މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
އެމްއެފްއެލްސީގެ "އިޔާ އެންޑް ލީސް ޕްރޮމޯ" ކުޅުދުއްފުށީގަވެސް ކުރިއަށް ދަނީ 📍 ހދ. ކުޅުދުއްފުށި

އެމްއެފްއެލްސީގެ "އިޔާ އެންޑް ލީސް ޕްރޮމޯ" ކުޅުދުއްފުށީގަވެސް ކުރިއަށް ދަނީ

މޯލްޑިވިއަން ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން އަހަރު ނިންމާ “އިޔާ އެންޑް ލީސް ޕްރޮމޯ” ފެށިގެން ކުރިއަށްދާއިރު ކުޅުދުއްފުށި ބްރާންޗްގައިވެސް ކުރިއަށް ދާނެކެމަށް އެކުން ފުނިން ބުނެއެވެ. މި ޕްރޮމޯ ނޮވެމްބަރު 15 އިން އަންނަ އަހަރުގެ ޖެނުއަރީ 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮމޯ އަމާޒު ކޮށްފައިވަނީ އެމްއެފްއެލްސީގެ ކަސްޓަމަރުންގެ އިތުރުން އައު ކަސްޓަމަރުންނަށެވެ. އެހެންނަަވެސް މި ޕްރޮމޯޝަން ލިބިގެންދަނީ ހަމައެކަނި ކޮންސިއުމާ ފައިނޭންސް ޕްރޮޑަކްޓް ތަކަށެވ...

މަރްޔަމް ސިމާނާ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި އެކްސިޑެންޓުވި މީހާ ސިކުނޑިއަށް ލޭ އެޅި އިތުރު ފަރުވާއަށް މާލެ ފޮނުވަނީ

މިއަދު ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި  ހާލު ސީރިއަސްވި މުޙައްމަދު ޒާރިހު އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެހުރި އަޙްމަދު ދާއޫދު ވިދާޅުވީ އެމީހާގެ ހާލު ސީރިއަސް ކަމާއި  ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި ސީޓީ ސްކޭން ހެދުމަށްފަހު މިހާރު އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ހާލު ސީރިއަސްވި 48 އަހަރުގެ މީހާ އަށް ފަރުވާ ދެމުންދަނީ...

ޔުމްނާ ޢަލީ
ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ފުލުހުން ތަހުޤީގު ކުރަނީ

ވައިކަރަދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް ތަހުޤީގު ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު 19:01 ކަންހާ އިރު ވައިކަރަދޫގައި 2 ސައިކަލު ޖެހި އެކްސިޑެންޓް އެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މައްސަލައިގައި އެކްސިޑެންޓް ވެފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ދެ މީހުންގެ އަތުގައި ވެސް ލައިސަންސްއެއް ނެތްކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އެކްސިޑެންޓް 48 އަހަރު މީހާގެ ބޯ ފަޅައިގެން ގ...

ޔުމްނާ ޢަލީ
📍 ހދ. ވައިކަރަދޫ

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ވައިކަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހަވީރު ވައިކަރަދޫގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހާ މިހާރުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސަޕިޓަލްއަށް އަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. ވައިކަރަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ވައިކަރަދޫ ސުލައިމާނިއްޔާ ސުކޫލް ކަންމަތިން ދެސައިކަލެއް ޖެހި އެވެ. މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ދެމީހުންނަށްވެސް އަނިޔާވެ ވައިކަރަދޫ ސިއްހީ މަރުކަޒުގައިވަނ...

ޔުމްނާ ޢަލީ
ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް

ނޮޅިވަރަމްގައި ޖަމާއަތަށް ފަތިސް ނަމާދަށްދާ ކުޑަކުދިންނަށް ފަސާގެ އިނާމެއް ހދ. ނޮޅިވަރަމްގައި ޖަމާއަތުގައި ފަތިސްނަމާދުކުރާ ކުޑަކުދިންނަށް ފައިސާގެ އިނާމެއް ދޭން، އެރަށުގެ ޖަމްއިއްޔާއަކުން ނިންމައިފި އެވެ. އެގޮތަށް ފައިސާ ދޭން ނިންމާފައި ވަނީ ނޮޅިވަރަމްގެ ޖަމިއްޔާއެއްކަމަށްވާ ޖަމިއްޔަތުއް ރިސާލާއިންނެެވެ. އެ ހަރަކާތުގައި ބައިވެރިވާކަން އެންގުމަށް ނަން ނޯޓް ކުރަން ޖެހެއެވެ. މިހަރަކާތުގައި ބައިވެެރިވެ އިނާމު ލިބޭނީ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް އެކަންޏެވެ. އެޖަމްއިއްޔާއިން ވަނީ މިހަރަކާތުގަ...

