ހއ. އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮތް ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް އުތީމު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އުތީމު ކައުންސިލުން އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އުތީމު ބަނދަރުގައި ވެރިފަރާތެއް ނޭނގި ގިނަ ދުވަސްތަކެއްވާންދެން އޮންނަ، ރަޖިސްޓްރީ ނަންބަރު : P2189B-01 05-K ދޯނީގެ މިލްކު ވެރިފަރާތް ހޯދަން ބޭނުންވާކަމަށެވެ.

Ad
rt

އެހެންކަމުން އެ ދޯނީގެ ވެރިފަރާތެއްވާނަމަ، 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހު މެންދުރު 2 ޖެހުމުގެ ކުރިން އުތީމު ކައުންސިލް އިދާރާއަށް އީމެއިން ކުރުމަށް އެ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

އުތީމު ބަނދަރުގައި ވެރިފަރާތް ނޭނގި ގިނަދުވަސް ވަންދެން އޮތް ދޯންޏެއްގެ ވެރި ފަރާތް ހޯދަނީ

މިގޮތުން، ސުންގަޑި ހަމަވުމުގެ ކުރިން އިދާރާގެ މެއިލް އެޑްރެސް info@utheem.gov.mv އަށް ނުވަތަ އުތީމު ކައުންސިލް އިދާރާގެ ކައުންޓަރަށް ލިޔުމަކުން ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.