މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރ: ރަށަށް ފޫނުބެދޭވަރު ގެއްލުމެއް ވެދާނެ!

ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ. ހަނިމާދޫގައި...

އިބްރާހިމް ޚަލީލް
ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު

ވިޔަފާރީގެ އުސޫލުން "ނަމަކަށް" އީއައިއޭ ރިޕޯޓް ހެދުން ހުއްޓާލަން ޖެހޭ: ޔާސިރު

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ވީހާވެސް ކުޑަކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫޢުތަކަށް ހެދޭ އެންވަޔަރމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ވާންޖެހޭނީ ވިޔަފާރީގެ އުސޫލުން “ނަމަކަށް” ހެދޭ ރިޕޯޓަކަށް ނޫންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ އިއްޔެގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ކ. ދިއްފުށްޓަށް އުދައެރުމުގެ ސަބަބުން ދިމާވެފައިވާ ގެއްލުންތަކާ ގުޅިގެން އެ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ކ...

އަލީ އާދިލް
ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް 📍 ހދ. ފިނޭ

ނޭކުރެންދޫއިން އިތުރު 16 މީހަކު ޕޮޒިޓިވްވެ، ހދ. އަތޮޅުގެ ޖުމްލަ 87 ކަށް

އިއްޔެގެ ނިޔަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 87 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އެގޮތުން އިއްޔެ ނޭކުރެންދޫން ވަނީ އަލަށް 16 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައި ހުރި އެކަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 15 މީހަކު ހިމެނެއެވެ. މިއާއި އެކު އެރަށުގެ […]

ތިލަދުން
އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށްބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާ...

އަޙްމަދު ވަހީދު
ލިބުނީ ޗާލު ޓާފް ދަނޑެއް، އެކަމަކު ބޭނުންކުރުމުގައި ދަތިތަކެއް 📍 ހއ. ތުރާކުނު

ލިބުނީ ޗާލު ޓާފް ދަނޑެއް، އެކަމަކު ބޭނުންކުރުމުގައި ދަތިތަކެއް

ހއ. ތުރާކުނުގައި ތަރައްގީކޮށްފައިވާ ޓާފް ދަނޑާގުޅޭ ގޮތުން އެރަށުގެ ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ތުރާކުނުގައި ތަރައްގީކޮށްފައި ވަނީ ރީތި ޓާފް ދަނޑެއް ނަމަވެސް އެ ދަނޑުގައި ރަބަރު އަޅާފައި ހުރީ އެކަށޭނަ މިންވަރަށްވުރެ މަދުން ކަމަށާއި، އެކަމުގެ ސަބަބުން ކުޅެންދާ ޒުވާނުންނަށް އަނިޔާއާއި ކުރިމަތިލާންޖެހޭ ކަމަށް އެ ޒުވާނުން ބުންޏެވެ. “އެހާ ފަސޭހައިން އެ ދަނޑަށް ކުޅެންދާ ކުދިންނަށް އަނިޔާވާން ދިމާވަނީ ދަނޑުގައި އެކަށޭނަ މިންވަރަށްވުރެ މަދުން ރަބަރު އަޅާފައި ހުރުމުންކަމަށް އަޅުގަނޑު ގަބޫ...

ތިލަދުން
ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި: އުމަރު 📍 ހދ. ހަނިމާދޫ

ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހަނިމާދޫގައި: އުމަރު

އައްޑޫ ސިޓީއަށްފަހު ދެން އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވަން ދިމާކުރާނީ ހދ. ހަނިމާދޫގައިކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އިންޑިއާއިން ރާއްޖެއަށް “އަތް ގަދަކުރަމުންދާ” ކަމަށް ވިދާޅުވެ، ފާޅުގައި އެކަމާއި ދެކޮޅަށް ވަކާލާތު ކުރަށްވަމުން ގެންދަވާ އުމަރު، އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އައްޑޫ ސިޓީއަށްފަހު، ދެން އިންޑިއާއިން ކޮންސިލއުލޭޓެއް ހެދުމަށް ދިމާކުރާނީ އުތުރުގެ ހދ. ހަނިމާދޫގައި ކަމަށް ވިދާޅުވުމުން، އެކަމާއި ގުޅިގެން ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އުމ...

