މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,624 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9624 ޚަބަރުގެ ތެރެއިން
ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ 📍 ހދ. ހަނިމާދޫ

ބޯކޮށް ވާރޭވެހި، ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ތިލަދުންމަތީގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅުގެ ރަށްތަކަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވަނީ އޮރެންޖް އެލާރޓްވެސް ނެރެފައެވެ. އޮރެންޖު އެލާޓް ނެރެފައިވަނީ މިރޭ 08:00 އާއި ހަމައަށެވެ. ނަމަވެސް ދެންމެ މެޓް އޮފީހުންވަނީ އެލާޓް ލެވެލް ދަށްކޮށް ވައިޓް […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓްގައި ހުންނަ ބީއެމްއެލް އޭޓީއެމްގެ ސީލިން ވެއްޓިއްޖެ

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ސީލިން ވެއްޓިއްޖެއެވެ. މި އޭޓީއެމްގެ ސީލިން ވެއްޓިފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައ ހަނިމާދޫއަށް މިއަދު ބޯކޮށް ވާރޭ ވެހި ގަދަ ވިއްސާރަ ކުރަމުން ދަނިކޮށެވެ. ވިއްސާރަވެހޭ ދުވަސްވަރު މި އޭޓީއެމް ބަހައްޓާފައި ހުންނަ ތަނުން ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ ކަމެއްކަމަށް އެ ސަރަޙައްދުގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ މަޢުލޫމާތު ދީފައެވެ. https://www.facebook.com/417690552025385/posts/9270...

ޝިއުނާ އާދަމް
ސަމާލުވޭ! ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ، ބޮޑު ތިލަދުންމައްޗަށް އޮރެންޖް އެލާރޓް!

ސަމާލުވޭ! ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ، ބޮޑު ތިލަދުންމައްޗަށް އޮރެންޖް އެލާރޓް!

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެކަމަށް ލަފާކޮށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ނ އަތޮޅަށް އޮރެންޖް އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އެލާރޓް ނެރެފައިވަނީ މިއަދު 18:30 އިން މިރޭ 20:00 އަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި،...

އިބްރާހިމް އަސްވާޤް
ސަމާލުވޭ! ބޯކޮށް ވާރޭ ވެހި ގުގުރާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ސަމާލުވޭ! ބޯކޮށް ވާރޭ ވެހި ގުގުރާނެ، ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާރޓް!

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފިއެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު 16:30 އިން މިރޭ 20:00 އަށެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ އަތޮޅުތަކަށް […...

ޔުމްނާ ޢަލީ
ތިލަދުންމަތީ ބޮޑު ދަތުރު: ޖަމީލު ދީދީ ކުޅުދުއްފުށީގައި!

ތިލަދުންމަތީ ބޮޑު ދަތުރު: ޖަމީލު ދީދީ ކުޅުދުއްފުށީގައި!

ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (5 ވަނަ ބައި):ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައްކަތް “އުތުރު ގަޑުބަޑު” ގެ ގޮތުގައި ނުވަތަ “ތިލަދުންމަތީގެ ބަޣާވާތު” ގެ ގޮތުގައި ބައެއް ލިޔުންތަކުގައި ސިފަ ކޮށްފައި ވިޔަސް ، އެހަރަކާތަކީ ދައުލަތާއި ދެކޮޅުވެރިވެ، ބަޣާވާތެއް ކުރުމުގެ ވިސްނުން ތިލަކޮށްގެން އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ކުރިކަމެއް ނޫނެވެ. އެހަނދާންތައް އައު ކޮށްލުމަށް ދައުލަތުގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި ތިލަދުންމަތީ ރައްޔިތުން ސުލްހަ ކުރު...

ޙުސައިން ޝަހުދީ
ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް މުދާ ގެންނަ ފަރާތްތަކަށް ލުއިތަކެއް!

ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް މުދާ ގެންނަ ފަރާތްތަކަށް ލުއިތަކެއް!

ކޯވިޑް-19 އާއި ގުޅިގެން ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް މުދާ ގެންނަ ފަރާތްތަކުން ދައްކަން ޖެހޭ ފީތައް ވަކި މުއްދަތަކަށް ނުނެގުމަށް ނިންމައިފިއެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑާއި، ހިތަދޫ ޕޯޓްސް ލިމިޑެޓްގެ ބޯޑުން ނިންމާފައިވަނީ 15 އެޕްރީލް 2020 އިން ޖޫން 5، 2020 އާއި ހަމައަށް މި ދެ ބަނދަރަށް ބާލާފައިވާ ހުރިހާ ބާވަތެއްގެ މުދަލުން އެއްވެސް ފީއެއް ނުނަގާ ގޮތަށެވެ. މީގެ އިތުރުން މި […]