ހުސައިން ހަބީބް
ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުން: އަންނަމަހާއި އަންނަ ހަފްތާ ނިމި ދެތިން ދުވަހުގެ އިންތިޒާރަކަށް!

ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުން: އަންނަމަހާއި އަންނަ ހަފްތާ ނިމި ދެތިން ދުވަހުގެ އިންތިޒާރަކަށް!

ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ތިން ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް މިވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެގެން، “ވިޔަވަތި ރާއްޖޭ”ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން އެމަނިކުފާނު ޗެއާކުރެއްވި ޕެނަލް ޑިސްކަޝަންގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވީ...

ހުސައިން ހަބީބް
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައިފި

ހދ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވައިފި އެވެ. ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެގެން، “ވިޔަވަތި ރާއްޖޭ”ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން އެމަނިކުފާނު ޗެއާކުރެއްވި ޕެނަލް ޑިސްކަޝަންގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވީ ހދ. އަތޮޅަށް ވަރަށް ބޮޑު ބަދަލެއް އެބަ އަންނަ ކަމަށެވެ. […]

ޔުމްނާ ޢަލީ

އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސަރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭެހޭނެ ކަމަށެވެ. އަދި އެންމެ ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އުތުރާއި، މެދުތެރޭގެ އަތޮޅުތަކަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން އުތުރާއި މެދުތެރޭގ...

ޔުމްނާ ޢަލީ
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު އަދި އެންވީކޭ ޓީމް ސެމީއަށް

މައި ކަޕް 2019: ޔުނައިޓެޑް ޔޫތު އަދި އެންވީކޭ ޓީމް ސެމީއަށް

މައި ކަޕް 2019ގެ ސެމީ ފައިނަލަށް ޔުނައިޓެޑް ޔޫތު އަދި އެންވީކޭ ޓީމް ދަތުރުކޮށްފިއެވެ.  ޔުނައިޓެޑް ޔޫތުއިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާފައިނަލްގެ ފުރަތަމަ މެޗްގައި 5-4 އިން ގަބީލާ ބަލިކޮށްގެނެނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނެތުމުގެ ސަބަބުން ނަތީޖާ ނެރެފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ. ޔުނައިޓެޑް ޔޫތު އަދި ގަބީލާއިންވެސް ޖެހި ފުރަތަމަ ހަތަރު ޕެނެލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ގަބީލާ ޓީމްގެ ފަސްވަނަ ޕެނެލްޓީ...

އަޙްމަދު އަސްފާން
ސްޓްރޯކްއެއް ޖެހި ފަރުވާ ދެމުންދިޔަ ފާޅު ބޯޓު ފަޅުވެރިޔާ ނިޔާވެއްޖެ 📍 ހދ. ކުޅުދުއްފުށި

ސްޓްރޯކްއެއް ޖެހި ފަރުވާ ދެމުންދިޔަ ފާޅު ބޯޓު ފަޅުވެރިޔާ ނިޔާވެއްޖެ

އިއްޔެ ހަވީރު ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ފާޅު ބޯޓުގައި ހުރި ކުޅުދުއްފުށީ މީހަކަށް، ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ނ.ހޮޅުދޫ އަށް ބާލައި، އެރަށު ޞިއްހީ މަރުކަޒުގައި ފަރުވާދެމުން ދިޔަ ކުޅުދުއްފުށި، ރީގަލް، ޔޫސުފް (55 އަހަރު) ނިޔާވެއްޖެ އެވެ. ޔޫސުފް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ރޭ ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ގޮސް ރޭ ދަންވަރު ސީއެންބިއުލާސްގައި މާލެ ގެނަައުމަށް ދަތުރު ކުރަމުން ދަނިކޮން ކަމަށް ހޮޅުދޫގައި ހުރި މީހަކު މަޢުލޫމާތު ދީފައިވެއެވެ. މިކަމާއި ގުޅިގެން ޔ...