ތިލަދުން
ޔޫތު މިނިސްޓްރީން ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެ: އަމީން 📍 ހދ. ކުމުންދޫ

ޔޫތު މިނިސްޓްރީން ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެ: އަމީން

ޔޫތު މިނިސްޓްރީން ހިންގާ ކުދި މަޝްރޫޢުތައް ގަނޑުކޮށް ޓެންޑާ ނުކޮށް، ކައުންސިލްތަކާއި ހަވާލުކުރާނަމަ ނަތީޖާ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގެ ރަށްތަކުގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް ކުރިއަށްދާ ބާރުމިނާމެދު ކަންބޮޑުވުން ފާޅުކޮށް އެ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކުރެއްވި ޓްވީޓަކަށް ޚިޔާލް ފާޅު ކުރައްވަމުން ނެވެ. މެންބަރު ރާޢީ ވިދާޅުވެފައި ވަނީ، ކުމުންދޫ އަދ...

ތިލަދުން
އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު

އިންޑިޔާ ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮ، މިހާރު އޮންނަނީ ޖާގަ ނުލިބިފަ: ނިހާދު

މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެށި ކާގޯ ފެރީން ގެންނަ މުދާ އަގުހެޔޮކަމަށާއި މިހާރު އޮންނަނީ އެފެރީން ޖާގަނުލިބިފަކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ. މެންބަރު ނިހާދު މިހެން ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާއި ދެމުދު ފެށި ފެރީގެ ޚިދުމަތް ހުއްޓިފައިވާކަމަށްބުނެ މީސްމީޑިޔާގައި ބަހުސްކުން ފެއްޓުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ. އެބަހުސްއަށް ރައްދުދެއްވަމުން ނިހާދު ވިދާޅުވީ ދުވަސްކޮޅަކުން ބޯޓުތައްވެސް އިތުރުކުރަން ޖެހޭނެކަމ...

އަލީ އާދިލް
ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅު ގޯތިތައް ސާފުކުރުމަށް އަންގައިފި އެވެ. ދިއްދޫ ކައުންސިލް އިދާރާއިން މިއެންގުން އަންގާފައިވަނީ އިއްޔެ ނެރުނު އިޢުލާނެއްގައެވެ. މި އިޢުލާނުގައި ބުނެފައިވަނީ، ދިއްދޫއަކީ ދިވެހިރާއްޖޭގެ ނިސްބަތުން ފާހަގަކުރެވޭ ފަދަ ސާފުތާހިރު އަދި ރީތި ރަށެއްގެ ގޮތުގައި ހެދުމަކީ ހަމަ ކޮންމެ ރައްޔިތެއްގެ އިތުރުން އެ ކައުންސިލުންވެސް ނުހަނު ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ދިއްދޫގައި ހުރި ސާފު ނުކުރާ ފަޅުގޯތިތަކުގައި ވިނަހެދި ގިނައަދަދަކަށް ކުނި ޖަމާވު...

އިބްރާހިމް އަސްވާޤް
ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫއިން 155 ރެންޑަމް ސާމްޕަލް ނަގައިފި

ކޯވިޑް ބަލީގެ ސަބަބުން އަދިވެސް މޮނިޓަރިން ހާލަތުގައި އޮތް ހއ. އަތޮޅުގެ ވެރިރަށް ދިއްދޫއިން އިއްޔެ 155 ރެންޑަމް ސާމްޕަލެއް ނަގައިފިއެވެ. އެރަށް މޮނިޓަރިން ހާލަތުގައި އޮންނަތާ މިއަދަށް އެއް މަސް ދުވަސް ހަމަވާނެއެވެ. ދިއްދޫއިން ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސް މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 16 އެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް “ތިލަދުން”އަށް ވިދާޅުވީ، މިހާލަތުން އަރައި ގަތުމަށް މުޅި ދިއްދޫ ގުޅިގެން ގިނަ […]

ޔުމްނާ ޢަލީ
ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ 📍 ހދ. މަކުނުދޫ

ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، އެއީ އުރައްޕެއް ނެތް އެއްޗެއް: ރާޢީ

މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަވާލުކުރުމަށްފަހު، އެ މަސައްކަތްތަކާއި ހަވާލު ފަރާތްތަކުން ކޮންޓްރެކްޓް އެއްބަސްވުންތަކަށް އަމަލުކުރޭތޯ މިނިސްޓްރީތަކުން ނުބަލާނަމަ، ކޮންޓްރެކްޓް އެއްބަސްވުންތަކަކީ އުރައްޕެއް ނެތް އެއްޗެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިގޮތަށް ވިދާޅުވީ، އޭނާގެ ދާއިރާގައި ހިންގުމަށް ހަވާލުކުރެވިފައިވާ ބައެއް މަޝްރޫޢުތައް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާޢީ ވިދާޅުވީ، ކުމުންދޫ އަދ...

