މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ 📍 ހއ. އުތީމު

ޖަމާއަތުގައި ނަމާދު ކުރެވޭގޮތަށް ހަމަޖައްސައިދޭން އުތީމުންވެސް އެދިއްޖެ

ޖަމާއަތުގައި ނަމާދު ކުރެވޭ ރަށެއް ގޮތުގައި ހއ. އުތީމު ހަމަޖައްސައި ދިނުމަށް އުތީމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުތީމު ކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ސޮއިކުރަށްވައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައެވެ. އެ ސިޓީގައި ބުނެފައި ވަނީ ކޯވިޑް-19 އާއި ގުޅިގެން ފުރަބަންދުގައިވާ ރަށްރަށް ފިޔަވައި އެހެން ރަށްރަށުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލުމާއި ބެހޭ ގޮތުން ނިސްޓްރީ […]

ޝިއުނާ އާދަމް
ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި އުލިގަމު ކަނޑައަޅައިދޭން އެދިއްޖެ

ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި އުލިގަމު ކަނޑައަޅައިދޭން އެދިއްޖެ

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަށް ލުއިދިނުމުގެ ގޮތުން، ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފުރަބަންދު ކޮށްފައިވާ ނުވަތަ މޮނިޓަރިންގ ހާލަތަށް ލާފައި ނެތް ރަށްތަކުގެ ތެރެއިން އަތޮޅު ތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރަން ހުއްދަ ދިން ރަށްތަކުގެ ތެރޭ ހިމެނިފައި ނުވާ ހއ. އުލިގަމު، ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އުލިގަމު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެ ކައުންސިލުން އެދިފައި ވަނީ އުލިގަމު ކައުންސ...

ޔުމްނާ ޢަލީ
📍 ނ. މަނަދޫ

ޙަޤީޤީ ހާދިސާ: މަނަދޫ މީހަކާ ދިމާވި މޫމިނު ޖިންނި

މަނަދޫގައި ހުރި އެންމެ ދުވަސްވީ ތާރީޚީ ތަރިކައެއްގެ ގޮތުގައި މިހާރު ފެންނަންހުރީ ރަށުގެ ދެކުނު ފަރާތުގައި އޮތް “މާމިސްކިތްދޮށް” ކިޔާ ސަރަހައްދެވެ. އެތަނުގައި މަނަދޫ މާމިސްކަތުގެ ފާރުގަނޑުން ބަޔަކާއި އެ މިސްކިތުގެ ވެވާއި ބޮޑު މަހާނަ ފަލެއް އެބައޮތެވެ. އެ ސަރަޙައްދު ވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭ އާސާރީ ތަންތަނުގެ ތެރޭގައި ލިސްޓު ކުރައްވާފައެވެ. މި ހާދިސާއަކީ މި ދެންނެވި މާމިސްކިތާ ގުޅިފައިވާ ހާދިސާއެކެވެ. ދުވަސްވަރަކީ މަނަދޫ މާމިސްކިތު...

ޢަބްދުﷲ ސަޢީދު
ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި 📍 ށ. މަރޮށި

ޙުސައިން ކަލޭފާނުގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މަރޮށީގައި

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނު ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އުފަން ރަށުގައި ކުރަން ނިންމައިފިއެވެ. ށ. މަރޮށީ ކައުންސިލުން ބުނީ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ ޢިޝާ ނަމާދަށް ފަހު މަރޮށީ ހުކުރު މިސްކިތުގައި ކަމަށާއި މި ނަމާދުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ދެއްވުން އެދޭކަމަށް އެކައުންސިލުން ބުނެއެވެ. މީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި މީހެއްގެ މައްޗަށް ބޮޑު ޖަމާއަތެއްގައި ކުރެވޭ ފުރަތަމަ […]

ޝިއުނާ އާދަމް
ތިލަދުންމަތި ދެބައި ކުރެވުނީ 21 މޭ 1958ގައި! 62 އަހަރު!

ތިލަދުންމަތި ދެބައި ކުރެވުނީ 21 މޭ 1958ގައި! 62 އަހަރު!

