މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ހއ. އަތޮޅު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުﷲ ޝަފީޤް

ހއ. އަތޮޅު ކައުންސިލް ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢަބްދުﷲ ޝަފީޤް

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި ހއ. ދިއްދޫ އިކްލީލްގޭ އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސިވިލްސަރވިސް ކޮމިޝަނުން އައްޔަން ކުރައްވައިފިއެވެ. މިގޮތަށް ހަޖަމަޖެއްސެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން އެ ޤާނޫނުގެ 126 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުގެ އެންމެއިސް އިދާރީ މުވައްޒަފަކީ ސެކްރެޓަރީ ޖެނ...

އިބްރާހިމް އަސްވާޤް
ހދ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހދ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހދ އަތޮޅުން ތ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. އެގޮތުން އުތުރުގެ އަތޮޅުތަކަށް އެވްރެޖްކޮށް ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހދ އަތޮޅުން ފެށިގެެން ތ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 18:30 އިން ފެށިގެން 23:40 އާއި ހަމައަށެވެ. Alert White for average strong winds. Valid Till 2345LT. Seafarers are advised […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އާންމު ޖަލްސާއެއް ފުރަތަމަ ފަހަރަށް ލައިވްކޮށްފިއެވެ. އިހަވަންދޫ ކަންސިލްގެ 102 އާއްމު ބައްދަލުވުން މިއަދު ވަނީ އެކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮން ލައިވް ކޮށްފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ރިޔާސަތު ބެލެހެއްޓެވި މިޖަލްސާ ބާއްވާފައިވަނީ ރަށްވެހި ހިޔާ ހޯލުގައެވެ. މިއަދު ހެނދުނު 10:30 ފެށިގެން ކުރިއަށް ދިޔަ މިޖަލްސާގެ އެޖެންޑާގައި ހިމަނާފައިވަނީ އެޖެންޑާ އަދި ޔައުމިއްޔާ ފާސްކުރުމާއި އައިސްޕްލާންޓް ކައުންސިލްގެ ބެލުމުގެ...

އަލީ އާދިލް
އުތުރުގެ ރަށެއްގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

އުތުރުގެ ރަށެއްގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

އުތުރުގެ ރަށެއްގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި އެވެ. މިމަހުގެ 09 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ އަތޮޅު ހިމެނޭ ޑިވިޝަން) ގެ ރަށެއްގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާއި މެދު، ހަމަ އެރަށުގެ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަ އެއް ފުލުހުއްނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް މިހާރު ފުލުހުންގެ ބެލުމުގެދަށަށް މިއަދު […]

އިބްރާހިމް އަސްވާޤް
ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ހޯރަފުށީގައި ބާއްވައިފި

ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ހޯރަފުށީގައި ބާއްވައިފި

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއަށާއި، ރާއްޖޭގައި މިއަހަރުގެ ޖެނުއަރީން ފެށިގެން އަލުން ފެތުރެންފެށި ހިމަބިއްސަށް ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ހއ. ހޯރަފުށީގައި ބާއްވައިފިއެވެ. ހޯރަފުށީ ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ (އެޗްވައިޑީއެސް) އިން ތިޒާމުކޮށްގެން ހޯރަ ފުށީގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދުސަލީމްގެ އެހީތެެރިކަމާއެކު އެރަށު ސިއްޚީ މަރުކަޒާއި، ކައުންސިލާއި އަދި އެރަށުގަ...

އަލީ އާދިލް
މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ޅައިމަގުން ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ށ. ޅައިމަގުން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. ޅައިމަގުގައި މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ބޭނުންކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނ...

