ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ.

ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

Ad
rt

މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ ޢާއިލާތަކަށް ހިތުގެ އަޑިން ތަޢުޒިޔާ ދަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވެ އެވެ.

ޙުސައިން ޢަބްދުﷲ ޚިދުމަތުގައި މެދުނުކެނޑި 35 އަހަރު ހޭދަކުރައްވާފައި ވާއިރު އޭނާގެ ވަކިވެދިޔުމަކީ އެރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫ ނުބެއްދޭނެ ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއްކަމަށްވާ ޢަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ.

އެބޭފުޅުންގެ ފާފަތައް ފުއްސަވައިދެއްވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން، އެބޭފުޅުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ދަރުމައާއި ސަވާބު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރަން

ރައީސް އެޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން މިރޭ އެ ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