ހއ. މޮޅަދޫ ޒުވާނުން އިސްނަނަގައިގެން އެރަށުގައި ރުއް އިންދުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މޮޅަދޫ ޒުވާނުން އިސްނަގައިގެން އެރަށުގައި މިއަދު ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތަށް ވާގިވެރިވެ، ޒުވާނުންނަށް ހިތްވަރު ދިނުމުގެ ގޮތުން އެރަށުގެ ހަރު މީހުންވެސް އެމަސައްކަތުގައި ވަނީ ބައިވެރިވެފައެވެ.

Ad
rt

މޮޅަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ނިޝާމް “ތިލަދުން” އަށް ވިދާޅުވީ، މިއަދު އެރަށުގައި ޒުވާނުން އިސްނަނަގައިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ ހަރަކާތުގައި އެރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުންނާއި، ހަރު މީހުންވެސް ބައިވެރިވެފައިވާ ކަމުގައެވެ.

މިއަދު އެރަށުގައި ކުރިއަށް ގެންދެވުނު މި ހަރަކާތުގައި ދޮޅު ގަޑިއިރެއްހާ އިރު ތެރޭ އެރަށުގެ ތުނޑީ މަގުގައި 191 ރުއް އިންދާފައިވާ ކަމަށްވެސް ނިޝާމް ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރަށުގެ ރައްޔިތުންގެ ފަރާތުން، ޚާއްސަކޮށް ރަށުގެ ޒުވާނުންގެ ފަރާތުން ލިބެމުންދާ އެއްބާރު ލުމަށާއި، ދައްކަމުންދާ އެއްބައިވަންތަކަން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

މޮޅަދޫ ޒުވާނުން އިސްނައިގެން އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްވެސް ވަނީ މެއި 15 ވަނަ ދުވަހު ފަށައިފައެވެ.