރުވައިފިއެވެ. މި ޝަރަފްއާދަމްއަބުދުއްރަޙްމާނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އާދަމްއަބުދުއްރަޙްމާނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި މި ޝަރަފާއި ހަވާލުވެލެއްވީ އާދަމް އަބުދުއްރަޙްމާނެވެ. އާދަމް އަބުދުއްރަޙްމާނަކީ ހއ.އަތޮޅުވެރިކަމާއި، އަތޮޅުތެރޭ ކިޔަވައިދޭ ތަންތަނުގެ ނާޒިރުކަމާއ...

ޔުމްނާ ޢަލީ
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި 📍 ހއ. އުތީމު

ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ (ހއ.) އުތީމު ރައްޔިތުންނަށް މިއަދު އަރުވައިފިއެވެ. މި ޝަރަފް އުތީމު ރައްޔިތުންނަށް މިއަދު އަރުވާފައި ވަނީ އުތީމުގައި މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޝަރަފް އުތީމަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. އުތީމުގެ ފަރާތުން އެ ޝަރަފްގެ އައްޑަނަ އާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މިޖަލްސާގައި އުތީމު ރައްޔިތުން އުތީމު ގަނޑުވަރު […]

ޔުމްނާ ޢަލީ
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އުތީމަށް

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންނެވުމުން އެރަށު ބަނދަރުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް އުތީމަށް ވަޑައިގެން ސަރުކާރުން ފަށާފައިވާ ޣާޒީ ރަދުންގެ ހަނދާން އައު ކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ތަރައްޤީކުރާ ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ (އުތީމު ގޭޓު) އެޅުމުގެ ރަސްމީއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފ...

ޔުމްނާ ޢަލީ
އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް 📍 ހއ. އުތީމު

އުތީމުން މި ފެނުނީ އާދަޔާ ޚިލާފް ޤައުމީ ރޫހެއް

ދިވެހި ޤައުމީ ދުވަސް އެދުވަހަކަށް ނިސްބަތްވާ ރަބީޢުލްއައްވަލު މަހުގެ 1 ވަނަ ދުވަހަކީ ތިލަދުންމަތިން އުފެދުނު ޤައުމީ ބަދަލު އުތީމު މުޙައްމަދު ތަކުރުފާނު، އެޒަމާނުގެ ކަނޑުގެ “ބާޒު” ގޮތުގައި ސިފަކުރެވުނު ވަރުގަދަ ޕޯޗުގީޒުންގެ ވަކިތަކުން މި ދިވެހި އުންމަތް މިނިވަން ކުރެއްވި ދުވަހެވެ. މުޅި ރާއްޖެއަށް ޕޯޗުގީޒުންގެ ހަންފަތުރައި، އަނިޔާ ވެރިކަން އިންތިހާއަށްގޮސް، ޣައިރު ދީނަށް ދިވެހިން މަޖުބޫރުން ވައްދަމުން ދިޔަ ދިޔުން ހުއްޓުމަށް ނުކުންނެވީ ތިލަދުންމަތީ ހއ. އުތީމު ތިންބެއިން އިސްވެ ތިއްބަވައިގެންނެވެ. މ...

ޙުސައިން ޝަހުދީ