📍 ހދ. ހަނިމާދޫ
ހަނިމާދޫ ކައުންސިލްގެ ޖަވާހިރުލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
2026 ވަނަ އަހަރު ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ “ޖަވާހިރުލް ޤުރުއާން މުބާރާތް 1448” ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ. މި މުބާރާތަކީ ދަރިވަރުންނާއި އާންމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ގޮފިތަކާއި އުމުރުފުރާތައް މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނު...