މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
އުތުރުގެ 3 އަތޮޅު ޢިއްތިހާދުވެ "އުތުރު ދަރުބާރު 2020" ގެ ނަމުގައި މަހާސިންތާއެއް ބާއްވަނީ

އުތުރުގެ 3 އަތޮޅު ޢިއްތިހާދުވެ "އުތުރު ދަރުބާރު 2020" ގެ ނަމުގައި މަހާސިންތާއެއް ބާއްވަނީ

އުތުރުގެ 3 އަތޮޅު ޢިއްތިހާދުވެ “އުތުރު ދަރުބާރު 2020” ގެ ނަމުގައި މަހާސިންތާއެއް (މަޝްވަރާ ބައްދަލުވުން) ބާއްވަން ނިންމައިފިއެވެ. އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން އިންތިޒާމްކުރަނީ އުތުރު 3 އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެންނެވެ. މި މަހާސިންތާގައި ގާތްގަނޑަކަށް 250 ބައިވެރިން ބައިވެރިވާނެކަމަށް އިންތިޒާމު ކުރުމުގައި އިސްކޮން އުޅޭ އެފަރާތުން ބުނެފައިވެއެވެ. މިބައްދަލުވުމަކީ އުތުރުގެ ސަރަޙައްދީ ވިޔަފާރީގެ ގުޅުމެއް އ...

ހުސައިން ހަބީބް

ސުނާމީގެ ހަނދާންތައް ކަރީމުގެ ދުލުން، ހީކުރީ ދުނިޔެ ނިމުނީ ކަމަށް!

އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. ހދ. ނޮޅިވަރަންފަރު ވައިޖެހޭގެ އަބުދުލް ކަރީމު އަބުދުއްރަޙްމާން އެވަގުތު މަޑުކޮށްލައިގެން ހުރީ ގޮނޑު ދޮށާ މާދުރުނޫން ހިސާބެއްގައެވެ. ޑިސެމްބަރ 26، 2004 ދުވަހު ހެނދުނު 9:23 ކަންހާއިރު ރާއްޖެއަށް ކުރިމަތިވި ބިރުވެރި ސުނާމީގެ ކާރިޘާގައި، ހދ. ނޮޅިވަރަންފަރަށް ސުނާމީގެ ރާޅު ފޯރި ވަގުތާއި، އެދުވަހުގެ ހަނދާންތަކުން ކަރީމު ކިޔައިދިން ވާހަކަތަކުން މުހިންމުބައިތައް ލިޔެލާނަމެވެ. ހީކުރީ ދުނިޔެ ނިމެނީ ކަމަށް ކަރީމު މަޑުކޮށްލައިގެން ހުރިތަނަށް ދުވެފައި އައީ ކުޑަކުއްޖެކެވެ...

ޙުސައިން ޝަހުދީ

އާދަމް ސަލީމް ކަޕްގެ ފައިނަލްގެ ފަހު ޖާގަ ރިއަލް ސްޓާރސްއަށް

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗް ފަހު ޖާގަ ރިއަލް ސްޓާރސްްއިން ހޯދައިފިއެވެ. ރިއަލް ސްޓާރސްްއިން އާދަމް ސަލީމް ކަޕްގެ ފައިނަލަށް ދަތުރުކުރީ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ސެމީ ފައިނަލް މެޗުން އަހުލީގެ މައްޗަށް 2-0 އިން ކުރިހޯދައިގެންނެވެ. ރިއަލް ސްޓާރސްއިން މެޗްގެ ފުރަތަމަ ލަންޑު ޖެހީ މެޗްގެ 48 ވަނަ މިނިޓުގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 11 […]

ޙުސައިން ޝަހުދީ
📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕްގެ ސެމީ ފައިނަލް މެޗް ހަނިމާދޫ ފުޓްބޯޅަ ދަނޑުން

  ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ސެމީފައިނަލް މެޗް ފެށިއްޖެއެވެ. ފައިނަލްގެ ފަހުޖާގަ ކަށަވަރު ކުރުމަށް ކުޅެވޭ މިމުބާރާތުގެ ސެމީ ފައިނަލް މިމެޗްގައި ވާދަކުރަނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ. މެޗްގެ ފުރަތަމަ ހާފްގެ 24 މިނިޓް ކުޅެވުނު އިރު ދެޓީމްގެ ފަރާތުން ފެންނަމުންދަނީ ހަމަ ހަމަ ކުޅުމެކެވެ. […...

