މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,622 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9622 ޚަބަރުގެ ތެރެއިން
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް

ހއ. ދިއްދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ތެރެއިން ބާކީ ދޫ ނުކުރެވިވާ %40 ފައިސާ، އެ ކައުންސިލަށް ލިބުމުން ދޫކުރެވޭނެކަމަށް ދިއްދޫ ކައުންސިލުން ހާމަކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް، ބާކީ ދޭންޖެހޭ %40 ފައިސާ ހޯދުމަށް އެދި އެ ކައުންސިލަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން...

ޝިއުނާ އާދަމް
އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އި...

އަލީ އާދިލް
"އޯގާވެރި ދަޢުވަތު" ޕްރޮގްރާމް ހއ އަތޮޅުގައި ކުރިއަށް ގެންގޮސްފި

"އޯގާވެރި ދަޢުވަތު" ޕްރޮގްރާމް ހއ އަތޮޅުގައި ކުރިއަށް ގެންގޮސްފި

“އޯގާވެރި ދަޢުވަތު” މިނަމުގައި އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް ގުޅިގެން، ކުރިއަށް ގެންދާ ޕްރޮގްރާމް ހއ އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފި އެވެ. މި ޕްރޮގްރާމަކީ ދީނާއި ގުޅޭ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ހިންގާ ކެމްޕެއިނެކެވެ. https://www.facebook.com/1347483672001029/posts/2670225706393479/?d=n ޖަނަވަރީ 12 އިން 17 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމް އެއަތޮޅު ހުރިހާ ރަށެއްގައިވެސް އާންމުންނަށާއ...

ޔުމްނާ ޢަލީ
📍 ހއ. ދިއްދޫ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެދިއްޖެ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެ ކައުންސިލުން ބުނެފައިވަނީ ދަ...

އަލީ އާދިލް
ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ފީވަކު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ކުށުގެ...

އިބްރާހިމް އަސްވާޤް
📍 ހއ. ކެލާ

ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ކެލާގައި ބާއްވައިފި

ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...

އަލީ އާދިލް
ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ކުޅުދުއްފުށި ސިޓީގައި ފަށަނީ 📍 ހދ. ކުޅުދުއްފުށި

ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ކުޅުދުއްފުށި ސިޓީގައި ފަށަނީ

ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް މޯލްޑިވްސް ސުވިމިން ސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ. 10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެ...

އަލީ އާދިލް
ހއ. އަތޮޅުގެ ދެރަށެއްގައި ހިންގި ޓްރެފިކް މޮނީޓަރސްގެ ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

ހއ. އަތޮޅުގެ ދެރަށެއްގައި ހިންގި ޓްރެފިކް މޮނީޓަރސްގެ ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި ހއ. ކެލާ ޝައިޙް އިބްރާހީމް ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށް ކެލާ ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ޕޮލިސް ސްޓޭަޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޓްރެފިކް މޮނީޓަރސްގެ ދެ ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ވަކިވަކިން ދެ ރަށުގައި ކުރިއަށް ގެންދިޔަ މި ދެ ޕްރޮގްރާމަކީ މި ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި […]

އިބްރާހިމް އަސްވާޤް
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހއ. ތުރާކުނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފި 📍 ހއ. ތުރާކުނު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހއ. ތުރާކުނު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދީފި

ހއ. ތުރާކުނު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ތުރާކުނު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަންޖެހޭ ސަބަބުތަކާއި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައެވެ. މީގެއިތުރުން އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން...

އިބްރާހިމް އަސްވާޤް
ހދ. މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި 📍 ހދ. މަކުނުދޫ

ހދ. މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ.މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަކުނުދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ހދ. ކުޅުދުއްފުށިން ފުރައިގެން މަކުނުދުއަށް ދަތުރުކުރާ ފެރީއެއްގައި މަސްތުވާތަކެތި ގެންދާކަމަށް މަކުނުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ 25 ވަނަ ދުވަހުގެ 16:43 ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދާފައިވަނީ އެފެރީން މަކުނުދޫއަށް ގެނައި ފޮށިގަނޑެއް...

ޔުމްނާ ޢަލީ
ޖަލާލުއްދީން ސްކޫލް ގްރޭޑް 11 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ކުޅުދުއްފުށި

ޖަލާލުއްދީން ސްކޫލް ގްރޭޑް 11 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

2020 ވަނަ އަހަރު ޖަލާލުއްދީން ސްކޫލް ގްރޭޑް 11 އަށް ވަނުމަށް އެދޭ ދަރިވަރުންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ. ޖަނަވަރީ 26 ވާ އާދީއްތަ ދުވަހުން ފެށިގެން އެޕްލިކޭޝަން ފޯމް ދޫކުރާގޮތަށްވަނީ ހަމަޖެހިފައިވާކަމަށް އެސުކޫލުން ނެރެފައިވާ އިޢުލާނުގައި ބުނެފައި ވެއެވެ. ގްރޭޑް 11 އަށް ކުދިން ވެއްދުމަށް ހަމަޖެހިފައިވާ މިންގަނޑަކީ ސައިންސް ސްޓްރީމް : ކްރައިޓީރިއާ އެސް އެސް ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/ އައި.ޖީ.ސީ.އެސްއީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ...

