ހއ.ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން ދިއްދޫގެ އޮޑިވެރިންނާއި، ކެޔޮޅުންންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބައްދަލުވުމެއް ބާއްވަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.

ދިއްދޫ ކައުންސިލުން ބުނެފައިވަނީ ދިއްދޫގެ ބަނދަރު ބޮޑުކުރުމާއި ބެހޭގޮތުން އެރަށު އޮޑިވެރިންނާއި، ކެޔޮޅުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރުމަށް ބާއްވާ މަޝްވަރާ ބައްދަލުވުމެއް މާދަމާ ރޭ 8:30 ގައި އޮންނާނެ ކަމަށެވެ.

Ad
rt

ދިއްދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވުމަށް އެރަށު ހުރިހާ އޮޑިވެރިންނާއި، ކެޔޮޅުންނަށް ދަޢުވަތު އަރުވާ ކަމަށެވެ.

ދިއްދޫ ބަނދަރު އެންމެ ފުރަތަމަ ހަދާފައިވަނީ 2001 ވަނަ އަހަރު އެވެ. ފުރަތަމަ ހަދާފައިވަނީ 62 އަކަފޫޓުގެ ބަނދަރެކެވެ. 2007 ވަނައަހަރު ބަނދަރު އަލުން ހެދިއިރު ބަނދަރުގެ ޖާގަ 42 ފޫޓް އިތުރު ކޮށްފައިވެއެވެ.

2007 ވަނަ އަހަރު ހެދި ބަނދަރުގެ މަސައްކަތް ކުރިއަށް ދިއައީ އޭޑީބީގެ ސުނާމީ އެސިސްޓް ޕްރޮޖެކްޓް (ޓީޕް) ގެ އެހީގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްގެން ނެވެ.