މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ހދ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް!

ހދ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް!

ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ހދ އަތޮޅުން ބ އަތޮޅާއި ދޭތެރޭ އަތޮޅު ތަކަށް ޔެލޯ އެލާޓު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން މިރޭ ދަންވަރު 01:30 އިން ފެށިގެން މިރޭ 03:00 އާއި ހަމަޔަށް މިސަރަޙައްދުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ. މީގެ އިތުރުން މިރޭ ވަނީ ތ އަތޮޅުން ފެށިގެން ގދ އަތޮޅާއި ދެމެދުގެ ރަށްތަކަށްވެސް ޔެލޯ އެލާޓް ނެރެފައެވެ. މިއެލާޓް […]

ހުސައިން ހަބީބް
ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް

ވީކޭ ޕީކާރސް: ޒުވާން ކުދިންނަށް ނަމޫނާއެއް

“ވީކޭ ޕީކާރސް” އޭ ބުނެފިނަމަ އެއީ ކީއްކުރާ ކޮން ބައެއް ކަން އިނގޭނީ މަދު ބަޔަކަށެވެ. ވީކޭ ޕީކާރސް އަކީ ހދ. ވައިކަރަދޫ އަށް ނިސްބަތްވާ ޒުވާން ކުދިންތަކެއް ހިންގާ ޕޭޖް އެކެވެ. މިކުދިންނަކީ ރާއްޖޭގައި ވަރަށް މަދުން ކުޅޭ ކުޅިވަރެއް ކަމުގައިވާ ޕާކޯ އަދި ފްރީ ރަނިންގް ކުރާ ކުދިންތަކެކެވެ. މިކުދިން ކުރާ ހަމަ އެކަނި ކަމަކީ އެއީ އެއް ނޫނެވެ. މި ޒުވާން ކުދިންތައް އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައު އަށް ފައިދާ ކުރާނެ […]

Thiladhun
📍 ހއ. ތަކަންދޫ

ބޮއްކުރާ ދުއްވާލަން ދާންވީ ތަކަންދޫއަށް

ހއ. ތަކަންދޫއަކީ ޤުދުރަތީ ރީތި ކުޅިއެއް އޮންނަ ހިތްގައިމު ރަށެކެވެ. އެރަށުގެ ހިތްގައިމުކަން މިފަހަރު މިދައްކާލީ ތަކަންދޫގެ ޒުވާނެއްކަމަށްވާ އަހުމަދު ސާލިމް ޓުވިޓާއަށް ދޫކޮށްލި ހިތް ދަމައި ގަންނަ ފޮޓޯ ތަކަކުންނެވެ. އެފޮޓޯތަކުން އެރަށުގެ ކުޅީގައި ޢާއިލާތަކުން ބޮއްކުރާ ދުއްވާ މަންޒަރު ދައްކުވައި ދެއެވެ. ކުޅީގެ ތެރެއަށް މުޑިޖަހައި، އެލުވާފައި ހުރި އުނދޯއްޔަކުން ހިތްތައް ދަމައިގަނެއެވެ. އުނދޯލީ އެލުވަން މަތީގައި އަޅާފައި އޮތް ދަނޑީގައި ” އަހަރެން ތަކަންދޫ ދެކެ ލޯބިވަން ” ލިޔެފައިވާވެއެވެ. https://twi...

ޙުސައިން ޝަހުދީ
ހޯރަފުށީގައި ފަސްޓްއެއިޑް ކޯހެއް ފަށަނީ 📍 ހއ. ދިއްދޫ

ހޯރަފުށީގައި ފަސްޓްއެއިޑް ކޯހެއް ފަށަނީ

މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރޭނިންގ ސުކޫލާއި ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ފަސްޓްއެއިޑް ކޯހެއް ހޯރަފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ. މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި 18 އަހަރުން މަތީ ދެޖިންސުގެ މީހުންނަށް މުޅިން ހިލޭ ބައިވެރި ވެވޭއިރު މި ކޯހަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހިދާނެ ކަމަށް ވިސްނާ ކުރިޔަށް ގެންދާ ތަމްރީން ޕްރޮގުރާމެކެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް މީހެއްގެ ފުރާނަ ސަލާމަތްކުރަންޖެހިދާނެ،...

