މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ސޮލޮމަން ރަށްތަކަށް M6.4 ގެ ބިންހެލުމެއް އަތުވެއްޖެ - 20 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ށ.މާއުނގޫދޫ އަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެންބޮޑުވެއްޖެ

ށ.މާއުނގޫދޫ އަށް ބޯކޮށް ވާރެވެހި މަގުތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ.މާއުނގޫދޫ އަށް ބޯކޮށް ވާރެވެހި އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެއްޖެއެވެ. Raajje ah mihaaru kuramundhaa vissaaraagai Sh.Maaungoodhoo aai N.Holhudhoo ah boakoh vaarey vehi, e rashuge baeh sarahahdhu thakugai fen boduvumaa gulhigen fen hikkumugai MNDF Northern Area ge sifain kuri masakkathukuge therein. pic.twitter.com/hGPNXoWCe8 — Maldives National Defence Force (@MNDF_Official) December 11, 2019 އިއްޔެ އެރަށަށް ބޯކޮށްވާރެވުހި […]

ފާތިމަތު ސިނާޒާ
ނެއްލައިދޫގައި ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފި 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގައި ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފި

އެންމަސްއެމް ވީ ގެފަރާތުން ހދ ނެއްލައިދޫގައި މަސްވެރިގެން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި އަބުދުއް ޞަމަދުގެ ހަދާނީ މަސްރޭހުގެ ނަތީޖާ ފާޅުކޮށްފިއެވެ. ޖުމްލަ 8 ޓީމް ބައިވެރިވެ ކުރިއަށް ދިޔަ މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ލިބިފައިވަނީ 82 ކިލޯގެ މަސްބާނައިގެން ޓީމް ކަޅުއޮއްފުންމިއަށްށެވެ. 77 ކިލޯ ގެ މަސްބާނައިގެން ޓީމް ނަސްރު މުބާރާތުގެ ދެވަނަ ހޯދިއިރު ޓީމް ފިނިހަކަ މުބާރާތުގެ 3 ވަނަ އަށް ގޮސްފައިވަނީ 45.5 ކިލޯ މަސް ބާނައިގެން ނެވެ. މި […]

ފާތިމަތު ސިނާޒާ
މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި 📍 ހއ. އިހަވަންދޫ

މަސްވެރިންގެ ޔޫނިއަންއިން އިހަވަންދޫގެ އިޖްތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި

އިހަވަންދޫގެ މަސްވެރިންގެ ޔޫނިއަން އިން އެރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ދީފިއެވެ. އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ 227،000 ރުފިޔާގެ އެހީ ދެއްވާފައެވެ. މިއީ އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑް ޔޫނިއަނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ހަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާ އެހީއެކެވެ. އިހަވަންދ...

މަރްޔަމް ސިމާނާ
ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އާދަމް ސަލީމްކަޕް ފުޓްބޯޅަ މުބާރާތް ފަށައިފި

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  ބާއްވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފަށައިފިއެވެ. ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެވެމުންދާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ރޫހް އަދި ޔޫތު ފްރެންޑްސްއެވެ. މުބާރާތުގެ ފުރަތަމަ މެޗް ނިމުނީ 1-1 ލަނޑުން މެޗް އެއްވަރު ވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޫހު ޓީމުގެ ޖޯޒީ ނަންބަރު 14 މުޙައްމަދު ޢަލީއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ފުރަތަމަ މެޗް ޝަރަފްވެރި ކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރ،...

ޙުސައިން ޝަހުދީ
އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.އިހަވަންދޫ ފުޓްބޯޅަދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްން އިޢުލާނު ކޮށްފިއެވެ. ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެެއްގައި ބުނެފައިވަނީ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 9:00 ގައި ވެލާނާގެ 3 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ. މިމަސައްކަތަށް އަންދާޒީ ހިސާބު ހުށައެޅުން އޮންނާނީ 18 ޑިސެމްބަރު 2019 ވާ...

މަރްޔަމް ސިމާނާ
މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ނެއްލައިދޫގައި ފަށައިފި 📍 ހދ. ނެއްލައިދޫ

މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ނެއްލައިދޫގައި ފަށައިފި

ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ.ނެއްލައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ފަށައިފިއެވެ. އެންމަސް އެމްވީ އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ދަނީ ބައިވެރިވަމުންނެވެ. އެގޮތުން ބޯލް ޝޫޓިން، ފޭސް ޕެއިންޓިން ،ބޯލް ޝޫޓިން ،މަސްބޭނުން ފަދަ ގޭމްތައް ވަރަށް ފޯރިއާއި އެކު ކުރިއަށް ދާ ކަމަށް އިންތިޒާމް ކުރާފަރާތުން ވަނީ ބުނެފައެވެ. މީގެ އިތުރުން ތިލަދުން އާއި ވާހަކަ ދައްކަމުން ކުޑަކުދިންގެ ހަވީރު އިންތިޒާމް ކުރާ...

