މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ: ޝިއާރުގެ ދަށުން ގަސް އިންދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ: ޝިއާރުގެ ދަށުން ގަސް އިންދަނީ

“ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ” މިޝިއާރުގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. އެއްލައްކަ ގަސް އިންދުމަށް އަމާޒު ކޮށްފައިވާ މިހަރަކާތުގައި ގަސް އިންދުމަށް ހަމަޖައްސާފައިވަނީ ހޯރަފުށީ އެއާޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގަ އެެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ހޯރަފުށީ ކައުންސިލ...

ޔުމްނާ ޢަލީ
ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެ: ކެލާ ޝަރީފް 📍 ހއ. ކެލާ

ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެ: ކެލާ ޝަރީފް

ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ސާވިސް ޗާޖަކީ، ސާވިސް ޗާޖު ނަގާ ތަނެއްގެ މުވަށްޒަފުންގެ ހައްޤެއް، އެހައްޤު ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އެއް، ސާވިސް ޗާޖުގެ މައްސަލަ ހޫނުވެ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް  ރިސޯޓު މުވައްޒަފުން ގޮވަމުންދާ މިދަނޑިވަޅުގައި ޝަރީފް ޓުވީޓު ކުރައްވާ ބުނެފައިވެއެވެ. Service charge akee, se...

ޔުމްނާ ޢަލީ
📍 ހއ. ދިއްދޫ

ދިއްދޫ ހިމެނޭހެން 9 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރަނީ

ހއ. ދިއްދޫ ހިމެނޭހެން ނުވަ ރަށެއްގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް މިއަދު ސޮއި ކޮށްފިއެވެ. މިއެއްބަސްވުން ތަކުގައި ސޮއި ކުރެވުނީ މިއަދު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ މަޙްލޫފު ވިދާޅުވީ ފުޓް ބޯޅަ ދަނޑުތައް ތަރަށްޤީ ކުރުމުގެ ގޮތުން 37 ދަނޑުގައ ޓާފް އެޅުމަށް ބޭނުންވާ ޓާފް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބައެއް ދަނޑުތަކަށް ޓާފް ގެނައުމަށް ބިޑް މަރުހަލާ ކުރިޔަށް ދާކަމަށެވެ. މިއަދު […]

ޔުމްނާ ޢަލީ
މަޢުލޫމާތު ދިންކަމަށް ބުނެ ހޮނޑާފުށީ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި

މަޢުލޫމާތު ދިންކަމަށް ބުނެ ހޮނޑާފުށީ މުވައްޒަފަކު ވަޒީފާއިން ކަނޑާލައިފި

ހޮނޑާފުށިން މަޢުލޫމާތު ހިއްސާކުރިކަމަށް ބުނެ އިންޒާރު ލިބުނު މުވައްޒަފު ވަޒީފާއިން ކަނޑާލާ ފޮނުވާލައިފިއެވެ. ހދ.ހޮނޑާފުށީ ރިސޯޓްގެ ސާރވިސް ޗާޖާއި ބެހޭގޮތުން މައްސަލަ ޖެއްސި މުވައްޒަފު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެރަށުގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވާ ހަމައެކަނި ފަރާތްކަމުގައިވާ އަހުމަދު ޝިމްހާޒް ވަކިކޮށްފައިވަނީ އެއް މަސް ދުވަހުގެ މުސާރައަކާއި އެކުގައެވެ. އޭނާ ވަނީ ވަޒީފާއިން ވަކިކުރުމަށްފަހު ފުރުވާލުމަށްޓަކައި ހދ.ހަނިމާދޫއަށް ފޮނުވާލާފަ...

ޔުމްނާ ޢަލީ
ކޮމަންޑޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލަރުންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‎މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދ...

އަލީ އާދިލް
ކުޅުދުއްފުށީ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދުކޮށް އަމާން މާހައުލެއް ރަށްރަށުގައި ގާއިމްކޮށް އާންމު ރައްޔިތުންނާއި ގާތުން ޚިދުމަތްދީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުށީ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފެށި މި ޕްރޮގްރާމަކީ ، ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް އާންމު ރައްޔިތުންގެ ހިޔާލުހޯދައި މަޝްވަރާކޮށް، އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަނ...

