📍 ހއ. މުރައިދޫ
ރަށުން ބޭރުގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ އެހީ އެރަށު ރައްޔިތުންނަށް
ކޮވިޑް-19 ސަބަބުން މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ހއ. މުރައިދޫގެ ރައްޔިތުންނަށް ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. އެގޮތުން ރިސޯޓުތަކުގަ އާއި މާލޭގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ ފަރާތުން އެރަށުގައި ދިރިއުޅޭ އާއިލާތަކަށް މަސް ހަދިޔާ ކުރީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން” އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ހަދިޔާ ކުރީ 25000ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ރޯ […]