މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނޮޅިވަރަންފަރު (243 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
243 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނޮޅިވަރަންފަރުގެ އެންމެ ފަހުގެ ޚަބަރުތައް

243 ޚަބަރުގެ ތެރެއިން
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ފެނުގެ ނިޒާމާ ގުޅަން ބޭނުންވާ ގެތަކަށް ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަންފަރުގެ ފެނުގެ ނިޒާމުގެ ދަށުން، ގޭގެއަށް މީޓަރު ގުޅަައިދޭނީ، އެކަމަށްޓަކައި ގޭގެ ވެރިފަރާތުން އެކަން ކައުންސިލަށް އެންގުމުންކަމަށް ނޮޅިވަރަންފަރު ކައުންސިލުން ބުނެފިއެވެ. އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީ އިން މިގޮތަށް ކަންތައް ކުރުމަށް އަންގާފައިވާކަމަށާއި، މިކަމަށްޓަކައި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 22 ވަނަ ދުވަހުގެ 12:00 ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މިމުއްދަތުގެ ފަހުން ފޯމު ހުށައަޅާ ގޭގެއަށް މީޓަރު ގު...

Thiladhun
📍 ހދ. ހަނިމާދޫ

ލޯންޗު ބަންޑުން ޖަހާލި ހާދިސާ ހިނގި ސަރަހައްދުން ފޮއްޓެއް ފެނިއްޖެ

ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަނިކޮށް ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާ ހިނގި ސަރަހައްދުން ލަގެޖް ފޮއްޓެއް ފެނިއްޖެއެވެ. ހަނިމާދޫ ޒުވާނަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުގައި ފީނަން އުޅެނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށެވެ. އަދި އަމާނަތްތެރިކަމާއެކު ފޮއްޓަށް އެއްވެސް ގެއްލުމެއްނުދީ މިހާރު އެ ފޮށި ވަނީ ހަނިމާދޫ ފުލުހުންނާއި ހަވާލު ކުރެވިފައި ކަމަށް އޭނާ ބުނެފައިވެއެވެ. މި ފޮއްޓަކީ ލޯންޗުން ދަތުރުކު...

އަފްރާހް އަބްދުލް ރަޝީދު
📍 ހދ. ނައިވާދޫ

ގޯލްޑަން ފުޓްސަލް: ނޭކުރެންދޫ މޮޅުވިއިރު، ނޮޅިވަރަންފަރު - ނައިވާދޫ މެޗު ވީ އެއްވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅުބުރުގެ ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ފަސޭހަ ކަމާއެކު ނޭކުރެންދޫ ކާމިޔާބުކުރިއިރު، ނޮޅިވަރަންފަރާއި ނައިވާދޫ ބައްދަލުކުރި މެޗުން އެއްވަރުވެގެން ނިމިއްޖެއެވެ. ގްރޫޕް އެކެއްގެ ފުރަތަމަ މެޗު ނޭކުރެންދޫއިން ކާމިޔާބުކުރީ ކުމުންދާއާ ވާދަކޮށް 1-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޭކުރެންދޫގެ ލަނޑުތައް ޖަހައިދިނީ ވިލްފް، ނަޝްވާން، އާއްކޮ އަދި އިފާޒްއެވެ. ކުމުންދޫގެ ހަމައެކަނި ލަނޑު ޖަހައިދިނީ އާދަމް އަބްދުﷲ އެވެ. ގްރޫޕް އެކެއްގެ ދެވަނަ މެޗުގައި ނޮޅިވަރަންފަރާއި ނައި...

އަފްރާހް އަބްދުލް ރަޝީދު
ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު 📍 ހދ. ނޮޅިވަރަންފަރު

ފަޅު ރަށެއްގައި މީހުން ރަޖިސްޓްރީވެފައި އޮންނަތާ 9 އަހަރު

2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށަކުން ހދ ނޮޅިވަރަންފަރަށް މީހުން ބަދަލުކޮށްފައިވެއެވެ. ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވަނީ މާވައިދޫއާއި، ފަރިދޫއާއި ކުނބުރުދޫގެ ރައްޔިތުންނެވެ. 2019 ވަނަ އަހަރާ ހަމައަށް އައިއިރު، މި ތިންރަށުގެ ތެރޭގައި އަދިވެސް ސަރުކާރުން ރަށް ބަދަލުކުރުމާ ގުޅިގެން ދޭން ހަމަޖެހިފައިވާ ގެތައް ނުލިބޭތީ ނޮޅިވަރަންފަރަށް ރަޖިސްޓްރީ ބަދަލުނުކުރާ ބަޔަކު އެބަ ތިއްބެވެ. މިމީހުންގެ ރަށްވެހިކަން އަދިވެސް އޮތީ މީހުން ބަދަލުކުރުމަށްފަހު ފަޅުރަށްރަށުގެ ގޮތުގައި...

