މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
މުނައްވަރުގެ ޅެންބަހުން މިޝްކާގެ ޖަނާޒާގެ ވަގުތުކޮޅު: "ހީވޭ ބުނާހެން އެއްފަހަރު ނަމަވެސް އައިސް ބައްދާލަދީ" 📍 ހދ. ކުޅުދުއްފުށި

މުނައްވަރުގެ ޅެންބަހުން މިޝްކާގެ ޖަނާޒާގެ ވަގުތުކޮޅު: "ހީވޭ ބުނާހެން އެއްފަހަރު ނަމަވެސް އައިސް ބައްދާލަދީ"

ހދ. ކުޅުއްފުށީ ސިޓީއަށް ނިސްބަތްވާ އަހްމަދު މުނައްވަރުގެ މުޅި ދުވަސް ހޭދަކުރަނީ ސަހަރާގައެވެ. ޖަމާއަތްތެރިއެއްގެ ގޮތުގައި އެތައް ހާސް ޖަނާޒާއެއް އޭނާ ތަޖުރިބާކޮށްފިއެވެ. އެންމެ ލޯބިވާ މީހުންނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމުގައި އެތައް އާއިލާއެއްގެ ހިތްދަތި އަލްވަދާއު އޭނާ ދެކެފިއެވެ. އަންގާރަ ދުވަހުގެ ރޭ މިދުނިޔެއާއި ވަކިވެގެން ދިޔަ ތުއްތު މިޝްކާގެ ޖަނާޒާގެ ވަގުތަކީ އޭގެތެރެއިން ވެސް މުނައްވަރަށް ތަފާތު އިހްސާސެއް ގެނުވި ވަގުތެކެވެ. މިޝްކާއަކީ، މުނައްވަރު ވެސް ނިސްބަތްވާ ކުޅުދުއްފުށީ ދެމަ...

ޙުސައިން ޝަހުދީ
ފަލަސްތީނު ފަންޑަށް ހަނިމާދޫއާއި ކުމުންދޫން 87325 ރުފިޔާ 📍 ހދ. ކުމުންދޫ

ފަލަސްތީނު ފަންޑަށް ހަނިމާދޫއާއި ކުމުންދޫން 87325 ރުފިޔާ

ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދިޔަ އުދުވާންގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކަށް އެހީތެރިވުމުގެ ގޮތުން ހދ. ހަނިމާދޫއާއި ހދ. ކުމުންދޫގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. އެގޮތުން އެދެރަށުގައި ހިންގުނު ހަރަކާތުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ބެހެއްޓުނު ފަންޑުފޮށިތަކުން 87325.7 (އައްޑިހަ ހަތްހާސް ތިންސަތޭކަ ފަންސަވީސް ރުފިޔާ ހަތްދިހަ ފަސް ލާރި) ލިބިފައިވެ އެވެ. ހަނިމާދޫގައި...

އިބްރާހިމް ޚަލީލް
މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 34 އަހަރުގެ މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން 34 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ހދ. ކުޅުދުއްފުށި ސިޓީ އިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ވިދާޅުވީީ މި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ބަނދަރުމަތިންނެވެ. އޭނާ ހައްޔަރުކޮށް...

ޖަލްވާން ޖާދުﷲ
ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެހެން ބައްޓަންކުރަން ޖެހޭ

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ، މިކަން ތަކުރާރު ނުވާނެހެން ބައްޓަންކުރަން ޖެހޭ

ތުއްތު ފުރާނައެއް ވަކިވިގޮތް ވަރަށް ކައިރިން ބަލަންޖެހޭ ކަމަށާއި، އެފަދަ ކަންކަން ތަކުރާރު ނުވާނެހެން ނިޒާމް ބައްޓަންކުރަން ޖެހޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކައިގައެވެ. ޔާސިރުގެ...