ޔުމްނާ ޢަލީ
މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބަލަން ނެގި ސާމްޕަލްތައް ނެގިޓިވް

ށ. މިލަންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޖަމާއަތީ ފެތުރުމެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މިލަންދޫ ސިއްޙީ މަރުކަޒުން ބުނެފިއެވެ. މިގޮތުން އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރޭންޑަމްކޮށް 37 ސާމްޕަލެއް ވަނީ ނަގާފައެވެ. އެ ސިއްޙީ މަރުކަޒުން ބުނީ އިޖުތިމާއީ ގައިދުރުކަން އިސްކޮށް، ކޮންމެހެން ގެއިން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގަ ނޫނީ އަދިވެސް ނުނިކުތުމަށް އެދޭކަމަށާއި، ގެއިން ބޭރަށް ދާނަމަ ފޭސްމާސްކު ބޭނުންކުރުމަށް އިލްތިމާސްކުރާ ކަމަށެވެ....

ޝިއުނާ އާދަމް
މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ އެގޮތުން މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެެން ލ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 14:15 އިން ފެށިގެން 19:15 އާއި ހަމައަށެވެ. Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/m8bqW62cjD — Maldives […]

އިބްރާހިމް އަސްވާޤް
ތަކަންދޫ ޒުވާނުންގެ އެހީތެރިކަން ރަށަށް 📍 ހއ. ތަކަންދޫ

ތަކަންދޫ ޒުވާނުންގެ އެހީތެރިކަން ރަށަށް

ހއ. ތަކަންދޫ ޒުވާނުންގެ ފަރާތުން އެރަށަށް ފޭސް މާސްކާއި ގޮގްލްސް ހަދިޔާކޮށްފިއެވެ. އަދި އެރަށު ޒުވާނުންގެ އެހީތެރިކަމާއި އެކުއެރަށުގައި ތިބި ދިގު މުއްދަތައް ބޭސް ބޭނުން ކުރާ ފަރާތް ތަކަށް ބޭނުންވާ ބޭސް ވަނީ ފޯރުކޮއްދީފައެވެ. ތަކަންދޫ ޒުވާނުންގެ މިއެހީތެރިކަމަށް ޝުކުރުއަދާ ކުރަމުން ތަކަންދޫ ކައުންސިލުން ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލި މަޑުކަމުން ދިވެހި ރާއްޖެއަށް ދިމާވެފައިމިވާ މިފަދަ ދަތި ވަގުތެއްގައި ތަކަންދޫ ޒުވާނުން ފަރާތުން ތަކަންދޫގެ ލޮބުވެތި ރައްޔިތުންނަށް ސިއްޙީ ގޮތުން ރައްކާތެރިވުމަށް މާ...

ޝިއުނާ އާދަމް
މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (3)

މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (3)

ފިޔަފާޅިގެ އެޅުން: ފިޔަފާޅިގެ މިގެއަކީ ދަނޑުން ގޮވާން ކަނޑަން ފަށަންވާއިރަށް ދަނޑުމަތީ އަޅާ ގެއެކެވެ. މި ގެ އެޅުމުގައި ކޮންމެ މީހަކުވެސް ބަލާނީ އެމީހަކު ހެއްދި ގޮވާން ރަށައް ގެންދިއުމުގެ ކުރީން ރައްކާ ކުރެވޭ ވަރުގެ ގެ އެއްގެ ގޮތުގައެވެ. އެ ގޭގައި ހުންނާނީ އެކި ވަރު ވަރުގެ ފައްލަވަ ހަދާފައެވެ. އަދި ގޭގައި ދެމީހަކަށް ނިދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. އެ އީ ވަގުންގެ އަތް ދަށުންނާއި މީދަލުގެ ކިބައިން ހެއްދި ގޮވާން ކޮޅު ރައްކާ […]

އިޙްސާން ޙުސައިން
އުލިގަމުގައި ބަނދަރުކުރާ އުޅަނދުފަހަރުން ނަގާ ފީތައް ކުޑަކޮށްފި

އުލިގަމުގައި ބަނދަރުކުރާ އުޅަނދުފަހަރުން ނަގާ ފީތައް ކުޑަކޮށްފި

ހއ. އުލިގަމުގައި ބަނދަރުކުރާ ފަތުރުވެރިކަމުގެ އުޅަނދުފަހަރުން، ކަސްޓަމްސް އިން ނަގާ ފީތަކަށާއި އަމަލުކުރާ އުސޫލުތަކަށް ލުއިތަކެއް ދީފި އެވެ. ކަަސްޓަމްސް އިން މި މަހުގެ 23 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ ކަސްޓަމްސްގެ ގަވާއިދަށް ގެނެވުނު އިސްލާހުގައި ވަނީ، އުލިގަމުގައި ބަނދަރުކުރާ ޔޮޓްފަހަރާއި ގުޅުންހުރި އިސްލާހެއް ވެސް ހިމަނާފަ އެވެ. އެގޮތުން، އެ އިސްލާހްގައި ވަނީ، ކަނޑައެޅޭ ވަކި ސައިޒެއްގެ އުޅަނދު ފަހަރަށް އިންވާޑް އަދި އައުޓްވާޑް ކްލިއަރެންސް ފީ ކުޑަ ކުރުމަށް ހިމަނާފަ އެވެ. އަދި ޕްރޮވިޝަންގެ […]

