މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ބަންދުކޮށްފައިވާ ފަތްތަކެއް ބާރަށު ބޭރުން ހޮވައިފި 📍 ހއ. ބާރަށް

ބަންދުކޮށްފައިވާ ފަތްތަކެއް ބާރަށު ބޭރުން ހޮވައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ހއ. ބާރަށު ބޭރުން ހޮވައިފި އެވެ. ބާރަށުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު މަހަށް ނުކުމެ އެޅުނު އެރަށު ދޯންޏެއްކަމަށްވާ “ޑިސްކަވަރީ” ދޯނިން ހޮވާފައިވަނީ މިއަދު 17:50 ހާއިރުކަމަށެވެ. ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު އެއްޗެއް އޮޔާ ދާތީ މަހަށް ނިކުމެ އުޅުނު ބަޔަކަށް ފެނިގެން  އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން […]

އަލީ އާދިލް
ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫގައި ފެން ބޮޑުވެ ދެ ގެއަކަށް ގެއްލުން ވެއްޖެ

މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި، ށ. ނަރުދޫގައި ފެންބޮޑުވެ، ބައެއް ގެތަކަށް ގެއްލުންވެއްޖެއެވެ. ށ. ނަރުދޫއަށް ރޭ ކުރި ވިއްސާރާގައި، ރޭ ދަންވަރު 12:00 ހާއިރުން ފެށިގެން ހުއްޓާ ނުލައި ވެހެމުންދިޔަ ވާރޭގެ ސަބަބުން އެރަށުގައި ގާތްގަނޑަކަށް ތިން ފޫޓަށް ފެންބޮޑު ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެވިއްސާރާފައި އެރަށުގެ 5 ވަރަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވާއިރު އޭގެ ތެރެއިން 2 ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ ހިފާ ގެންގުޅޭތަކެއްޗަށް ގެއްލުން ވެފައިވާކަމަށް […...

ޔުމްނާ ޢަލީ
ކުޑަ ދެ އަންހެން ކުއްޖަކަށާއި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޑަ ދެ އަންހެން ކުއްޖަކަށާއި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފި

އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ހއ. ހދ އަދި ށ. އަތޮޅު ހިމެނޭ އަޕަރ ނޯތު ޕޮލިސް ޑިވިޒަން އޭރިއާއިން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. މި މައްސަލައިގާ ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ […]

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލު ހޯދަނީ! 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލު ހޯދަނީ!

ހއ.ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން ދިއްދޫގެ އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބާއްވަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އެރަށު އޮޑިވެރިންނާއި، ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ. ދިއްދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެރަށު ހުރި...

ޝިއުނާ އާދަމް
ފޯކައިދޫ ޓީމުގެ ހެޑްކޯޗު ނިސްތާރު އިސްތިއުފާ ދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ޓީމުގެ ހެޑްކޯޗު ނިސްތާރު އިސްތިއުފާ ދީފި

ދިވެހި ޕްރިމިއާ ލީގުގައި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބަށް އިރުޝާދު ދިން ކޯޗް އަލީ ނިޝްތާރު މުހައްމަދު އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދީފި އެވެ. ފޯކައިދޫ ކޯޗް ކަމުން ނިޝްތާރު އިސްތިއުފާ ދިނީ ދިވެހި ޕްރިމިއާ ލީގްގެ ގަދަ ހަޔަކަށް އެ ޓީމު ގެންގޮސް ދިނުމަށް ފަހު އެވެ. މިހާރު އެ ޓީމަށް ވަނީ ލީގް ނިމިފަ އެވެ. އެ ޓީމަށް ބާކީ އޮތީ އެންމެ މުބާރާތެކެވެ. އެއީ އަންނަ މަހު ފަސް ވަނަ […]

