މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ތިލަދުންމަތީގެ ދެބުރި އެއްކޮށްލުން!

ތިލަދުންމަތީގެ ދެބުރި އެއްކޮށްލުން!

ތަޢާރަފު: ތިލަދުންމައްޗޭ ބުނެވޭ ބަހުގެ މާނައަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ “ބޮޑުތިލަ” ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅެވެ. ތާރީޚީ ހެކިތަކުގެ މައްޗަށް ބިނާކުރާއިރު، އެތައް 100 އަހަރެއް ވާންދެން އިދާރީ އެއް އަތޮޅެއްގެ ގޮތުގައި ތިލަދުންމަތި ހިނގަމުން ދިޔައީ ދިވެހިރާއްޖެގައި އެންމެ ގިނަ މީހުން ވަޒަންވެރިވެ ދިރިއުޅޭ އަތޮޅުގެ ގޮތުގައެވެ. އެންމެ އާބާދީ ބޮޑު އަތޮޅުގެ ގޮތުގައެވެ. ދިރިއުޅުމާއި، ރަށްވެހިކަމާއި، މަސައްކަތްތެރި...

އަޙްމަދު ސާލިމް
މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު 📍 ހއ. މޮޅަދޫ

މިއަދަކީ މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް: އެމްޕީ ޝިފާއު

މިއަދަކީ ހއ. މޮޅަދޫއަށް އުފާވެރި ތާރީޚީ ދުވަހެއް ކަމަށް މޮޅަދޫ ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު މިމޭރުމުން ވިދާޅުވީ ޒަމާނުއްސުރެ މޮޅަދޫ ރައްޔިތުން ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހި، މިއަދަކީ އެރަށު ފަޅަށް ފުރަތަމަ ފަހަރަށް ދޯންޏެއްވަދެ މުދާ ހުސްކުރި ދުވަހަށް ވުމުންނެވެ. މޮޅަދޫގައި ފަޅުކޮންނަމުން ދަނީ ސަރުކާރުން އެ ރަށުގައި ތަރައްޤީކުރުމަށް ނިންމަވާފައިވާ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިންނެވެ. މީގެ ކުރިން މޮޅަދޫއަށް މުދާ ބޭލުމަށާއި،...

ޝިއުނާ އާދަމް
ދިއްދޫގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ 📍 ހއ. ދިއްދޫ

ދިއްދޫގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެންނަނީ

ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން  މާދަމާ، 25 މޭ 2020 ވަނަ ދުވަހު ވަހުގެ ހަވީރު 6:00 އިން ފެށިގެން ނިމުމަކަށް ގެންނަން ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 އިން ރައްކާރެތިވުމުގެ ގޮތުން ދިއްދޫ ފުރަބަންދުކޮށްފައި އޮތް އޮތުން، 25 މޭ 2020 ވަނަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އުވާލުމަށްފަހު، މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާކަމަށެވެ. ފުރަބަންދު […]

ޔުމްނާ ޢަލީ
އާބާދީގައި 1000 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރާއީ ގޮވާލައިފި

އާބާދީގައި 1000 ހަމަވާ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ރާއީ ގޮވާލައިފި

  ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހދ އަތޮޅު ކައުންސިލުން ހަމަޖައްސާފައިވާ އުސޫލާއި ގުޅިގެން އަތޮޅުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި އާބާދީގައި ހާހަކުންމަތީ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ގޮވާލައިފިއެވެ. އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމްގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވ...

އަލީ އާދިލް
މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ނޮޅިވަރަމާއި ނޮޅިވަރަންފަރުން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގެ ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެއްކަމަށެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ނޮޅިވަރަމުގައި މީހަކު މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެން...

