މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންގެ ހައްްގުތައް ކަށަވަރު ކޮށްދެއްވާނެ: މެންބަރު ޝަހީމް

ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ މީހުންގެ ހައްްގުތައް ކަށަވަރު ކޮށްދެއްވާނެ: މެންބަރު ޝަހީމް

ފަތުރުވެރި ކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ރައްޔިތުންގެ ހައްްގުތައް މިނިސްޓަރު ޢަލީ ވަހީދު ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބުދު ﷲ ޝަހީމް ވިދާޅުވެއްޖެއެވެ. މެންބަރު ޝަހީމް އެހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ޝަހީމް ވިދާޅުވެފައި ވަނީ ކަމެއް ރަނގަޅު ކުރަން މަސައްކަތްކުރާ ކޮންމެ ބޭފުޅަކަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. ” އަޅުގަނޑުމެންގެ ފުރިހަމަ ތާއީދާއި ޔަޤީންކަން މިނިސްޓަރު ޢަލީ ވަހީ...

އަލީ އާދިލް
"ނަމާދު" މި މަޢުލޫއަށް ވައިކަރަދޫގައި ދަރުހެއް ވިޔެސް ޖަމިއްޔާއިން ބާއްވަނީ 📍 ހދ. ވައިކަރަދޫ

"ނަމާދު" މި މަޢުލޫއަށް ވައިކަރަދޫގައި ދަރުހެއް ވިޔެސް ޖަމިއްޔާއިން ބާއްވަނީ

“ނަމާދު” މި މަޢުލޫއަށް ވައިކަރަދޫގައި ވަރަށް ޚާއްސަ ދަރުހެއް ވިޔެސް ޖަމިއްޔާއިނަ ބާއްވަން ނިންމައިފިއެވެ. ވިޔެސް ޖަމިއްޔާއިން އިންތިޒާމްކުރާ މި ދަރުސް އޮންނާނީ 3 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ހދ އަތޮޅު މަދަރުސާގައެވެ. ދަރުސް ދެއްވާނީ ޢައްޝެއިޚް ޝުޢައިބު ނާޒިމް އެވެ. ވިޔެސް ޖަމިއްޔާއިން ބުނީ މިދަރުހަކީ ވައިކަރަދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެޖަމިއްޔާއިން ކުރިޔަށް ގެންދާ ދަރުހެއްކަމަށާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.

ހުސައިން ހަބީބް
ފެނަކައިން މިއަހަރު ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށަނީ 📍 ށ. ޅައިމަގު

ފެނަކައިން މިއަހަރު ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށަނީ

ފެނަކައިން މިއަހަރު ތެރޭގައި 30 އިންޖީނުގޭގެ މަސައްކަތް ނިންމާ ޚިދުމަތްދޭން ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ބުނީ ރަށްރަށުގެ އިންޖީނުގެތައް މީހުން އުޅޭ ސަރަހައްދުތަކުން އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫއުތަކުގެ ދަށުން 2019 ވަނަ އަހަރުގެ ތެރޭގައި އައު އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން 27 ރަށެއްގައި އެ މަސައްކަތް ފެށި، 2020 ފެށުނުއިރު ބައެއް ރަށްރަށުގެ އިންޖީނުގޭގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. 2020 ގައި އިންޖީނުގެތައް...

އަލީ އާދިލް
މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫގައި އަޅާ ފެނާއި ނަރުދަމާގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ފޭދޫ

މަކުނުދޫ، ނޭކުރެންދޫ، ނެއްލައިދޫގައި އަޅާ ފެނާއި ނަރުދަމާގެ ޑިޒައިން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ހދ. ނެއްލައިދޫގެ އިތުރުން 4 ރަށެއްގެ ފެނާއި ނަރުދަމާ އަޅަން ޑިޒައިންތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ. ހދ.ނެއްލައިދޫ، ހދ.ނޭކުރެންދޫ، ހދ. މަކުނުދޫ އިތުރުން ޑިޒައިންގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގދ. ވާދޫ، ގދ. ފިޔޯރީ ، ބ.ކެންދޫ އަދި ށ. ފޭދޫ ހިމެނެ އެވެ. އެ ޕްރޮޖެކްޓަށް ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހު އެވެ.

އަލީ އާދިލް
މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރަނީ 📍 ހދ. ހަނިމާދޫ

މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރަނީ

މިއަހަރު ތެރޭ ކުޅުދުއްފުށި އަދި ހަނިމާދޫ އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސް ޕޯރޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ ރޭ ވީޓީވީ އިން ގެނެސްދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރޭ މިނިސްޓަރު ނަހުލާ ވިދާޅުވީ ކުރީ ސަރުކާރުން ތަރައްޤީކޮށް މިސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް ތަރައްޤީ ކޮށްފައި އޮތީ މި ސަރުކާރުން ބޭނުންވާ ފެންވަރުގައި ނޫން ކަމަށެވެ. އެހެންކަމާއެކު މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓް...

ޔުމްނާ ޢަލީ
📍 ހދ. ކުޅުދުއްފުށި

އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެ: މިނިސްޓަރު ޝާހިދު

އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެކަމަށް ފޮރިންމިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝާހިދުވަނީ ކުޅުދުއްފުށި މިއަދުން ފެށިގެން ސިޓީއަކަށް ބަދަލުވުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ފޮނުއްވާ، ޓްވީޓު ކުރައްވާފައެވެ. އެޓުވީޓުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސިޓީއެއްގެ ދަރަޖައިގައި، ރައީސް ސޯލިހުގެ ސަރުކާރުގައި އުތުރުގެ ވިޔަފާރީގެ މައި މަރުކަޒަކަށް ކުޅުދުއްފުށި ސިޓީ ވެގެންދާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މި ސ...