ދިވެހި ރާއްޖޭގައި ގުދުރަތީގޮތުން ވަނީ ސައްބީސް އަތޮޅެވެ.  ރާއްޖޭގެ ޖޯގުރަފިކަލް އަތޮޅުތައް ސިޔާސީގޮތުން އެކި ޒަމާނުގައި އެކި ޢަދަދަށް ބައިކުރެވެމުން ދިޔައީ، އެޒަމާނަކާއި ގުޅޭ ގޮތުން ވެރިކަން ހިންގަން ފަސޭހަ ކުރުމުގެ ގޮތުންނެވެ. ވެރިކަން ހިންގުމުގެ ގޮތުން (އިދާރީ ގޮތުން) ބަލާއިރު އެންމެ އިހުޒަމާނުގައި ދިވެހި ރާއްޖޭގައި އޮތީ 13 އަތޮޅެވެ. އެއީ ތިލަދުންމަތި، މިލަދުންމަޑުލު، ފާދިއްޕޮޅު، މާޅޮސްމަޑުލު، މާލެ އަތޮޅު، އަރި އަތޮޅު، ފެލިދެ އަތޮޅު، މުލަކު އަތޮޅު، ނިލަންފެ އަތޮޅު، ކޮޅުމަޑުލު، ހައްދުންމަތި، ހު...

ޙުސައިން ޘަޤީފް
މޫސުން ގޯސްވެ ތިލަދުންމަތިން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ތިލަދުންމަތިން މ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފައިވަނީ މިއަދު މެންދަމު 01:00 އިން ފެށިގެން ފަތިހު 05:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން މ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މިސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމަށެވެ. ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ގަޑިއަކު 25 މޭލާއި 30މޭލާ […]

އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި

ހދ. ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލައިފި ކަމަށް އެކައުންސިލުން ބުނެފިއެވެ. މިރޭ އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާ ނެތް ރަށް ތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމުމާއި ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު މިވަގުތަށް ނިމުމަކަށް ގެނައުމަށް ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާން ކުރާކަމަށެވެ. ޖަމާއަތަށް ދިއުމުގައި މި ދަނޑިވަޅުގައި ސިއްހީ މާހިރުންގެ ލަފަޔަށް ބޯލެބުމަށް އިލް...

ޔުމްނާ ޢަލީ
ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ 📍 ހދ. ފިނޭ

ކޮޅިގަނޑެއްގައި ނިކަ ގަހެއް ވެއްޓި ފިނޭ ރައްޔިތުންގެ ގެސްޓު ހައުސް ހަލާކުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރޭ އައި ކޮޅިގަނޑެއްގެ ވައިގައި، ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސް މައްޗަށް ނިކަ ގަހެއް ވެއްޓި، ގެސްޓު ހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކޮޅިގަނޑު އައީ ރޭ 10:30 ހާއިރުކަމަށް ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ. ފިނޭ ރައްޔިތުންގެ ގެސްޓުހައުސްއަކީ ހަރަތު ކޮޓަރީގެ ގެސްޓު ހައުސްއެކެވެ. އެ ގެސްޓުހައުސް މިހާރު […]

ޔުމްނާ ޢަލީ
މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން 📍 ހއ. މޮޅަދޫ

މޮޅަދޫ ޒުވާނުން މިއަދު ނުކުތީ ރުއް އިންދަން

ހއ. މޮޅަދޫ ޒުވާނުން އިސްނަނަގައިގެން އެރަށުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތަށް ވާގިވެރިވެ، ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށުގެ ހަރު މީހުންވެސް އެމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ. މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ޒުވާނުން އިސްނަނަގައިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި އެރަށުގެ ގިނަ ޢަދަދެއް...

ޝިއުނާ އާދަމް
ކޯވިޑް-19: ބަލިން ރަނގަޅުވި މަނަދޫ 80 އަހަރުގެ މީހާ މަރުވެއްޖެ 📍 ނ. މަނަދޫ

ކޯވިޑް-19: ބަލިން ރަނގަޅުވި މަނަދޫ 80 އަހަރުގެ މީހާ މަރުވެއްޖެ

ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް ކޯވިޑަށް ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގުނު އުމުރުން 80 އަހަރުގެ ނ. މަނަދޫ އަންހެންމީހާ މަރުވެއްޖެއެވެ. އޭނާ މިރޭ މަރުވިއިރު، އޭނާ ކޯވިޑް-19 ބަލިން ރަނގަޅު ވެފައިވާކަން މިމަހު 18 ވަނަ ދުވަހު ހެލްތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. އޭނާ އިތުރު ފަރުވާއަށް މާލެ އައީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. މަނަދޫން […]

ޔުމްނާ ޢަލީ
ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ވައިކަރަދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ހދ.ވައިކަރަދޫއަށް ރޭ  ގަދަ ވަޔާއިއެކު ކުރި ވިއްސާރައިގައި އެރަށު ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ވައިކަރަދޫ ކައުންސިލުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިކަރަދޫގެ ދަނޑުތަކަށް އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންކަމަށާއި ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. https://www.facebook.com/837248249635520/posts/3506993355994316/?d=n އެ ރަށުން  ވާހަކަ ދެއްކި މީހަކު ބުނީ ރޭގެ ވަގުތެއްގައި އައި ގަދަ ވަޔާއިއެކު ރަށުގެ ބައެއް ދަނޑުތަކަށް ބޮޑެ...