ޙުސައިން ޝަހުދީ
ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި 📍 ހއ. ކެލާ

ކެލާ ކަނޑޫފާ ސަރަޙައްދު ސާފުކޮށްފި

މޯލްޑިވްސް ބަޔޯޑައިވަރސިޓީ އެސޯސިއޭޝަނުން އިސްނަގައިގެން ހއ.ކެލާ ކަނޑޫފާ ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހއ، ކެލާ ކައުންސިލްގެ އިދާރާއާއި ކެލާގައި އުފެދިފައިވާ ކްލަބު ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ. ހއ. ކެލާ ކަނޑޫފަލަކީ ސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަނޑޫފާ ތަކުގެ ތެރެއިން ހަމައެކަނި ހއ. އަތޮޅުން ހިމާޔަތްކޮށްފައިވާ ކަނޑޫފަލެވެ. ކެލާގައި ހިމާޔަތްކޮށްފައިވާ މި ކަނޑޫފަލަކީ އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލް މ...

އަލީ އާދިލް

ހޮނޑާފުށި ރިސޯޓުގެ ހާލަތު ބައްލަވައިދެއްވުމަށް ޓޫރިޒަމް މިނިސްޓްރުގެ އަރިހުން ޔާސިރު އެދިއްޖެ

ހޮނޑާފުށި ރިސޯޓުގެ ހާލަތު ބައްލަވައިދެއްވުމަށް ޓޫރިޒަމް މިނިސްޓްރުގެ އަރިހުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފް އެދިއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރ އަލީ ވަހީދު ޓެގު ކުރައްވާ ޔާސިރު އިއްޔެ ކުރެވި ޓުވީޓެއްގައި ބުނެފައިވަނީ ހޮނޑާފުށީގެ ހާލަތު ވަރަށް ދައްކަމަށާއި އެރަށުގައި 200 މުވައްޒަފުން އުޅޭއިރު ދިވެހިންގެ އަދަދަކީ 20 ކަމަށް ބުނެފައިވެއެވެ. 1/2 With all due respect Minister @ali20waheed, I appreciate what you are doing to improve tourism […]

އަލީ އާދިލް
ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް! 📍 ހދ. ނޮޅިވަރަމް

ނޮޅިވަރަމް ގޮނޑުދޮށުން ވެލި ނެގުން - ނުހުއްޓުވުނު ބޮޑު މައްސަލަ އެއް!

ނޮޅިވަރަމުގައި އާންމު ރައްޔިތުންގެ އެކިއެކި ބޭނުންތަކަށާއި ބައެއްފަރާތް ތަކުން ވިޔަފާރި އުސޫލުން ގައު އަޅާވިއްކުމަށް މިދުވަސްވަރު ގޮނޑުދޮށުން ގިނައަދަދަކަށް ވެލި ނަގަމުންދާތީވެ ރަށް ގިރުމުގެ މައްސަލަމިވަނީ ވަރަށް ބޮޑު ވެފައެވެ. މިދުވަސްވަރު އާދަޔާހިލާފަށް ނޮޅިވަރަމުން ވެލިނަގަމުން ދާތީ އަމިއްލަ ފަރާތަކުން ވަނީ އީ.ޕީ.އޭ އަށް މައްސަލަވެސް ހުށައަޅާފައެވެ. އަދި މިމައްސަލަ މިހާރު އީ.ޕީ.އޭ އިން  ބަލަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މިނޫހަށް މަޢުލޫމާތު ދެމުން ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބު...