ފާތިމަތު ސިނާޒާ
މައި ކަޕް 2019ގެ ޗެންޕިއަން ޔުނައިޓެޑް ޔޫތު ހޯދައިފި

މައި ކަޕް 2019ގެ ޗެންޕިއަން ޔުނައިޓެޑް ޔޫތު ހޯދައިފި

އިއްޔެ ހަވީރު ކުޅުނު މައި ކަޕް 13 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ދިއްދޫގެ ހީވެސް ނުވޭ ސްޕޯޓްސް ކުލަބު 1-0 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތުން ހޯދައިފިއެވެ. އިއްޔެގެ މެޗުގެ ހަމައެކަނި ގޯލު، މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ޔުނައިޓެޑް ޔޫތަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮަޅުކުންތެރިއަކަށް ހޮވުނު ހާމިދު ނަޝީދެވެ. އިއްޔެގެ މެޗަށްފަހު މުބާރާތުގެ އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ […]

ހުސައިން ހަބީބް
ހއ އަތޮޅާއި ޅ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ހއ އަތޮޅާއި ޅ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި

ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް ހއ އަތޮޅުން ޅ އަތޮޅާއި ދޭތެރެއަށް ޔެލޯ އެލާޓު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދެންމެ ހާމަކުރެއްވި މައުލޫމާތުގައި ވާގޮތުން މިއަދު ހަވީރު 16:30 އިން ފެށިގެން މިރޭ 20:30 އާއި ހަމަޔަށް ތިލަދުންމަތީގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ. އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު […]

ޔުމްނާ ޢަލީ
ކުޅުދުއްފުށި ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ގެއަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހދ.ކުޅުދުއްފުށި ގެއަކުން ސިމެންތި ކޮތަޅަކާއި ރޭނުމުގެ މަސައްކަތްކުރާ ސާމާނުތަކެއް ވަގަށްނެގި މައްސަލައެއް 11 ޑިސެންބަރު ވީ ބުދަ ފުލުހުންނަށް ލިބުމާއި ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި 15 ޑިސެމްބަރު ވީ އާދިއްތަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފުލުހުން ވަނީ އެމީހާ ދިރިއުޅޭ ގޭ ބަލާ ފާސްކޮށް ވަގަށް ނަގާފައިވާ ތަކެތި ފޮރުވާފައި ހުއްޓާ ހޯދާފައެވެ. މި ކަމާއި ގުޅިގެން […]

ފާތިމަތު ސިނާޒާ
ފިރިހެނަކު އަންހެން ހެދުން އަޅައިގެން ކުޅުދުއްފުށީ ފޯނު ފިހާރައެއް ފަޅާލައިފި 📍 ހދ. ކުޅުދުއްފުށި

ފިރިހެނަކު އަންހެން ހެދުން އަޅައިގެން ކުޅުދުއްފުށީ ފޯނު ފިހާރައެއް ފަޅާލައިފި

ރޭ ދަންވަރު ކުޅުދުއްފުށީގައި ފޯނު ވިއްކާ ފިހާރަ އެއް ފަޅާލައި ފޯނު ތަކެއް ވަގަށް ނަގާފައިވާ މައްސަލަ އެއް މިއަދު 05:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ. މި ވައްކަމާއި ގުޅިގެން ސީސީޓީވީ ފޫޓޭޖް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި  އޭނާ ވަގަށް ނަގާފައިވާ...

އިބްރާހިމް އަސްވާޤް
ހއ ހދ މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އާއި ޓުރިޒަމް މިނިސްޓަރަށް!

ހއ ހދ މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އާއި ޓުރިޒަމް މިނިސްޓަރަށް!

ހއ އަތޮޅާއި ހދ އަތޮޅުގެ މަޖިލިސް މެންބަރުންގެ ޝުކުރާއި ތަޢުރީފް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށާއި ޓުރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް ދަންނަވައިފިއެވެ. ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައި ރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި ”ބުރެބި“ ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވުމާއި ގުޅިގެން ބަޔެއް މެންބަރުން ވަނީ މިކަމާއި ގުޅިގެން ޝުޢޫރު ފާޅުކޮށްފައެވެ. އެގޮތުން މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އިންޝާ […]

ޔުމްނާ ޢަލީ
ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް

ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި އުތުރާއި ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފިއެވެ. ބ އަތޮޅުން ވ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 16:30 އިން 19:30 އާއި ދެމެދުގެ ވަގުތުތަކަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ ނ. އަތޮޅުން މ އަތޮޅަށް އަދި ގއ އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއަށް މިއަދު 13:00 އިން  18:00 އާއި ހަމައަށެވެ. Alert Yellow for Torrential rain and […]

ޔުމްނާ ޢަލީ

އެއްވެސް އުންމީދެއް ނެތް، ހދ ގެ ރީތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުން ފޭރިގަނެފަ: އަލީ މުޙައްމަދު

ހދ ގެ ރީތި ރަށްތައް ވަނީ ރާއްޖޭގެ ނުފޫޒު ގަދަ މަހުޖަނުންގެ ބަޔަކު ފޭރިގަނެފައި ކަމުން އެއްވެސް އުންމީދެއް ނެތްކަމަށް ހދ. ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުޙައްމަދު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ އިއުލާނުކޮށްފައިވާއިރު އެ ލިސްޓްގައި ހިމެނެނީ ހދ އަތޮޅުގެ އެންމެ ތިން ރަށެވެ. ރޭގެ ހަފްލާއަށް އިޝާރާތްކުރައްވާ އަލީ މުޙައްމަދުގެ ފޭސްބުކްގައި ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. […]

