އަސާސީ ޚިދުމަތްތަކާއި އެހެނިހެން ކަންކަމަށް މާލެ ދާންޖެހޭ ޖެހުން ކުޑަކުރާނެ ކަމުގެ ވާހަކައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކަ އެކެވެ. ކުރިއަށްވުރެ ކަންކަމުގައި މާލެ ދާންޖެހޭ މިންވަރު ކުރިޔާއި އަޅާބަލާއިރު މަދުކަމުގައި ދަންނަވަން ޖެހެއެވެ.

ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކަންކަން ކުރުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތަކާއި ރައްޔިތުން ހިއްސާވާ ކުންފުނިތަކުގެވެސް އެންމެ މުހިންމު އެއްކަމެއްކަމުގައި ބުނެއެވެ. ފައިދާއަށްވުރެ ރައްޔިތުންގެ ލުއިފަސޭހައަށް ކަންކަން ރާވާ ހިންގާނެކަމަށް އަހަރީ ރިޕޯޓުތަކާއި ޖަލްސާތަކާއި ވައުދު ތަކުގައި ކެނޑިނޭޅި ބުނަމުންދެއެވެ.

Ad
rt

ސައްކެއްނެތް ގޮތުގައި ރައްޔިތުންގެ ގައުމީ ބޭންކްއަކީ މިކަންކަމަށް ވަރަށް އިސްކަން ދެއްވާ ބޭންކެކެވެ. ރަށްފުށުގައި އޭޓީއެމްތަކާއި ބީއެމްއެލްގެ އެޖެންޓުން މެދުވެރިކޮށް ފައިސާނެގޭނެ އިންތިޒާމް ހަމަޖައްސަމުން ދިއުމަކީ އެކަމުގެ ފައިދާ ރައްޔިތުންނަށް ސީދާކޮން ކުރަމުން އަންނަ ކަމެކެވެ

ރާއްޖޭގެ އުތުރާއި ދެކުނުގަައި އިންޓަރނޭޝަނަލް ދެ އެއަރޕޯޓް އެބަ އޮތެވެ. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ނުވަތަ ޗުއްޓީއަށް ދާމީހުން މިދަނީ ދުވަހެއް ހުވަހަކަށް އިތުރުވަމުންނެވެ. ރާއްޖެއިން ބޭރަށް ފުރާއިރު އެންމެ ބޮޑު ބޮލިގަ ރިހުމަކީ ބޭނުންވާވަރަށް ޑޮލަރު ނުލިބުމެވެ. އެކައުންޓުގައި ޑޮލަރު ހުއްޓަސް ފަސޭހަ ރަހުމަތެއްގައި ނެގެން ނެތުމެވެ. ޑޮލަރު އަތު ޖެއްސުމުގައި ހުރި ބޮޑެތި ތަކުލީފުތަކެވެ. މިކަން ރާއްޖޭގެ އުތުރާއި އަދި ދެކުނުގައިވެސް އޮތީ ހަމަ މިފަދަ ހާލެއްގައެވެ.

ޑޮލަރު ނެގޭނެ ގޮތެއް ނެތިގެން ހާދަ ބަޔަކު އަހަރެންގާތު އާދޭސްކުރެއޭ. މާލެއިން ޑޮލަރު ނަގައިދީފައި ފޮނުވަން. މިކަމަށްވެސް ހައްލެއްނެއް.

މިއީ ކުޅުދުއްފުށީ ޒުވާނަކު ޑޮލަރު އޭޓީއެމް އެއް އުތުރަށް ބޭނުންވާކަމަށް ބުނެ ކޮށްފައިވާ ޓުވީޓުގައިވާ ބަސްކޮޅެކެވެ.

މިއަހަރުގެ ސެޕްޓެމްބަރ 12 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް އެއް ހުޅުމާލޭގައި ހުޅުވައިދެއްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް މުހިންމު މަސައްކަތެއް ކަމަށާއި ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ،"

ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ޔޫއެސް ޑޮލަރުގެ ހިދުމަތް މިވަގުތު ލިބެމުން އަންނަނީ ހަމަ އެކަނި ގުރޭޓަރ މާލެ ސަރަޙައްދަށެވެ. މާލެ ހުޅުމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓުން މިހިދުމަތް ލިބެއެވެ. މި އޭޓީއެމް ތަކުގެ ކިއު އަށް ބަލާލިޔަސް މިހިދުމަތަށް ލިބެމުން އަންނަ ތަރުހީބު އިނގިގެން ދެއެވެ.

ބީއެމްއެލްއިން ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 37 ބްރާންޗް ހުރެ އެވެ. އަދި 47 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 110 އޭޓީއެމްގެ އިތުރުން 5،500 ޕީއޯއެސް މާޗެންޓުން ހިމެނެ އެވެ.