ޔުމްނާ ޢަލީ

އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ހއ. އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން 26 ނޮވެމްބަރު 2019 ވަނަ ދުވަހު އާންމު ކުރި އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް އާންމު ކުރާކަމަށެވެ. އިހަވަންދޫ ކައުންސިލުން އާންމު ކުރި އިހަވަން...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި އަންހެނުންނަށް ރިޒާވު 2 ގޮނޑި، ޖުމްލަ 6 ގޮނޑި: އީސީ

ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި އަންހެނުންނަށް ރިޒާވު 2 ގޮނޑި، ޖުމްލަ 6 ގޮނޑި: އީސީ

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުމާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިޚާބު ކުރެވޭނެ ކަމަށެވެ. […]

ޔުމްނާ ޢަލީ

ހދ. އަތޮޅުގެ ވެރިރަށް ކަނޑައެޅުން އެންމެ ރަނގަޅީ އަތޮޅުގެ ރައްޔިތުން ނިންމާ ރަށެއް: އެމްޕީ ރާއީ

ހދ. ގައި ދެން ވެރިކަންކުރާ ރަށަކަށް ކަނޑައަޅަން އެންމެ ކަމުދާ ރަށަކީ، އެ އަތޮޅުގެ ރައްޔިތުން ނިންމާ ރަށެއްކަމަށް އެމަނިކުފާނަށް މާބޮޑަށްވެސް ޤަބޫލު ކުރެއްވޭ ކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ އެހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ރާއީ އެއިޝާރާތަކުރައްވާ ގޮތަށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ގޮތެއް ނިންމޭނީ، އެގޮތަށް ޤާނޫނީ ފުރުޞަތު އޮތް ނަމައެވެ. https://twitter.com/Mraee12/status/1212038690169425921?s=20 ޤާނޫނ...

އަލީ އާދިލް

ހޮނޑާފުށި ރިސޯޓުން ނޫސްބަޔާނެއް ނެރެފި

ހޮނޑާފުށި އައިލެންޑް ރިސޯޓްއާ ގުޅޭގޮތުން، މީސް މީޑިއާގައްޔާއި ނޫސްތަކުގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެރިސޯޓުން ނޫސްބަޔާނެއް ނެރެފިއެވެ އެނޫސް ބަޔާނުގައި ބުނެފައިވަނީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހދ. ހޮނޑާފުށި ކުއްޔަށްހިފުމަށްފަހު، އެ ރަށް ފުރިހަމަ އޮޕަރޭޓިންގ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެ ކުންފުންޏަށް އެތަކެއް ހުރަސްތަކާއި ދަތި އުދަނގޫތަކެއް ކުރިމަތިވެފައިވާކަމަށާއި އެ ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި އެކި ދަތި...

އަލީ އާދިލް
ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަން ފަށައިފިކަމަށް އެކޮމިޝަނުން ބުނެފިއެވެ، އީސީން ބުނީ، ހދ. ކުޅުދުއްފުށްޓަކީ ސީޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހދ. ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ވީހާވެސް އަވަހަކަށް އިއުލާން ކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފ...

އަލީ އާދިލް
📍 ހއ. ދިއްދޫ

ހއ. ދިއްދޫ ޖެޓީ ހަދާނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ހއ. ދިއްދޫ ޖެޓީ ހަދާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ. މިމަސައަކަތް ކޮށްދިނުމަށް ފުރަތަމަ ކުރި ޢިއުލާން ބާތިލު ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިންކަމަށް އަލަށް ފުރުސަތު ހުޅުވާލި ޢިއުލާނުގައި ބުނެފައި ވެއެވެ. މިމަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ ޢިއުލާނުގައި ބުނެފައި ވަނީ، 30 މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ […]

އަލީ އާދިލް
އާތިފު ކުޅުދުއްފުށީ މޭޔަރު ކަމަށް ވާދަ ކުރައްވަނީ

އާތިފު ކުޅުދުއްފުށީ މޭޔަރު ކަމަށް ވާދަ ކުރައްވަނީ

ހދ. އަތޮޅު ކައުންސިލް މެންބަރު އަޙުމަދު އާތިފް ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރަށްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. އާތިފް ދާދި ދެންމެއަކު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ﷲ ގެ ރަޙުމަތް ފުޅާއެކު ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލުމަށްޓަކައި އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައިފިކަމަށެވެ. އަދި އެންމެހާ ބޭފުޅުންގެ ތާއިދާއި އެހީތެރިކަމަށް އޭނާ އެދި ލައްވާފައި ވެއެވެ. https://www.facebook.com/ahmed.athif3/posts/2757680444275795 އާތިފަކީ މިހާރުވެސް ހދ. އަތޮޅ...

އަލީ އާދިލް
📍 ހއ. ކެލާ

ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކޮށްފި

ހއ. ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާއެވެ. މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކުރި 6 ރަށް ހއ. ކެލާ ރ. އަލިފުށި ރ. ހުޅުދުއްފާރު މ. މުލި ލ. ގަން ތ. ގުރައިދޫ 3.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ […]

އަލީ އާދިލް
ހދ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ރައީސް ކަނޑައަޅައިފި 📍 ހދ. ކުޅުދުއްފުށި

ހދ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ރައީސް ކަނޑައަޅައިފި

ހދ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަނޑައަޅުއްވާ އެކަން އިޢުލާން ކުރައްވައިފިއެވެ. މިކަން މިގޮތައް ނިންމަވާ ކަނޑައެޅީ ރައީސް މިއަދު ކުރެއްވި ޓުވީޓއްގައެވެ. 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ...

އިބްރާހިމް އަސްވާޤް