މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ކަންބޮޑުވުން 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ކަންބޮޑުވުން

ރާއްޖޭގެ އުތުރުގެ މައި ދޮރާށި، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ފިޔަވަޅެއް އަދި އެޅިފައި ނުވާތީ ބައެއް މުވައްޒަފުންނާއި، އާންމުން ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ހަފްތާއަކު އިންޑިއާގެ ޓްރެވެންޑްރަމްއަށް 2 ފްލައިޓް އަދި ކޮޗިންއަށް 3 ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓެކެވެ. އެއަރޕޯރޓްގައި މިހާތަނަށް ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާކަމަށް އެ އަރޕޯރޓުން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ޔަޤީން ކޮށްދ...

އަލީ އާދިލް
22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި 📍 ށ. މިލަންދޫ

22 ރަށަކަށް ޓާރފް ގެނެސް އިންސްޓޯލް ކޮށްދޭނެ ބަޔަކު ހޯދަަށް އަލުން ޢިއުލާން ކޮށްފި

22 ރަށެއްގެ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އެދިލެއްވުމުގެ މަތިން އެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ހުށަހަޅާފައިވާ ބީލަންތަކުގެ އަގު ބޮޑު ކަމަށް ފެންނާތީ، އެބީލަންތަށް ބާތިލުކޮށް އެ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލާކަމަށެވެ. އެ ޢިއުލާންގައިވ...

ޔުމްނާ ޢަލީ
📍 ހއ. އުތީމު

އުތީމު ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ: އުތީމު ކައުންސިލް

ހއ. އުތީމުގައި އެރަށުގެ ކައުންސިލްގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. އެކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ބުނުއްވީ އެ ހިނަވާގެއަކީ އެރަށުގައި ރަނގަޅު ވަސީލަތްތަކާއެކު ޒަމާނީ ފެންވަރުގެ ހިނަވާގެއެއް ތަރައްޤީކުރުމަށް އެ ކައުންސިލުން ކުރައްވަމުންދާ މަސައްކަތެއް ކަމަށެވެ. އެމަސައްކަތް ކުރާ ދެވަނަ ސަބަބަކީ، އެރަށަކީ އުމުރާނީ ގޮތުން ތަރައްޤީވެފައިވާ ރަށަކަށްވާތީ މިވަގުތަށް ފެންވަރު ރަނގަޅު ހިނަވާގެއެއް ހުރުން ވަރަށް މުހިނ...

ޔުމްނާ ޢަލީ
ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމެއް ތިލަދުންމަތީގައި ފަށައިފި

ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމެއް ތިލަދުންމަތީގައި ފަށައިފި

ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ ޓްރެއިނިން ޕްރޮގްރާމެއް ތިލަދުންމަތީގައި ފަށައިފި އެވެ. ދެދުވަހުގެ މުއްދަތަށް ކުޅުދުއްފުށީގައި ކުރިއަށްގެންދާ މި ޓްރެއިނިން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހެދުނުއެވެ. ހއ، ހދ އަދި ށ އަތޮޅުގެ ކައުންސިލްތަކުން 67 ފަރާތަކުން މި ޓްރެއިނިން ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ އޮޑިޓް އޮފީހުގެ ބޭފުޅުންނެވެ. ރަށްރަށުގެ ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް ބޭނުންވާ އޮންލައިން ޓްރެއިނިން ޕ...

އިބްރާހިމް އަސްވާޤް
އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަނީ

އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަނީ

ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި، ކަމާބެހޭ ސަރުކާރުގެ އޮފީސްތަކާއެކު އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމައިފިއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެ މަހާސިންތާގައި އުލިގަމަށް  ޔޮޓްތައް ގެނައުމަށް އެކުލަވާލާ އެކްޝަން ޕްލޭން އާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. އެ މަހާސިންތާގައި ކަސްޓަމްސް ސަރވިސަސްގެ އިތުރުން ރައީސް އޮފީހާއި، ޓޫރިޒަމް މިނިސްޓްރީއާއި، ޓްރާންސް ޕޯރޓް އޮތޯރިޓީއާއި، މޯލްޑިވްސް އިމިގްރޭޝ...