ޔުމްނާ ޢަލީ
ހއ އަތޮޅުގެ 4 ރަށެއް ޓޫރިޒަމްގެ މަސައްކަތަށް ހުޅުވާލުމާ ގުޅިގެން ދިއްދޫ ކައުންސިލުން ޝުކުރު އަދާކޮށްފި 📍 ހއ. ދިއްދޫ

ހއ އަތޮޅުގެ 4 ރަށެއް ޓޫރިޒަމްގެ މަސައްކަތަށް ހުޅުވާލުމާ ގުޅިގެން ދިއްދޫ ކައުންސިލުން ޝުކުރު އަދާކޮށްފި

ހއ އަތޮޅުގެ 4 ރަށެއް ޓޫރިޒަމްގެ މަސައްކަތަށް ހުޅުވާލުމާ ގުޅިގެން ދިއްދޫ ކައުންސިލުން ޝުކުރު އަދާކޮށްފިއެވެ. ދިއްދޫ ކައުން ސިލުން ޝުކުރު އަދާކޮށް މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ސިނާޢަތް ކަމުގައިވާ ޓޫރިޒަމްގެ ސިނާޢަތް އަތޮޅުތެރޭގައި ފުޅާކުރުމަށް ދިވެހި ސަރުކާރުން 29 ރަށެއް މުޅިން އަލަށް ބީލަމަށް ހުޅުވާލުމަށް ނިންމަވާފައިވާއިރު، މިދެންނެވި 29 ރަށުގެ ތެރޭގައި ހއ. އަތޮޅުގެ 4 ރަށެއް ހިމެނިފައިވާތީ ނުހަނު އުފަލާއެކު އެ ކ...

ހުސައިން ހަބީބް
އުތުރާއި ދެކުނުގެ ރައްޔިތުންވެސް "ޑޮލަރު އޭޓީއެމް"ގެ ފަސޭހަކަން ބޭނުންވޭ!

އުތުރާއި ދެކުނުގެ ރައްޔިތުންވެސް "ޑޮލަރު އޭޓީއެމް"ގެ ފަސޭހަކަން ބޭނުންވޭ!

އަސާސީ ޚިދުމަތްތަކާއި އެހެނިހެން ކަންކަމަށް މާލެ ދާންޖެހޭ ޖެހުން ކުޑަކުރާނެ ކަމުގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. ކުރިއަށްވުރެ ކަންކަމުގައި މާލެ ދާންޖެހޭ މިންވަރު ކުރިޔާއި އަޅާބަލާއިރު މަދުކަމުގައި ދަންނަވަން ޖެހެއެވެ.   ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ކުރުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެވެސް އެންމެ މުހިންމު އެއްކަމެއްކަމުގައި ބުނެއެވެ. ފައިދާއަށްވުރެ ރައްޔިތުންގެ ލުއިފަސޭހައަށް ކަންކަން ރާވާ ހިންގާނެކަމަށް އަހަރީ ރ...

ހުސައިން ހަބީބް

ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި

ހއ އަތޮޅުން 4 ރަށް ހދ އަތޮޅުން 3 ރަށް ފަތުރުވެރިކަމަށް ދޫކުރަން ނިންމައިފި އެވެ. މިރޭ ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި “ބުރެބި” ހަފްލާގައި މިރަށްތައް އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ. އެގޮތުން މިރޭ ހއ އަތޮޅުން ވަން އައިލެނޑް އަން ރިސޯޓް ކޮންސެޕްޓްގެ އަލަށް ނެރޭ ރަށްތަކުގެ އިޢުލާން ކުރެއްވި ރަށްތަކުގެ ތެރޭގައި ހއ މާފިނޮޅު (14 ހެކްޓަރު) – 425 އެނދު – ހޯރަފުށި އެއަރޕޯޓުން 2 މިނެޓް ހއ […]

ހުސައިން ހަބީބް
އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި 📍 ހދ. ވައިކަރަދޫ

އެކްސިޑެންޓުގައި އަނިޔާވި ވައިކަރަދޫ ދެމީހުން ޗާޓަރު ފްލައިޓެއްގައި މާލެ ގެނެސްފި

ހދ. ވައިކަރަދޫގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންވެސް އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ އިއްޔެ ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު އަދިވެސް ހޭ ނާރާ ކަމަށެވެ. އަދި އަނެއް މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓާއި ގުޅިގެން އަނިޔާވި ދެ މީހުންވެސް މާލެ ގެނެސްފައިވަނީ އެމަޖެންސީގައި ޗާޓަރު ފްލައިޓެއްގަ އެވެ. ދެ ސައިކަލެއް ޖެހިގެން އިއްޔެ ހަވީރު ހިނގި އެކްސިޑެން...

ޔުމްނާ ޢަލީ