މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ބިންހެލުމުގެ ޚަބަރު ޖަޕާނަށް M5.7 ގެ ބިންހެލުމެއް އަތުވެއްޖެ - 24 މިނިޓު ކުރިން
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމާމެދު މެމްބަރު ޝަރީފްގެ ޚިޔާލެއް!

ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމާމެދު މެމްބަރު ޝަރީފްގެ ޚިޔާލެއް!

ކައުންސިލް ތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމާމެދު ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ޚިޔާލެއް ފާޅު ކުރައްވައިފިއެވެ. މެމްބަރު އިބްރާޙީމް ޝަރީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ” ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް އަންހެނުންނަށް ގޮނޑި ކަނޑައެޅުން އަދި އަންހެނުންގެ ކޮމެޓީ އިންތިޚާބުކުރުން، މިކަންކަމުން ޤައުމީ އާބާދީ އިތުރުވުމަށް ހުރަހަކަށް ނުވާނެ ބާވައެވެ؟ ” Miee alhuganduge amihla hiyaaleh!!!! , Rashu council...

އަލީ އާދިލް
ކުޅުދުއްފުށި ސިޓީ މީހުން ކިޔަނީ "މުނާފިގު ސްޕަންޖް"، ތިރަށު މީހުން ކިޔަނީ؟ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ މީހުން ކިޔަނީ "މުނާފިގު ސްޕަންޖް"، ތިރަށު މީހުން ކިޔަނީ؟

ދޮގެއްވާ ނޫނެވެ. ކުޅުދުއްފުށި ސިޓީ މީހުން އެބުނަނީ ހަމަ ތެދެކެވެ. އެއީ ހަމަ މުނާފިގު ސްޕަންޖެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރި މީހެއް މީސް މީޑިއާގައި ކިޔާދިން ވާހަކައެކެވެ. އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ތަށި ދޮންނަން ބޭނުންކުރާ ސްޕަންޖްގަނޑެއްގެ ފޮޓޯ ލުމަށްފަހު ބުނެފައި ވެއެވެ. “މިއަކީ މުނާފިގު ސްޕަންޖެވެ. އަޅުގަނޑަށް މިނަން ދަސްވީ ހދ. ކުޅުދުއްފުށިންނެވެ.” އޭނާ ބުނެފައި ވެއެވެ. ސްޕަންޖަށް އެނަންކިޔަނީ ކީއްވެތޯ އެރަށު މީހަކާ ސުވާލު ކުރީމެވެ. ޖަވާބު ލިބުނީ އެހެން ކިޔަނީ ސްޕަންޖްގެ ދެފުށް [...

ރަފާ މުހައްމަދު
ށ. ފުނަދޫއިން ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫއިން ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރަލާއި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި ހަ ހަތަރު މީހުންނަކީވެސް ދިވެހިންނެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން 18 އަހަރުގެ މީހާ އާއި، 29 އަހަރުގެ މީހާ އަދި 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ […]

ޔުމްނާ ޢަލީ
📍 ހއ. މާރަންދޫ

މާރަންދޫއިން އެއްގަމު އުޅަނދު ލައިސަންސް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައިދީފި

ހއ. މާރަންދޫއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖައްސައިދީ، އެ ޚިދުމަތް ދޭން ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ މާރަންދޫގައި އޮތް ރަސްމިއްޔާތެއްގައި މާރަންދޫގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރަން ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މާރަންދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއުއެވެ. އެ ރަސްމިއްޔާތުގައި މެމްބަރު ޝިފާއުވަނީ އެޚިދުމަތް ފައްޓަވައި ދެއްވައިދެއްވާފައެވެ. މާރަންދޫ ކައުންސ...

އަލީ އާދިލް
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހއ. ފިއްލަދޫ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފިއްލަދޫން 18 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހއ. ފިއްލަދޫން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފިއްލަދޫގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 07:30 އެހައިކަންހާއިރު ހިންގި އޮ...