އަލީ އާދިލް
އުތީމުގައި އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ

އުތީމުގައި އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ތައްޔާރު ވެއްޖެއެވެ. ހއ. އުތީމު ކައުންސިލްގެ އިދާރާއިން ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް 16 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ކައުންސިލުން ދެމުންދާނެ ކަމަށެވެ. މިގޮތުން ކައުންސިލުން ދޫކުރަމުން ދާނީ ޒޯނު ބީ ގެ ލައިސަންސް ކަމުގައި އެކައުންސިލުން ބުނެފައިވެއެވެ. އުތީމު ކައުންސިލުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ނިންމާފައިވާއިރު، އެ ލައިސަންސް ނެގުމަށްޓަކައި ހަދަން ޖެހޭ ތިޔަރީ […]

ޔުމްނާ ޢަލީ
ފުރާވަރު ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި 📍 ހދ. ކުޅުދުއްފުށި

ފުރާވަރު ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި

ފުރާވަރު އުމުރުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އަމާންވެށި ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގައި ކުރިއަށް ގެންދާ ފުރާވަރު ކޭމްޕްގެ 79 ވަނަ ކޭމްޕް ޖަލާލުއްދީން ސްކޫލްގައި ފަށައިފި އެވެ. ފެށުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު 12:45 ގައި ޖަލާލުއްދީން ސުކޫލުގައެވެ. ފުރާވަރު ކޭންޕު ޖަލާލުއްދީން ސްކޫލުގައު ކުރިއަށްދާނީ މިމަހުގެ 13 އިން 15 ފެބްރުއަރީ އަށެވެ. މި ކޭންޕްގައި ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 10 އަދި 11 ގެ ދަރިވަރުންގެ 93 ދަރިވަރުން ބައިވެރިވެފައިވާއިރު އެއީ 48 އަންހެން […]

ޔުމްނާ ޢަލީ
މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިލަންދޫން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ. މިލަންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އޭނާ...

ޔުމްނާ ޢަލީ
"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ތުރާކުނުގެ ރީތިކަން ދައްކާލައިފި 📍 ހއ. ތުރާކުނު

"ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ތުރާކުނުގެ ރީތިކަން ދައްކާލައިފި

“ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން”ގެ ފުރަތަމަ އެޕިސޯޑުން ރާއްޖޭގެ އެންމެ އުތުރުން އޮންނަ ހއ. ތުރާކުނުގެ ރީތިކަން ދައްކާލައިފިއެވެ. މިދިޔަ ހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ޓީމުން ތިލަދުންމަތީ އުތުރު ބުރީ ތުރާކުނުގައި ނަގާފައިވާ ވީޑިއޯތަކުން އެރަށުގެ އާންމު ރައްޔިތުން އުޅެމުންދާ ވައްޓަފާޅިއާއި އެރަށުގެ އާސާރީ ތަންތަން ވަނީ ދައްކާލާފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއރޕޮޓުން ފުރައިގެން އެރަށަށް ދެވޭނެ ގޮތުގެ މަޢުލޫމާތު ހިމަނާފައިވާއިރު އެރަށުގައި ފަތުރުވެރިންނަށް ލިބެންހުރި...

އިބްރާހިމް އަސްވާޤް
ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ 📍 ހދ. ކުމުންދޫ

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަން ނިންމައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހދ.އަތޮޅަށް ހާއްޞަ ކޮށްގެން ހިންގާ ޖަނާޒާ ކޯހެއް 5 މާރޗް 2020 އިން 3 ހަފްތާ އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ އެކޯހުގައި އެކައުންސިލުން ސްޕޮންސާ ކޮށްގެން ކުމުންދޫގައި ދިރިއުޅޭ 4 ފަރާތަކަށް ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފަކަމަށެވެ. 3 ހަފްތާގެ މުއްދަތައް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދޭ މާއްދާތަކަކީ ކަށުކަމާކެމ...