އަލީ އާދިލް
ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ވައިކަރަދޫގައި ޙަރަކާތެއް ކުރިއަށް ގެންދަނީ 📍 ހދ. ވައިކަރަދޫ

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް ވައިކަރަދޫގައި ޙަރަކާތެއް ކުރިއަށް ގެންދަނީ

ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް، ހދ. ވައިކަރަދޫގައި ޚާއްސަ ޙަރަކާތެ ފަށައިފި އެވެ. މިއީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ފުރުޞަތު ވައިކަރަދޫގެ ރައްޔިތުންނަށް ފަހިކޮށްދިނުމުގެ ނިޔަތުގައި ވައިކަރަދޫގައި ހުރި މުވައްސަސާތަކުގެ އިސްވެރިން އިސްނަގައިގެން މިއަދު ފެށި ހަރަކާތެކެވެ. މިހަރަކާތުގައި ރަށުގެ އެކި ސަރަހައްދު ތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖުމްލަ 4 ފަންޑު ފޮއ...

އަޙްމަދު އަރުޝަމް
ދިއްދޫން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަނީ 📍 ހއ. ދިއްދޫ

ދިއްދޫން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަނީ

ހއ. ދިއްދޫއިން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، ދިއްދޫ މޮނިޓަރިން ހާލަތުން ވީއްލުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިއަދު އިތުރު ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. “ތިނެއް ޖަހާއިރު ސާމްޕަލް ނަގަން ފަށާނެ، މިއަދު ވެސް 150 ސާމްޕަލް ނަގަން ބޭނުންވޭ، ކުރިއެކޭ އެއްގޮތަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ” […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހިނގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް

ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލާގައި ހައްޔަރުކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ 24 އަހަރާއި 25 އަހަރުގެ 2 ދިވެހި ފިރިހެނުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ހައްޔަރުގައި ތިބި 2 މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދެއް އެ 2 މީހުންނަށް ޖަހާފަ އެވެ. “މި ދެ މީހުންގެ ބަންދާމެދު ގޮތެއްނިންމުމަށް ކުޅުދުއްފުށި […]

އަޙްމަދު އަރުޝަމް
ހަނިމާދޫން ކުޅުދުއްފުއްޓަށް ގެންދިޔަ މީހަކު ލޯންޗު ތެރޭގައި ވިހައިފި 📍 ހދ. ކުޅުދުއްފުށި

ހަނިމާދޫން ކުޅުދުއްފުއްޓަށް ގެންދިޔަ މީހަކު ލޯންޗު ތެރޭގައި ވިހައިފި

ހަނިމަދޫން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަން ގެންދިޔަ އަންހެނެއް ލޯންޗް ތެރޭ ވިހައިފިއެވެ. އެ އަންހެން މީހާ ވިހާފައިވަނީ އޭނާ ގޮވައިގެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށި ސިޓީ ފަޅަށް ވަތްފަހުން ކަމަށް ލޯންޗްގެ ކެޕްޓަން “ތިލަދުން”އަށް މައުލޫމާތު ދިނެވެ. އެއީ މިއަދު ހެނދުނު 7:30 ހާއިރެވެ. އެ އަންހެން މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. މިއީ އޭނާގެ 6 ވަނަ ކުއްޖާއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ، އެ އަންހެން މީހާ […]

ތިލަދުން
ހަމައެކަނި ދަރިފުޅަށް “ނޭވާނުލެވި ނޭފަތުން ލޭ އަންނާތީ” އެޗްޕީއޭއަށް ގުޅީ 9 ޖެހިއިރު، އާދެވުނީ 11:40 ގައި 📍 ހދ. ކުޅުދުއްފުށި

ހަމައެކަނި ދަރިފުޅަށް “ނޭވާނުލެވި ނޭފަތުން ލޭ އަންނާތީ” އެޗްޕީއޭއަށް ގުޅީ 9 ޖެހިއިރު، އާދެވުނީ 11:40 ގައި

ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ބުނެފި އެވެ. ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން […]

ތިލަދުން
ދިއްދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް 📍 ހއ. ދިއްދޫ

ދިއްދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް

ކޯވިޑްގެ ސަބަބުން ފުރަބަންދުގެ ހާލަތުގައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާ ހއ. ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ނެގެޓިވްވެއްޖެއެވެ. ދިއްދޫގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އެރަށުން ވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ތަންކޮޅެއް ދަންވިފަހުންނެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، އެ ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، 155 ރެންޑަމް ސާމްޕަލް […]

ޙުސައިން ޝަހުދީ
ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން" ވަރަށް ތަފާތު

ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން" ވަރަށް ތަފާތު

ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަނެއް ފަށައިފިއެވެ. “ފަރި ޕްރޮމޯޝަން 2021” ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދައްކާ ކަސްޓަމަރުންގެ މެދުގައެވެ. މި ޕްރޮމޯޝަނުގައި މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ވަނީ ހުށަހަޅައިފައެވެ. 1 ޖޫން މިއަދުން ފެށިގެން ކުރިއަށް އޮތް 6 މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ […...

ތިލަދުން
ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި 📍 ށ. ފޭދޫ

ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި

ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ. މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު “ތިލަދުން”އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 […]

އަޙްމަދު އަރުޝަމް
ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް 📍 ހއ. ހޯރަފުށި

ފަތުރަނީ ޔޯލަ ދޮގު ޚަބަރެއް، ބަންގްލަދޭޝް މީހާއަށް ފުރިހަމަ އެހީތެރިކަން ދިނިން: ހޯރަފުށީ ކައުންސިލް

ހއ. ހޯރަފުށީ ރޯޝަނީގޭގައި މެއި 31 ވަނަ ދުވަހު ހިނގާފައިވަނީ އަލިފާނުގެ ހާދިސާއެއްކަމަށާއި، އެކަން ކައިރިން ބަލައި އެ ހާދިސާގައި އެގޭގައި އުޅޭ ބަންގްލަދޭޝްމީހާއަށް ފުރިހަމަ އެހީތެރިކަން ވަނީ ފޯރުކޮށް ދެވިފައިކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. އެ ހާދިސާއާއި ގުޅިގެން ކަންހިނގާދިޔަ ގޮތް ސާފުކޮށް ދިނުމަށް ހޯރަފުށީ ކައުންސިލުން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، 31 މެއި 2021 ވީ ހޯމަދުވަހުގެ ހެނދުނު 10:30 ގައި ހޯރަފުށީ ރޯޝަނީގޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއ...

ޔުމްނާ ޢަލީ
ދިއްދޫ ފުރަބަންދުގައި 1 މަސް: މުޅި އަތޮޅުގެ ދުޢާ އަކީ މިހާލަތުން ވީއްލުން 📍 ހއ. ދިއްދޫ

ދިއްދޫ ފުރަބަންދުގައި 1 މަސް: މުޅި އަތޮޅުގެ ދުޢާ އަކީ މިހާލަތުން ވީއްލުން

ދޭތެރެ ދޭތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލުތަކަށް ތަބާވެތިބުމާއި، ކަމާގުޅުންހުރި ފަރާތްތަކުން އެފަދަ މީހުންގެ ކަންކަން ކައިރިން ބަލަމުންދާތީއާއިއެކު ދިއްދޫ އޮތީ މާބޮޑު ހާސްކަމެއްނެތިއެވެ. ނަމަވެސް ހުސްވި މޭމަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ މުޅި ދިއްދޫ ސިހުނު ދުވަހަކަށެވެ. އެ ދުވަހަކީ އެރަށު ފްލޫ ކުލިނަކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެ މީހާއަކީ ފަހުގެ ތާރީޚެއްގައި ރަށުން ބޭރަށް ދަތުރެއްވެސް ނުކޮށް ހުރިމީހެއ...

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގައި ހިނގި މާރާމާރީ: 2 މީހަކު ހައްޔަރުކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ހިނގި މާރާމާރީ: 2 މީހަކު ހައްޔަރުކޮށްފި

މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެެވެ. ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް […]

ޔުމްނާ ޢަލީ