މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ 📍 ށ. ގޮއިދޫ

ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. “ކަނބަލުންނަށް ކަރަންޓުން މިންވަރެއް” ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2021 އިން 03 އޯގަސްޓް 2021 ގެ ނިޔަލަށް ޖުމްލަ ތިން ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު...

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހަނިމާދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި 📍 ހދ. ހަނިމާދޫ

ތިލަދުންމަތީ ހަނިމާދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް ފަށާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަރު ބޭސިން ފުކުރުމުގެ 99 އިންސައްތަ މަސައްކަތް މިހާރު ނިމިފައި ވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން 53,522.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި، 31,575.50 ކިއުބިކް މީޓަރުގެ ސަރަހައްދެއްގ...

އަޙްމަދު ވަހީދު
ފުރަތަމަ ހަމަސްދުވަހުގެ ތަފްސީލް ރިޕޯޓް ހުރިހާ ކައުންސިލަކުން ވަނީ ފޮނުވާފައި: ހއ. އަތޮޅު ކައުންސިލް

ފުރަތަމަ ހަމަސްދުވަހުގެ ތަފްސީލް ރިޕޯޓް ހުރިހާ ކައުންސިލަކުން ވަނީ ފޮނުވާފައި: ހއ. އަތޮޅު ކައުންސިލް

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށުން ވެސް ފޮނުވާފައިވާ ކަމުގައި ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ […]

އިބްރާހިމް ޚަލީލް
މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...

ޝިއުނާ އާދަމް
ހދ. އަތޮޅުން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. އަތޮޅުން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހޫނު މޫސުމުގައި ހދ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފިއެވެ. 14 ޖުލައި 2021 ވީ ބުދަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެއްލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 1 އޯގަސްޓު  2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާ ހަމަޔަށް […]

އިބްރާހިމް ޚަލީލް
ޢީދާއި ގުޅުވައިގެން ކެލާގައި ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ނުހިންގޭނެ 📍 ހއ. ކެލާ

ޢީދާއި ގުޅުވައިގެން ކެލާގައި ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ނުހިންގޭނެ

1442 ވަނަ އަހަރުގެ އަޟްޙާ ޢީދާއި ގުޅުވައިގެން ގިނަ މީހުން އެއްވެގެން އެއްވެސް ކުޅިވަރު ހަރަކާތެއް ހއ. ކެލާގައި ނުހިންގުމަށް، ކެލާ ކޯވިޑް-19 ޓާސްކް ފޯރސްއިން އަންގައިފިއެވެ. މިވަގުތަކީ، ދިވެހިރާއްޖެގައި ކޯވިޑް ބަލި ފެތުރެމުން ދިއުމާއި ގުޅިގެން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ވަގުތަކަށް ވީނަމަވެސް މި ދުވަސްވަރު އެ ރަށަށް ގިނަ އަދަދަކަށް ރަށުން ބޭރުން މީހުން އައިސްފައި ވާކަން ކެލާ ކޯވިޑް ޓާސްކްފޯރސްއިން ވަނީ ފާހަގަ ކޮށްފައެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު […]

އިބްރާހިމް ޚަލީލް
ކޭއާރުއެޗްގައި ކޮވިޑަށް ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވް ވެއްޖެ

ކޭއާރުއެޗްގައި ކޮވިޑަށް ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)އިން ރޭ ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓެއް ޕޮޒިޓިވް ވެއްޖެއެވެ. އިއްޔެ ހަވީރު ފޯކައިދޫއިން ކޭއާރްއެޗްގެ އެމެޖެންސީ ރޫމް (އީއާރް)އަށް ގެންދިޔަ 61 އަހަރުގެ އަންހެނެއްގެ ކިބައިން ރޯގާގެ އަލާމާތްތައް ފެނި ނޭވާލާން އުނދަގޫވުމުން، ސާމްޕަލް ނަގާ ޓެސްޓް ހެދުމުން، އޭނާ ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މި އަންހެންމީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު އާއިލާގެ 4 މެމްބަރެއްގެ ސާމްޕަލް މިއަދު ހެނދުނު ނަގައި ޓެސްޓ...

އަޙްމަދު އަރުޝަމް
ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ 📍 ށ. ފޯކައިދޫ

ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އެމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޭއާރްއެޗް އިން ހާމަކުރިގޮތުގައި ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ އީއާރަށް ގެނެވުނީ މިއަދު ހަވީރު 16:05 ގާ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ. އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވުމުން ކަމަށްވެސް ކޭއާރްއެޗް އިން މައުލޫމާތުދެއެވެ. އަދި އެ މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި...

