ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ސެމީފައިނަލް މެޗް ފެށިއްޖެއެވެ.

Ad
rt

ފައިނަލްގެ ފަހުޖާގަ ކަށަވަރު ކުރުމަށް ކުޅެވޭ މިމުބާރާތުގެ ސެމީ ފައިނަލް މިމެޗްގައި ވާދަކުރަނީ ރިއަލް ސްޓާރސް އާއި އަހުލީއެވެ.

މެޗްގެ ފުރަތަމަ ހާފްގެ 24 މިނިޓް ކުޅެވުނު އިރު ދެޓީމްގެ ފަރާތުން ފެންނަމުންދަނީ ހަމަ ހަމަ ކުޅުމެކެވެ.

މެޗްގެ ފުރަތަމަ ހާފްގެ 39 މިނިޓް މިހާރު ކުޅެވިފައިވާއިރު، އަދިވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ކުރިން އަހުލީޓީމުން އުފެއްދި ހަމަލާތައް އިތުރުނަމަވެސް މިހާރު ރިއަލް ސްޓާރސްއިން ވަނީ އެޓީމުން އަހުލީގެ ގޯލަށްދޭ ހަމަލަތައް އިތުރުކޮށްފައެވެ.

އިތުރު ވަގުތުގެ 3 މިނިޓް ކުޅުމަށްފަހު، ފުރަތަމަ ހާފްގެ ކުޅުން ނިންމާލިއިރުވެސް މެޗްގެ ނަތީޖާ އޮތީ ހަމަކޮށެވެ.

މުބާރާތުގެ ފައިނަލް ކަށަވަރުކޮށްފައިވާ، ޝީލްޑްގެ ކޯޗުގެ ހަނިމާދޫއަށް ނިސްބަތްވާ ކުރީގެ ޤައުމީ ޓީމުގެ ޑިފެންޑަރު މުޙައްމަދު ނާސިރު ތިލަދުންނާ ވާހަކަ ދައްކަވަމުން މެޗްގެ ފުރަމަ ހާފުގެ ކުޅުމާ ބެހޭ ގޮތުން ބުނީ، ފުރަތަމަ ކޮޅުގައި އަހުލީ ޓީމުން ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް، ހާފުގެ މެދާ ހަމައިން ގޭމް ބަދަލުވެ ރިއަލް ސްޓާރއިން މެޗްގެ ބޮޑުބައި ކޮންޓްރޯލް ކޮށްފައި ވާކަމަށެވެ.

ނާސިރު އިތުރަށް ބުނީ، ރިއަލް ސްޓާރއިން ފުލުފުލުގައި ޗާންސްތައް ކުރިއޭޓުކޮށް 6 ހަމަލާ އުފައްދައި، އޯޕަން 3 ޗާންސް ހޯދައި ނާކާމިޔާބުވީ ކަމަށެވެ. އެއީ، އަހުލީޓީމުން ސަމާލުވާން ޖެހޭކަމެއްކަމަށް ނާސިރު ބުންޏެވެ.

މެޗްގެ ނަތީޖާ ޕެނަލްޓީއާއި ހަމައަށް ނުގޮސް، މެޗް ނިމޭއިރު ނެރޭނެ ކަމަށް ނާސިރު ލަފާކުރެއެވެ

މެޗްގެ ދެވަނަ ހާފުގެ ކުޅުން ފެށިއްޖެއެވެ.

ރިއަލް ސްޓާރސްއިން ފުރަތަމަ ލަންޑު ޖަހައިފިއެވެ. މެޗްގެ 48 ވަނަ މިނިޓުގައި މިލަނޑު ޖަހާފައިވަނީ ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 11 މުހައްމަދު ނާފިޒެވެ.

އަހުލީޓީމުން ބަދަލެއް ގެނެސްފިއެވެ. މިގޮތުން އެޓީމުގެ ޖާރޒީ ނަމްބަރު 3 މުޙައްމަދު ޙުސައިންގެ ބަދަލުގައި ކުޅެން އަރާފައިވަނީ ޖާރޒީ 9 އަޙުމަދު ޝަރީފެވެ.

ރިއަލް ސްޓާރސްގެ ލަނޑަށްފަހު މެޗްގެ ކޮންޓްރޯލް ނަގައި، އަހުލީގެ ކުޅުން ރަނގަޅު ކޮށްފިއެވެ. މިހާރު މެޗްގެ 70 މިނިޓްގެ ކުޅުން ކުޅެވިއްޖެއެވެ.

މެޗް ގެ އިތުރު ގަޑީގެ ގޮތުގައި 3 މިނިޓުގެ ކުޅުން ކުޅުމަށް ދައްކައިފިއެވެ. އަދިވެސް ނަތީޖާ އޮތީ 1-0 އިން ރިއަލް ސްޓާރސް ކުރީގައެވެ.

މެޗަގެ އިތުތުގަޑީގައި ރިއަލް ސްޓާސްގެ ޖާރޒީ ނަމްބަރ 2 ނޫރު ﷲ ޠާހާ ލަންޑެއް ޖަހައި ލީޑް ފުޅާކޮށްފިއެވެ.

މެޗް ނިމުނީ 2-0 ލަނޑުން ރިއަލް ސްޓާރސް މެޗް ކާމިޔާބު ކޮށްގެންނެވެ.

ފޮޓޯތައް: ހަނިމާދޫ އައި ކްލިކް ސްޓޯޑިއޯ