މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފި

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ކުޅުދުއްފުށީ ސިޓީގައި ބާއްވައިފިއެވެ. ްއެ މަސައްކަތު ބައްދަލުވުން ކުޅުދުއްފުށީ ސިޓީގައި ހިންގާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ ފަރާތުންނެވެ. ކުޅުދުއްފުށީ ސިޓީގެ ނޮދާން އޮފީސް ކޮމްޕްލެސްގައި ބޭއްވި މިމަސައްކަތު ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގައި ހުރި އެކި މުއައްސަސާތަކުން 54 މީހުން ބައިވެރިވެފައިވެއެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި މައުލޫމާތު ހޯދާ ލިބި...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ފެނަކައިން ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ފެނަކައިން ހޯދަނީ

ހދ. ކުޅުދުއްފުށި ސިޓީ ގައި ޢިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ފެނަކައިން އިޢުލާން ކޮށްފި އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔާ އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ހދ. ކުޅުދުއްފުށީގައި އިމާރާތް ކޮށްފައިވާ 40 ރޯހައުސް މަރާމާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެ ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ […]

އިބްރާހިމް އަސްވާޤް
ނޫމަރާ ނެރުފައިކަށި މައްޗަށް އެރި ބާޖު އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ 📍 ށ. ނޫމަރާ

ނޫމަރާ ނެރުފައިކަށި މައްޗަށް އެރި ބާޖު އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ

ށ. ނޫމަރާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އެރަށަށް ގޮސް އޮތް ބާޖެއް ނެރުފައިކަށި މައްޗަށް އެރި ބާޖު ފުންކުރަން އުޅުމުގެ ތެރޭގައި ނެރު މެދަށް އަޑިއަށް ގޮސް، ނެރު ބަންދު ވެއްޖެ އެވެ. ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ތިލަދުންއަށް މަޢުޅުމާތު ދެއްވަމުން ވިދާޅުވީ އެރަށު ނެރުފައިކަށި ހެދުމުގެ މަސައްކަތުގައި ހަރަކަތްތެރިވި ބާޖެއް މިދިޔަ ހަފްތާގައި އަޑިއަށް ގޮސްފައިވާކަމަށާއި މިއަދު އެބާޖު ފުން ކުރުމަށް  މަސައްކަތް ކުރިކަމަށާއި ނަމަވެސް ބާޖު ފަޅައިގެންގޮސް ނެރުގެ މެދަށް އަޑިއަށްގ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (1): ހއ. ބެރިންމަދޫ

ތިލަދުންމަތީގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން (1): ހއ. ބެރިންމަދޫ

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން: އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅ...

ތިލަދުން
ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި 📍 ށ. ފުނަދޫ

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި

ށ. ފުނަދޫގެ އިރުއުތުރުގައިވާ އޮއިވާލި ކަނދުފަތި އަލުން ހަރުކޮށްފި އެވެ. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިނަ މަޢުލޫމާތުދޭ ގޮތުގައި މި އޮއިވާލި ކަނދުފަތި އަލުން ހަރުކުރެވިފައިވާ ސަރަޙައްދަކީ ށ. ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައެވެ. ކަނދުފަތި ނަންބަރަކީ 523 އެވެ. ޕޮޒިޝަން: 06 ދަރަޖަ 12 މިނިޓް 32 ސިކުންތު، އުތުރު އަރުޟު 06°12’32” N 73 ދަރަޖަ 28 މިނިޓް 30 ސިކުންތު، ދެކުނު އަރުޟު 73°28’30” E މިކަނދުފަތި ހަރުކުރެވިފައިވަނީ މިދިޔަ ހޮނިހިދު ދުވަހުގައެވެ.