ޔުމްނާ ޢަލީ
ދަރިފުޅު ބަނޑަށް މަރުވި މީހާގެ އެޕޮއިންޓްމެން ކެންސަލްކުރީ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން: ށ. އަތޮޅު ހޮސްޕިޓަލް

ދަރިފުޅު ބަނޑަށް މަރުވި މީހާގެ އެޕޮއިންޓްމެން ކެންސަލްކުރީ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން: ށ. އަތޮޅު ހޮސްޕިޓަލް

އިއްޔެ ބަނޑަށް ދަރިފުޅު މަރުވި ށ. ނަރުދޫ އަންހެން މީހާ، 23 މޭ 2020 ވަނަ ދުވަހު ށ. އަތޮޅު ހޮސްޕިޓަލަށް ދެއްކުމަށް ހަމަޖެހިފައި ވާ އެޕޮއިންޓް ކެންސަލްކުރެވިފައި ވަނީ ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވެމުންދާ މަރާމާތުގެ މަސައްކަތަކާއި ގުޅިގެން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނަރުދޫ މާބަނޑުމީހާ ފޮލޯ އަޕް ހެދުމަށްޓަކައި، ށ. އަތޮޅު ހޮސްޕިޓަލްގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް […]

ޝިއުނާ އާދަމް
ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮންނަ ޖެހޭނެ ކަމަކަށް ނުދެކެން: އެމްޕީ ރާއީ

ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮންނަ ޖެހޭނެ ކަމަކަށް ނުދެކެން: އެމްޕީ ރާއީ

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮވެގެން ވާނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑުއިއްވަން ހުރަހެއް އޮންނަން ޖެހޭނެ ކަމަށް ނުފެންނަ ކަމަށެވެ. https://twitter.com/Mraee12/status/1265024308046254080?s=19 ރާއީ މިހެން ވިދާޅުވީ ސިއްޙީ ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފަވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނުވަތަ ފުލުހުންގެ ހ...

ޝިއުނާ އާދަމް
ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ "ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް" މިޕްރޮގުރާމް ނިންމާލައިފި

ނޮޅިވަރަމްގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ފަތިސް ނަމާދު ޖަމާއަތުގައި ކޮށްގެން އިނާމެއް” މި ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައި ވަނީ އެރަށު އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއް ރިސާލާ އިންނެވެ. މި ޕްރޮގްރާމް އާއި ބެހޭ މައުލޫމާތު ދެއްވަމުން ޖަމިއްޔާގެ ރައީސް މުހައްމަދު ޒިޔާދު ވިދާޅުވީ މި ޕްރޮގްރާމް އިންތިޒާމް ކޮށްގެން ބާއްވާ ނިންމި މައިގަނޑު މަގުސަދަކީ ޖަމާއަތަށް ނަމާދަށް އަރާ ކުދިންގެ އަދަދު އިތުރު ކުރުމާއި ކުދިންގެ ހިތ...

ޖަލްވާން ޖާދުﷲ
ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި 📍 ށ. ނަރުދޫ

ކޮމަންޑޫ ރައްޔިތުންގެ ހިތުގައި ނަރުދޫ ރައްޔިތުންނަށް އޮތް ލޯބި ދައްކާލައިފި

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ނަރުދޫ ރައްޔިތުންނަށް ބޭނުންވާނޭ ގިނަ ޢަދަދެއްގެ ޒަރޫރީ ތަކެތި، އެ އަތޮޅު ކޮމަންޑޫ ރައްޔިތުންގެ ފަރާތުން މިއަދު ހަދިޔާ ކޮށްފިއެވެ. މިއަދު މެންދުރު ފަހު 14:30 ހާއިރު ކޮމަންޑޫގެ ކަންނެލި ދެދޯނީގައި ނަރުދޫ ރައްޔިތުންނަށް ވަނީ މިހާލަތުގައި އެ ރައްޔިތުން ބޭނުން ވާނޭ ގިނަ ޢަދަދެއްގެ ތަކެތި ގެންގޮސް ހަދިޔާކޮށްފައެވެ. ނަރުދޫ ކައުންސިލްގެ ރައީސް އަޙްމަދު އާރިފް ” […]

ޔުމްނާ ޢަލީ