📍 ހދ. މަކުނުދޫ
މެމްބަރު ރާއީގެ ވާހަކަ ހޯމް މިނިސްޓްރީން ދޮގުކޮށްފި
މިދިޔަ މަހުގެ 31 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރެއްވުމަށް މަކުނުދޫގެ ބަޔެއް ރައްޔިތުންނާއި ބައްދަލު ކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ މަކުނުދޫގައި ހަދަމުންގެންދާ ޕާކާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ހޯމް މިނިސްޓްރީއިން ދޮގުކޮށްފިއެވެ. ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިނާޝާ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލު ވުމުގައި ރާއީ ވިދާޅުވީ މަކުނުދޫ ޕާކް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ހޯމް މިނިސްޓްރީގެ ފަރާތުން ކަމަށ...