ޝީޒާ މުހައްމަދު
📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. އެރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމަށް ހަވާލުކޮށްފައިވަނީ ޕާރފެކްޓް މަލަފެހި މޯލްޑިވްސް ލިމިޓެޑާ އެވެ. މިއަދު ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ މިނިސްޓަރ އަބްދުﷲ އަމީންއެވެ. މި މަޝްރޫއަކީ ޖުމްލަ އަގަކީ 1،868،254.73 ރުފިޔާއެވެ. މި މަޝްރޫއު ނިންމަން ޖެހޭ މުއްދަތަކީ97 ދުވަހެވެ. މި އިމާރާތުގައި ޖެނެރަލް އޮފީސް، މީޓިންގް ރޫމް، ޕަބްލ...

އަފްރާހް އަބްދުލް ރަޝީދު
ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރަނީ

ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެ...

Thiladhun
ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު 📍 ހދ. ހަނިމާދޫ

ނޮޅިވަރަންފަރާއި ހަނިމާދޫ ރައްޔިތުން ދެއްކި އެއްބައިވަންތަކަމަށް މޮސްޓާގެ ތައުރީފާއި ޝުކުރު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާގައި އެ ދެ ރަށުގެ ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ހިތްވަރާ ނަމޫނާ އަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތައުރީފުކޮށް ޝުކުރު ދަންނަވައިފިއެވެ. މޮސްޓާ ކުރި ޓްވީޓެއްގައި ވިދާޅުވީ އެ ދުވަހު ދެ ރަށުގެ ރައްޔިތުން ވެސް ދެއްކި އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމަށް ޝުކުރާ ސާބަސް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ 15 އަހަރު ކުރިން ސުނާމީ […]

އަފްރާހް އަބްދުލް ރަޝީދު
ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރައްޔިތުންގެ ދެއްކި އެއްބައިވަންތަ ކަމަށް ތައުރީފު ހައްގު!

އިއްޔެ އަކީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ހިތާމަވެރި ކަޅު ދުވަހެކެވެ. ހދ. ހަނިމާދޫ ކައިރިއަށް، އެ އަތޮޅު ނޮޅިވަރަންފަރުގެ ލޯންޗު ބަންޑުން ޖަހާލައި އޭގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހުން މި ދުނިޔެއާ ވަކިވެގެން ދިޔަ ހާދިސާ އިން ދިވެހިން ރޮއްވާލިއެވެ. ނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެއެވެ. ލޯންޗު ބަންޑުން ޖަހާލުމައެކު، ކަނޑުވި މީހުން ހޯދައި، އެމީހުން ހަނިމާދޫ ސިއްހީ މަރުކަޒާ ހަމައަށް ގެންގޮސްދިނީ އެމްއެންޑީއެފާއި […]

އަފްރާހް އަބްދުލް ރަޝީދު
ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި! 📍 ހދ. ނޮޅިވަރަންފަރު

ކުއްލި 5 މަރާއިއެކު ތިލަދުންމަތި ފުން ހިތާމައެއްގައި!

ކުއްލި ޚަބަރެކެވެ. ލޯންޗު ބަންޑުން ޖަހާލި ވާހަކައެވެ. ހޭދަވާނީ ފަޅި ސިކުންތެކެވެ. ސިފަވީ ހުޅަނގު މޫސުމަށް ނަގާ ބިޔަ ބޮޑެތި ރާޅުތަކެވެ. ފުންމިން ނޭނގޭ ކަނޑެވެ. ރުއިމާއި އާދޭހުގެ އަޑެވެ. ސިހުން ލިބިފައިވާ ހިތްތަކެވެ. ބީރައްޓެހިންނެއް ނޫނެވެ. އެކަކު އަނެކެއްގެ ލޯބިވާ ޢާއިލާގެ މެންބަރުންނެވެ. ދެކެފަރިތަ ރައްޓެހީންނެވެ. މަޢުސޫމު ތުއްތު ފުރާނައެކެވެ. ގަދަ އޮޔާއި ރާޅުތަކުގެ ތެރޭގައި ކުރިމަތިވީ ކޮންފަދަ ވަރުގަދަ ހަނގުރާމައަކާހެއްޔެވެ. ހިތަށް އަރުވާލިއަސް ރޮވޭހާވެއެވެ. ހިތްތައް ކުދިކުދިވާހާ ވެއެވެ. މިއީ...

