މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
މޫސުން ގޯސްވެ ލިބެމުންދާ އާންމު ޝަކުވާ ކުޑަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އިލްތިމާސްތަކެއް 📍 ހދ. ކުޅުދުއްފުށި

މޫސުން ގޯސްވެ ލިބެމުންދާ އާންމު ޝަކުވާ ކުޑަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާއްސަ އިލްތިމާސްތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އާންމު ޝަކުވާ ކުޑަކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާއްސަ އިލްތިމާސްތަކެއް ކޮށްފިއެވެ. ބޯވާރެ ވެހުމާއިއެކު ވައިގަދަ ވެފައިވާ މި ދުވަސްވަރު ރުއްރުކުން ހިކިފަނާއި ކާއްޓާއި އަދި ގަސްގަހުން ހިކިފައިވާ ގޮތްޕާއި އަދި މިނޫންވެސް ގަހުގެ ބައިތަށް ވެއްޓުމުގެ ޝަކުވާ އެ ކައުންސިލަށް ގިނަ އަދަދަކަށް ލިބެމުންދާކަމުގައި އެ...

އިބްރާހިމް ޚަލީލް
ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑުއެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމުގެ...

އަޙްމަދު ވަހީދު
ކޮވިޝީލްޑްގެ ދެވަނަޑޯޒް ޖަހަން ކުޅުދުއްފުށި ރައްޔިތުން ބޯވާރޭގައި، މާފަށް އެދި އިންތިޒާމް ހަރުދަނާ ކުރަނީ 📍 ހދ. ކުޅުދުއްފުށި

ކޮވިޝީލްޑްގެ ދެވަނަޑޯޒް ޖަހަން ކުޅުދުއްފުށި ރައްޔިތުން ބޯވާރޭގައި، މާފަށް އެދި އިންތިޒާމް ހަރުދަނާ ކުރަނީ

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ދެވަނަ ޑޯޒް ޖެހުމަށް މިއަދު އެ ރަށު އުފަންހިޔާ ކައިރީގައި ވެހެމުންދިޔަ ބޯވާރޭގައި ބޮޑު ކިޔުގައި ގިނަބަޔަކު ތިބެން ޖެހުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ކުޅުދުއްފުށީގައި މި ހަފްތާ ބަންދުގައި ޖުމްލަ 500 ޑޯޒް ކޮވިޝީލްޑް ވެކްސިން ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕޓަލުން ހަމަޖައްސާފައިވާއިރު ހުކުރު ދުވަހު ދިނުމަށް ހަމަޖެހިފައިވާ 300 ޑޯޒް ވެކްޝިން ޖެހުމަށް މިއަދު ގިނަ ބަޔަކ...

އިބްރާހިމް ޚަލީލް
ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި 📍 ށ. ނަރުދޫ

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ. އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ “ތިލަދުން” އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

އަޙްމަދު އަރުޝަމް
ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އެއްގަމު އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނައްތާލުމަށް އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ނައްތާލަން ނިންމާފައިވަނީ މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް މީގެ ކުރިން އެންގުމުންވެސް ނުނަގާ ހުރިތަކެއްޗެވެ. އެގޮތުން، މި ތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށ...

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމާއި އޮފީސް އިމާރާތެއް އަޅަނީ

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކްލާސްރޫމާއި އޮފީސް އިމާރާތެއް އަޅަނީ

ހއ. ދިއްދޫގައި ހުންނަ، ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 12 ކުލާސްރޫމާއި އޮފީސް އިމާރާތެއް އަޅަން ނިންމައިފިއެވެ. މި މަޝްރޫޢޫގެ އަމަލީ މަސައްކަތް ހަވާލުކުރުމުގެ އެގްރިމެންޓްގައި އިއްޔެ ވަނީ ސޮއިކުރެވިފައެވެ. މި މަޝްރޫޢޫއަކީ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫޢުގެ ގޮތުގައި ދިއްދޫގައި 2021 ވަނަ އަހަރު ހިންގެވުމަށް ކަނޑައެޅިފައިވާ 15 ޕްރޮޖެކްޓްގެ ތެރެއިން މި އަހަރު ސޮއިކޮށް އަމަލީ މަސައްކަތް ހިންގުމަށް ހަވާލުކުރެވުނު 7 ވަނަ ޕްރޮޖެކްޓްގެ ގޮތުގައި ކަނޑައެޅިފާވާ ޕްރޮޖެކްޓުކަމަށް ޕްލޭނިންގް މިނި...