ފާތިމަތު ސިނާޒާ
ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަނީ

ހދ. ކުޅުދުއްފުށީގެ ތާރު އެޅި މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ވިއްސާރަވުމާއި ގުޅިގެން، ތާރު މަގުތަކުގައި ފެންބޮޑުވަނީ ކާނުތަކުން ފެން ހިނދޭނެ އިންތިޒާމެއް ގާއިމް ކުރެވިފައި ނެތުމުން ކަމަށް ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވިއްސާރަ މޫސުމުގައި ތާރު ނާޅާ މަގުތަކެކޭ އެއްގޮތަށް ތާރު އަޅާފައިވާ މަގުތަކުގައިވެސް ފެންބޮޑުވަމުން ދެއެވެ. މިކަން ހައްލު ކުރުމަށް ބޮޑު މަ...

މަރްޔަމް ސިމާނާ
📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ މުހިންމު ކަންކަން މިނިސްޓަރ އައިޝާ އާއި ހިއްސާކޮށްފި

ހއ. ހޯރަފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެ އެއާޕޯޓުގެ މުހިންމު ކަންކަމުގެ މަޝްވަރާތައް، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއެކު ހިއްސާކޮށްފިއެވެ. ހޯރަފުށީ ދާއިރާގެ މެންބަރާއެކު މިއަދު، މިނިސްޓަރ އާއި ބައްދަލު ކުރައްވާ ހިއްސާ ކުރެއްވި ވާހަކަ ތަކުގެ ތެރޭގައި އީއައިއޭ ރީޕޯޓްގައިވާ ގޮތަށް އެއާޕޯޓް ހުޅަނގު ފަރާތް ގިރާ ގިރުން ހިމާޔާތް ކުރުމަށް މަޝްވަރާކޮށްފައިވެވެ. އަދި އެއާޕޯޓް 1800 ފޫޓަށް ދިގުކުރުމަށާއި ހޯރަފުށީ އެއާޕޯޓަކީ ގްރީން އެއާޕޯޓަކަށް ހެދުމަށް ވަނީ މަޝ...

މަރްޔަމް ސިމާނާ
📍 ށ. ބިލެތްފަހި

ހަތް ރަށެެއްގެ ބަނދަރު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ރާއްޖޭގެ ހަތް ރަށެެެއްގެ ބަނދަރުހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ. ސަރުކާރާއެކު މިއަދު ވެވުނު އެެެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ އޮފް ޕްލޭނިންގ ގެ ފާތިމަތު ޝަނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ، ޝާހިދު ހުސެން މޫސާއެވެ. މިއެއްބަސްވުމުގެ ދަށުން އދ. މަންދޫ ބަނދަރު ޑިޒައިން ކޮށް ތަރައްގީ ކުރުމަށް 37,358,709 ރުފިޔާ ހަރާދުވާނެއެވެ. ދ. ހުޅުދެލި ބަނދަރު އިތުރަށް ތަރަ...

މަރްޔަމް ސިމާނާ
ކުމުންދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ސާމްޕަލް ހިފައިގެން ކުޅުދުއްފުއްޓައް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ކުމުންދޫ

ކުމުންދޫ ސިއްހީ މަރުކަޒުގެ ލެބޯޓްރީ ސާމްޕަލް ހިފައިގެން ކުޅުދުއްފުއްޓައް ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުމުންދޫ ޞިއްޙީމަރުކަޒުން ޙާވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެއްފަހަރު ( ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތައި ހަވާލުވާ ފަރާތެއްގެ މަސްއޫލިއްޔަތަކީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 ގައި ސިއްޚީ މަރުކަޒ...

ފާތިމަތު ސިނާޒާ
ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި

ހއ. ހޯރަފުށިން، ހއ. އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް މަސައްކަތް ކުރި ބަޔަކު ހޯދުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމާ ގުޅިގެން ފުލުހުން 9 ޑިސެމްބަރ ދުވަހުގެރޭ އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށިން އައި ޑިންގީއަކުން ފޭބި 3 މީހުން ހުއްޓުވައި ބަލައި ފާސ...

