މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޕީއެންސީ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށް: ޝަމީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ހދ. ހަނިމާދޫ ރަށު ކައުންސިލަށާއި، ޑަބްލިޔުޑީސީ އަށް ވާދަކުރާ ޕީއެންސީގެ ޓީމު ނުކުތީ ރަށަށް ތަރައްގީ ހޯދައިދިނުމަށް ސަރުކާރާއި ގުޅިގެން ވަރުބަލިކަމެއްނެތި މަސައްކަތްކުރުމަށްކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ޝަމީމް ރޭ ވިދާޅުވެއްޖެއެވެ. ރޭ ވަނީ ހަނިމާދޫ ޕީއެންސީ ޖަގަހަ ހުޅުވާފައެވެ. މިޖަގަހަ ހުޅުއްވައިދެއްވީ...

އަލީ އާދިލް
ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލުން ހުށަހެޅި މައްސަލާގައި ގާނޫނީ ހައްލެއް ހޯދުމަށް ވާނީ އިރުޝާދުދީފައި: ފުލުހުން

ހދ. ހަނިމާދޫ ބިމެއް ސާފުކުރަމުން ދާތީ އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ މައްސަލައިގައި ޖިނާއީ ކުށެއް އެކުލެވިގެން ނުވާކަމަށާއި އެހެންވެ އެކަން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ. އެ ބިމަކީ ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރުމަށް ހިރިމަރަދޫ މީހުންނަށް ގޯތިދީ، ގެ އެޅުމަށް ސާފުކުރަމުންދާ ބިމެކެވެ. އެ ބިން ސާފުކުރަމުންދާ މަންޒަރުފެންނަ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކުރަމުން ހަނިމާ...

ޔުމްނާ ޢަލީ
''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި 📍 ހދ. ހިރިމަރަދޫ

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި

”ފުރަތަމަ ހަނިމާދޫ” ނަމުގައި ހދ. ހަނިމާދޫ ސައިކަލް ބުރެއް މިއަދު ބާއްވައިފިއެވެ. މި ސައިކަލް ބުރުގެ ބައިވެރިއަކު ބުނީ މިއީ، ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ބޭއްވި ސައިކަލް ބުރެއްކަމަށެވެ. އޭނާ ބުނިގޮތުގައި އެރަށުގައި ގޯތި ދިނުމަށް ލޭންޑް ޔޫޒް ޕްލޭނުގައި މިހާރު ކަނޑައަޅާފައިވާ ތަނުން ދެވެނީ 200 ވަރަކަށް ގޯތި ކަމަށާއި، އެ ގޯތިތައް އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް (ހދ. ހިރިމަރަދޫ) ދޭން ނިންމާފައިވާތީ، ފުރަތަމަ ހަނިމާދޫގެ ރައްޔިތުންނަށް […]

ޔުމްނާ ޢަލީ
ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި 📍 ށ. މަރޮށި

ހަނިމާދޫ، ނެއްލައިދޫ، މަރޮށި ހިމެނޭހެން 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

ރާއްޖޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ. މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، […]

ޝިއުނާ އާދަމް
އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރަކަށް އަބްދުﷲ އަލީ 📍 ހދ. ހަނިމާދޫ

އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރަކަށް އަބްދުﷲ އަލީ

އުރީދޫ މޯލްޑިވްސްގެ އާންމު ހިއްސާދާރުންގެ ފަރާތުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ޢަބްދުﷲ ޢަލީ ޢައްޔަނުކޮށްފިއެވެ. ހދ. ހަނިމާދޫ އަށް ނިސްބަތްވާ، މާލީ ދާއިރާގެ ޢިލްމާއި ތަޖުރިބާ ހޯއްދަވާފައިވާ ޢަބުދުﷲ މި މަގާމަށް ޢައްޔަނުކުރިކަން ހާމަކޮށް، އުރީދޫން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. އެ ކުންފުނިން ބުނީ މުވާސަލާތީ ގުޅުންތަކާއި އައު އީޖާދުތަކުގެ އެހީގައި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގައި، ޢަބުދުﷲގެ ތަޖުރިބާއާއި ޢިލްމީ ލަފާގެ ބޭނުން ހިފ...

އަލީ އާދިލް
ހަނިމާދޫ އެފްއެސްއެމް ފިއުލް ޝެޑުން ވެސް ތެޔޮ ވިއްކަންފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެފްއެސްއެމް ފިއުލް ޝެޑުން ވެސް ތެޔޮ ވިއްކަންފަށައިފި

ރާއްޖޭގެ ހުރިހާ އަތޮޅަކުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭ ގޮތް ހެދުމުގެ މަޝްރޫޢުގެ ދަށުން އެސްޓީއޯގެ ދަށުން ހިންގާ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހދ. ހަނިމާދޫގައި ގާއިމުކުރި ފިއުލް ޝެޑުން މިއަދު ތެޔޮވިއްކަންފަށައިފިއެވެ. މިއަދު ހަނިމާދޫ އެފްއެމް ފިއުލް ޝެޑުން އެސްޓީއޯ ރޭޓްގައި ތެޔޮ ވިއްކަން ފަށާފައިވާއިރު، މި ޝެޑުން ހެނދުނު 10:00 އިން ހަވީރު 17:00 އަށް، އަދި ރޭގަނޑު 20:30 އިން 00:00 އަށް ޚިދުމަތް ދޭނެއެވެ. ރާއްޖޭގެ […]