ޔުމްނާ ޢަލީ
ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ 📍 ހދ. ކުރިނބީ

ފުލުހެއްގެ މައްސަލަ ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ

ހދ. ކުރިނބީގެ އާންމު މަސްލަހަތު ގެއްލުވާލުމަށް ފުލުހަކު މަސައްކަތް ކޮށްފައިވާތީ އެކަން ބަލައިދިނުމަށް ކުރިނބީ ކައުންސިލުން އެދިއްޖެ އެވެ. ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށާއި އަދި މި މައްސަލަ ބައްލަވައިދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިވަގުތު ވާނީ ހުށަހެޅިފައިކަމަށެވެ. އެކައުންސިލުން ނެރުނު ބަޔާނުގަ...

ޔުމްނާ ޢަލީ
ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް! 📍 ހއ. ދިއްދޫ

ދިއްގާ ފައުންޑޭޝަންއިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެހީއެއް!

ހއ ދިއްދޫގައި އަލަން އުފައްދާ ޖަމިއްޔާއެއް ކަމަށްވާ ދިއްގާ ފައުންޑޭޝަން ދިއްދޫ (ޑީއެފްޑީ) އިން ހއ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް 5 ޕީޕީއީ އާއި 200 ސާޖިކަލް ފޭސް މާސްކު ހަދިޔާކޮށްފިއެވެ. މިތަކެތި ހއ. އަތޮޅު ހޮސްޕިޓަލް އާއި ހަވާލުކޮށްދެއްވީ މިވަގުތު ދިއްދޫގައި ތިބި ދިއްގާ  ފައުންޑޭޝަންގެ ބައެއް މެންބަރުންކަމަށް އެޖަމިއްޔާ އިން މަޢުލޫމާތުދެއެވެ. ދިއްގާ ފައުންޑޭޝަން އަކީ ދިއްދޫގެ ދިއްގާ އާއިލާއަށް ނިސްބަތްވާ ޖަމިއްޔާއެކެވެ. މި ފައުންޑޭޝަން އަކީ ދިއްގާ އާއިލާއަށް ނިސްބަތްވާ ފާތިމަތު އާދަމް […]

އިބްރާހިމް އަސްވާޤް
އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި 📍 ހދ. ކުމުންދޫ

އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުގެ މުސާރައިން 20% ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް އާއިގުޅިގެން ރަށްރަށުގެ ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަޅުގަނޑުގެ މުސާރައިގެ 20% ކޮވިޑް ޓާސްކް ފޯސް އަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ވަނީ ނިންމާފައި ކުމުންދޫ ކައުންސިލްގެ...

އަލީ އާދިލް
ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި 📍 ށ. މިލަންދޫ

ޖަމާއަތުގައި ނަމާދުކުރަން ދިން ހުއްދަ ބާތިލުކުރުމުން މިލަންދޫގައި މުޒާހަރާކޮށްފި

ށ. މިލަންދޫގައި ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކުރުމުން އެކަމާއި ކަންބޮޑުވެ ރަށު ކައުންސިލު ދޮށުގައި މީހުން މުޒާހަރާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހުކުރު ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ފަހު، ފަހުން ޖަމާއަތް ހެދުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލުކޮށް ސިޓީއަކުން އެކަން މިލަންދޫ ކައުންސިލަށް އެންގުމުން އެކަން އާންމުކޮށް އިއުލާން ކުރުމާއި ގުޅިގެން އެކަމާއި ހިތްހަމަނުޖެހިގެން 100 ވަރަކަށް މީހުން ކައުންސިލް ދޮށަށް އެ...

ޔުމްނާ ޢަލީ
ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް 📍 ހއ. ބާރަށް

ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓުގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް

ހއ. ބާރަށު ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ރޯދަވީއްލުމެއް ދީފިއެވެ. ބާރަށުން ވާހަކަ ދެއްކި ޒުވާނަކު ވިދާޅުވީ މިއީ ބާރަށު ޒުވާނުންގެ އިސްނެގުމުގެ މަތިން ބާރަށު ރައްޔިތުންގެ ނަމުގައި ދެއްވި ރޯދަވީއްލުމެއް ކަމަށެވެ. ބާރަށު ރައްޔިތުންގެ ފަރާތުން ރޯދަވީއްލުމަށް ފޮނުވި ތަކެތީގައި ވަނީ ބާރަށު ރައްޔިތުންގެ ފަރާތުން ކަރަންޓީނު ފެސިލިޓީގައި ތިބި ފަރާތްތަކަށް ހާއްސަ މެސެޖެއްވެސް ދެއްވާފައެވެ. ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ﷲ ތަޢާލާ އަވަސް...

