މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ކަށަވަރުކޮށްފި 📍 ހދ. ވައިކަރަދޫ

ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ކަށަވަރުކޮށްފި

އިންތިހާބު ބާއްވަން ނުޖެހި، ހދ. ވައިކަރަދޫ ކައުންސިލް ރައީސްގެ ގޮނޑި އެމްޑީޕީން ހޯދައިފި އެވެ. އިލެކްޝަން ކޮމިޝަން އިން ރަސްމީކޮންއަދި ކުރިމަތިލީ ފަރާތްތައް އިޢުލާންކޮށްފައި ނުވިނަމަވެސް ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވަނީ އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި އަބްދުﷲ ޒާމިރު (ޒާރޭ) ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ‎ވައިކަރަދޫ އަކީ އަބަދުވެސް ސިޔާސީ ފޯރިޔާ އާއި ވާދަވެރިކަން ބޮޑު ރަށެކެވެ. ވައިކަރަދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ ރައީސް ކ...

އަލީ އާދިލް
ހަނިމާދޫ ކަތީބު ކުޑޭގެ ވަކިވުން، ހަނިމާދޫ ރޮއްވާލައިފި! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކަތީބު ކުޑޭގެ ވަކިވުން، ހަނިމާދޫ ރޮއްވާލައިފި!

ހދ. ހަނިމާދޫ، ވާދީ އަބުދުއްލަޠީފް ޤާސިމް (ކަތީބު ކުޑޭ) ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހަނިމާދޫއަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ރަށު އެންމެންގެ ކަތީބު ކުޑޭގެ މިރޭ ކުއްލި ގޮތަކަށް މިދުޔެއާއި ވަކިވެގެން ދިޔައީ ބަލިވެ އުޅުމަށްފަހުގައެވެ. އަބުދުއްލަޠީފް މިހާރުވަނީ މެންދަމުގެ ވަގުތެއްގައި ވަޅުލާފައެވެ. ނިޔާވި އިރު އަތްބަކާއި ދެ ފިރިހެން ކުދިންނާއި، އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ. އަބުދުއްލަޠީފްވަނީ މެދު ނުކެނޑި 27 އަހަރު ސަރުކާރަށާއި، ހަނިމާދޫއަށް ޚިދުމަތް ކުރައ...

އިބްރާހިމް އަސްވާޤް
މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި

މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި

މަރުވެފައިއޮތް ކުޑަ ކިނބުލެއް ވައިކަރަދޫއަށް ލައްގައިފި އެވެ. މިއަދު އިރު އޮއްސި 6:15 ހާއިރު މިކިނބޫ ފެނިފައިވަނީ ވައިކަރަދޫ ފުޓްސަލް ދަނޑާ ދިމާ އަތިރި މަތިން ޒުވާން ކުދިން ކޮޅަކަށްކަމަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙްމަދު ނަސީމް ބުނެފައި ވެއެވެ. މިއީ ކުޑަ ކިނބުލެއްކަމަށާއި ގާތްގަނޑަކަށް 4 ފޫޓް ބައި ހުންނާނެކަމަށް ނަސީމް ވިދާޅުވިއެވެ. މިކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވާކަމަށާއި ނަމަވެސް މަރުވެފައި ވުމުން ކިނބޫ ވަޅުލުމަށް އެފަރާތުން އެދޭކަމަށް ނަސީމް ވިދާޅުވިއެވެ.

އަލީ އާދިލް
ހއ. އަތޮޅު ކައުންސިލް މުވައްޒަފުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގަވައިފި

ހއ. އަތޮޅު ކައުންސިލް މުވައްޒަފުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ހިންގަވައިފި

ސިވިލްސަރވިސް ޓްރޭނިންގ އިންސިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން އިންޓަރނަލް އޮޑިޓް ކުރާނެގޮތް ދަސްކޮށްދިނުމާބެހޭ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން މިމަހުގެ 20 ން 22 އަށް ހިންގުނު މި ޕްރޮގްރާމްގައި އިންޓަރނަލް އޮޑިޓް ކުރުމުގެ ބޭނުމާއި، އޮޑިޓްކުރާނެ ގޮތާއި، އޮޑިޓް ކުރުމާ ގުޅިގެން އިދާރާއަށް ލިބިގެންދާނެ ކުރިއެރުމާއި އަދި އޮޑިޓަރުންގެ ކިބާގައި ހުންނަންޖެހޭ މައިގަނޑު ސިފަތަކަކީ ކޮބައިކަން އޮޅުން ފިލުވައި ދެއ...