އަޙްމަދު އަރުޝަމް
ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް

ށ. ފޯކައިދޫއިން އިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށު ކައުންސިލުން މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުން ތަކަށް ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރަށުން ފުރައިގެން ކޮންމެހެންތާކަށް ދާންޖެހިއްޖަނަމަ، އެ ކައުންސިލުގެ ހުއްދަ ލިބިގެންނޫނީ އެއްވެސް ތާކަށް ނުދިއުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މީގެ […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވާއިފިއެވެ. މި ސެޝަން ކުރިއަށް ގެންދެވުނީ ކުޅުދެއްފުށި ކޮމިއުނިޓީ ސެންޓަރާއި ހދ ރެޑް ކްރެސެންޓް ބްރާންޗް ގުޅިގެންނެވެ. ނިމިދިޔަ ހަފްތާގައި ކުރިއަށް ގެންދެވުނު މި އިވެންޓުގައި، ދިރިއުޅުމުގައި ދިމާވާ ސިއްޙީ ކުއްލި ހާލަތްތަކުގައި ކަންކުރަންވީ ގޮތް ދަސްކޮށްދެވިފާވެއެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކެޓިވް އަދި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރާއި ހަވާލުވެ ހުންނެވި، ޝައުފާ އިބްރާހިމް ވިދާޅުވީ...

އަޙްމަދު އަރުޝަމް
ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން

ފުރަތަމަ 6 މަސްދުވަހުގެ ތަފްސީލް ރިޕޯޓު ފޮނުވީ ހދ. އަތޮޅުގެ 11 ކައުންސިލަކުން

ރަށު ކައުންސިލްތަކުން ފޮނުވަންޖެހޭ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވީ ހދ. އަތޮޅުގެ 11 ރަށެއްގެ ކައުންސިލުން ހދ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. ހދ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގައި، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ […]

ޔުމްނާ ޢަލީ
33 ދުވަސް ފަހުން ހަނިމާދޫގެ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ހަނިމާދޫ

33 ދުވަސް ފަހުން ހަނިމާދޫގެ މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް-19ގެ ހާލަތުގެ ސަބަބުން މޮނިޓަރިން ހާލަތަށް ލާފައި އޮންނަތާ 33 ދުވަސްފަހުން ހަނިމާދޫ އެ ހާލަތުން ވީއްލައިފިއެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައިވަނީ މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ހަނިމާދޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތުން ނެގީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. “ވޭތުވެދިޔަ 34 ދުވަހަކީ ހަނިމާ...

ޝިއުނާ އާދަމް
ބެސްޓް ބަޑީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މާސްކު ހަދިޔާކޮަށްފި 📍 ހދ. ކުޅުދުއްފުށި

ބެސްޓް ބަޑީއިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް މާސްކު ހަދިޔާކޮަށްފި

ބެސްޓް ބަޑީ ފިހާރައިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1500 މާސްކު ހަދިޔާކޮށްފިއެވެ. މިއީ ކޯވިޑް-19އިން އަރައިގަތުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތަކަށް އެހީވުމަށް އެ ފިހާރައިން ދިން ހަދިޔާ އެކެވެ. ސިޓީ ކައުންސިލުން ބުނީ މި ދުވަސްވަރު އެ ސިޓީގެ ވިޔަފާރިތަކުން ކައުންސިލަށް އެހީތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހުރިހާ ވިޔަފާރިތަކަށްކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ. ބެސްޓްބަޑީއަކީ ކުޅުދުއްފުށީގެ އިތުރުން މާލޭގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެކެވެ. ރަށު ޕިކަ...

އަޙްމަދު ވަހީދު
ތިލަދުންމަތީ އިހަވަންދޫ ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

ތިލަދުންމަތީ އިހަވަންދޫ ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 17...

އަޙްމަދު ވަހީދު
ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި 📍 ހދ. ވައިކަރަދޫ

ޒުވާން 2 އެކުވެރިން، ލޮޖިސްޓިކްސްގެ ދާއިރާއިން އެންމެ އުހަށް ވާސިލްވުމުގެ އުންމީދުގައި

ޒުވާން ދުވަސްވަރު ވިޔަފާރިއެއް ފެށުމަކީ ވަރަށް ކުޅަދާނަވެގެން ނޫނީ ކުރަން އުނދަގޫ ކަމެކެވެ. އާންމު ކޮށް މީހުން އުމުރު ދެބައިވުމުން އެއްކުރެވިފައި ހުރި ލާރިން ވިޔަފާރިތައް ފަށާ ހަދައެވެ. އެހެނެންމަވެސް، ޅަ އުމުރުގައި ބޮޑެތި ވިޔަފާރިތައް ގެންގުޅޭ ޒުވާނުން ވަކި މަދެއް ނޫނެވެ. މި ލިޔުމުގައި އަލި އަޅުވާލާނީ ޒުވާން އުމުރުގައި ވިޔަފާރި ހިންގަން ފައިނަގާފައި ތިބި 2 އެކުވެރިންނަށެވެ. ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ އަށް އުފަން އަހުސަމް އަބްދުލް ފައްތާޙު އާއި މާލެއަށް އުފަން މުހައްމަދު […]

އަޙްމަދު އަރުޝަމް