ޖަލްވާން ޖާދުﷲ
މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު "ބަރާސިލު" އަވަށުގައި 7 އަހަރު 📍 ހއ. މޮޅަދޫ

މުޅި ރާއްޖެ ބިރުގަންނުވާލި ފައިފަލަ ބައްޔާ އެކު "ބަރާސިލު" އަވަށުގައި 7 އަހަރު

ރާއްޖެއަށް ދިމާވި ތަފާތު އެކި އެކި ބަލިމަޑުތަކުގައި މީހުން ކަރަންޓީނުކުރަމުން އައީ މީހުން ދިރިއުޅޭ ރަށްރަށުގައި މީހުން އުޅޭ ހިސާބާއި މާދުރުގައި ވަކިންނެވެ. ބަޔެއް ރަށްރަށުގެ ވަލުތެރޭގައި ފެންވަޅުތައް ހަދާފައި ހުރެއެވެ. ދުވަސް ވީ މީހުންގެ ވާހަކަ ތަކުން އިނގޭގޮތުގައި މިއީ އެދުވަސް ވަރު ތަފާތު އެކި ބަލި ތަކުގައި ކަރަންޓީނު ކުރާމީހުން ބޭނުންކުރުމަށް ހަދާފައިވާ ވަޅުތަކެކެވެ. މިފަދަ ވަޅުތައް ހުރި ހިސާބުތަކަށް ބަޔެއްރަށްރަށުގައި “ބަރާސިލު” އަވަށޭ ކިޔާ އުޅެއެވެ. ރާއްޖޭގެ ގިނަ ރަށް ރަށުގައި “ބަރާސިލު” […...

ހުސައިން ހަބީބް
ސަމާލުވޭ! 55 މޭލަށް ވައިގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ސަމާލުވޭ! 55 މޭލަށް ވައިގަދަވާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 09:00 އިން މެންދުރު 13:00 އަށެވެ. މިސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާކަމަށާއި، 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށާއި، މިސަރަޙައްދުގެ ކަނޑުތައް ގަދަވާނެ...

އިބްރާހިމް އަސްވާޤް
300 އަހަރަށްވުރެ ގިނަދުވަސްވީ ތަކަންދޫ ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް 📍 ހއ. ތަކަންދޫ

300 އަހަރަށްވުރެ ގިނަދުވަސްވީ ތަކަންދޫ ގަބުރުސްތާނަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. ތަކަންދޫ އާސާރީ ގަބުރުސްތާނުގެ ތެރެއައް ރުކެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ. ހއ. ތަކަންދޫ އަޙްމަދު އާރިފް ބުނެފައިވަނީ މިހަފްތާގެ އަންގާރަ ދުވަހު ރުއްވެޓުމުގެ ސަބަބުން ވަރަށްގިނަ ދުވަސްވީ މަހާނަގާތައް ބިނދި މުގުރި ރެސްއަޅާ ގެއްލުން ލިބިފައިވާކަމަށެވެ. އެއްވެސް އުސޫލެއްނެތި ކުނިއަޅާ އެތަންތަން އެންދުމުގެ ސަބަބުން ރުކުގެބުޑު އަނދާފައިހުރި ވަރަށް ގިނަ ރުއްތައް ގަބުރުސްތާން އައްތަވާމަތީ އެބަހުރި އަދި ހުޅަނގު މޫސުމުގައި މިއަރާ ވައިގަ މިފަދަ އިތުރު ރ...

އިބްރާހިމް އަސްވާޤް
އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް 📍 ހއ. އުތީމު

އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް

ހއ. އުތީމު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބްދުالله ރަޝީދު ވިދާޅުވީ މިއީ އުތީމު ޒުވާނުންގެ އިސްނެގުމުގެ މަތިން އުތީމު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ. މިކަމުގައި އެހީތެރިކަންދެއްވި ހުރިހާ ބޭފުޅުންނަށް ހާއްސަކޮށް އުތީމު ޒުވާނުންނަށް ވަރަށް އިޙްލާސްތެރިކަމާއިއެކު ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަން އުތީމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. https://www.facebook....

އިބްރާހިމް އަސްވާޤް