އަލީ އާދިލް
ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (1ވަނަ ބައި)

ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (1ވަނަ ބައި)

“މަރަކީ އެއް ފަހަރުވާ ކަމެކެވެ. ވިހާނީ ވެސް އެއް ދުވަހު އެވެ. ތިބޭނެ ކަމެއް ނެތެވެ. އަރައިގަންނަންވީ އެވެ. ދޯނި ދަމައިގަންނާށޭ” އުތުރުގެ ރައްޔިތުންނަށް ކުރިމަތިވި ތަދުމަޑުކަމުގައި ދައުލަތުގެ އިހުމާލާއި މެދު އުތުރުގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލައި، ހައްޤު މިންވަރު ހޯދުމަށް ފެށި ދަތުރަކީ “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް އުތުރުގެ ރައްޔިތުން ދެކެނީ އެ މަސައްކަތަކީ ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން […]

ޙުސައިން ޝަހުދީ
ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފި

ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފި

ހދ. ނޭކުރެންދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:50 ހާއިރު ނޭކުރެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކާއި މެދު ބަޔަކު މާރާމާރީ ހިންގާ އަނިޔާކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މި މައުލޫމާތު ލިބުމުން އޭނާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ...

ޝިއުނާ އާދަމް
ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމުގެ އަމާޒު ކަނޑައެޅުމަށް ހުށަހަޅައިފި

ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމުގެ އަމާޒު ކަނޑައެޅުމަށް ހުށަހަޅައިފި

  ރާއްޖެ އަލުން ކާބަން ނިއުޓުރަލް ޤައުމަކަށް ވުމަށް އަމާޒު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއް ވައިފިއެވެ. މެންބަރު އަހުމަދު ސަލީމް އެގޮތަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޒާހިރު މިއަދު މަޖީހަށް ހުށަހެޅުއްވި މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބިލުގެ އިބުތިދާއީ ބަހުސް މަރުހަލާގައި އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ބަހުސް ކުރައްވަމުން ނެވެ. މަޖިލީހުގެ އެންވަޔަރުމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރ...

ޝިއުނާ އާދަމް
އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމު, މޮޅަދޫ އަދި ނައިވާދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުޞޫލުން 18 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ 18 ރަށުގެ ތެރޭގައި ހއ އަތޮޅުން ހިމެނެނީ ހއ. އުތީމާއި ހއ މޮޅަދޫއެވެ. ހދ އަތޮޅުން ހދ ނައިވާދޫ ވަނީ ލިސްޓުގައި ހިމެނިފައެވެ. މި ތިންރަށުގެ އިތުރުން ގއ.ކޮނޑޭ، ގދ.ރަތަފަންދޫ، ލ.މުންޑޫ، […]

އިބްރާހިމް އަސްވާޤް
ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ 📍 ހދ. ވައިކަރަދޫ

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރުން ބިމެއް 15 އަހަރަށް ކުއްޔަށް ދޫކުރަނީ

ތެޔޮ ވިއްކުމުގެ ވިޔަފާރި ކުރުމަށް ވައިކަރަދޫ ބަނދަރު ބިމެއް ކުއްޔަށް ދޫކުރަން ވައިކަރަދޫ ކައުންސިލް އިން ނިންމައިފިއެވެ. މިމަހުގެ 17 ވަނަ ދުވަހު އެކައުންސިލްއިން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބަނދަރު ހުޅަނގު ދެކުނު ކޮޅުން ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް 1200 އަކަފޫޓުގެ ބިމެއް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ވަނީ ނިންމާފައިވާކަމަށެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް އެއިދާރާއަށް ދުރުވެ މަޢުލ...

ޝިއުނާ އާދަމް
ނެއްލައިދޫ އަޙްމަދު ޢަބްދުﷲގެ ރަން ސާޅީސް 📍 ހދ. ނެއްލައިދޫ

ނެއްލައިދޫ އަޙްމަދު ޢަބްދުﷲގެ ރަން ސާޅީސް

ހދ. ނެއްލައިދޫ އަސުރުމާގޭ، އަހުމަދު އަބުދުﷲ އަކީ ހދ. ނެއްލައިދޫ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް މެދު ނުކެނޑި 40 އަހަރާއި 7 މަހާއި 19 ދުވަހު ހިދުމަތްކުރެއްވި މުރާލި، ހީވާގި ޅިދުމަތްތެރިއެކެވެ. ނެއްލައިދޫ މީހުންގެ ނަމުންނަމަ އަޙްމަދުބޭ އަކީ އަތޮޅުންވެސް ހުނިޖަހާލެވޭ ފަދަ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަހުމަދު އަބުދުﷲގެ ރަން ސާޅީސް އަހަރުގެ ޚިދުމަތް ނިންމާލެއްވީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުންނެވެ. 20 އޮކްޓޯބަރ 1962ވީ ހޮނިހިރު ދުވަހު ހދ. ނެއްލައިދޫ އަސުރުމާގެއަށ...

