މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ކުޅުދުއްފުށި ސިޓީގައި ފަށައިފި

ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމުކޮށް ބާއްވާ “އެފްއާރުސީ ފުޓްސަލް” މުބާރާތް މިއަދު ކުޅުދުއްފުށީގައި ފަށައިފި އެވެ. މި މުބާރާތަކީ ހއ، ހދ ޒޯނުގައި ހުރި ފެނަކަ އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިއަދު ކުޅުދުއްފުށީ ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި 9 ރަށަކުން 95 ކުޅުންތެރިން ބައިވެރިވެ އެވެ. މި މުބާރާތުގައި ވާދަކުރާ ރަށްތަކަކީ ވަށަފަރު، ނޮޅިވަރަމް، ނާވައިދޫ، ހަނިމާދޫ، މުރައިދޫ، ބާރަށް، ކުޅުދުއްފުށި، ނޮޅިވަރަންފަރު އަދި އިހަވަންދޫ އެވެ. މިމުބާރާތް ޝަރަފްވެރިކޮށްދެއ...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ނޮޅިވަރަމުގައި ޤާއިމްކުރާ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ‏އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25,269,605.00 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. https://twitter.com/monpimv/status/1217731842721247233?s=21 ހ.ދ ނޮޅިވަރަމުގައި ފެނުގެ ނިޒާމު ޤާއިމް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހުޅުވާލައިފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 2...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ރައީސް ބައްލަވާލައްވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ ހާލަތު ބައްލަވާލައްވައިފިއެވެ. މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި ހޮސްޕިޓަލުގައި އެޑަމިޓްކޮށްފައިވާ ފަރާތްތަކާއި ބައްދަލުކުރައްވާ ހާލު އައްސަވާފައިވެއެވެ. އަދި އެ ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކޮށް ހުރި ގޮންޖެހުންތައް އައްސަވާފައިވެއެވެ. President @ibusolih visits Kulhudhuffushi Regional Hospital pic.twitter.com/JRueovc9aW — The President's Office (@presidencymv) January 16, 2020 ރައ...

ޔުމްނާ ޢަލީ
📍 ށ. ފޭދޫ

ފެނާއި ނަރުދަމާ އަދި ބަނދަރު ހަދަން އޯޕެކް ފަންޑުން 50 މިލިއަން ޑޮލަރުގެ ލޯނު

ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ބަނދަރު ހެދުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ނިންމައިފި އެވެ. އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އަދި އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އޯޕެކް ފަންޑުގެ އެހީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް […]

އަލީ އާދިލް
އަޅުގަނޑުގެ ތަޞައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން

އަޅުގަނޑުގެ ތަޞައްވަރު: ނޮޅިވަރަމު- ފަތުރުވެރިކަމަށް ތައްޔާރުވުން

މި ލިޔުމަކީ ކުރިން 2009 ގައި، ނޮޅިވަރަމު އޮންލައިނަށް ލިޔުނު ލިޔުމެކެވެ. އެ ފަހަރުގެ ސުރުޚީއަކީ، “ނާގޯށި ރިސޯޓު ހުޅުވަން ވާއިރަށް، މަރުހަބާކިޔުމަށް ތައްޔާރުވުން” އެވެ. އެއީ އެއަހަރު ނާގޯށި ރިސޯޓު ހުޅުވާނެކަމަށް ބުނެ ލިޔެފައިވާ ޚަބަރެއް ފެނުމާ ގުޅިގެން ލިޔުނު ލިޔުމެކެވެ. މި ތަސައްވަރަކީ އަޅުގަނޑު ވަރަށް ކުރީއްސުރެ ގެންގުޅޭ ތަސައްވަރެކެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވެގެން އަންނަ އިރު، އެކަމުގެ މަންފާ ނޮޅިވަރަމަށް ހޯދިދާނެ ގޮތުގެ ތަސައްވަރެވެ. މިފަހަރު މި ލިޔަނީ މިހާރުގެ ހާލަތާ […]