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އާބާދުވީ ގޮތުގެ ވާހަކަ

ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށް އާބާދުވެފައި ވަނީ އެތަކެއް ފަހަރު މަތިންނެވެ. ކޮންމެވެސް ސަބަބަކާ ހުރެ، ރަށުގެ ވަޒަންވެރިން އެހެން ކޮންމެވެސް ހިސާބަކަށް ހިޖުރަކޮށްފައި، އަމިއްލަ ރަށަށް އަނެއްކާވެސް އާދެވޭ ގޮތަށް ކަންތައްތައް ފަހިވުމުން، އެނބުރި އައިސް ރަށް އާބާދުކުރަނީ އެވެ. މި ގޮތަށް އާބާދުވެފައިވާ ރަށްރަށް ދިވެހިރާއްޖޭގައި މަދެއް ނޫނެވެ. އަދި ހަމަ މިފަދައިން، އެކި ޒަމާނުގައި އަލަށް އާބާދުވެފައި ހުރި ރަށްރަށް ވެސް އެބަހުއްޓެވެ. މި ލިޔުމުގައި މިހިމަނާލަނީ އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލ...

Thiladhun
"އެމްޑީޕީ ތިލަދުންމަތި ދަތުރު 2020" ޖެނުއަރީ 12 ގައި

"އެމްޑީޕީ ތިލަދުންމަތި ދަތުރު 2020" ޖެނުއަރީ 12 ގައި

“އެމްޑީޕީ ތިލަދުންމަތި ދަތުރު 2020” ޖެނުއަރީ 12 ގައި ބާއްވަން ނިންމައިފިއެވެ. އެޕާޓީއިން މިއަދު ބުނީ މިހިންގާ ޖެނުއަރީ މަހު 12 ވަނަ ދުވަހު އެޕާޓީގެ ދަތުރެއް ތިލަދުންމައްޗަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާ ބައްދަލުކުރުންކަމަށާއި މީގެ އިތުރުން މިދަތުރުގައި ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީ އުތުރު މަހާސިންތާ ކުޅުދުއްފުށިގައި ބޭއްވުމަށް ހަމަޖެ...

އަލީ އާދިލް
ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ 📍 ހދ. ނޮޅިވަރަންފަރު

ހދ ނޮޅިވަރަންފަރުގައި ކަސްރަތު ޕްރޮގްރާމްއެއް ހިންގަނީ

ހދ. ނޮޅިވަރަންފަރު ކައުންސިލުން ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޙާއްސަކޮށްގެން ހިންގޭ ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް އެއިދާރާއިން ބުނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ޖަނަވަރީ 2020 ވާ އާއްދުތަ ދުވަހުގެ 14:00 ކުރިން ފޯމް އެ ކައުންސިލަށް ހުށައެޅުއްވުމަށް އެކައުންސިލުން ނެރެފައިވާ އިޢުލާނުގ...

އިބްރާހިމް އަސްވާޤް

މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދައްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް: އެމްޕީ ޝިފާއު

މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދަށްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއްކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. 2019 ވަނަ އަހަރު ދިވެހިމަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހިކަމަށާއި، މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުންވާ ކަމަށްވެސް މެމްބަރު ޝިފާޢު ވަނީ ވިދާޅުވެފައެވެ. 2019 ވަނަ އަހަރު ދިވެހިމަސްވެރިން ނިންމާލީ އިންތިޒާރާ އުއްމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި. މަސްވ...

ޔުމްނާ ޢަލީ
ހޯރަފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ކައުންސިލްގެ އިދާރާގެ އައު ޢިމާރާތް ފަރުމާކޮށް ބިލް އޮފް ކުއަންޓިޓީސް (ބީ.އޯ.ކިއު) ހަދައިދޭނެ ފަރާތެއް ހޯދުމަށް ޢިއުލާންކޮށްފިއެވެ. މިކަމަށް ފުރުޞަތު ފުރަތަމަ ހުޅުވާލާފައި ވަނީ ހުސްވި ޑިސެމްބަރު 22 ވަނަ ދުވަހުއެވެ. އެދުވަހު ފުރުޞަތު ހުޅުވާލި ޓައިމް ލައިން ބަދަލުކޮށް މިއަދު އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 22 ޑިސެމްބަރ 2019 ގެ އިޢުލާނުގައިވާ މަޢުލޫމާތު ސާފުކުރުމާއި  އަންދާސީ ހިސާބު ހުށަހެޅުމުގެ ދުވަހާއި ވަގުތަށް ބަދަލު ގެނެވ...

