މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފުނަދޫ އެއާޕޯޓް އަންނަ މަހު 15 ގައި ހުޅުވަނީ 📍 ށ. ފުނަދޫ

ފުނަދޫ އެއާޕޯޓް އަންނަ މަހު 15 ގައި ހުޅުވަނީ

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓް އަންނަ މަހު 15 ގައި ހުޅުވަން ތައްޔާރުވެއްޖެއެވެ، އަންނަ މަހު 15 ގައި އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާއިރު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ވިދާޅުވީ، ފުނަދޫ އެއާޕޯޓަް ބޭނުންވާ ޓާމިނަލް އާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުވެސް މިހާރު ނިމިފައިވާ ކަމަށެވެ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާ ޕޯޓުގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އެއާޕޯޓް ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، […]

މަރްޔަމް ސިމާނާ
ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ "ޔުނިޓީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ "ޔުނިޓީ ރަން" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ރާއްޖޭގެ އެއްބައިވަންތަ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ރެޑްކުރެސެންޓް ހދ ގޮފީގެ ފަރާތުން ކުޅުދުއްފުށީގައި ބާއްވާ ޔުނިޓީ ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބިބް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހުގެ26 ވަނަ ދުވަހު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުމަކީ ކުރިމަތިވެދާނެ ކާރިސާއަކަށް ތައްޔާރުވުމަށް ފަންޑު ހޯދުމަށާއި ދުޅަހެޔޮ ސިއްހަތާއި ކަސްރަތުކުރުމަށް ހޭލުންތެރިކުރުން އަދި ކާރިސާއެއް ދިމާވެއްޖެނަމަ ރައްޔިތުންގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ހާމަކޮށްދިނުން ބ...

ފާތިމަތު ސިނާޒާ
އާދަމް ސަލީމްކަޕް ފެށުމަށް އެންމެ ފަހުގެ ތައްޔާރިތައްވެއްޖެ 📍 ހދ. ހަނިމާދޫ

އާދަމް ސަލީމްކަޕް ފެށުމަށް އެންމެ ފަހުގެ ތައްޔާރިތައްވެއްޖެ

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން  އިންތިޒާމު ކޮށްގެން  މިޑިސެމްބަރ 10 ގައި ފެށުމަށް ހަމަޖެހިފައިވާ، އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރަތް 2019 ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ. މިގޮތުން މިމުބާރާތުގައި ބައިވެރިވި ހަޓީމުގެ މެދުގައި ގުރުއަތުލުން 06 ޑިސެމްބަރު 2019 ވީ ހުކުރު ދުވަހުގެ ރޭ 21:00 ގައި ވަނީ ހަނިމާދޫ ޔޫތު ކެފޭގައި ބާއްވާފައެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަޓީމަކީ ޔުނީފޯމް، ރިއަލްސްޓާރސް، ރޫހު، ޝީލްޑު، އަހުލީ އަދި ޔޫތު ފުރެންޑްސްއެވެ. މިމުބާރާތުގެ ފަހުގެ […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެންނަނީ

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖަކު ހާލުބޮޑުވެ އިތުރު ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެނައުމިގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުފުށި ހޮސްޕިޓަލް ގައި ފަރުވާދެމުން ދިޔަ ނިއުބޯން ބޭބީ އެއް ހާލުބޮޑުވެ، އިތުރު ފަރުވާ އަށް އެމްއެންޑީއެފް ހެލިކޮޕްޓަރު ގައި މާލެ ގެންނަ ކަމަށާއި ވެލާނާ އިންޓަރނޭޝަނަލްގައި ހެލިކޮޕްޓަރ ލޭންޑް ކުރުމަށް ހަމަޖެހިފައި ވަނީ15:00 ގައި ކަމަށެވެ.  

އިބްރާހިމް އަސްވާޤް

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ފައިނަލަށް ވިއޯރާ ސިޓީ އަދި ސްޓާރ ފޯސް ދަތުރުކޮށްފި

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ފައިނަލަށް ވިއޯރާ ސިޓީ އަދި ސްޓާރ ފޯސް ދަތުރު ކޮށްފިއެވެ. ވިއޯރާ ސިޓީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސޫރިޔާ ސްޕޯޓްސް އާއި ވާދަކޮށް 6-5 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެށް ފެނުނު މި މެޗްގެ މޭން އޮފް ދަ މެޗް ހޯދާފައިވަނީ މި މެޗްގެ މޮޅު ކުޅުމެއް ދެއްކި ވިއޯރާ ސިޓީގެ ޖާރޒީ ނަމްބަރު 11 ހުޒައިފަތު ރަޝީދެވެ. ފައިނަލްގެ ދެވަނަ […]