ތިލަދުން
ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމް ކުރުމަށް ކުރާ ދިރާސާ ފެބުރުއަރީމަހު ނިމޭނެ: ފައްޔާޒު

ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމް ކުރުމަށް ކުރާ ދިރާސާ ފެބުރުއަރީމަހު ނިމޭނެ: ފައްޔާޒު

ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމް ކުރުމަށް ކުރާ ދިރާސާ ފެބުރުއަރީމަހު ނިމޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ތިލަދުންމަތި އިރުވައި ކޮންފެރެންސް“ ގައި ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޤަފޫރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާރުވެސް ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓެއް މަސައްކަތް ކު...

އަލީ އާދިލް
ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ޔަގީންކަމާއެކު ފެންނާނެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ފަހުކޮޅު ޔަގީންކަމާއެކު ފެންނާނެ

ހަނިމާދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ “ތިލަދުންމަތީގެ އިރުވައި ކޮންފަރެންސް” ގައި ބައިވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިލަދުންމަތީގައި ފުރަތަމަ ކުރަން އޮތް ކަމަކީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށެވެ. ރައީސްގެ މިވާހަކައަށް ބާރުދެއްވަމުން ފައްޔާ...

އަލީ އާދިލް
އެމްޑީޕީން އުތުރުގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފަށައިފި

އެމްޑީޕީން އުތުރުގައި ބާއްވާ "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ފަށައިފި

އެމްޑީޕީން އުތުރުގައި ބާއްވާ “ތިލަދުންމަތީ އިރުވައި ކޮންފަރެންސް” ފަށައިފި އެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އުތުރުގައި ބާއްވާ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. ކުޅުދުއްފުށި ސިޓީގެ އެއީސީ ހޯލްގައި މިއަދު 9:00ގައި ފެށި މި ކޮންފަރެންސް ތައާރަފް ކޮށްދެއްވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި ޒަރޫރީ ބ...

އަލީ އާދިލް
ތިލަދުންމަތި ތަރައްޤީ ކުރުމަށް ތިލަދުންމަތީގެ ދަރިން ލީޑް ނަންގަވާ: އަނާރާ ނައީމް

ތިލަދުންމަތި ތަރައްޤީ ކުރުމަށް ތިލަދުންމަތީގެ ދަރިން ލީޑް ނަންގަވާ: އަނާރާ ނައީމް

ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ ދަރިން ލީޑް ނެންގެވުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު، އަލްއުސްތާޛާ އަނާރާ ނަޢީމް ގޮވާލައްވައިފިއެވެ.  ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާ އަނާރާ މިގޮތަށް ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އަނާރާ ވިދާޅުވެފައިވަނީ، ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ ދަރިން ލީޑް ނެންގެވުން މުހިންމު ކަމަށެވެ. ” ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމަށް ބޮޑު ތިލަދުންމަތީގެ...

އަލީ އާދިލް
ހޯރަފުށި އެއަރޕޯޓް ޕްރޮޖެކްޓްގެ ސައިޓް މެނޭޖަރ އިޖްލާލް ކުއްލިގޮތަކަށް ނިޔާވެއްޖެ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއަރޕޯޓް ޕްރޮޖެކްޓްގެ ސައިޓް މެނޭޖަރ އިޖްލާލް ކުއްލިގޮތަކަށް ނިޔާވެއްޖެ

ހޯރަފުށި އެއަރޕޯޓް ޕްރޮޖެކްޓްގެ ސައިޓް މެނޭޖަރ އިޖްލާލް މިރޭ ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ހޯރަފުށި ދާއިރާގެ މެންބަރ އަޙްމަދު ސަލީމް މިރޭ ދަންވަރު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އިޖްލާލް މިރޭ ކުއްލިގޮތަކަށް ނިޔާވި ހިތާމައިގައި މުޅި ހޯރަފުށީގެ ރައްޔިތުން ބައިވެރިވާކަމަށެވެ. #HoarafushiAirport project ge site manager Ijlal mirey kulli gothakah niyaavi hithaamaigai mulhi Hoarafusheege rayyithun baiverivey. Maaiy Allah marhoom ah suvaruge minvaru kurahvaa aaila ah keiytherikan dhehvaashi. […]