ޝީޒާ މުހައްމަދު
ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި 📍 ހދ. ހަނިމާދޫ

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި

ގިނަ ބައެއްގެ ބައިވެރިވުމާއެކު ނިޔާވި ފަސް މީހުންގެ ޖަނާޒާ ބާއްވައިފި އެވެ.   ނިޔާވި ފަސް މީހުން ވަޅުލާފައިވަނީ އެކުއެކީގައި އެއް ވަޅެއްގައެވެ. ހަނިމާދޫ މިސްކިތުގައި އޮތް މިކަށު ނަމާދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން  ބައިވެރިވެފައި ވެއެވެ. މި ޖަނާޒާ އަށް އެ ރަށާއި އަދި ނޮޅިވަރަމްފަރުގެ ވަރަށް ގިނަ ބަޔަކު ވަނީ ހާޒިރުވެފައެވެ. ހަނިމާދޫގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް މިޖަނާޒާގައި ބައިވެރިވެފައިވެއެވެ ޖަނާޒާގައި ބައިވެރިވުމަށް ޓަކައި ވަރަށް ގިނަ ބަޔަކު ނޮޅިވަރަންފަރުން ހަނިމާދޫއަށް ވަނީ ގޮސް...

އިބްރާހިމް އަސްވާޤް
ޓީޗަރު ހުސެއިން އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ – ރައީސް 📍 ހދ. ނޮޅިވަރަންފަރު

ޓީޗަރު ހުސެއިން އަކީ ނޮޅިވަރަންފަރު ސްކޫލްގެ ބައްޕަ – ރައީސް

ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ. ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ. މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަން...

ޝިއުނާ އާދަމް
ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް 📍 ހދ. ނޮޅިވަރަންފަރު

ޓީޗަރު ހުސެއިން: ގެއްލިގެން ދިޔައީ ނަމޫނާ ހިދުމަތްތެރިއެއް

އޭނާއަކީ ތައުލީމީ ބޭފުޅެކެވެ. އެތައް ދަރިވަރެއްގެ މުދައްރިސެކެވެ. އިޖްތިމާއީ ހިދުމަތުގެ އިތުރުން އެއީ ދީނީ ކަންކަމުގައި ނަމޫނާ ބޭފުޅެކެވެ. އެންމެންނާއިވެސް ހިނިތުންވުމަކާއެކު ބައްދަލުކުރައްވާ ސަކަ މިޒާޖެއްގެ އެކުވެރިއެކެވެ. އާދެ އެއީ ހދ. ނޮޅިވަރަންފަރު އަހިމާގެ، ހުސެއިން އަބްދުﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ޓީޗަރު ހުސެއިން”އެވެ. ނަމަވެސް އެ ހިދުމަތްތެރިއާ މިއަދު ވަނީ އަޅުގަނޑުމެންނާ ތާ އަބަދަށް ވަކިވެފައެވެ. މިޚަބަރު ގިނަ ބަޔަކަށް ވެގެންދިޔައީ ހިތްދަތިކަމުން ފުރިގެން ދިޔަ ޚަބަރަކަށެވެ. ހދ....

އަލީ އަހުސަން
📍 ހދ. ހަނިމާދޫ

ފަރުވާ ދެމުންދާ މީހުންގެ ހާލު އަންނަނީ ރަނގަޅު ވަމުން: ހަނިމާދޫ ސިއްހީ މަރުކަޒު

ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ ހަތަރު މީހުނަށެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުރިފަރާތުން މައުލޫމާތު ދެ އެވެ. ސަލާމަތްވި ފަސް މީހުން ހޮސްޕިޓަލަށް ގެނައިއިރު ލޮނުބޮވި ހާލު ސީރިއަސް. އެކަމަކު އޮކްސިޖަން ދީގެން އެ މީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ހަނިމާދޫ ސިއްހީ މަރުކަޒުން ތިލަދުންއަށް މަޢުލޫމާތުދީފައިވެއެވެ. ހދ. ނޮޅިވަރަންފަރުން ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ކުޑަ ލޯންޗެއް ބަންޑުންޖަހާލައި، ސަލާމަތްކުރި 10 މީހުންގެ ތެރެއިން […]

އިބްރާހިމް އަސްވާޤް
ނޮޅިވަރަންފަރުން ފުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ނޮޅިވަރަންފަރުން ފުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ބަޔަކު ކަނޑުވެ، އެއްބަޔަކު ގެއްލިއްޖެ އެވެ. ސިފައިން މީޑިޔާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ހަނިމާދޫ ކަންމައްޗަށް ބަންޑުން ޖަހާލާފައިވާކަމަށެވެ. ފުރި ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެޕް އަށް ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު އެވެ. މި ލޯންޗުގައި ކުޑަކުއްޖަކާއި 10 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން...

އަބްދުﷲ ޝަފީޢު