އިބްރާހިމް އަސްވާޤް
ބޮޑު ތިލަދުންމަތިން ރިސޯޓު ހަދަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރަނީ

ބޮޑު ތިލަދުންމަތިން ރިސޯޓު ހަދަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރަނީ

ބޮޑުތިލަދުންމަތިން ރިސޯޓު ހިންގަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް ރިސޯޓު ހިންގަން އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވީ އިންސްޕެކްޝަން ޓްރެއިނިން ޕްރޮގްރާމް ނިންމާލުމަށް އިއްޔެ ހަވީރު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. “އަބަދުވެސް މިކިޔަނީ ރާއްޖޭގެ އުތުރަކު ރިސޯޓެއް ނެތޭ. ދެކުނަކު ރިސޯޓެ...

އިބްރާހިމް އަސްވާޤް
ޤާސިމްގެ މަރާ އަޅުގަނޑާ ގުޅުވައި ފަތުރަނީ ދޮގު ހަބަރެއް - ޝަހީމް 📍 ށ. ކަނޑިތީމު

ޤާސިމްގެ މަރާ އަޅުގަނޑާ ގުޅުވައި ފަތުރަނީ ދޮގު ހަބަރެއް - ޝަހީމް

މި ހިނގާ ޑިސެމްބަރު މަހު 4 ވަނަ ދުވަހު ގެރޭ ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި އދ. މާމިގިލީ ކަނީރުމާގެ ޤާސިމް ޙަސަން މަރާލާފައިވާ ހާދިސާއާ ކަނޑިތީމް ދާއިރާގެ މެންބަރާއި ގުޅުވައިގެން ދޮގު ވާހަކަތަށް ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާތީ ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ޢަބްދުލްހަކީމް އެކަން ދޮގުކޮށްފިއެވެ. މެމްބަރު މިއަދު ނެރެފައި ވާ ބަޔާނުގައި ބުނެފައިވަނީ ޤާސިމް ޙަސަންއާ ބައްދަލުވެ ނުވަތަ އެނޫން ގޮތަކުންވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކަން މިހެން އޮތްއިރު، […]

ފާތިމަތު ސިނާޒާ
"ރަށްފެހި" ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި 100 ގަސް އިންދައިފި 📍 ހދ. ކުޅުދުއްފުށި

"ރަށްފެހި" ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި 100 ގަސް އިންދައިފި

“ރަށްފެހި” ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި100 ގަސް އިންދައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށްތައް ފެހިކުރުމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެފައިވާ ވަޢުދެއް ކަމުގައިވާ ‘ރަށްފެހި’ ޕްރޮގްރާމް، 10 ނޮވެމްބަރ 2019ގައި ކުޅުދުއްފުށީގައި ވަނީ އިފްތިތާޙްކޮށްފައެވެ. މިހަރަކާތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީގެ 27 މުއައްސަސާއަކާއި ގުޅިގެން 7 ޑިސެމްބަރ 2019ގައި ވަނީ އިތުރު ބޮޑު ހަރަކާތެއް ހިންގިފައެވެ. މި ހަރަކާތުގައި ކުޅުދުއްފުށީގެ އެންމެ ބޮޑު ދެމަގު ކަމުގައިވާ އަމީނީމަގާއި...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ޕޮލިހަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް އަނިޔާކުރިކަމުގެ ތުޙުމަތު 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ޕޮލިހަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް އަނިޔާކުރިކަމުގެ ތުޙުމަތު

ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާވި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކާ އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށާއި އޭނާ ހައްޔަރަށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އިއްޔެ އޭނާ އަށް ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުން، އިނގިލީގައި ރިއްސާކަމަށް ބުނާތީ އެކްސްރޭ...

ޔުމްނާ ޢަލީ
ވައިކަރަމުރައިދޫ ބޭރުން އިހިނަގަން އުޅެނިކޮން ގެއްލުނު ދެމީހުން ހޯދައިފި

ވައިކަރަމުރައިދޫ ބޭރުން އިހިނަގަން އުޅެނިކޮން ގެއްލުނު ދެމީހުން ހޯދައިފި

ވައިކަރަމުރައިދޫ ބޭރުން އިހިނަގަން އުޅެނިކޮން ގެއްލުނު ދެމީހުން ހޯދައިފި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެންއެންޑީއެފްއިން ބުނީ ވައިކަރަމުރައިދޫ ގެ ދެކުނު ފަރާތަށް އިހިނަގަށް، ފުޅި އަޅައިގެން ފީނަށް ފޭބި ދިވެހި 2 ފިރިހެނުން ގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ނޯދާން އޭރިޔާ ކޯސްޑް ގާޑް ސްކައުޑްގެ ޑައިވަރުން ހަރަކައިތެރިވެފައިވާކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޑްގާޑް މެރިޓައިން ކޯސްގާޑް ސެންޓަރއަށްއަށް ލިބިފައި ވަނީ މިއަދު 13.46 ހާއިރުކަމަށާސި މައުލޫމާތު ލިބިފައި ވާގޮތުގަ...

