މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
އިހަވަންދޫ ހިމެނޭހެން އަންނަ ރޯދަމަހު 10 ރަށެއްގައި އިޙްޔާ ފޯރަމްތައް ބާއްވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިމެނޭހެން އަންނަ ރޯދަމަހު 10 ރަށެއްގައި އިޙްޔާ ފޯރަމްތައް ބާއްވަނީ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާއްވަމުން އަންނަ “އިޙްޔާ ފޯރަމް” މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ. މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މާލޭގައި 8 ފޯރަމް އަދި އަތޮޅުތެރޭގެ 10 ރަށެއްގައި ފޯރަމްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އަތޮޅުތެރޭގައި އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުން ހު...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް

ކުށުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. ފުލުހުން ބުނިގޮތުގައި މިދިޔަ އާދީއްތަ ދުވަހު ކުޅުދުއްފުށި ސިޓީ ޕޮލިހުގެ ނެއިބަހުޑް އޮފިސަރުން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރަމަޟާން މަހު ކުށްތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި، ފުލުހުންނާއި ރައްޔިތުންނާ ދެމ...

ޔުމްނާ ޢަލީ
އިހަވަންދޫގައި މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރަން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި މަސްވެރިކަމުގެ މަސައްކަތަށް ދިގު މުއްދަތަށް ބިން ދޫކުރަން ހުޅުވާލައިފި

ހއ. އިހަވަންދޫގައި ދިގު މުއްދަތަށް މަސްކައްކައި މަސްވެރިކަމާ ގުޅޭ އެކި މަސައްކަތްތައް ކުރުމަށް ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި އިހަވަންދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިއީ އެ ރަށުގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތަފްސީލް އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުން 3,000 އަކަފޫޓުގެ 04 ބިން ދޫ...

ޔުމްނާ ޢަލީ
ހއ. އާއި ހދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތަކެއް

ހއ. އާއި ހދ. އަތޮޅުގައި "ރައްކާ ރޯޑް ޝޯ" ގެ ހަރަކާތްތަކެއް

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުން އެކަމަށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ “ރައްކާ ރޯޑް ޝޯ” ގެ ހަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ. މި ފެބުރުވަރީ މަހުގެ 7 އިން 12 އަށް ކުރިއަށްދާ މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތްތަކުގެ ތެރެއިން ހއ. އަދި ހދ. އަތޮޅުގެ ފަސް ސުކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް […]

ޔުމްނާ ޢަލީ
ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި 📍 ހދ. ކުޅުދުއްފުށި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސްފިއެވެ. މި މަހުގެ 7 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމަކީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި، މިހާރުވެސް އެ ދާއިރާގައި މަސައްކަތް ކުރަމުންދާ ޑްރައިވަރުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ސެންޓަރުގެ ޚިދުމަތް ވަނީ މިވަގުތައް މެދުކަނޑާލާފައެވެ. ”ދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުހާ އަވަހަކަށް ހިދުމަތްތައް އަނބުރާ އިޔާދަ ކުރެވޭނެ ވާހަކަ ދަންނަވަން” ސިޓީ ކައުންސިލުން ބުނެފަވެއެވެ. ކުޅުދުއްފުށީ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން ވޭސްޓްމެނޭޖްމެން...

ޔުމްނާ ޢަލީ
އިހަވަންދޫ ''އިހަވަން ރޯދަ ބާޒާރަށް'' މިއަހަރުވެސް ބޮޑު ތަރުހީބެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ''އިހަވަން ރޯދަ ބާޒާރަށް'' މިއަހަރުވެސް ބޮޑު ތަރުހީބެއް

އިހަވަންދޫ ކައުންސިލާއި އިހަވަންދޫގެ ވިޔަފާރިވެރިން ގުޅިގެން އެރަށުގައި އިއްޔެ ފެށި “އިހަވަން ރޯދަ ބާޒާރު 2026” އަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށްފިއެވެ. މި ރޯދަ ބާޒާރު މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ ބާޒާރަށް ވެސް ވަނީ މިދިޔަ އަހަރެކޭ އެއްފަދައިން ގިނަ ބަޔަކު ޒިޔާރަތްކޮށް ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން މިދިޔަ އަހަރުވެސް ތިލަދުންމަތީގެ ރަށްތަކުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ބާޒާރަށް ޒިޔާރަތްކޮށްފައެވެ. މާލެ […]

ޔުމްނާ ޢަލީ
މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ 📍 ހދ. ކުޅުދުއްފުށި

މި ނުކުންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް: އިއްބެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ހޯދައިދިނުމަށް ކަމަށް އެ މަގާމަށް ވާދަކުރާ އިބްރާހިމް ހަސަން (ކުޑަ އިއްބެ) ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަވަމުން އިއްބެ ވިދާޅުވީ، އޭނާ އާއި ހަވާލުވެފައިވަނީ ބޮޑު އަމާނާތެއްކަމަށާއި، އެ އަމާނާތް އަމާން އައްސޭރިއަކަށް ވާސިލްކޮށްދިނުމަކީ އޭނާގެ އެންމެ މުހިންމު ވާޖިބު ކަމަ...

ޔުމްނާ ޢަލީ
ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި، ދިއްދޫ، ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫ ވައިގެމަގުން ގުޅާލަނީ

އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭ އިންޓެގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގައި ތަރައްގީކުރަން ނިންމާފައިވާ އެއާޕޯޓްތަކުގެ މަސައްކަތް ނިމުމުން، އެ ސަރަހައްދު ވައިގެމަގުން ގުޅާލާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ އަދި ހދ. މަކުނުދޫ ގުޅުވައިލަދޭ އިންޓެގްރޭޓަޑް އެއަރ ކަނެކްޓިވިޓީ ވިޔުގައެއް، އެ ހުރިހާ އެއަރޕޯޓްތަކެއް ހަދައި...

ޝިއުނާ އާދަމް
އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިމެނޭހެން އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް 15 މަސްތެރޭ ނިންމަނީ

ރާއްޖޭގެ އަށް ރަށެއްގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢުތައް ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ކުޑަވުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެ...

ޔުމްނާ ޢަލީ
އަޒީމާ އަށް ގޮނޑި ކަށަވަރުވެ އުތީމު ކައުންސިލްގެ އިތުރު ގޮނޑިއެއް ޕީއެންސީ އަށް 📍 ހއ. އުތީމު

އަޒީމާ އަށް ގޮނޑި ކަށަވަރުވެ އުތީމު ކައުންސިލްގެ އިތުރު ގޮނޑިއެއް ޕީއެންސީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026ގައި ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑިއަށް ކުރިމަތިލި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އަޒީމާ އަބްދުއްސަމަދަށް ވެސް ގޮނޑި ކަށަވަރުވެއްޖެއެވެ. އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އަޒީމާ އަށް އެ ގޮނޑި ކަށަވަރުވެފައި ވާތީ އުތީމު އެ ދާއިރާ އަކަށް ނިސ...

ޝިއުނާ އާދަމް
މާފަހި ބޯޓު ފަރަށް އަރައިފި 📍 ހދ. ހަނިމާދޫ

މާފަހި ބޯޓު ފަރަށް އަރައިފި

ހއ. އަތޮޅުގައި އޮންނަ ދަނޑުވެރިކަމުގެ ރަށް މާފަހިން އުފައްދާ ބާވަތްތައް މާލެ އަށް އުފުލާ އަދި ހއ. އަތޮޅާއި ހދ. ހަނިމާދޫ އަށް މާލެއިން އާންމު މުދާ އުފުލާ މާފަހި ބޯޓު ރޭ ފަރަށް އަރައިފިއެވެ. މި ބޯޓުން މާލެ ގެންނަ ދަނޑުވެރިކަމުގެ ބާވަތް މާލެ އަށް ހުސްކުރުމަށްފަހު އެނބުރި ދަނީ މާލެއިން އާންމު މުދާ ބަރުކޮށްގެންނެވެ. މި ބޯޓުން ހދ. ހަނިމާދޫގެ އާންމުންނާއި، ވިޔަފާރިވެރިން ގިނަ އަދަދެއްގެ މުދާ ގެންދާއިރު، ހަނިމާދޫގައި އޮންނަ ސިޓީ ހޮޓާ، […]

ޔުމްނާ ޢަލީ
ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް 📍 ށ. ފުނަދޫ

ފުނަދޫގައި ތަރައްގީކުރާ ސިފައިންގެ ވައިގެ މަރުކަޒު މިއަހަރު ހުޅުވޭނެ: ރައީސް

ށ. ފުނަދޫގައި ތަރައްގީކުރާ އެމްއެންޑީއެފް އެއާ ކޯ ނުވަތަ ދިވެހި ސިފައިންގެ ވައިގެ ހިދުމަތުގެ ފުރަތަމަ އެއާ ސްޓޭޝަންގެ މަސައްކަތް ނިންމައި، މިއަހަރުގެ ތެރޭގައި އެ ތަން ހުޅުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަމ...

ޔުމްނާ ޢަލީ
ހޯރަފުށީގައި އިސްލާމީ މަރުކަޒެއް އަޅާނެ ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އިސްލާމީ މަރުކަޒެއް އަޅާނެ ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ހއ. ހޯރަފުށީގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި ބިމެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ހޯރަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އިސްލާމީ މަރުކަޒު ބިނާކުރާނެ ބިމެއް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 14 ފެބުރުވަރީ 22026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 08:15 ގައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށީ ކައުންސިލް އިދާރާ (އޯކިޑްވިލާ) ގަ...

ޔުމްނާ ޢަލީ
ނޮޅިވަރަންފަރުން ތެލުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިމެއް ކުށްޔަށްދޫކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުން ތެލުގެ ވިޔަފާރިއަށް ދިގު މުއްދަތަށް ބިމެއް ކުށްޔަށްދޫކޮށްފި

ހދ. ނޮޅިވަރަންފަރުގައި ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ދިގު މުއްދަތަކަށް ބިމެއް ކުށްޔަށް ދޫކޮށްފިއެވެ. މި ބިން ކުށްޔަށް ދޫކުރުމަށް ނޮޅިވަރަންފަރު ކައުންސިލުން ނިންމާފައިވަނީ އެ ރަށުގައި ތެލުގެ ޚިދުމަތް ފުޅާކޮށް، އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުމުގެ މަޤްޞަދުގައެވެ. ނޮޅިވަރަންފަރު ކައުންސިލުން ބުނިގޮތުގައި، ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުށްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑް އާއެކުގައެވެ. މި ބިން ކުށްޔަށް ދޫކޮށްފައިވާ މުއްދަތަށް ބަލާއިރު، އެއްބަސްވުން ރަ...

ޝިއުނާ އާދަމް