ޙުސައިން ޝަހުދީ
ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލް ޖޫދީއަށް ރިހި މެޑެލް ފިނޭ ރަޝީދުއަށް 📍 ހދ. ފިނޭ

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލް ޖޫދީއަށް ރިހި މެޑެލް ފިނޭ ރަޝީދުއަށް

ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލްއެއް ޖޫދީ ޚާލިދު އަދި ރިހި މެޑެލްއެއް ހދ. ފިނޭއަށް އުފަން އަބްދުލް ރަޝީދު ހޯދައިފިއެވެ. ޖަރުމަނުގެ ސްޓުޓްގާޓްގައި މިހާރު ކުރިއަށްދާ 25 ވަނަ “އިކާ ކަލިނަރީ އޮލިމްޕިކްސް” ގައި މި އަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެންބަރުން ބައިވެރިވީ ވެޑިންގް ކޭކު ކެޓަގަރީގައެވެ. އެމުބާރާތަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ، ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި […]

ޔުމްނާ ޢަލީ
މަހުލޫފްއަކީ ބޮޑު ފިނޑިއެއް، ރައީސް ނަޝީދަކީ ކަލާންގެތަ؟: މަޢޫޒް 📍 ހދ. ނޭކުރެންދޫ

މަހުލޫފްއަކީ ބޮޑު ފިނޑިއެއް، ރައީސް ނަޝީދަކީ ކަލާންގެތަ؟: މަޢޫޒް

ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފްއަކީ ބޮޑު ފިނޑި އެއްކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަކީ ކަލާންގެތޯ، ހދ ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް މަޢޫޒް ސުވާލު ކުރައްވައިފިއެވެ. މަޝްރޫހު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލަން ނިންމުމާއި ގުޅިގެން ހދ ނޭކުރެންދޫ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހިމް މަޢޫޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާ ޔޫތު މިނިސްޓަރ މަހުލޫފްއަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. ޔޫތު މިނިސްޓްރީއިން ބޮޑެތި ޝ...

ޔުމްނާ ޢަލީ
ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށައަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އީސީއަށް ފޯމު ހުށައަޅައިފި

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހއ ދިއްދޫ ކައުންސިލާއި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށައަޅައިފިއެވެ. ދިއްދޫ ކައުންސިލްއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުން އަދި ހއ އަތޮޅު ކައުންސިލްއަށް ވާދަކުރާ މޫސާ ޝަފީޤުގެ ފޯމު ހުށައަޅާފައިވަނީ މިއަދު ހެނދުނެވެ. އިލެކްޝަންސް ކޮމިޝަން ގެ ފަރާތުން މިފޯމުތަކާއި ހަވާލުވީ އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމްއެވެ. އަދި […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ އެއަރ ޕޯޓަށް އިތުރު މުވައްޒަފުން ހޯދަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ އެއަރ ޕޯޓަށް އިތުރު މުވައްޒަފުން ހޯދަނީ

ހދ. ކުޅުދުއްފުށީ އެއަރ ޕޯޓަށް ބޭނުންވާ ބައެއް މުވައްޒަފުން ހޯދުމަށް ރީޖަނަލް އެއަރޕޯޓްސް އިން އިޢުލާނުކޮށްފިއެވެ. ރީޖަލަން އެއަރ ޕޯޓްސް އިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކައުންޓް އޮފިސަރަކާއި، ޖީއެސް 3 ރޭންކްގެ 2 އެސިސްޓެންޓް ފަޔަރ ފައިޓަރެއްގެ އިތުރުން އެމްއެސް 2 ރޭންކްގެ ސަބް އޮފިސަރެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު 27 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ވަޒީފާ އަށް އެދޭ […]

ޔުމްނާ ޢަލީ
ކުރިނބީ ޕީޕީއެމް ޖަގަހައަށް ކަޅުތެޔޮ ޖަހައިފި 📍 ހދ. ކުރިނބީ

ކުރިނބީ ޕީޕީއެމް ޖަގަހައަށް ކަޅުތެޔޮ ޖަހައިފި

ރޭދަންވަރުގެ ވަގުތެއްގައި ހދ ކުރިނބީ ޕީޕީއެމްގެ ޖަގަހައަށް ކަޅުތެޔޮ ޖަހައިފިއެވެ. ކުރިނބީ ޕީޕީއެމްގެ އިސް އޮފުސަލަކު ވިދާޅުވީ ކަޅުތެޔޮ ޖެހުމުގެ ސަބަބުން އެޖަގަހައިގައި ހުރި ޓީވީ އާއި ބަޔެއް ސާމާނުތަކަށް ގެއްލުން ވެފައިވާކަމަށެވެ. ކަޅުތެޔޮ ޖަހާފައިވާ ޕީޕީއެމްގެ މި ޖަގަހައަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕީއެމްއިން ދާދި ފަހުން ތައްޔާރުކުރި ޖަގަހައެކެވެ. މި ޖަގަހަ ކުރިން ބޭނުންކުރީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައެވެ. އެ މައްސަލަ މިހާރު ކައުންސިލް އަށް ހުށައަޅާފައި...

ޔުމްނާ ޢަލީ