އަލީ އާދިލް
📍 ހދ. ކުޅުދުއްފުށި

ދެ ރައީސުންނާއި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށި ސިޓީއިން ހޫނު މަރުޙަބާއެއް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަދި އެމްޑީޕީގެ ވަފުދަށް ކުޅުދުއްފުށިން މިރޭ ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ. ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއެކު “އެޖެންޑާ 19 ރަށަށް” މިނަމުގައި ކެމްޕެއިނަށް ތިލަދުންމަތީ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގައި މިރޭ ކުޅުދުއްފުއްޓަށް ވަޑައިގ...

އަލީ އާދިލް
ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހދ. ހަނިމާދޫ

ކުށްމަދުކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހަނިމާދޫ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ހަނިމާދޫ ރައްޔިތުން ހޭލުންތެރިކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި، މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކުށްތައް މަދު ކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ނޭނގި ކުރެވޭ ކުދި ކުށްތަކަކީ ކޮބައިކަމާއި އެކުށްތަކ...

އިބްރާހިމް އަސްވާޤް
އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ރައީސް ޞާލިޙް ގުޅިވަޑައިގަތީ ކަނޑުމަތިން

އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ރައީސް ޞާލިޙް ގުޅިވަޑައިގަތީ ކަނޑުމަތިން

‏ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެބައިވެރިންނާއި ކަނޑުމަތިން ގުޅިވަޑައިގެންފިއެވެ.  ‏ރައީސް ޞާލިހް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ، ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތީ ކުމުންދޫއާއި ވައިކަރަދޫއާއި ދޭތެރޭ ކަނޑުމަތިންނެވެ. ރައީސް އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގެ ބައިވެރިންނާއި ގުޅިވަޑައިގަތުމުގެ ކުރިންވަނީ ހދ. ނޭކުރެންދޫއަށް ވަޑައިގެންފައެވެ. އެމަނިކުފާނު ނޭކުރެންދޫއަށް ވަޑައިގަތީ ބްލޫ ޕްރޮސްޕަރިޓީއާ ގުޅޭގޮތުން ރައ...

އަލީ އާދިލް
ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ 56 ކޯހެއް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ 56 ކޯހެއް ފަށަނީ

ހަނިމާދޫގައި އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖައްސައި، ކޯސްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއަދު އެޔުނިވަރސިޓީއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ ސެމިސްޓަރގައި އައި.ޔޫ.އެމް އިން ހދ. ހަނިމާދޫގައި އެ ޔުނިވަރސިޓީގެ ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ވާކަމަށެވެ. އެގޮތުން ޖުމްލަ 56 ކޯހެއް ހަނިމާދޫގައި ފެށުމަށް ޢިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭދައި މާސްޓަރސް ޑިގްރީއަށް ކިޔެވޭ 11 ކޯހާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ކޯހާއި، ބެޗްލަރސް ޑިގްރީއ...

އަލީ އާދިލް
ނޭކުރެންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ވެރިންނާއި ރައީސް ބައްދަލުކުރައްވައިފި 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކައުންސިލަރުންނާއި މުއައްސަސާތަކުގެ އިސް ވެރިންނާއި ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހދ. ނޭކުރެންދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޭކުރެންދޫ ކައުންސިލަރުންނާ އަދި އެރަށު މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީ ނޭކުރެންދޫގައެވެ. މި ބައްދަލުކުރެއްވުމުގައި، ނޭކުރެންދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި...

އިބްރާހިމް އަސްވާޤް