އަޙްމަދު އަރުޝަމް
ކުމުންދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފި 📍 ހދ. ކުމުންދޫ

ކުމުންދޫ އެމްޑީޕީ ޖަގަހައަށް ބަޔަކު ގެއްލުން ދީފި

ހދ. މުމުންދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ރޭ ބަޔަކު ގެއްލުންދީފިއެވެ. އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު “ތިލަދުން”އަށް ވިދާޅުވީ އެރަށުގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އެ ގެއްލުންތައް ދީފައި ވަނީ ރޭ 11:15 އާއި 12:00 އާއި ދޭތެރޭގެ ވަގުތެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މިގޮތުން ޖަގަހާގައި ޓީވީ ބަލަން ބޭނުންކުރާ މީޑިއާ ނެޓްގެ ޑީކޯޑަރ ނައްޓާލައި ހަލާކުކޮށްލުމަށްފަހު ޖަގަހައާއި މާދުރ...

އަލީ އާދިލް
ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓުގައި މިއަދު ވަނީ ސޮއި ކުރެވިފާކަމަށް ޕްލޭނިންގެ މިނިސްޓްރީން ހާމަކުރެއްވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ 2021 ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާއެވެ. އެފަރާތުން ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,206,209.56 (ނުވަ މިލިއަން ދުއިސ...

އަޙްމަދު އަރުޝަމް
ދިއްދޫ ދަންޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ދަންޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ހއ. ދިއްދޫގައި ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ފަރާތުން ކާބޯތަކެތި އުފައްދާ، އެތަކެތި ވިއްކުމާއި، މާކެޓް ދެމުންގެންދާ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތެއް ފެށިގެންދިއަކަަމަށެވެ. މިގޮތުން މި މަސައްކަތުގައި...

އަޙްމަދު އަރުޝަމް
ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމުގައި ކުރިއަށް ގެންދާ “ކުނިވަށި” ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް ނަގާނެ ފަރާތެއް ހޯދަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ރަށުގައި ބެހެއްޓިފައިވާ ކުނިވަށިތައް 6 މަސްދުވަހުގެ މުއްދަތަށް ނަގާ އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ ރަށު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމް އެ އިދާރާއަށް ހުށަހެޅުމަ...

އަޙްމަދު އަރުޝަމް
ދިއްދޫ މުއައްސަސާތަކަށް މިޑްލް ސްޕޯޓްސް ކުލަބުން މާސްކު ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ މުއައްސަސާތަކަށް މިޑްލް ސްޕޯޓްސް ކުލަބުން މާސްކު ހަދިޔާކޮށްފި

މިޑްލް ސްޕޯޓްސް ކުލަބުން ހއ. ދިއްދޫގެ ހުރިހާ ސަރުކާރުގެ މުއައްސަސާތަަކަކަށް މާސްކު ހަދިޔާކޮށްފިއެވެ. ތިލަދުން އަށް މަޢުލޫމާތުދެއްވަމުން އެކުލަބުން ބުނެފައިވަނީ، އިއްޔެ އާއި މިއަދު ކުރިއަށްދިޔަ މި ހަރަކާތުގައި ހަދިޔާ ކޮށްފައިވަނީ ދެވަނަ ފަހަރަށްވެސް ބޭނުން ކުރެވޭނެގޮތަށް ފޮތިން ހަދާފާ ހުންނަ މާސްކުތަކެއްކަމަށެވެ އިއްޔެ މާސްކު ހަދިޔާކުރި މުއައްސަސާތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ޕޮލިސް ސްޓޭޝަން، ހއ. އެޓޯލް އެޑިއުކޭޝަން ސެންޓަރ، ހއ. އަތޮޅޫ ކައުންސިލްގެ އިދާރާ، ދިއްދޫ ކައުންސިލްގެ އިދާރާ، ޖެންޑަރ، ފ...

އަޙްމަދު އަރުޝަމް
އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގައި ޑެންގޫ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވާން އެރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމުކުރި ގޮތުގައި ޑެންގޫ ހުން ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ ދަންނަވާފައެވެ. މީގެއިތުރުން، މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރި އާލާވާގޮތަށް ރަށުގައި ހުރި ތަންތަން ބަލައި އެތަންތަން ރަނގަޅުކުރުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒާއި އެ ކައުންސިލާއި ގުޅިގެން ފަށާފައިވާ ވާހަކަވެސް ދެންނެވިއެވެ. މިގޮތުން، އާމިނާދިޔޯ ސިއްހީމަރުކަޒާއި ކަ...

އަޙްމަދު އަރުޝަމް
އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް 📍 ހދ. ނެއްލައިދޫ

އެންމެ އަގު ހެޔޮ އެންމެ ހަލުވި "އުރީދޫ ސުޕަރނެޓް" ތިލަދުންމަތީ ނެއްލައިދޫ އަށް

އުރީދޫގެ ސުޕަނެޓް ހިދުމަތް ހދ. ނެއްލައިދޫއަށް މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވިސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ރައްޔިތުންނަށާއި ވިޔަފާރިވެރިންވެސް އިންޓަނެޓް އަދި ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް އާ...

އިބްރާހިމް އަސްވާޤް