އިބްރާހިމް އަސްވާޤް
އިމިގްރޭޝަންގެ އެޓެންޑެންސް އެވޯޑް ހަނިމާދޫ، ހޯރަފުށި އޮފިސަރުންނަށް 📍 ހއ. ހޯރަފުށި

އިމިގްރޭޝަންގެ އެޓެންޑެންސް އެވޯޑް ހަނިމާދޫ، ހޯރަފުށި އޮފިސަރުންނަށް

ނިމުނު 2019 ވަނަ އަހަރު މޯލްޑިވްސް އިމިގްރޭޝަންގެ ހާޟިރީން 100 އިންސައްތަ ހޯދައި، އިމިގްރޭޝަންގެ އެޓެންޑެންސް އެވޯޑް ހޯދި ހަތަރު މުވައްޒަފުންތެރޭ ހދ. ހަނިމާދޫއާއި ހއ. ހޯރަފުއްޓަށް ނިސްބަތްވާ އޮފިސަރުން ހިމެނިއްޖެއެވެ. 2019 ވަނަ އަހަރު އިމިގްރޭޝަންގެ ހާޟިރީން ސަތޭކަ އިންސައްތަ ހޯދައި، އެ އެވޯޑް ހާސިލް ކުރި ހަނިމާދޫއަށް ނިސްބަތްވާ ދެ އޮފިސަރުންނަކީ އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަބުދު ﷲ ޝަހީދާއި، އެސިސްޓެންޓް އިމިގްރޭޝަން އޮފިސަރު އަޙުމަދު ޝާހެވެ. އެ ދެ އޮފިސަރުންނަކީވެސް ހަނިމާދޫ އިންޓަރނޭޝަ...

ޔުމްނާ ޢަލީ
ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް 📍 ހއ. ކެލާ

ޕްރައިމަރީގެ ތިން ރަށެއްގެ ނަތީޖާ ޤަބޫލެއް ނުކުރަން: ކެލާ ނިޒާމް

ލޯކަލް ކައުންސިލް 2020 އަށް ޕީޕީއެމްގެ ކެނޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގެ ހއ. އަތޮޅުގެ ތިން ރަށެއްގެ ނަތިޖާ ޤަބޫލު ނުކުރައްވާކަމަށް ހއ. ކައުންސިލްގެ ޓިކެޓް ހޯއްދެވުމަށް ވާދަ ކުރެއްވި އެއް ކެނޑިޑޭޓް އަޙްމަދު ނިޒާމް (ކެލާ ނިޒާމް) ބުނެފިއެވެ. ނިޒާމްގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް ޕްރައިމަރީ ހއ. އަތޮޅުގެ ދިއްދޫ، އުތީމު އަދި އިހަވަންދޫގެ ނަތީޖާ ޤަބޫލެއް ނުކުރައްވާ ކަމަށެވެ. މި އިންތިހާބުގައި ނާޒިމް އާއި ވާދަކޮށްފައިވަނީ ހއ […]

ޔުމްނާ ޢަލީ
ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް މިއަދު ފައްޓަވައިދެއްވީ އުތީމުގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު އާއި ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގައެވެ. ނަސާ ލިންކް އާއި މި...

އިބްރާހިމް އަސްވާޤް
ވޯޓު ހޯދަން ނާންނާތީ ހަނިމާދޫ ޕީޕީއެމް މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވި 📍 ހދ. ހަނިމާދޫ

ވޯޓު ހޯދަން ނާންނާތީ ހަނިމާދޫ ޕީޕީއެމް މެމްބަރުން ވޯޓުގައި ބައިވެރިއެއް ނުވި

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް 2020 ގެ ޕީޕީއެމް ޕްރައިމަރީގައި ހދ. އަތޮޅު ކައުންސިލް ރައީސްކަމަށް ކުރިމަތިލީ އެއްވެސް ކެނޑިޑޭޓަކު ވޯޓު ހޯދަން ހަނިމާދޫއަށް ނާންނަ ކަމަށްބުނެ، އެރަށުގެ ޕީޕީއެމް މެމްބަރުން އިއްޔެގެ އެ ވޯޓުގައި ބައިވެރިއެއް ނުވިއެވެ. ޕީޕީއެމް ޕްރައިމަރީގެ ހަނިމާދޫގެ ވަގުތީ ނަތީޖާ މިހާރު ސޯސަލް މީޑިއާގައި އާންމުވެފައި ވާއިރު އެ ނަތީޖާ ޝީޓްގައި ނޯޓު ޖެހުމަށްފަހު ލިޔެފައިވަނީ ” ލޯކަލް ކައުންސިލް އިންތިޚާބު 2020 ގައި ހދ. އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެއްވެސް […]