ހުސައިން ހަބީބް
އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި

އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، އުދަ އަރާނެކަމަށް ލަފާކޮށް ނ އަތޮޅުން އައްޑު އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ނ އަތޮޅުން ފެށިގެެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިރޭ 23:00 އިން ފެށިގެން ދަންވަރު 03:00 އާއި ހަމައަށެވެ. Alert White for tidal wave surges. pic.twitter.com/f30DoAWHbn — Maldives Meteorology (@MetMaldives) December 25, 2019 […]

އަލީ އާދިލް
އާދަމްސަލީމްކަޕްގެ ގްރޫޕް ސްޓޭޖް ނިމި ޝީލްޑް ފައިނަލަށް 📍 ހދ. ހަނިމާދޫ

އާދަމްސަލީމްކަޕްގެ ގްރޫޕް ސްޓޭޖް ނިމި ޝީލްޑް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ގުރޫޕު ސްޓޭޖުގެ މެޗްތައް އިއްޔެ ނިމިއްޖެއެވެ. ގްރޫޕް ސްޓޭޖްގެ ފަހުމެޗާއެކު މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޝީލްޑުން ވަނީ ކަށަވަރު ކޮށްފައެވެ. ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ މިމުބާރާތުގެ ގްރޫޕު ސްޓޭޖު ފަހުމެޗުގައި އިއްޔެ ޝީލްޑާއި ޔޫތު ފުރެންޑްސް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އިއްޔެގެ މެޗަށް ނުކުތްއިރު […]

ޙުސައިން ޝަހުދީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް 📍 ހދ. ކުރިނބީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ކުމުންދޫ، ކުރިނބީ އަދި ހޯރަފުއްޓަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ މިފަހަރު ދޭ ރަށްރަށުގެ ތެރޭގައި ކުމުންދޫ، ކުރިނބީ އަދި ހޯރަފުށި ހިމެނިއްޖެއެވެ. އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރި އަހަރެންގެ ބޭންކް ކޮމިއުނިއުޓީ ފަންޑުގެ ހަތަރުވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓް ހޮވާ މިއަދުވަނީ އިޢުލާންކޮށްފައެވެ. ހަތ...

އަލީ އާދިލް
ކުޅުދުއްފުށި އެއާޕޯޓަށް ޑިމާންޑު ބޮޑުވެ 10 ޖެނުއަރީ އާއި ހަމައަށް ޖާގަތައް ފުލްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި އެއާޕޯޓަށް ޑިމާންޑު ބޮޑުވެ 10 ޖެނުއަރީ އާއި ހަމައަށް ޖާގަތައް ފުލްވެއްޖެ

މި އަހަރު ތެރޭ އޮޕަރޭޓް ކުރަންފެށި ހދ.ކުޅުދުއްފުށި އެއާޕޯޓަށް ބާރު ބޮޑުވެ އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖާގަތައް ފުލްވެއްޖެއެވެ. ކުޅުދުއްފުށިން މާލެ އާއި ދެމެދު ދުވާލަކު އެއް ފުލައިޓް ދަތުރު ކުރާއިރު އެންމެ އަވަހަށް ވެސް ކުޅުދުއްފުށިން މާލެއަށް ޖާގަ ލިބެން އަންނަނީ އަންނަ މަހު 10 އެއްގައެވެ. އަދި މިވަގުތައް މާލެއިން ކުޅުދުއްފުއްޓަށް ދިއުމަށް އެންމެ އަވަހަށްވެސް ޖާގަ ލިބެނީ އަންނަ އަހަރުގެ 9 ވަނަ ދުވަހަށްކަމަށް […]

ފާތިމަތު ސިނާޒާ
📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކޮމިއުނިޓީ ފަސްޓް އެއިޑް ކޯހެއް ފަށައިފި

ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލް ގުޅިގެން ހޯރަފުށީ ރައްޔިތުންނަށް އަމާޒުކޮށްގެން ” ކޮމިއުނިޓީ ފަސްޓް އެއިޑް ކޯސް” ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ފުލުހުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޯހެއްކަމަށް ފުލުހުން ބުނެއެވެ. ހޯރަފުށީ ޕޮލިސ...