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމާލައިފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމާލައިފި

ހދ. ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަނާއި ނޮޅިވަރަންފަރު ސްކޫލު ގުޅިގެން އެ ސުކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މިިކަމަށް ޓަކައި މި ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ހަވީރު ނޮޅިވަރަންފަރު ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ނޮޅިވަރަންފަރު ސްކޫލުގެ ޕްރިންސިޕަލް ޢަލީ އަޙްމަދެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، މިޕްރޮގްރާމުން ދަސްވ...

ޝިއުނާ އާދަމް
ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމާއި ސްކޫލްތަކުގެ ބެލެނިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމަތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފިއެވެ. އަމާންވެށި ޕްރޮގްރާމްގެ ދަށުން، މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރުތަކާއި އިންޓަރނެޓްގެ ޒަރީއާއިން ކުޑަ ކުދިންނަށް ކުރިމަތިވާ ކަން...

އިބްރާހިމް އަސްވާޤް
ބީއެމްއެލްއިން މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރަނީ 📍 ހދ. މަކުނުދޫ

ބީއެމްއެލްއިން މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ހދ. މަކުނުދޫގައި ސެލްފް ސަރވިސް ސެންޓަރެއް ޤާއިމްކުރުމަށް ބީއެމްއެލްއިން މަސައްކަތް ފަށައިފިއެވެ. މަކުނުދޫގެ އިތުރުން 2 ރަށެއްގައި ބީއެމްއެލްއިން ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވަނީ ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. އެގޮތުން ބީއެމްއެލްއިން ވަނީ އދ. ދަނގެތި، ކ. ހިންމަފުށީގައި ސެލްފް ސަރވިސް ސެންޓަރުތައް ޤާއިމްކުރުމަށ...

ޔުމްނާ ޢަލީ
ބަންދުކޮށްފައިވާ ފަތްތަކެއް ނޮޅިވަރަމަށް ލައްގައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ނޮޅިވަރަމަށް ލައްގައިފި

ބަންދުކޮށްފައިވާ ފަތްތަކެއް ހދ. ނޮޅިވަރަމަށް ލައްގައިފިއެވެ. ނޮޅިވަރަމުން ވާހަކަ ދެއްކި މީހަކު ބުނީ ބަންދުކޮށްފައި ހުރި ފަތްތަކެއް މިއަދު ހަވީރު އެރަށު ބަނދަރުގެ ދެކުނުކޮޅަށް ލައްގާފައިވާކަމަށެވެ. ތިލަދުންއާއި ވާހަކަ ދެއްކި އެރަށު މީހަކު ބުނީ ވަރަށް ބޮޑަށް ބަންދުކޮށްފައި ހުރި ބޮޑު ޕާރުސަލެއް އެރަށަށް ލައްގާފައިވާކަމަށާއި އެ ކަނޑާ ބެލުމުން އެއީ ބޮނޑި ބޮނޑިއަށް ހުރި ފަތްތަކެއްކަން އެނގުނު ކަމަށެވެ. ނަމަވެސް، އެއީ ކޮން ވައްތަރެއްގެ ފަތްތަކެއް ކަމެއް ނޭނގޭ ކަމަށާއި، އެތަކެތި މިހާރު ފުލުހުންގެ ބެލުމު...

ޝިއުނާ އާދަމް
ނޮޅިވަރަމާއި ކޮމަންޑޫއަށް ފެނަކައިން އައު ޖަނަރޭޓަރު ފޯރުކޮށްދީފި 📍 ށ. ކޮމަންޑޫ

ނޮޅިވަރަމާއި ކޮމަންޑޫއަށް ފެނަކައިން އައު ޖަނަރޭޓަރު ފޯރުކޮށްދީފި

ފެނަކައިން ހިންގާ ރާއްޖޭގެ ކަންކޮޅުތަކުގެ އިންޖީނުގެތަކުން ދެވޭ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އުތުރުގެ ދެ ރަށަކަށް އައު ޖަނެރޭޓަރު ސެޓު ފޯރުކޮށްދީފިއެވެ. އެގޮތުން ފެނަކައިން އައު ޖަނަރޭޓަރު ސެޓު ފޯރުކޮށްދިން އުތުރުގެ 2 ރަށަކި ހދ. ނޮޅިވަރަމާއި އަދި ށ. ކޮމަންޑޫއެވެ. Sh. Komandoo ge karantuge haalathu ithurah rangalhu kurumahtakai 400kW ge aa genset eh erashah gendhiumah […]