ޔުމްނާ ޢަލީ
ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރުމުގެ ޓިކެޓު އަބްދުއްރައްޒާގު އަޙުމަދު އަަށް

ހދ އަތޮޅު ކައުންސިލް ރައީސްކަމަށް ޕީޕީއެމްއިން ވާދަކުރުމުގެ ޓިކެޓު އަބްދުއްރައްޒާގު އަޙުމަދު އަަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމުގެ ޓިކެޓް އަބްދުއްރައްޒާގު އަޙުމަދު ކަށަވަރުކޮށްފި އެވެ. ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ދެ ކެނޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ  އަބްދުއްރައްޒާގު އަޙުމަދު / ގޭޖް(ކަންބުރު) އާއި  ނިޒާރު މޫސާ / ޒަމްޒަމް، އެވެ. އެގޮތުން ޕްރައިމަރީގައި އެންމެ ފޯރިޔާއި އެކު ވޯޓުލާފައިވަނީ ކުޅުދުއްފުށީގައެވެ. ހދ އަތޮޅުގެ އެހެން ރަށްރަށުން މިއިންތިހާބަށް ލިބިފައިވަނީ ފިނި ތަރުޙީބެކެވެ. ކުޅުދުއްފުށީގަ...

ޔުމްނާ ޢަލީ
ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް 📍 ށ. ކޮމަންޑޫ

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިމާދުއްދީން ސްކޫލަށް

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު އިމާދުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ބަދަލުކޮށްފިއެވެ. ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ހާސިލް ކުރައްވާފައެވެ. މަމްދޫހު މިހާރު ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވަމު...

ޔުމްނާ ޢަލީ
އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު 📍 ށ. ފޭދޫ

އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު

2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.   ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]

އިބްރާހިމް އަސްވާޤް
ކިޔެވެނި އެހީއަށް އެދުމުގެ ފުރުޞަތު ށ. އަތޮޅު ކައުންސިލުން ހުޅުވާލައިފި

ކިޔެވެނި އެހީއަށް އެދުމުގެ ފުރުޞަތު ށ. އަތޮޅު ކައުންސިލުން ހުޅުވާލައިފި

މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. ށ އަތޮޅު ކައުންސިލުގެ މަދަދު ލޯނު ޕްރޮގްރާމްގެ ދަށުން ހިންގާ ކިޔެވެނި އެހީގެ އުޞޫލު އިސްލާޙްކޮށް އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ލެވެލްއިން މައްޗަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ޓިއުޝަން ފީއާއި އެހެނިހެން ޚަރަދު ހަމަޖައްސައިދެވޭނެއެވެ. މި އެހީ އަކީ އަނބުރާ ދައްކާގޮތަށް ދޫކު...

އިބްރާހިމް އަސްވާޤް
ނޮޅިވަރަމުގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށަނީ

ނޮޅިވަރަމުގައި ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށަނީ

ހދ. ނޮޅިވަރަމުގައި ދަނޑުވެރިމުގެ ޕްރޮގްރާމެއް ފަށަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. ދަނޑުވެރިންކުރާ ފަރާތްތަކާއި ގޯތި ތެރޭގައި ގަސްހައްދާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރަން ޝައުޤު ހުންނަ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އެ ޕްރޮގްރާމް ކުރިއަށްދާނީ މި ހިނގާ ފެބުރުއަރީ މަހުގެ 23 އިން އަންނަ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ޕްރޮގްރާމަކީ ނޮޅިވަރަމު ކައުންސިލާއި، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާން...

އަލީ އާދިލް