ޝިއުނާ އާދަމް
ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

ޝިއުނާ އާދަމް
މާފަހި ބޯޓު ފަރަށް އަރައިފި 📍 ހދ. ހަނިމާދޫ

މާފަހި ބޯޓު ފަރަށް އަރައިފި

ހއ. އަތޮޅުގައި އޮންނަ ދަނޑުވެރިކަމުގެ ރަށް މާފަހިން އުފައްދާ ބާވަތްތައް މާލެ އަށް އުފުލާ އަދި ހއ. އަތޮޅާއި ހދ. ހަނިމާދޫ އަށް މާލެއިން އާންމު މުދާ އުފުލާ މާފަހި ބޯޓު ރޭ ފަރަށް އަރައިފިއެވެ. މި ބޯޓުން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތް މާލެ އަށް ހުސްކުރުމަށްފަހު އެނބުރި ދަނީ މާލެއިން އާންމު މުދާ ބަރުކޮށްގެންނެވެ. މި ބޯޓުން ހދ. ހަނިމާދޫގެ އާންމުންނާއި، ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާ ގެންދާއިރު، ހަނިމާދޫގައި އޮންނަ ސިޓީ ހޮޓާ، […]

ޔުމްނާ ޢަލީ
ހަނިމާދޫ ޕޮލިހުން އެރަށުގަައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޕޮލިހުން އެރަށުގަައި ހިންގާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުދީފި

ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން، އެ ރަށުގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް ޒިޔާރަތްކޮށް، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2026 ޖެނުއަރީ 25 އަދި 26 ވަނަ ދުވަހުއެވެ. ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން މި ޒިޔާރަތްތަކުގައި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަމާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅިދާނ...

ޝިއުނާ އާދަމް
ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން 📍 ހދ. ހަނިމާދޫ

ރާއްޖެއަށް ފުރަތަމަ ތިން ހަފުތާގައި 149,447 ފަތުރުވެރިން، ހަނިމާދޫ މަގުން 428 ފަތުރުވެރިން

އަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ ފުރަތަމަ ތިން ހަފުތާގައި ރާއްޖެއަށް ޖުމްލަ 149,447 ފަތުރުވެރިން ޒިޔާރާތްކޮށްފައިވައިވުމުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް އިންސައްތައިގެ ކުރިއެރުމެކެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,117 ފަތުރުވެރިން ރާއްޖެ އާދެއެވެ. ރާއްޖެއަށް އައި ފަތުރުވ...

ޔުމްނާ ޢަލީ
އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ 📍 ހދ. ހަނިމާދޫ

އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދޫ އިސްތިހާރުކުރުމަށާއި، ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ފިތުރު އީދާއި އަޟުޙާ އީދު އެ ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ “ހަނިމާދޫ އޭސް އަ ޑެސްޓިނޭޝަން” ގެ ނަމުގައި އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކެއް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް އިސްތިހާރުކުރުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން މިކަމަށް ބޭނުންވާ ހާއްސަ ޕްލެޓްފޯމެއ...

ޔުމްނާ ޢަލީ
ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމ...

ޔުމްނާ ޢަލީ
ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުންނާއެކު ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް

ހދ. ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަކީ އެ އަތޮޅު ހަނިމާދޫ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގަރާރަކުން ކަނޑައަޅުއްވާފައިވުމާއެކު، ހަނިމާދޫގެ ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 2164 އަށް އަރައިފިއެވެ. ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙުކުރަށްވައި ނެރުއްވީ 30 ޑިސެމްބަރު 2025 ގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު […]

ޔުމްނާ ޢަލީ
ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސިއްހީ މަރުކަޒަށް ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް

ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރެއް ގުޅިއްޖެއެވެ. ކުޑަކުދިންގެ ބަލިތަކުގެ ޚާޢްޞަ ޑޮކްޓަރ. ޑރ. އަލީނާ ޢަލީ އެ މަރުކަޒުގެ ޚިދުމަތާއި ގުޅުންކަން ހާމަކޮށް ހަނިމާދޫ ސިއްހީ މަރުކަޒުން އިއްޔެ ވަނީ މަރުޙަބާ ކިޔާފައެވެ. ހުސްވި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒުގެ ޚިދުމަތާއި ވަނީ ފިޒިޝަނެއް ވެސް ގުޅިފައެވެ. ކުރިން ދެ މެޑިކަލް އޮފިސަރުން ޚިދުމަތްކުރަމުން އައި ހަނިމާދޫ ސިއްހީ މަރުކަޒަށް މި ސަރުކާރުން ވަނީ އަންހެނުންގެ […]

ޔުމްނާ ޢަލީ
ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ ‘ދަ ހިންދޫ’ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ދިރާސާތައް ކުރުމަށް އިންޑިއާގެ އ...

ޔުމްނާ ޢަލީ