އިބްރާހިމް އަސްވާޤް

މަޢުލޫމާތު ދޭކަމަށްބުނެ ހޮނޑާފުށީ މުވައްޒަފަކަށް އިންޒާރު ދީފި

ރިސޯޓު ބޯއީސް އެފްބީ ޕޭޖްއަށް މަޢުލޫމާތު ދޭކަމަށްބުނެ ހދ ހޮނޑާފުށި ރިސޯޓު މުވައްޒަފަކަށް ރިޒައިންލާން އަންގާ ޖެނެރަލް މެނޭޖަރު އިންޒާރު ދީފިއެވެ. މިއަދު ރިސޯޓު ގެ ޖެނެރަލް މެނޭޖަރުގެ އަރިހަށް ހާޒިރުކޮށް ރިޒަރިންލާން އަންގާފައިވަނީ އެރިސޯޓުގައި މަސައްކަތްކުރާ ހަމަ އެކަނި ސެކިއުރިޓީ އަޙްމަދު ޝިމްހާޒް އަންބަރީގެ ތ. ގުރައިދޫ އަށެވެ. ތިލަދުންއަށް މަޢުލޫމާތު ދެމުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާތާ 7 އަހަރުވެފައިވާ ޝިމްހާޒު ބުނީ މިއަދު އެއިނާ ޖީއެމްއާއި އެރަށު އެޗްއާރު ހިންގުމާއި ހަވާލުވެހުރި ބަނގ...

އަލީ އާދިލް
ކުއްޔަކީ ސަރުކާރަށް ގަދަބާރުން ކޮންޓްރޯލް ކުރެވޭ އެއްޗެއްނޫން: މެންބަރު ޝިފާއު

ކުއްޔަކީ ސަރުކާރަށް ގަދަބާރުން ކޮންޓްރޯލް ކުރެވޭ އެއްޗެއްނޫން: މެންބަރު ޝިފާއު

ކުއްޔަކީ ސަރުކާރަށް ގަދަބާރުން ކޮންޓްރޯލް ކުރެވޭ އެއްޗެއްނޫން ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝިފާއު އެހެން ވިދާޅުވީ، “މާލެ ސިޓީގެ ގެދޮރުގެ ކުލި ކޮންޓްރޯލް ކުރުމަށް ހުށަހަޅާ ޕެޓިޝަންގައި 258 ސޮއި” މިސުރުޚީ ދަށުގައި ރާއްޖެ.އެމްވީ އިން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި މެންބަރު ޝިފާއު އިތުރަށް ވިދާޅުވީ، ކުލި ކޮންޓްރޯލު ކުރެވޭނީ މާލެއަށް ޖަމާކޮށްފައިވާ ވަސީލަތްތައް މުޅި ރާއްޖެއަށް...

އަލީ އާދިލް
އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން 📍 ނ. މާފަރު

އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ، މާލެ ކައިރީ ރިސޯޓު ހަދަން ފަޅު ހިއްކުން އޯކޭ: އެމްޕީ ހާރޫން

މާފަރު އެއާރޕޯޓު އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން އީޕީއޭއިން މިއަދު ދިން ލަފަޔާމެދު މަނަދޫ ދާއިރާގެ މެންބަރުގެ އަހުމަދު ހާރޫން ހިތްގަމަނުޖެހުން ފާޅުކުރައްވައިފިއެވެ. ނ. މާފަރު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާގުޅޭ މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުމާމެދު އީޕީއޭއިން ދިން ލަފަޔާމެދު ހިތްހަމަ ޖެހިވަޑައިނުގެން ޝުއޫރު ފާޅު ކުރައްވާ މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ނ.މާފަރު ފަޅުން ވެލި ނެގުން ނުހުއްޓުވުނު ކަމަށެވެ. އަތޮޅުތެރެ ތަރައްޤީ ވާނަމަ ތިމާވެށި ހަލާކުވަނީ ކަމަށް ވާކަމަށާއި، މާލެ ކައިރީ ރި...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން 📍 ނ. މާފަރު

މާފަރު އެއާޕޯޓު ބޮޑުކުރަން އީޕީއޭއިން ހުއްދައެއް ނުދިން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހުއްދަނުދޭން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން  ނިންމައިފިއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނުފެންނަކަމަށް އީޕީއޭ އިން ބުނެފައިވަނީ މާފަރު އެއާޕޯޓްގެ އެކްސްޕެންޝަން މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވާ ބޯއިން 777 ޓްވިން ޖެޓް ލޭންޑު ކުރެވޭ ވަރަށް އެއާޕޯޓް ރަންވޭ ބޮޑު ކުރުމަކީ ދުރު ރާސްތާ އަށް ބަލާއިރު ލިބޭނެ ސޯޝިއޯ […]

އަލީ އާދިލް

އާދަމް ސަލީމްކަޕްގެ ޗެމްޕިއަންކަން ރިއަލް ސްޓާރސް ހޯދައިފި

  އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ސްޓާރސް އިން ހޯދައިފިއެވެ. މި ކާމިޔާބީއާއި އެކު އެޓީމުވަނީ މިމުބާރާތުގެ ތަށި ދިފާއު ކޮށްފައެވެ. ރިއަލް ސްޓާރސްއިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުއި ޝީލްޑާ ބައްދަލުކުރި މެޗު 3-1 ލަނޑުގެ ނަތީޖާ އަކުން ކާމިޔާބު ކޮށްގެނެވެ. މިމެޗްގައި ރިއަލް ސްޓާރސްގެ ލަނޑުތައް ޖަހާފައިވަނީ ޖާޒީ ނަމްބަރު 5 އަބުދު ﷲ މިސްބާޙް، ޖާޒީ ނަމްބަރު 37 މުޙައްމަދު ނައުޝާދު […]