ޔުމްނާ ޢަލީ
މެމްބަރު ޝިފާއު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ 📍 ހއ. އިހަވަންދޫ

މެމްބަރު ޝިފާއު އިހަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާޢު، ހއ. އިހަވަންދޫ ރައްޔިޔުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ) އިހަވަންދޫ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާޢު، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ބައްވާ ހާއްސަ ބައްދަލުވުމެއް 06 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30...

އަލީ އާދިލް
ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އަންނަ ހަފްތާ އިއުލާނު ކުރަނީ

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި، އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި ކުޅުދުއްފުށީގައި ބާއްވާނެ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައެވެ. އެހ...

އަލީ އާދިލް
މިނިސްޓަރު ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ: އެމްޕީ ޝިފާއު

މިނިސްޓަރު ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ: އެމްޕީ ޝިފާއު

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. މެންބަރު ޝިފާއު އެހެން ވިދާޅުވީ ކުރައްވާފައިވާ ޓުވީޓެއްގައެވެ. ” މިރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުން ވައްކަން ކުރުން ހުއްޓުވުމަކީ މިނިސްޓަރު ޢަލީ ވަޙީދާއި ލެޑިގަންނަންޖެހޭ ސަބަބެއްނޫން. ޢަލީ ވަޙީދު ވައްކަން ކުރާކަށް ފުރުޞަތެއް ނުދެއްވާނެ. ” މެންބަރު ޝިފާއު ވިދާޅުވެފައި ވެއެވެ. Mi raajeyge fathuruverikamuge sinaa athun vah...

ޔުމްނާ ޢަލީ
ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމުގެ މައްސަލައަށް ހައްލު ލިބޭނީ ކޯލް ސެންޓަރ ހެދުމުން: ކޭއާރްއެޗް މެނޭޖަރ

ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމުގެ މައްސަލައަށް ހައްލު ލިބޭނީ ކޯލް ސެންޓަރ ހެދުމުން: ކޭއާރްއެޗް މެނޭޖަރ

ފޯނުކޮށްގެން އެޕޮއިންޓްމެންޓް ހެއްދުމުގެ މައްސަލައަށް ހައްލު ލިބޭނީ ކޯލް ސެންޓަރ ހެދުމުންކަމަށް ކޭއާރްއެޗް މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވެއްޖެއެވެ. އަޙަމްދު ދާޢުދު މިހެން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން މީހަކު ކުރި ޝަކުވާއަކަށް ޖަވާބު ދެއްވަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލްހޮސްޕިޓަލްގައި ދާއިމީ ކޮށް ދިވެހި އެތެރެހަށީގެ ޑރ. މުޙައްމަދުނަޒީފް މަސައްކަތް ކުރަންފަށާނެކަމަށާއި ކުޅުދުއްފުށީ ސިޓީގެ ކުރިއެރުމަށް މިލިބުނު ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށް ޑރ މުޙައްމަދު އަލީ ކުރެއްވި ޓުވީޓަށް މީހަކު ހުށަ...

އަލީ އާދިލް

ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެތެރެހަށީގެ ޑރ. މުޙައްމަދު ނަޒީފް މަސައްކަތް ކުރަންފަށައިފި

ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެތެރެހަށީގެ ޑރ. މުޙައްމަދު ނަޒީފް މަސައްކަތް ކުރަންފަށައިފި އެވެ. އިއްޔެ ކުޅުދުއްފުށި ރީޖަނަލްނހޮސްޕިޓަލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ޑރ ބަލަންފަށާނެކަމަށާއި މިއީ އެހޮސްޕިޓަލުގައި އެތެރެ ހަށީގެ ދިވެހި ޑރ އަކު ޚިދުމަތްދޭ ފުރަތަމަ ފަހަރު ކަމަށެވެ. OPD bookings for Internal Medicine, Dr. Mohamed Nazeef, the first Maldivian Physician at Kulhudhuffushi Regional Hospital. Welcome to Kulhudhuffushi City. For […]

އަލީ އާދިލް