އިބްރާހިމް އަސްވާޤް
📍 ހއ. ހޯރަފުށި

ހޯރަފުށި ގިރަމުން ދަނީ، ހައްލެއް ނުލިބޭ!

ހއ. ހޯރަފުށީގެ އުތުރު ފަރާތް ގިރަމުންދާއިރު އަދިވެސް އެކަމަށް ހައްލެއް ނުލިބެއެވެ. މިހާރު މޫސުމް ގޯސްވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ. Sad! Case of #Hoarafushi – trees have started to fall as predicted, more land lost, yet no one was able to even take a temporary measure to stop waves attacking the sensitive areas @MTCCPlc @MoEnvmv @MoHUDmv @UNEP […]

މަރްޔަމް ސިމާނާ
އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ޓީމްތަށް ދަތުރުކޮށްފި އެވެ. އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ސެމީ ފައިނަލަށް ދިޔަ ޓީމްތަށް ކަށަވަރީ ހުކުރު ދުވަހުގެ ރޭ ކުޅެވުނު ކުއާޓާރ ފައިނަލްގެ މެޗްތަކަށް ފަހުގައެވެ. އެގޮތުން ވިއޯރާ ސިޓީ ސެމީ ފައިނަލް ކަށަވަރުކުރީ ކުއާޓާރ ފައިނަލްގެ ފުރަތަމަ މެޗުގައި ވިއޯރިއަންސްގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައިގެންނެވެ. އަދި ސްޓާރ ފޯސް ސެމީ ފައިނަލް ކަށަޗަރުކުރީ ކުއާޓާރ ފައިނަލްގެ ދެވަނަ މެޗްގައި ޔަންގް […]

އިބްރާހިމް އަސްވާޤް

މައިކަޕް ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށް

 ހއ އަތޮޅުގައި ބާއްވަމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ’މައިކަޕް‘ ފުޓްބޯޅަ މުބާރާތުގެ ކުޅުން ރޭ ފަށައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައިވެއެވެ. މައިކަޕް ފުޓުބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރޭ 8:30 ގައި އިހަވަންދޫ ހުރަވީ ދަނޑުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ...

އިބްރާހިމް އަސްވާޤް
ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ އަދި މަކުނުދޫ ދާއިރާގެ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފި

މަކުނުދޫ ދާއިރާ އަދި ވައިކަރަދޫ އަށް ދަތުރު ކުރާ އެމްޓީސީސީ ސްޕީޑް ފެރީ ފައިދާ ނުވާތީ ހުއްޓާލައިފިއެވެ. މަކުނުދޫ ދާއިރާގައި ހިމެނޭ މަކުނުދޫ، ނޭކުރަންދޫ އަދި ކުމުންދޫގެ އިތުރުން ވައިކަރަދޫ އިން ކުޅުދުއްފުއްޓަށް ކުރި މި ދަތުރުތައް ފަށާފައި ވަނީ މިއަހަރުގެ އޮގަސްޓުމަހުގެ 4 ވަނަ ދުވަހުއެވެ. ހދ.ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ރައީސް އަލްފާޟިލް އަބްދުއްލަތީފް ހަސަން އަށް، އެޑްރެސްކުރައްވާ 28 ނޮވެމްބަރ ގައި އެމްޓީސީސީއިން ފޮނުވާފައިވާ ސިޓީއެއް ވަނީ މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާއީ ފޭސްބުކްއަށ...

އިބްރާހިމް އަސްވާޤް
📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލް ކަޕް ފެށިގެން ކުރިޔަށް

ވައިކަރަދޫ ކައުންސިލް ކަޕް ފަށައިފިއެވެ. 7 ޓީމު ބައިވެރިވި މި މުބާރާތް ފަށާފައިވަނީ އިއްޔެއެވެ. ކޮންމެ ދުވަހަކު 3 މެޗު ކުޅެން ހަމަ ޖެހިފައިވާ މިމުބާރާތުގެ ގުރޫޕް ސްޓޭޖް ނިމި ސެމީފައިނަލް ކުޅެން ހަމަ ޖެހިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. 4 ގުރޫޕްއަށް ބަހާލައިގެން ކުޅޭ މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 10 ވަނަ ދުވަހުގެ 20:00 ގައެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ކިއު1 މޯލްޑިވްސް އެވެ. ސަޕޯޓަޑް ބައި ބަޒް ސްޕޮޓް އެވެ. މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް -/6000 ރުފިޔާ ދޭން […]

އިބްރާހިމް އަސްވާޤް