މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން

މިހާތަނަށް 3،100 މީހުންނަށް ވެކްސިން ދެވިއްޖެ، މާދަމާ 30،000 ވެކްސިން ގެންނަނީ

ހިމަބިން ރައްކާތެރިވެ ތިބުމަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދެވިއްޖެކަމަށާއި، މާދަމާ 30،000 ވެކްޝިން ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނ...

އަލީ އާދިލް
ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ށ. ކަނޑިތީމު

ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ނޭނ...

އިބްރާހިމް އަސްވާޤް
ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ

ހއ. ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށް ހުޅުވާލާފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 04 ފެބްރުވަރީ  2020 ވާ އަންގާރަ ދުވަހުގެ 11:30 އެވެ. މި ހަފްތާގައި އެރަށު ކައުންސިލުންވަނީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައ...

ޔުމްނާ ޢަލީ
ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 4182/81) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. ބީލަމުގައި ބައިވެރ...

އިބްރާހިމް އަސްވާޤް
އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް 📍 ހދ. ކުޅުދުއްފުށި

އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް

ލޯކަލް ކައުންސިލް އިންތިޚާބު 2020، އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފިއެވެ. އެލިސްޓުގައި ވާގޮތުން ކުޅުދުއްފުށީ ސިޓީއިން 1228 މީހުނަށް އެ ޕްރައިމަރީގައި ވޯޓުލެވެއެވެ. އެމްޑީޕީ އިން އިއްޔެ އެ އާންމުކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތު ދީފައިވުމާއެކު މާދަމާއަށް އެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ. އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓްގައި ވާގޮތުން […]

އަލީ އާދިލް

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމް ހަމަޖަށްސައިފި

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރެވޭނެގޮތް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ދެމެދުވަނީ އިއްޔެ ސޮއިކޮށްފައެވެ. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމަށް، ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރު އަލްފާޟިލް އިބްރާހީމް ރަޝީދ...

އަލީ އާދިލް
ކުމުންދޫގައި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

ކުމުންދޫގައި އަލަށް އިތުރުކުރަން ހަމަޖެހިފައިވާ މަގުތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުމުންދޫ  އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެރަށުގެ އަލަށް އާބާދުވާ ސަރަހައްދުގެ މަގުތަކާއި ގޯޅިތައް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން އެމައްސަކަތާ ގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 29 ޖެނުއަރީ 2020 ވާ ބުދަ ދުވަހު 13:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 10 ފެބްރުއަރީ 2020 ވާ ހޯމަ […]

ޔުމްނާ ޢަލީ
ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފި

ފެނަކަ ތިލަދުންމަތީ ފުޓްސަލް މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފި

އެފްއާރްސީ ޒޯން ފުޓްސަލް ޓޯނަމެންޓްގެ ހއ އަދި ހދ ޒޯންގެ މުބާރާތް ނޮޅިވަރަމްފަރު ކާމިޔާބުކޮށްފިއެވެ. ނޮޅިވަރަމްފަރުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި މުރައިދޫއާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމް ޢެއްވަރުވުމުން ޕެނަލްޓީ ޖަހަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފެއާރޕްލޭ ޓީމަކަށް މުރައިދޫ ޓީމް ހޮވުނުއިރު ކިންގްއޮފްދަ ޓޯނަމެންޓަކަށް ހޮވިފައިވަނީ މުރައިދޫ ޓީމްގެ ޖާޒީ ނަންބަރު 10، އަލީ ޝާފިއުއެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް...

އަޙްމަދު އަސްފާން
📍 ހއ. ވަށަފަރު

ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި

ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ބިން ކަނޑައަޅައިފި އެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާއިން މިއަދު ބިމެއް ކަނޑައަޅައި ބިން ހަވާލުކުރިކަމުގެ ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން އެއަތޮޅު މެޖިސްޓްރޭޓް ކޯޓުތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ތިލަދުންމަތ...

އިބްރާހިމް އަސްވާޤް
"ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ" އުތީމު އާދަމްބޭގެ ޅެމުން ރޮއްވާލައިފި 📍 ހއ. އުތީމު

"ކަރުނައިން ފުރެނީ ލޮލާ ކޯތާފަތާ" އުތީމު އާދަމްބޭގެ ޅެމުން ރޮއްވާލައިފި

މި ނިކަމެތި މެޔާއި ހިތް ބާރަށް ތެޅެނީއެވެ. ދެ ކޯތާފަތް ކަރުނައިން ފޯވެއްޖެއެވެ. ލޭ ކަރުނައިން ދެލޯ ފާރުވެއްޖެއެވެ. މިއަދުގެ ޤައުމުގެ ހާލަތު އުތީމު އާދަމްބޭގެ ޤަލަމުން ސިފަކޮށްދެއްވީ އަސަރުގަދަ ޅެމަކުންނެވެ. ދިވެހި އަދަބީ ގުލްޒާރުގައި އެފަދަ ދެވަނައެއް ނުވާފަދަ ހއ. އުތީމު އާދަމްބޭގެ އެ ޅެމުގެ މޮޅުކަމާއި، ހުރި އަސަރުން އެންމެ ފުރިހަމައަށް ޅެމުގައި ބުނާ ވާހަކަތައް ނުގެނެވުނު ނަމަވެސް ޅެމުހައި ހުރި އިބްރަތްތެރި ބަސްތަކުގެ މަށްޗަށް ކޮންމެސް މިންވަރަކަށް ގަލަން ހިންގާލެވޭތޯ ބަލައިލާނަމެވެ. ” […]

ޙުސައިން ޝަހުދީ
ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި 📍 ހއ. މޮޅަދޫ

ހއ. މޮޅަދޫން ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ޢާންމުކޮށްފި

ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް ޢާންމުކޮށްފި އެވެ. 17 ޑިސެންބަރު 2019 ވަނަ ދުވަހު ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގެ ނަމްބަރު 246/246/2019/62 އިޢުލާނާއި ގުޅިގެން ދިރިއުޅުމަށްޓަކައި، ހއ. މޮޅަދޫން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ...