އަލީ އާދިލް
ކޯވިޑްގެ ހާލަތު ނުރައްކާ ވެއްޖެނަމަ، އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތް: ކޭއާރުއެޗް މެނޭޖަރ

ކޯވިޑްގެ ހާލަތު ނުރައްކާ ވެއްޖެނަމަ، އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތް: ކޭއާރުއެޗް މެނޭޖަރ

ބަލި ފެތުރި ނުރައްކާތެރިކަން ބޮޑުވެގެން ހިނގައްޖެ ހާލަތެއްގައި، ހދ. ކުޅުދުއްފުށީގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭނެ ވަކި ފެސިލިޓީއެއް ނެތްކަމަށް ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ މެނޭޖަރު އަހްމަދު ދާވޫދު ވިދާޅުވެއްޖެ އެވެ. އަޙްމަދު ދާއޫދު މިހެން ވިދާޅުވީ ކޯވިޑް19 ގެ މިހާރުގެ ހާލަތު ބަޔާންކުރަން މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިޕޯސްޓުގައި އަޙްމަދު ދާޢޫދު ވިދާޅުވީ މިހާލަތުގައި އެންމެހާ ފަރާތްތަކުން ބަލި ފެތުރިގެން ހިނގައިދާނެ ހުރިހާ ކަމަކުން ރައްކާތެރިވެ ތިބުމަކީ މުހިންމު ކަ...

ޖަލްވާން ޖާދުﷲ
އުތުރުގެ 3 އަތޮޅުގެ ހާލަތު މޮނީޓާ ކުރުމަށް، ޢާޠިޔާ، ޢާޠިފް އަދި ޑރ. ޢަބްދުﷲ ރަޝީދު

އުތުރުގެ 3 އަތޮޅުގެ ހާލަތު މޮނީޓާ ކުރުމަށް، ޢާޠިޔާ، ޢާޠިފް އަދި ޑރ. ޢަބްދުﷲ ރަޝީދު

ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަތޮޅު ތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުންވަނީ ނިންމަވާފަ އެވެ. އެގޮތުން މިނިސްޓްރީ އިފް ހެލްތްއިން މިނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އުތުރުގެ 3 އަތޮޅަށް މިހާރު ހާލަތު މޮނީޓަރ ކުރުމަށް މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ހއ. އަތޮޅަށް ކަނޑައަޅުއްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. ހދ....

އަލީ އާދިލް
ހދ. އަތޮޅުގެ 6 ރަށެއްގައި، ކޯވިޑް ބަލީގެ 71 މީހަކު!

ހދ. އަތޮޅުގެ 6 ރަށެއްގައި، ކޯވިޑް ބަލީގެ 71 މީހަކު!

އިއްޔެގެ ނިޔަަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 71 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެ 71 މީހުންގެ ތެރޭގައި ހިމެނެނެނީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 38 މީހަކާއި، ކޮންޓެކްޓް ޓްރޭސީން ސާމްޕަލްތަކުން ޕޮޒިޓިވްވި 25 މީހަކާއި، ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި 7 މީހެއްގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި އެކަކެވެ. […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ރަހީނުކުރި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް، ފަރުވާއަށް މާލެ ފޮނުވަނީ

ކުޅުދުއްފުށީ ސިޓީގައި ރޭގައި ހިނގި މާރާމާރީއެއްގައި ޒުވާނަަކަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާ މާލެ ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ. ފުލުހުން ވިދާޅުވީ ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކޮށްފައިވާ ކަމަށް ރޭ 20:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ޒުވާނާ ރޭ ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އެ ޒުވާނާ އެ ހޮސްޕިޓަލަށް ގެނެގޮސްފައިވަނީ ރޭ [...

ތިލަދުން