އަލީ އާދިލް
އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހއ. އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. އުލިގަމު ކައުންސިލްގެ ފަރާތުން، އެރަށު ރައްޔިތުންނާއި މަޝްވަރާކުރީ، އުލިގަމު ބަނދަރު ހެދުމުގެ މަޝްރޫޢު 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވުމާއެކު، ޕްލޭނިންގ މިނިސްޓްރީން ބަނދަރާބެހޭ މަޢުލޫމާތު އެއްކުރުމަށްފަހު ޕްރިލިމިނަރީ ކޮންސެޕްޓެއްވަނީ ތައްޔާރު ކޮށް، އެކައުންސިލަށް ފޮނުވާފައިވާތީ، އެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ. އެ ރަށު ކޮންސެޕްޓާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބޭނުނ...

ޔުމްނާ ޢަލީ
މިނިސްޓަރ އޮފް ޓުއަރިޒަމްގެ ނައިބުގެ މަޤާމަށް އަޙްމަދު ޢާޠިފް

މިނިސްޓަރ އޮފް ޓުއަރިޒަމްގެ ނައިބުގެ މަޤާމަށް އަޙްމަދު ޢާޠިފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް، ހދ.ކުޅުދުއްފުށި، މާވިނަ، އަޙްމަދު ޢާޠިފް ޢައްޔަނު ކުރައްވައިފިއެވެ. އަޙްމަދު ޢާޠިފްމީގެ ކުރިން ހުންނެވީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ ކައުންސިލަރެއްގެ މަޤާމުގައެވެ. އަޙްމަދު ޢާޠިފް ކުރިން ވަނީ އެ ކައުންސިލުގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމުވެސް ފުރުއްވާފައެވެ. Welcome to @MoTmv Deputy Minister of Tourism Ahmed Athif. pic.twitter.com/Trsuhxr1XB — Ministry of Tourism (@MoTmv) Janu...

އިބްރާހިމް އަސްވާޤް

ޕްރޮގްރެއްސިވް ކޯލިޝަން ހދ. އަތޮޅަށް

ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕްރޮގްރެއްސިވް ކޯލިޝަން ހދ. އަތޮޅަށް ކުރައްވާ ދަތުރެއް ފައްޓަވައިފިއެވެ. ޕްރޮގްރެއްސިވް ކޯލިޝަންގެ މިޓީމުގައި ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲއާއި، ނައިބު ރައީސުނ ކަމުގައިވާ އިބްރާޙީމް ސުޖާއުއާއި، އާދަމް ޝަރީފާއި، ޕީޕީއެމްގެ ނައިބުރައީސް ގައްސާނު މައުމޫނާއި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުލް ލަޠީފް މުޙައްމަދާއި އަދި ކުރީގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފިދު އަބުދުލް ޤާދިރު ހިމެނި ވަޑައިގަންނަވައެވެ. ޕީއެންސީގެ ރައީސްގެ ނައ...

ޔުމްނާ ޢަލީ
ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް 805 ރުފިޔާއަށް 📍 ށ. ފުނަދޫ

ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް 805 ރުފިޔާއަށް

ށ. ފުނަދޫ، މާލެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 805 ރުފިޔާ ކަމަށް މޯލްޑިވިއަނުން ހަމަޖައްސައިފިއެވެ. މިމަހު 24 ގައި ޓެސްޓް ފްލައިޓް ޖައްސައި، އޮޕަރޭޓް ކުރަން ތައްޔާރުވެފައިވާ ށ. ފުނަދޫ އެއަރޕޯރޓަށް ދަތުރުކުރުމަށް މޯލްޑިވިއަނުން އެ އަގުގައި ޓިކެޓް ވިއްކަން ފަށަން ހަމަޖައްސާފައިވަނީ 3 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެންނެވެ. އެ އެއާޕޯޓަށް ފެބްރުއަރީ 1 ގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުން އަންނަކަމަށް ކުރިންވަނީ ބުނެފައެވެ. ކުރީގެ ސަރުކާރުން ހަދަން ފެށި […]

އަލީ އާދިލް
📍 ހއ. ތަކަންދޫ

ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތަކަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާ ގޮތުން އެރަށުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 3000 (ތިންހާސް) އަކަފޫޓުގެ 23 ގޯއްޗާއި 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓްގެ 1 ގޯއްޗެވެ. ގޯތިތައް ދޫ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކަކީ، ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 […]