ޔުމްނާ ޢަލީ
ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ 📍 ހދ. ވައިކަރަދޫ

ޑރ. އާދިލް ރަޝީދު ނިޔާވެއްޖެ

ރާއްޖޭގައި ހަމުގެ ބަލިތަކަށް ހާއްސަވި އެންމެ ފުރަތަމަ އެއް ޑޮކްޓަރު ކަމުގައިވާ، ޑރ. މުހައްމަދު އާދިލް ރަޝީދު ނިޔާވެއްޖެ އެވެ. ޑރ. އާދިލް ރަޝީދުއަކީ ހދ ވައިކަރަދޫ ޖޭމުގޭ އަބްދުﷲ ހުސައިންގެ އިބްރާހިމް ރަޝީދު ގެ ދަރިކަލެކެވެ. އުމުރުން 52 އަހަރުގައި ޑރ. އާދިލް ނިޔާވެފައި ވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮންނެވެ. ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މަސްޖިދުގައެވެ. […]

ޔުމްނާ ޢަލީ
ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު! 📍 ށ. ފޭދޫ

ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު!

ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު ދައްކުވައިދޭ ވީޑިއޯއެއް ފޭދޫ މީހަކު އާންމުކޮށްފިއެވެ. މިވީޑިއޯ އާންމުކޮށްފައިވާ ޒުވާނާ ބުނެފައިވަނީ އިރުވައި މޫސުމުގައި ފަޅަށް ވަދެ ނިކުމެ ހެދުމަކީ ނުރައްކާތެރިކަަމެއްކަމަށެވެ. އަދި ކަނޑިންމަ ތިލަވުމުގެ ސަބަބުން ބިޔަ ރާޅުތަކުގެ ސަބަބުން މާލެ ދަތުރުކުރާ ބޯއްޓާއި މަސްވެރިކަން ކުރާ ދޯނިތައް މަހަށް ނުފުރި ފަޅު ބަންދުވެފައިވާ ކަމަށެވެ. ލޯންޗު ފަޅަށް ވަންނަން ކުރި މަސައްކަތް ދައްކައިދިނުމުގެ ގޮތުން މިޒުވާނާ ވަނީ 2 ވީޑިއޯ ހިއްސާ ކޮށްފައެވެ. […]

ހުސައިން ހަބީބް
📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބައިނަލް އަގުވާމީ ފެންވަރުގެ ބެޑްމިންޓަން ހޯލެއް އެޅުމަށް އިއުލާންކޮށްފި

ހދ. ކުޅުދުއްފުށި ހިމެނޭހެން ހަ ރަށެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ އިންޑޯ ބެޑްމިންޓަން ހޯލް ގާއިމު ކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ. ހދ. ކުޅުދުއްފުށީގެ އިތުރުން ދެން އިތުރަށް އިއުލާންގައިވާ ފަސް ރަށަކީ، ލ. ގަން، ދ. ކުޑަހުވަދޫ، ޅ. ނައިފަރު އަދި ގދ. ތިނަދޫ އަދި ފުވައްމުލައް ސިޓީއެވެ. މި ހަރަށުގައި އިންޑޯ ބެޑްމިންޓަން ހޯލް ގާއިމުކޮށްދޭނެ ފަރާތްތައް ހޯދުމަށް އިއުލާންކުރުމާއި ގުޅިގެން ކުޅިވަރާބެހޭ ވަޒީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ […]

ޔުމްނާ ޢަލީ