📍 ހއ. ދިއްދޫ
ދިއްދޫ ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަ ތަކަށް ކުރީގެ މެމްބަރު ލަތީފް ރަށްދު ދެއްވައިފި
ހއ. ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުލްލަތީފް މުހައްމަދު ރަށްދުދެއްވައިފިއެވެ. ރޭ ދިއްދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު، ދިއްދޫގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކީ އިތުރުފުޅެއްކަމަށް ލަތީފް ވިދާޅުވިއެވެ. ނަޝީދުގެ ރޭ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަޅާ...