މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ފިނޭ ރަޝީދު ޖަރުމަނަށް 📍 ހދ. ފިނޭ

ފިނޭ ރަޝީދު ޖަރުމަނަށް

މިމަހު ޖަރުމަނުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަފަހަރަށް ރާއްޖެ ތަމްސީލްކުރުމަށް ހދ. ފިނެއަށް އުފަން، ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު އަބުދުލް ރަޝީދު (އަންކަލް) ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. ދުނިޔޭގެ މައްޝޫރު ވޯލްޑް ޝެފްސް ވިލެޖްގެ 25 ވަނަ އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް މޯލްޑިވްސް އިން ބައިވެެރިވާން ނިންމައި، އެ ޖަމްޢިއްޔާގެ ފަރާތުން އެ ކެއްކުމުގެ އިވެންޓުގައި ރަޝީދުގެ އިތުރުން ދެން ބައިވެރިވާނީ ޖޫދީ ޚާލިދެވެ. ރާއްޖޭގެ ދެ ކެއްކުންތެެެރިން ކަމުގައި...

ޔުމްނާ ޢަލީ
ރޭގެ ބިންހެލުން: އެވަގުތު ކުރެވުނު އިޙްސާސްތައް

ރޭގެ ބިންހެލުން: އެވަގުތު ކުރެވުނު އިޙްސާސްތައް

އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު އެވަގުތު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ހީކުރީ ފަންކާއަށް މައްސަލައެއް ދިމާވީ ކަމަށެވެ. ފަންކާ ހުއްޓިފައި އެނބުރިގަތްހެން ހީވިއެވެ. ހަމަ އެޔާއިއެކު ލޮޅުމެއް އައިކަމުގެ އިހުސާސް ހަމަ ރަނގަޅަށް ކުރެވުނެވެ. ފުރާޅަށް ފާޑެއްގެ ގުޑުމެއް އައިސް، ގޭގެ ދޮރުތައްވެސް ތެޅިގަތެވެ. އެވަގުތު ވަލު ތެރެއިން ކާޅުތައް ގޮވައިގަތީވެސް ކުއްލިއަކަށެވެ. އަބުދުﷲ ރަޝީދުގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ. މި ގެނެސްދިނީ ރާއްޖެގެ އުތުރަށް ރޭގައި އައި 4.5 މެގްނިޓިއުޑު ބާރުމިނުގެ ބި...

ހުސައިން ހަބީބް
ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި 📍 ހދ. ކުމުންދޫ

ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

ހދ ކުމުންދޫގައި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން ކުމުންދޫ ސިއްޙީ މަރުކަޒުން އެދެފި އެވެ. އެމަރުކަޒުގެ އާންމު ދެންނެވުމެއްގައި ބުނެފައިވަނީ މިދުވަސްވަރު ކުމުންދޫގައި ހަލުވިކަމާއި އެކު ފާނަބަސަންދު ( ޗިކަން ޕޮކްސް ) ފެތުރެމުންދާކަން ވަނީ ފާހަގަ ކުރެވިފައިކަމަށެވެ. އަދި މިބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށްވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް...

އަލީ އާދިލް
އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިހަވަންދޫ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުގެ 12:18ހާއިރު ހިންގި އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައި...

ޝިއުނާ އާދަމް
އުތުރުގެ ފެރީ ނިޒާމަށް ބޭނުންވާ 14 އުޅަނދު ބަންނަން ބަޔަކު ހޯދަނީ

އުތުރުގެ ފެރީ ނިޒާމަށް ބޭނުންވާ 14 އުޅަނދު ބަންނަން ބަޔަކު ހޯދަނީ

ރާއްޖޭގައި ގާއިމްކުރާ އާއްމު ފެރީ ހިދުމަތަށް ބޭނުންވާ 14 ހައި ސްޕީޑް އުޅަނދު ބަނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން ބިޑަށް ހުޅުވާލައިފި އެވެ. ޕްލޭނިން މިނިސްޓްރީން ކުރިއަށް ގެންދާ ފެރީ ނިޒާމްގެ މަޝްރޫއުގެ ދަށުން ފުރަތަމަ މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ރީޖަން އެކެއްގެ ގޮތުގައި ކަނޑައަޅާފައިވާ އުތުރުގެ ތިންއަތޮޅު ހއ ހދ ށ އަތޮޅުގަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ބޭނުންކުރުމަށް 14 ހައި ސްޕީޑް އުޅަނދު ބަނދެ، […]

ޝިއުނާ އާދަމް
ހޯރަފުށިން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށިން މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށިން ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހުގެ 19:55 އެހައިކަންހާއިރު ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު، އެ މީހުންގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެ...

ޔުމްނާ ޢަލީ
ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފި

ސްވިމިންގ އެސޯސިއޭޝަނާއި، ހއ.ދިއްދޫ ސްވިމިންގ ކޮމިއުނިޓީ އިސް ނަގައިގެން، ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ. މިއީ، މާލެ ފިޔަވާ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި މިއެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. ޖުމްލަ 14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައެވެ. ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން، ސްކޮޑް ލެވެ...

އިބްރާހިމް އަސްވާޤް
އުތުރަށް އައީ 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް

އުތުރަށް އައީ 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް

އުތުރަށް 4.5 ގެ ބިންހެލުމެއް، ދިއްދޫއާ 47.2 މޭލު ބޭރުން 10 ކިލޯމީޓަރު ފުނަށް ބިންހެލުމާ ބެހޭ މައުލޫމާތު ގެނެސްދޭ އިތުބާރުހުރި ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ގޮތުގައި ރޭ ރާއްޖޭގެ އުތުރުގެ ރަށްރަށަށް ބިންހެލުމެއްގެ އަސަރުކޮށް ފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. 4.5 earthquake occurred 78km NE of Dhidhdhoo, Maldives at 20:47 UTC! #earthquake #Dhidhdhoo https://t.co/SEH77z1GvE — My Earthquake Alerts (@myearthquakeapp) February 6, 2020 އެގޮތުން އޫއެސްޖީއެސް ސައިޓުގައި ބުނެފައިވާ ގޮތުން ބިންހެލުނ...

އަލީ އާދިލް
އުތުރުގެ އަތޮޅުތަކަށް ބިންހެލުމެއްގެ އަސަރުކޮށްފި

އުތުރުގެ އަތޮޅުތަކަށް ބިންހެލުމެއްގެ އަސަރުކޮށްފި

އުތުރުގެ އަތޮޅުތަކަށް ބިންހެލުމުމެއްގެ އަސަރުކޮށްފި އެވެ. މިރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯރޓްތައް ވަނީ ލިބިފައިކަމަށާއި މިގޮތުން ބެލި ބެލުމުން، ހަނިމާދުގައި ގާއިމް ކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭގަޑިން މިރޭ ދަންވަރު 01:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ވަނީ ރިކޯޑު ކުރެވިފައިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)  އިން ބުނެފައިވެއެވެ. pic.twitter.com/MmBsUGaUiB — Maldives Meteorology (@MetMaldives) February 5, 2020...

ޔުމްނާ ޢަލީ
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ގައި ނެރެނީ 📍 ހއ. ހޯރަފުށި

"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ގައި ނެރެނީ

“ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުތައް މިމަހު 8 ވަނަ ދުވަހު ނެރެން ނިންމައިފިއެވެ. މިދިޔަ ހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯތައް ނަގާފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވަމުން “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފައުންޑަރ އަލީ ހަމީދު ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުން ފެށި ދަތުރަކީ ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށް ދިޔަ ސޫޓިންއެއް ކަމަށާއި މިހާރު އެޓީމުގެ ފަރާތުން ކުރަމުން އަންނަ މަ...

އިބްރާހިމް އަސްވާޤް
ނޫމަޑި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ފާސްކޮށްފި

ނޫމަޑި މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ފާސްކޮށްފި

ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކު ވި އެއްބަސްވުން، ކުރީ ސަރުކާރުން އުވާލި މައްސަލާ ގުޅިގެން، ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެމައްސަލަ ބަލާފައެވެ. މިއަދުގެ ޖަލްސާގައ...

ޔުމްނާ ޢަލީ
ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފި

ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފި

ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަށް ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފިއެވެ. ހަނިމާދޫ ރަށު ކައުންސިލާއި، ހަނިމާދޫ ސިއްޚީމަރުކަޒު ގުޅިގެން އުފެއްދި މިޓާސްކު ފޯހުގެ ފުރަތަމަ ބައްދަލުވުން އިއްޔެވަނީ ހަނިމާދޫ ކައުންސިލް އިދާރާގައި ބާއްވާފައެވެ. އެ ޓާސްކް ފޯހުގެ އިއްޔެގެ ބައްދަލުވުމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ބުނުއްވީ އިއްޔެ ބައްދަލުވުމުގައި ހަނިމާދޫއަކީ އުތުރުގެ ދަތުރުގެ މައި ދޮރާށި ކަމަށްވުމާއެކު ނޮވެލް...

އަލީ އާދިލް
14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި

14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި

14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން 2 ބިދޭސީން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ފުލުހުންގެ އަޕަ ނޯތު ޕޮލިސް ޑިވިޒަނަށް ހިމެނޭ ރަށެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު 50 އަހަރުގެ 2 […]

ޔުމްނާ ޢަލީ
ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ. ނޮޅިވަރަމު ކައުންސިލް ޤުރުޢާން މުބާރާތް 1441 ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައިވާކަމަށް އެކަންސިލުން ބުނެފިއެވެ. އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “ކައުންސިލް ޤުރުޢާން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް” ފުރިހަމަ ކުރުމަށްފަހު 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެއިދާރާއަށް ހުށަހެޅުއްވުން އެދިފައި...

ޔުމްނާ ޢަލީ
މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި 📍 ހދ. މަކުނުދޫ

މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން އެރަށު  ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފެބްރުއަރީ މަހުގެ 01 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މަކުނުދޫގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކު...

އިބްރާހިމް އަސްވާޤް