އިބްރާހިމް އަސްވާޤް
އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ހުއްދަދީފި

އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ހުއްދަދީފި

މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވުމާއި އެކު ކުރިން ޢީދު ނަމާދުކުރުން މަނާކޮށްފައިވާ އުތުރުގެ 17 ރަށެއްގައި ޖަމާޢަތުގައި ޢީދު ނަމާދު ކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނީޓަރިންގެ ޙާލަތުގައި ހުރި ރަށްރަށާއި އެ ރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ފިޔަވައި އެހެން ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން އެންމެ...

ޔުމްނާ ޢަލީ
ވިއްސާރައިގައި 1338 ފަތްކެޔޮ ގަސް ވެއްޓިފައިވޭ: ވައިކަރަދޫން ކައުންސިލް 📍 ހދ. ވައިކަރަދޫ

ވިއްސާރައިގައި 1338 ފަތްކެޔޮ ގަސް ވެއްޓިފައިވޭ: ވައިކަރަދޫން ކައުންސިލް

މިހާރު މުޅި ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާކަމަށް ހދ ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. ވައިކަރަދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ކުރާމުން މިދާ ވިއްސާރައިގައި އެރަށު ރައްޔިތުންނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މި މަހުގެ 21 އަދި 22 ވަނަ ދުވަހު އެކަނިވެސް ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ހިމެނޭ [...

ޖަލްވާން ޖާދުﷲ
ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން 📍 ނ. މަނަދޫ

ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން

މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން “ފިތުރަތުގެ” ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީ...

ޢަބްދުﷲ ސަޢީދު
ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި 📍 ހދ. ކުޅުދުއްފުށި

ހދ. އަތޮޅުގެ ރައްޔިތުން ކުޅުދުއްފުށީ އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު އާންމުކޮށްފި

00ހދ. އަތޮޅުގެ ރައްޔިތުން އޭޓީއެމް ބޭނުންކުރުމަށް ހަމަޖައްސާފައިވާ އުސޫލު ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އާންމުކޮށްފި އެވެ، އަތޮޅުތެރޭ އޭޓީއެމް ނެތް ރަށްރަށުގެ ރައްޔިތުންނަށް ކުޅުދުއްފުށީގައި ހުރި އޭޓީއެމް ގެ ޚިދުމަތް ބޭނުންހިފުމަށް ކުރާދަތުރުތަކުގައި އަމަލުކުރާނެ އުސޫލު ހދ. އަތޮޅު ކައުންސިލް އިން އާންމުކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި އުސޫލަކީ ފުރަބަންދުގެ ހާލަތުގައި އަތޮޅުގައި އޭޓީއެމް ޤާއިމްކުރެވިފައި ނެތް ރަށްރަ ރައްޔިތުންނަށް، ބޭންކު އޮފް މޯލްޑިވްސްގެ ބޭނ...

އަލީ އާދިލް
ކޯވިޑް-19: މަނަދޫން ނެގި ސާމްޕަލްތައް ނެގެޓިވް 📍 ނ. މަނަދޫ

ކޯވިޑް-19: މަނަދޫން ނެގި ސާމްޕަލްތައް ނެގެޓިވް

ނ. މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވި މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތައް ނެގެޓިވްވެފައި ވާކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވެފައި ވަނީ މަނަދޫން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވްވި މީހުންނާ، އެެކި ގޮތްގޮތުން ދިމާވި […...

ޝިއުނާ އާދަމް