ޙުސައިން ޝަހުދީ
📍 ހދ. ހަނިމާދޫ

އާދަމް ސަލީމް ކަޕްގެ ފައިނަލް މެޗް: ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުން

ހަނިމާދޫގެ ފުޓްބޯޅައިގެ އުދަރެހުގައި ފިޔަޖެހި އަލިގަދަ ތަރިއެއްކަމަށްވާ، ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާގެ މެމްބަރު އަލްމަރުޙޫމު އާދަމް ސަލީމުގެ ހަނދާނުގައި ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ އާދަމް ސަލީމް ކަޕް 2019 ގެ ފައިނަލް މެޗް ފެށިއްޖެއެވެ. އާދަމް ސަލީމް ކަޕްގެ ފައިނަލްގައި ރިއަލް ސްޓާރސްއާއި ޝީލްޑްގެ ބައްދަލުކުރާ މެޗު ފެށުމާއެކު ފުރަތަމަ މިނިޓްގައި ރިއަލް ސްޓާރސްގެ ޖާރޒީ ނަމްބަރ 5، މިސްބާހް ވަނީ ލަނޑެއްޖަހާފައެވެ. މެޗްގެ 2 ވަނަ ލަނޑެއް ރިއަލް ސްޓާރސްއިން ޖަހައި، ލީޑް […]

ޙުސައިން ޝަހުދީ

އާދަމް ސަލީމް ކަޕްގެ ފައިނަލް، ރިއަލް ސްޓާރސްއާއި ޝީލްޑްގެ ކުރިމަތިލުން މިއަދު

އާދަމް ސަލީމް ކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ބައްދަލުކުރާނީ ރިއަލް ސްޓާރސްްއާއި، ޝީލްޑެވެ. ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ މިބުރާތުގެ ފައިނަލް މެޗު މިއަދު ކުޅޭނީ، ހަވީރު 15:45 ގައި ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މިއަދުގެ މެޗާ ބެހޭގޮތުން ރިއަލް ސަޓާރސްގެ ކޯޗު، އަޙުމަދު އަޝްރަފް ތިލަދުންނާ ވާހަކަ ދައްކަމުން ބުނީ، މެޗާމެދު ސަތޭކަ ޕަސަންޓް ޔަގީންކަން އެބައޮތް ކަމަށާއި، މެޗް ކާމިޔާބު ކުރާނެ ކަމަށެވެ. މިއަދުގެ މެޗާ ބެހޭގޮތުން […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ދެން އޮންނާނީ ސިޓީ ކައުންސިލެއް: އާތިފް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ދެން އޮންނާނީ ސިޓީ ކައުންސިލެއް: އާތިފް

ކުޅުދުއްފުށީގައި ދެން އޮންނާނީ ސިޓީ ކައުންސިލެއްކަމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. މިއަދު އަވަސް އޮންލައިންގައި ޝާއިރުކުރި “މިފަހަރުވެސް ކުޅުދުއްފުއްޓަށް ރަށު ކައުންސިލެއް” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރު ޓުވީޓު ކުރައްވާ އާތިފް ބުނެފައިވެއެވެ. އާތިފް މިހެން ބުނެފައިވާއިތު މިކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. In Sha Allah Kulhudhuffushi gai dhen onnaanee City Council eh. pic.twitter.com/FQYOy8yunT — Ahmed Athif (@Ahmed_At...

އަލީ އާދިލް

ހދ ހޮނޑާފުށި ރިސޯޓުން މިދިޔަމަހު ސާވިސް ޗާޖްގެ ގޮތުގައި 11 ޑޮލަރު!

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި ނޮވެމްބަރ މަހުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 11 ޑޮލަރު (169.62 ރުފިޔާ) ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ބުނެފިއެވެ. އެރަށުން ވާހަކަ ދެއްކި މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮސޤ މިނޫހަށް މަޢުލޫމާތު ދެމުން ބުނީ އެރިސޯޓުގައި އަބަދުވެސް ސާވިސްޗާޖު ދެނީ އެއްމަސް ފަހުން ކަމަށެވެ. މިދިޔަ މަހުގެ ސާވިސްޗާޖު އަދިވެސް ޖަމާ ނުކުރާކަމަށް އެފަރާތުން ބުނެފައިވެއެވެ. މިހާރު އެރަށުގައި 62 ރޫ...

ޔުމްނާ ޢަލީ