އަލީ އާދިލް
މިއަހަރުގެ އުރީދޫ ކަލާ ރަން ކުޅުދުއްފުށި ސިޓީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

މިއަހަރުގެ އުރީދޫ ކަލާ ރަން ކުޅުދުއްފުށި ސިޓީގައި ބާއްވަނީ

2020 ވަނަ އަހަރުގެ އޫރިދޫ ކަލާ ރަން ހުޅުމާލޭގެ އިތުރުން، އުތުރުގެ ކުޅުދުއްފުށި ސިޓީގައި ބާއްވަން ހަމަޖައްސައިފިއެވެ. އުރީދޫއިން އެކަން އިއުލާނުކޮށްފައިވަނީ އެކުންފުނިން މިއަހަރަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ބޭއްވި ‘މަރުހަބާ 2020’ ހަފްލާގައި އެވެ. ކުޅުދުއްފުށި ސިޓީގައި ކަލާ ރަން ފަށާނީ މެއި މަހުގެ 29 ވަނަ ދުވަހުގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ކަލާ ރަން އޮންނާނީ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގަ އެވެ. އުރީދޫއިން ބުނެފައިވަނީ އުރީދޫ […]

ޔުމްނާ ޢަލީ
އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއިކޮށްފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ. ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ. ސޮއިކުރި ޖަލްސާގައި ރިޟްވާން ވަނީ ސަރުކާ...

ޔުމްނާ ޢަލީ
ހއ. އަތޮޅުން 36، ހދ. އަތޮޅުން 29 ފަރާތަކަށް އެމްޑީޕީ ޓިކެޓް ކަށަވަރުވެއްޖެ

ހއ. އަތޮޅުން 36، ހދ. އަތޮޅުން 29 ފަރާތަކަށް އެމްޑީޕީ ޓިކެޓް ކަށަވަރުވެއްޖެ

ހއ. އަތޮޅުން 36 ފަރާތަކަށް އަދި ހދ. އަތޮޅުން 29 ފަރާތަކަށް މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޓިކެޓް ކަށަވަރު ވެއްޖެއެވެ. ހއ. އަދި ހދ. އަތޮޅުގެ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި 65 ފަރާތަކަށް ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރު ވެފައިވާކަމަށް މިއަދު އެޕާޓީން ކޮށްފައިވާ ޢިއުލާނުގައި ބުނެއެވެ. ޕްރައިމެރީއާނުލާ ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ލިސްޓުhttps://t.co/Mj1dowSQZY — MDP Secretariat (@MDPSecretariat) […]

ޔުމްނާ ޢަލީ
ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފި

ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިރިމަރަދޫގައި ކުރިއަށް ގެންގޮސްފި

އާއިލީ މަސްލަހަތު ދެމެހެއްޓުމާއި ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން ހދ. ހިރިމަރަދޫ ސްކޫލުގެ މުދައްރިސުންނާއި ބެލެނިވެރިން ނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކަކީ ހިރިމަރަދޫ ސްކޫލު ޕީޓީއޭ އަދި ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި، އާއ...

ޔުމްނާ ޢަލީ
📍 ހއ. އުތީމު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އުތީމު ގޮފިން ހިންގާ ޤުރުއާން ކްލާހުގެ ކިޔެވުން ފަށައިފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އުތީމު ގޮފިން ހިންގާ ޤުރުއާން ކްލާހުގެ ކިޔެވުން ފަށައިފިއެވެ. އެ ޤުރުއާން ކްލާސް ކުރިއަށްދަނީ ހއ. އުތީމު ކައުންސިލާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ގުޅިގެންނެވެ. އެ ޤުރުއާން ކްލާހުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން އުތީމު ކައުންސިލުންވަނީ، އެކަމަށް އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އެކަން ފުރިހަމަ ކުރުމުގައި އުތީމު ރައްޔިތުންގެ ފަރާތުން ދެއްވި، އެއްބާރުލުމާއި އެހީތެރިކަމަށް އުތީމު ކައުންސިލްގެ ޚާއްސަ ޝުކުރެއްވަނީ އެ ރަށުގެ ރައްޔިތ...

އަލީ އާދިލް