ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި އޭގެއިން ދަތުރުކުރި ބަޔަކު ކަނޑުވެ، އެއްބަޔަކު ގެއްލިއްޖެ އެވެ.

ސިފައިން މީޑިޔާއަށް މަޢުލޫމާތު ދީފައިވާގޮތުގައި، ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ހަނިމާދޫ ކަންމައްޗަށް ބަންޑުން ޖަހާލާފައިވާކަމަށެވެ.
ފުރި ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެޕް އަށް ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރު އެވެ.

Ad
rt

މި ލޯންޗުގައި ކުޑަކުއްޖަކާއި 10 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ. އޭގެ ތެރެއިން 7 މީހުން މިހާރު ޑިންގީއެއްގައި ސިފައިންވަނީ ހަނިމާދޫ އަށް ގެންގޮއްސައެވެ. މީގެތެރެއިން ލޯންޗުގައި ދަތުރުކުރި އެކަކު ފަތާފައި ހަނިމާދުއަށް އެރިކަމަށް މަޢުލޫމާތު ލިބެއެވެ.

ފެނުނު ހަތް މިހުންގެ ތެރޭގައި ވެސް ކުޑަކުއްޖަކާއި ދެ އަންހެނުން ހިމެނެ އެވެ. ފެނުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ކްރިޓިކަލް ކަމަށް ބައެއް ނޫސްތަކުން ހާމަކުރެއެވެ.

"ތިލަދުން" އަށް އެނގިފައިވާ ގޮތުގައި މި ލޯންޗު ނޮޅިވަރަންފަރުން ފުރީ މިއަދު މެންފުރުކުރިން 11:00 ގައެވެ.

ރެޔާއި މިއަދު ހެނދުނު ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުގެ ހުރިހާ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވަނީ ދެ ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ހދ އަތޮޅުން އދ އަށާއި ގއ އަތޮޅުން އައްޑޫ ސިޓީ އަށް ޔެލޯ އެލާޓް ނެރެފައިވާ އިރު ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި ވެ އެވެ.