ޝިއުނާ އާދަމް
ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބާއްވަނީ

ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާތްތަކަށް ހައުސިންގ ޔުނިޓް ޙަވާލުކުރުމަށް ގުރުއަތު ނެގުން މިރޭ ބޭއްވުމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އިން ނިންމައިފިއެވެ. މިއަދު އެއިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާރު ދޫނުކޮށް ހުރި ހައުސިންގ ޔުނިޓްތައް ލިބޭ 110 ފަރާތުގެ ދާއިމީ ލިސްޓްގައިވާ ފަރާ...

ޔުމްނާ ޢަލީ
ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި

ސްކޫލް ދަރިވަރުންގެ އަޚްލާގާއި ސުލޫކު ހެޔޮގޮތުގައި ބައްޓަން ކުރުމާއެކު ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ‘އަމާންވެށި’  ޕްރޮގްރާމްގެ ދަށުން ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ކޭމްޕް ފުރާވަރު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ޖަލާލުއްދީން ސްކޫލްގައި މިކަމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕްރިންޓެ...

އިބްރާހިމް އަސްވާޤް
ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އިއައިއޭ ހަދާނެ ބަޔަކު ހޯދަނީ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫ ޖަލު އަޅާ ސަރަހައްދުގެ އިއައިއޭ ހަދާނެ ބަޔަކު ހޯދަނީ

ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހަދައިދޭނޭ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިއަދު ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ހދ. ނޭކުރެއްދޫގައި ސަރުކާރުން ގާއިމުކުރާ ޖަލު އަޅާ ސަރަހައްދުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) ހެދުމަށް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާކަމަށެވެ. އެކަމަށް އެދި މަޢުލޫމާތު ސާފު ކުރުމަށް ހު...

ޔުމްނާ ޢަލީ
ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފި

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކަށް އަމާޒު ކުރައްވައިގެން ކޮންވޭ މޯލްޑިވްސްއާއި ހއ. އަތޮޅު ކައުންސިލް ގުޅިގެން ކޮމިޔުނިޓީ ޑިވެލޮޕްމަންޓް އެންޑް ލީޑަރޝިޕް ޓްރޭނިންގ ވޯކްޝޮޕެއް ހއ. އަތޮޅުގައި ހިންގައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގެ މައިގަޑު ބޭނުމަކީ އަންނަ އޭޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ...

އިބްރާހިމް އަސްވާޤް
ރަށްވެހިކަމުގެ ފަތިސް: ރަށްވެހިކަމުގެ މަސައްކަތުން ތިލަދުންމައްޗަށް 1 ވަނަ!

ރަށްވެހިކަމުގެ ފަތިސް: ރަށްވެހިކަމުގެ މަސައްކަތުން ތިލަދުންމައްޗަށް 1 ވަނަ!

ރަށްވެހިކަމުގެ ފަތިސް ރަށްވެހިކަމުގެ ފަތިހަކަށް އަލިދަންމަތިކޮށްދެއްވި ބޭފުޅަކީ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރަހަށާއި ދިގަށް 25 ފޫޓް ފުޅާމިނުގެ މަގެއް ހެއްދެވިއެވެ. ރައްޔިތުންލައްވައި އުވަދަވައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވައިގެން އެމަގުތަކުގެ ދެފަރާތުގައި 5 ފޫޓު އުސްކޮށް ފާރު ރޭނުއްވިއެވެ. ރައްޔިތުންގެ މެދުގައި ވާދައިގެރޫޕެއް އުފައްދައިގެން ކުރުވި އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި މީހުންނަށް ކަލޭފާނ...

ހުސައިން ހަބީބް