އަލީ އާދިލް
ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ހއ. އަތޮޅުގައި އެއްވެސް މަސައްކަތެއް ނުފެށި ލަސްވާތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ތިންކަމެއް ހއ. އަތޮޅުގައި ނުފެށި ލަސްވަމުންދާ މައްސަލަ ހއ. އަތޮޅު ކައުންސިލްގެ 142 ވަނަ ޢާންމު ބައްދަލުވުމަށް ހުށަހަޅައި އެކަމުގައި އަތޮޅު ކައުންސިލުން ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމުގެ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި މެމްބަރުންގެ ކަންބޮޑުވުންތައް ހުރިމިންވަރު ބައްދަލުވުމުގައި ހާމަކުރެއްވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ވަޢުދު ތެރޭގައި ހިމެނޭ ހއ. އަތޮޅަށް ކަނޑަ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި 📍 ށ. ފޭދޫ

މަސްތުވާތަކެއްޗާއެކު ފުނަދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުނަދޫން ހައްޔަރުކޮށްފިއެެވެ. ފުނަދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހިނގާ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ...

ޔުމްނާ ޢަލީ
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތްތަަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާހުރެ ހައުސިންގ ޔުނިޓް ނުލިބޭ ފަރާތުގެ ލިސްޓް އާންމުކޮށްފިއެވެ. ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން 110 ހައުސިންގ ޔުނިޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓާއި އަދި އެކިއެކި ސަބަބުތަކާއިހުރެ ހައުސިން ޔުނިޓް ނުލިބޭ ފަރާތްތަކުގެ ލިސްޓް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އި...

ޔުމްނާ ޢަލީ
ހދ އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އިތުރު އެހީއެއް! 📍 ހދ. ވައިކަރަދޫ

ހދ އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އިތުރު އެހީއެއް!

ހދ އަތޮޅު މަދަރުސާއިން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003)  އަދި 5 ވަނަ ބެޗް (2005) ގެ ދަރިވަރުންގެ ފަރާތުން، ހދ އަތޮޅު މަދަރުސާއަށް އެހީތެރިވުމުގެ ގޮތުން ތަކެތި ހަދިޔާކޮށްފިއެވެ. އެގޮތުން އެސުކޫލުން އޯލެވެލްއަށް ކިޔެވި 3 ވަނަ ބެޗް (2003) ގެ ފަރާތުން 65′ ސްމާޓް ޓީވީއެއް އަދި ފުއްޕާހަމަށް ވައިޖަހާ ބުންބާއެއް ވަނީ ހަދިޔާކޮށްފައެވެ. 2005 ވަނަ އަހަރު އެސުކޫލުން ކިޔެވި 5 ވަނަ ބެޗްގެ ދަރިވަރުންގެ ފަރާތުންވެސް 65′ ސްމާޓް […]

އަލީ އާދިލް
އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި އޮޔާ ދާތީ ސަމާލުވާން އެދެފި

އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި އޮޔާ ދާތީ ސަމާލުވާން އެދެފި

ހއ. އިހަވަންދޫއަށް އާދަޔާއި ހިލާފަށް އުދައަރާ ގޮނޑުދޮށުގައި ހުރި ބައެއްތަކެތި މޫދަށް ފައިބައިގެން އޮޔާ ދާތީ ސަމާލުވާން އެދެފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެރަށަށް އުދައަރަމުންދާތާ ދެދުވަސް ވެފައިވާކަމަށާއި އެހެން ނަމަވެސް މިއަދު އާދަޔާއި ޚިލާފަށް އުދައަރާތީ ގޮނޑުދޮށުގައި ހުރި ބަޔެއް ތަކެތި ރައްކާތެރި ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ. ރަށުގެ އިރުމަތީ ފަރާތުން އާދަޔާ ޚިލާފަށް އުދަ އަރާ ގިރަމުން ދާތީ، އެ ސަރަހަދުގައި ހުރި ބައެއް ތަކެތި މޫދަށް […]

އިބްރާހިމް އަސްވާޤް