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

ފާޅު ބޯޓުގެ ފަޅުވެރިއަކަށް ސްޓްރޯކެއް ޖެހި، ހޮޅުދޫ މަރުކަޒުގައި ފަރުވާދެނީ

ކުޅުދުއްފުށިން ފުރައިގެން މާލެ ދަތުރުކުރަމުން ދިޔަ ފާޅު ބޯޓުގައި ހުރި ކުޅުދުއްފުށީ މީހަކަށް، ސްޓްރޯކެއް ޖެހުމުގެ ސަބަބުން، ނ.ހޮޅުދޫ އަށް ބާލައި، އެރަށު ޞިއްހީ މަރުކަޒުގައި ފަރުވާދެމުން އެބަދެއެވެ. ސްޓްރޯކެއް ޖެހިގެން، ހޮޅުދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނީ، 55 އަހަރުގެ ހދ.ކުޅުދުއްފުށި، ރީގަލް، ޔޫސުފް މޫސާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިކަމާއި ގުޅިގެން ފާޅު ބޯޓުގައި ހުރިމީހަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުންބުނީ ސްޓްރޯކް ޖެހިފައިވަނީ އެދޯނީގައި މަސައްކަތްކުރާ މީހެއް ކަމަށާއި އެމީހާ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަޙައްދުގައި ހުރި ދަތުރު ހިޔާ ޒަމާން ތަކަކަށްފަހު މަރާމާތުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަޙައްދުގައި ހުރި ދަތުރު ހިޔާ ޒަމާން ތަކަކަށްފަހު މަރާމާތުކޮށްފި

ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަޙައްދުގައި ހުރި ދަތުރު ހިޔާ ޒަމާން ތަކަކަށްފަހު މަރާމާތުކޮށްފި އެވެ. މިދަތުރު ހިޔަލަކީ ކުޅުދުއްފުށީގައި މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލް ސަރަހައްދުގައި ހުރި ފާލާމާއި ދިމާލުގައި ހަދާފައި ހުރި ދަތުރު ހިޔަލެކެވެ. ކުޅުދުއްފުށީ ބިން ހިއްކުމަށްފަހު މިތަން ބޭނުން ކުރަމުން އައީ ހޮސްޕިޓަލްގެ ހިދުމަތް ހޯދަމުން ދާފަރާތްތަކުން ހިޔަލުގައި މަޑުކޮށްލުމަށް ބޭނުން ކުރަމުން އައި ތަނެއްގެ ގޮތުގައެވެ. ނަމަވެސް ތަން ހަލާކުވުމާއި ގާތްވެފައިވަނިކޮށް ތަނުގެ އާބާތުރަފިލުވާ މިހާރު އެތަންވަނ...

ޔުމްނާ ޢަލީ

އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ: ޝުޖާއު

ލޯކަލް ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އިދިކޮޅު ކޯލިޝަނުން އައިހެވަން މަޝްރޫއު ހިންގަން މަސައްކަތްކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު އިތުރަށް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުގައި ތަރައްގީގެ މަޝްރޫޢުތައް ހިންގަން ސަރުކާރަށް ނޭނގޭ ކަމަށާއި ކައުންސިލު އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ، އަތޮޅުތަކުގެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރާނެ ކަމަށް...

ޔުމްނާ ޢަލީ

އުތުރާއި ދެކުނުގެ ބައިނަލްއަގުވާމީ ބަނދަރަށް ކޮންސަލްޓެންސީ ދިނުން ގުޅީފަޅުގެ ކޮންސަލްޓެންޓަށް

ރާއްޖޭގޭ އުތުރާއި ދެކުނުގައި ބައިނަލްއަގުވާމީ ދެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް، ކ. ގުޅީފަޅު ބަނދަރު މަޝްރޫއަށް ވެސް ކޮންސަލްޓެންސީ ދޭ ކުންފުންޏާ ހަވާލުކޮށްފި އެވެ. މި މަޝްރޫއަށް ކޮންސަލްޓެންސީ ދޭން ހަމަޖައްސާފައި ވަނީ، ޑެންކާމުގެ ނިރާސް އަދި ނެދަލެންޑްސްގެ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ. މި ކުންފުންޏާ އެކު، ސަބް-ކޮންސަލްޓެންޓެއްގެ ގޮތުގައި ދިވެހި ކުންފުންޏެއް ކަމަށްވާ ރިޔަން ޕްރައިވެޓް...

އިބްރާހިމް އަސްވާޤް
ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އަންނަ އަހަރު ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އަންނަ އަހަރު ކުޅުދުއްފުށީގައި

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއަށް ޚާއްސަ ބިޒްނަސް ސެންޓަރެއް މި އަންނަ އަހަރު ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ. ޓިމް ސޯޔަރ މިހެން ވިދާޅުވެފައިވަނީ ރޭ ހުޅުމާލޭ ބިޒްނަސް ސެންޓަރު ހުޅުވައިދެއްވަމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ބިޒްނަސް ސެންޓަރު ރޭ ހުޅުމާލޭގައި ހުޅުވައިދ...

ފާތިމަތު ސިނާޒާ