ޔުމްނާ ޢަލީ
އެއާރޕޯޓެއް ތަރައްޤީ ކުރިފަހުން ކުޅުދުއްފުށިވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ: ހިއުމަން ރައިޓްސް ވޮޗް 📍 ހދ. ކުޅުދުއްފުށި

އެއާރޕޯޓެއް ތަރައްޤީ ކުރިފަހުން ކުޅުދުއްފުށިވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފަ: ހިއުމަން ރައިޓްސް ވޮޗް

ކުޅީގެ %70 ހަލާކުކޮށް އެއާރޕޯޓެއް ތަރައްގީ ކުރިފަހުން ކުޅުދުއްފުށި ސިޓީވަނީ އިތުރު ނުރައްކަލެއްގެ ތަރެއަށް ވެއްޓިފައިކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ. އެ ޖަމްޢިއްޔާއިން މިގޮތަށް ބުނެފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް ގުދުރަތީ ވަޞީލަތްތަކާއި ޚާއްސަކޮށް ކުޅި، ފާ، އަދި ޗަސްބިންތައް ޙިމާޔަތްކޮށް ބެލެހެއްޓުމަށާއި ހދ.ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ޙިމާޔަތްކުރުމުގެ މުހިއްމުކަން ހާމަކޮށް އެކަމާމެދު ޢަމަލީ ގޮތުން މިހާރުން މިހާރަށް ފިޔަވަޅުއެޅުމަށް ގޮވާލައި ނެރުނ...

އަލީ އާދިލް
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި "ފޮތް ކިއުމުގެ" ޕްރޮގްރާމެއް ފަށައިފި

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި "ފޮތް ކިއުމުގެ" ޕްރޮގްރާމެއް ފަށައިފި

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި “ފޮތް ކިއުމުގެ” ޕްރޮގްރާމެއް ފަށައިފި އެވެ. އެ ސްކޫލުގެ ޕްރިންސިޕަލް ޝަހީދާ އަލީ ”ތިލަދުން“ އަށް ވިދާޅުވީ މިއީ ކުދިންގެ މެދުގައި ފޮތް ކިއުމާއި ލިއުމުގެ ހުނަރު އިތުރުކުރުމަށް ފެށިގެން ދިޔަ ހަރަކާތެއްކަމަށެވެ. "Every Child Can Read "Reading programme for all @aisthly @majibrahim @MoEdumv @shaheee pic.twitter.com/5jV2BGESIK — H.DH.AEC (@HDhAEC) January 26, 2020 “އެވްރި ޗައިލްޑް ކެން ރީޑް” މި ސިޔާރުގެ ދަށުން ކުރިޔަށްގެންދާ މިހަރަކާތުގައި ކޮންމެ ދުވަހަކުވެސް ކޮންމެސް [...

އިބްރާހިމް އަސްވާޤް
📍 ހއ. އިހަވަންދޫ

އަންނަ މަހުގެ ތެރޭގައި އިހަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށޭނެ : އެމްޕީ ޝިފާޢު

ހއ. އިހަވަންދޫގެ ބަނދަރު އަޕްގްރޭޑް މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ. މެމްބަރު ޝިފާއު އެހެން ވިދާޅުވީ ހުކުރުދުވަހުގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން “އަހާށޭ ބުނާނަން” ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ. އިހަވަންދޫގައި މިހާރުވެސް ބޮޑު ބަނދަރެއް އޮންނަކަން މެމްބަރު ޝިފާޢު ފާހަގަ ކުރެއްވިއެވެ. ޝިފާއު ވިދާޅުވީ ބަނދަރުގެ ދަތިކަން އިހަވަންދޫގައި ވަރަށް ބޮޑު ކަމަށާއި، އެ ރަށަކީ...

ޔުމްނާ ޢަލީ
ހެޕީމާރކޭޓްގެ އުތުރުގެ ހަބަކަށް ކުޅުއްފުށި ސިޓީ

ހެޕީމާރކޭޓްގެ އުތުރުގެ ހަބަކަށް ކުޅުއްފުށި ސިޓީ

ދިވެހިރާއްޖެއަށް ކާބޯތަކެތީގެ ތަފާތު ބާވަތްތައް ހޯލްސޭލްކޮށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނިކަމުގައިވާ ހެޕީމާރކެޓުން ތިލަދުންމަތީގެ ވިޔަފާރީގެ ނާރެސްކަމުގައިވާ ކުޅުދުއްފުށި ސިޓީގައި އެކުންފުނީގެ ފިހާރައަކާއި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ. ރޭ ކުޅުދުއްފުށީގައި އޮތް ކުލަގަދަ ހަފްލާއެއްގައި މި ފިހާރައާއި ޑިސްޓްރިބިއުޝަން ސެންޓަރ ހުޅުއްވައިދެއްވީ ކުޅުުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހެޕީމާރކެޓްގެ ސީއީއޯ ކެޕްޓަން (ރިޓަޔ...

އިބްރާހިމް އަސްވާޤް