ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 4 ވަނަ ބެޗް (2004) ގެ ދަރިވަރުންގެ ފަރާތުން، ހދ އަތޮޅު މަދަރުސާއަށް 65' ސްމާޓް ޓީވީއެއް ހަދިޔާކޮށްފިއެވެ.

މިހަދިޔާއާއި ގުޅިގެން ތިލަދުންއަށް ދެއްވި ބަސްދީގަތުމެއްގައި އެސުކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހިލްމީ ބުނީ މިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި ހދ އަތޮޅު މަދަރުސާގެ ހުރިހާ އިސް ދަރިވަރުންވެސް 2004 ވަނައަހަރުގެ ބެޗްގެ ކިބައިން ނަމޫނާ ނަގަން ޖެހޭކަމަށެވެ.

Ad
rt

2004 ވަނަ އަހަރުގެ ބެޗް އިން މިދެއްކި ނަމޫނާ ބަލައިގަންނަނީ ޝުކުރު ވެރިކަމާއި އެކު، މިކަމަކީ ސުކޫލަށް ވަރަށް މުހިންމުކަމެއް، މިމަދަރުސާގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި ޕީޓީއޭގެ ނަމުގައި ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން، އެހާދުވަސް ފަހުންވެސް މިދަފަ ހަދިޔާއެއް ސުކޫލަށް ލިބުމުން ދޭހަވަނީ އެކުދިންގެ ހިތުގައި ސުކޫލަށް އޮތް ލޯބި

ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

މިޓީވީ ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި އެބެޗްގެ ފަރާތުން ވާހަކަ ދެއްކެވި ދަރިވަރު ވިދާޅުވީ މިއަދު މީ އަޅުގަނޑުމެންގެ ބެޗްގައި ކިޔެވި ހުރިހާ ކުދިންނަށް ވަރަށް އުފާވެރި ދުވަހެއްކަމަށާއި މި ޙާޞިލް ވެގެން ދިޔައީ އަޅުގަނޑުމެން ވަރަށް ގިނަ ދުވަހު ދެކެމުންއައި ފޮނި އުންމީދެއްކަމަށެވެ.

ٱلْحَمْدُ لِلّٰهِ‎ އަޅުގަނޑުމެން ބެޗްގައި މި މަދަރުސާއިން ތަޢުލީމް ޙާސިލް ކުރީ އެކި ރަށްރަށުގެ ކުދިން. އަޅުގަނޑުމެން ތަޢުލީމް ޙާސިލްކުރި މި މަދަރުސާއަށް މި ފަދަ އެހީއެއް ވުމުގެ ވާހަކަ އެންމެ ފުރަތަމަ ދުވަހު ހުށަހެޅުނު ހިޔާލަށް ވަރަށް ގިނަ ކުދިން ތާޢީދު ކުރި. އޭގެ ތެރެއިން ގިނަ ކުދިންނަކީ މިރަށު ކުދިންނަށް ނުވި ނަމަވެސް އެކުދިން މިފަދަ ކަމަކަށް ތަރުހީބުދީ އެންމެ ފުރިހަމައަށް ބައިވެރިވުމުން އެނގެނީ މި މަދަރުސާއަށް އޮތް ލޯބި. އަޅުގަނޑުމެންނަށް މިޔަދު ލިބިފައިވާ ތަޢުލީމާއި ތަރުބިއްޔަތުގެ ބިންގާއަކީ މި މަދަރުސާ. އެހެންކަމުން މި މަދަރުސާއަށް ޓަކައި މިފަދަ އެހިއެއް ވުމީ އަޅުގަނޑުމެން އެންމެންގެ ވެސް އުފަލެއް.

2004 އަހަރުގެ ހދ އަތޮޅު މަދަރުސާގެ ދަރިވަރެއް އަދި މިހާރު އެސުކޫލުގެ ބެލެނިވެރިޔެއް ޓީވީ ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބުނެފައިވެއެވެ.

މީގެ އިތުރުން އެފަރާތުން ބުނެފައިވަނީ އަޅުގަނޑު އުންމީދު ކުރަނީ ދަރިވަރުންނަށް ކިޔަވާދިނުމަށްޓަކައި މި ޓީވީ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުންކަމަށާއި އަދި މި އަހަރު ދިރާސީ އާއަހަރު ފެށިގެން ދާއިރު މި މަދަރުސާގެ ކްލާސްރޫމަކުން މި ޓީވީ ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މި މަދަރުސާއިން ކިޔެވި އެހެން ދަރިވަރުންވެސް މަދަރުސާއަށް ޓަކައި މިފަދަ އެހީ ވުމަކީ ވެސް އަޅުގަނޑުމެން ގެ ބެޗްގެ ދަރިވަރުންގެ އުންމީދެއްކަމަށާއި އެހެނީ މުޅި ބެޗްގެ ދަރިވަރުންނަށް ބަހާލައިގެން ކުރާނަމަ ކުޑަ ޚަރަދަކުން މި ފަދަ ބޮޑު އެހީއެއް ވެދެވޭނެކަމަށެވެ.

ގިނަ ދަރިވަރުންތަކަކަށް އޭގެ މަންފާ إِنْ شَاءَ ٱللّٰهُ‎ ކުރާނެ، އަޅުގަނޑުގެ ދުޢާއަކީ މިޓީވީ ހަދިޔާ ކުރުމުގައި ބައިވެރިވި ކުދިންގެ މުދަލުގައި ބަރަކާތް ލެއްވުން.

16 އަހަރު ކުރިން ހދ. އަތޮޅު މަދަރުސާގައި ކިޔެވި ދަރިވަރުންގެ ފަރާތުން މިފަދަ ހަދިޔާއެއް ދިނުމަށް ނިންމި ސަބަބާއި މިކަން ކުރި ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަމުން އެބެޗްގައި ކިޔެވި ކުއްޖަކު ބުނީ މިއީ އެބެޗްގައި ކިިޔެވި ކުދިންގެ މެދުގައި އޮންނަ ވައިބަރ ގުރޫޕްއެއްގައި ކުރެވުނު މަޝްވަރާގެ ތެރެއިން ކުރަން ނިންމި ކަމެއްކަމަށެވެ. އެގޮތުން ޓީވީއަށް އަރާވަރު ބަހާލާ އެހީތެރިވެދެން ތިބި އެންމެންގެ މަތިން ޗަންދާއެއް ނެގުމަށްފަހު ޓީވީ ގަނެފައި ސުކޫލަށް ހަދިޔާ ކުރީކަމަށެވެ.

ހދ. ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާއަކީ2004 ވަނަ އަހަރު އެއަތޮޅުގެ ވަރަށް ގިނަ ރައްރަށުގެ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދިޔަ ދުވަސްވަރެކެވެ. ހދ އަތޮޅުގެ އެހެން ސުކޫލްތަކުގެ ލީޑިން ޓީޗަރުންގެ ގޮތުގައި އަދި ފާހަގަކޮށްލެވޭ މަޤާމްތަކުގައި މިހާރުވެސް އެބެޗުގެ ދަރިވަރުން ޚިދުމަތް ކުރަމުންއަންނަކަން ފާހަގަކޮށްލެވެއެވެ.