ފާތިމަތު ސިނާޒާ
ނެއްލައިދޫގެ ފަޚުރު- އަލް މަރްޙޫމް ޢަބުދުއް ޞަމަދު ޢަލީ 📍 ހދ. ނެއްލައިދޫ

ނެއްލައިދޫގެ ފަޚުރު- އަލް މަރްޙޫމް ޢަބުދުއް ޞަމަދު ޢަލީ

ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ގޮތުން މުޅި ހާދާލުން އެއްވަނަ ހޯދައިފިތާދޯ މިއީ ހދ އަތޮޅު ފަރިހީގައި ވާ ބައިތެކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު މި މަސައްކަތް ކުރަނީ މި ފަރިހީގެ މޮޅުވާހަކަ ދައްކާކަށެއް ނޫނެވެ. އެހެން ނަމަވެސް ފަރިހީގައި އެބުނާ ވާހަކައިގެ މުގުލުގައި ހުރި ފަރާތެއްގެ ވާހަކަ މަސްވެރިންގެ މި ފަޚުރުވެރި ދުވަހު ތިޔަ ބޭފުޅުންނާ ހިއްސާކޮށް ލާނަމެވެ. ހދ. ނެއްލައިދޫ އަސަރީމާގެ އަލްމަރްޙޫމް ޢަބްދުއް ޞަމަދު ޢަލީ(ޞަމަދުބެ) އަކީ ބޮޑު ތިލަދުންމަތީގައި ޚާއްސަކޮށް ނެއްލައިދޫގައި […]

ފާތިމަތު ސިނާޒާ
ތިލަދުންމަތީ މަސްވެރިންގެ އުދާސްތައް "މިހިސާބުން މަސްވެރިކަން ނެތިދާނެ"

ތިލަދުންމަތީ މަސްވެރިންގެ އުދާސްތައް "މިހިސާބުން މަސްވެރިކަން ނެތިދާނެ"

މަސްވެރިކަމަކީ ދިވެހިން ވަޒަންވެރިވީންސުރެ އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއްކަން ޔަޤީނެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވުމާއި ގުޅޭގޮތުން ތާރީހް ދިރާސާ ކުރައްވާ ފަރާތްތަކުން ލިޔުއްވާފައިވާ ލިޔުއްވުންތަކުން އެނގޭ ގޮތުގައި އޭރުންސުރެ ދިވެހިން ކާން ބޯން ކުރާ އެއް މަސައްކަތަކީ މަސްވެރިކަންކަން އިނގެއެވެ. މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ އަސާސީ މަސައްކަތަށްވާއިރު، ރާއްޖެއަކީ މިމަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ބޮޑު ތިލަދުންމައް...

އަޙްމަދު މުޖުތަބާ
📍 ހއ. ކެލާ

ކެލާ ސްޕަރލީގް 2019 ޗެންޕިއަން "ކެލާގެ ފެނަކަ"

ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެލާގެ ފެނަކަ ޓީމުން ހޯދައިފިއެވެ. ފައިނަލް މެޗްގައި ބައްދަލުކުރީ ކެލާ ފެނަކައާއި، އަތިރި އިން ކެލާއެވެ. މި މުބާރާތުގައި ހަތަރުޓީމެއް ވާދަކޮށްފައި ވެއެވެ. ފައިނަލް މެޗްގައި ވަގުތު ހަމަވިއިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެހެންކަމުން ޕެނަލްޓީ ޖަހައިގެން 3 – 1 މޮޅުވެ މުބާރާތުގެ ޗެންޕިއަންކަން ފެނަކަ ޓީމުން ހޯދިއެވެ. އަހަރަކު އެއްފަހަރު ކުޅޭ މި މުބާރާތުގެ އެންމެ […]

އިބްރާހިމް އަސްވާޤް
📍 ހދ. ކުޅުދުއްފުށި

ފޯ ސީޒަންގެ ޓްރެއިނިން ޕްރޮގުރާމްގެ އިންޓަވިޔު ކުޅުދުއްފުށި ޖަލާލުއްދީން ސުކޫލްގައި

ފޯ ސީޒަން މޯލްޑިވްސް (ލަނޑާ ގިރާވަރު) ރިސޯޓް ގެ ފަރާތުން ޓޫރިޒަމާއި ބެހޭ ހާއްސަ ޕްރޮގުރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ. މި ދާއިރާ އަށް ޝައުގުވެރިކަން ހުންނަ 16 އަހަރާއި 21 އަހަރާއި ދެމެދުގެ ކުދިން ނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގުރާމްގައި އެކުއްޖަކު ޝަައުގުވެރިވާ ދާއިރާ އަކުން އެކުދިންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޓްރޭނިން ތައް ކުޑަހުރާގެ އިތުރުން ލަނޑާ ގިރާވަރުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފޯސީޒަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ޕްރޮގުރާމް...

ފާތިމަތު ސިނާޒާ