އިބްރާހިމް އަސްވާޤް
ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްއެބަދޭ: ކައުންސިލް 📍 ހދ. ކުޅުދުއްފުށި

ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްއެބަދޭ: ކައުންސިލް

ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ގާއިމުކުރާ ސްވިމިންގ ޓްރެކްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލްއިން ހާމަކޮށްފިއެވެ. އެކައުންސިލުން ބުނީ ސަރުކާރުން ކުޅުދުއްފުށީގައި ސުވްމިން ޓްރެކެއް ޤާއިމްކުރުމަށްޓަކައި ކުޅުދުއްފުއްޓަށް ފޯރުކޮށްދިން ޓްރެކްގެ ތަކެތި ސްވިމިން އެސޯސިއޭޝަންގެ އިސްނެގުމާއި އެހީތެރިކަމާއެކު، އެސޯސިއޭޝަންގެ ލަފާގެ މަތިން އިންސްޓޯލް ކުރެވެމުން ދާކަމަށެވެ. ސްވިމިން ޓްރެކް ރޭވުމުގެ ބުރަ މަސައްކަތަށް ކުޅުދުއްފުށީގެ ގިނަ ޒުވާނުންތަކެއްގެ އެހީތެރިކަން ލިބެމުން އަންނަކަމަށާއި، މ...

ޔުމްނާ ޢަލީ
ކައުންސިލް އިންތިޚާބުގެ އެމްޑިޕީ ޕްރައިމަރީ: ކުޅުދުއްފުށީ ސިޓީއިން ކުރިމަތިލީ 18 ކެނޑިޑޭޓުން

ކައުންސިލް އިންތިޚާބުގެ އެމްޑިޕީ ޕްރައިމަރީ: ކުޅުދުއްފުށީ ސިޓީއިން ކުރިމަތިލީ 18 ކެނޑިޑޭޓުން

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓް އާންމުކޮށްފިއެވެ. އެ ސިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް 6 ދާއިރާއަށް 18 ކެނޑިޑޭޓަކު ކުރިމަތިލާފައިވެއެވެ. އެސިޓީގެ މޭޔަރުކަމަށް ވަނީ 2 ކެނޑި ޑޭޓަކު ކުރިމަތިލައްވާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ 2020 – އަޕްޑޭޓް ކުރެވިފައިވާ ކުޅުދުއްފުށި ސިޓީ ކެންޑިޑޭޓް ލިސްޓު https://t.co/Hn6j01apEm — MDP Secretariat (@MDPSecretariat) January 19, 2020 އެގޮތުން މޭޔަރު ކަމ...

ޔުމްނާ ޢަލީ
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރެއް ފަށަނީ

ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް، 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރެއް ފަށަނީ

ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ދަތުރެއް ފަށަން ތައްޔާރުވެއްޖެ އެވެ. “ހާ ޓު ސީން” ގެ ނަމުގައި ފަށާ މި ހަރަކާތުގެ ޝިޔާރަކީ “ޑިސްކަވަރ ދަ ރިއަލް މޯލްޑިވްސް” އެވެ. 2 އަހަރާ ބައިގެ މުއްދަތެއްގައި ނިންމުމަށް އަމާޒުހިފާފައިވާ މިދަތުރުގައި ޔޫޓިއުބް މެދުވެރިކޮށް ކޮންމެ ރަށަކަށް 45 މިނެޓުގެ ވީލޮގް ވީޑިއޯއެއް ހެދުމަށް މިޒުވާނުން ވަނީ ތައްޔާރުވެފަ އެވެ. ހއ ތުރާކުނުން ސ އަތޮޅު މީދޫއަށް މި ކުރާ ދަތުރުގެ […]

އިބްރާހިމް އަސްވާޤް

ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ކުކުޅު ހާ ވެސް ނުކުރާ ކަންކަން: އެމްޕީ އިބްރާހިމް ސަރީފް

ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ކުކުޅު ހާ ވެސް ނުކުރާ ކަންކަން ކަމަށް ކެލާ ދާއުރާގެ މަޖިލިސް މެމްބަރު އިބްރާހިމް ސަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާހިމް ސަރީފް ވިދާޅުވީ، ތުއްތު ކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ކުކުޅު ހާ ވެސް ނުކުރާ ކަންކަން ކަމަށާއި، ވީއިރު އިންސާނުން އެފެންވަރަށް ދިއުމަކީ އެއްވެސް ހުއްޖަތެއް އޮންނާނެ ކަމެއް ނޫންކަމުގައެވެ. އެފަދަ މީހުންނަށް ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ގޮވާލާކަމަށްވެސް އިބްރާހިމް ސަރީފް ވިދާޅުވެފައިވެއެވެ. އިތުރަށް […]

ޔުމްނާ ޢަލީ