މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,631 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9631 ޚަބަރުގެ ތެރެއިން
ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ

ހއ. ހޯރަފުށީ ރައްޔިތުންނަށް “ގެދޮރުވެރިޔާ ލޯނު” ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުމަށް ނިންމައިފި އެވެ. “ގެދޮރުވެރިޔާގެ ލޯނު” އަކީ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޯހިވާހަކިން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި ނިމިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ތަޢާރަަފް ކުރެވުނު ލޯނު ސްކީމްއެކެވެ. ހޯރަފުށީ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވަނީ، ހޯރަފުށީ ރައްޔިތުންގެ ތެރެއިން މި ލޯނު ބޭނުންވާ ފަ...

އަޙްމަދު އަރުޝަމް
އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގެ ގިނައަދަދެއްގެ މީހުންނަށް ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމު ކުރިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ރަށުގެ ގިނަ ޢަދަދެއްގެ މީހުންނަށް މޮބައިލް ނަންބަރަކުން ފޯންކޯލްތައް ލިބަމުން އެބަދެއެވެ. އަދި މިކަމުގެ ޝަކުވާ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ވާކަމަށް އެސްޓޭޝަނުން އެކައުުންސިލަށް މައުލޫމާތުދީފާވާކަމަށް ފާހަގަކުރިއެވެ. ގޮތް ނޭނގޭ ނަންބަރުތަކުން އަންނަ މިފަދަ ކޯލްތަކަށް ސަމާލުވުމ...

އަޙްމަދު އަރުޝަމް
ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފި

ހދ. ނޮޅިވަރަންފަރު ނެރުމައްޗަށް އުރުނު ދޯނި ފުންކޮށްފިއެވެ. “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ އެދޯނި އުރިފައި ވަނީ ނޮޅިވަރަންފަރު ކަނޑިންމައިން އެރަށު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޮޅިވަރަންފަރު ނެރު މަށްޗަށް އުރުނު ދޯނި ފުންކުރެވުނީ މިއަދު 12:55 ހާއިރު ކަމަށެވެ. އަދި މިއަދު 15:25 ހާއިރު ދޯނީގެ ބަންޑުފިލައިން ދިޔަވަމުން ދިޔަ ތަން އެމްއެންޑީއެފް ނޮދާން އޭރިއާ […]

އަޙްމަދު އަރުޝަމް
ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ 📍 ހދ. ނެއްލައިދޫ

ފަޓޯ ސްޕޯޓްސް އެކަޑަމީން ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަނީ

ފަޓޯ ސްޕޯޓްސް އެކަޑާމީ އިން ހދ. ނެއްލައިދޫގައި ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފިއެވެ. އެ އެކަޑަމީ އިން އިއްޔެ ހާމަކުރި ގޮތުގައި މި ހިންގައި ޖުލައި މަހުގެ 11 ވާ އާދިއްތަ ދުވަހު، ނެއްލައިދޫ ކައުންސިލާ ގުޅިގެން ސުކޫލް ކުދިންނަށް ޤުރުއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ނެއްލައިދޫ ސުކޫލުގެ ދަރިވަރުން މިމަހުގެ 8 ވަނަ ދުވަހު ގެ ކުރިން […]

އަޙްމަދު އަރުޝަމް
މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް އިތުބާރު ލިބިގެން: ޑރ. މުޙައްމަދު ފައިސަލް

މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް އިތުބާރު ލިބިގެން: ޑރ. މުޙައްމަދު ފައިސަލް

މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނީ، އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް އިތުބާރު ލިބިގެން ކަމަށް ޕީޑިއެޓްރިޝަން ޑރ. މުޙައްމަދު ފައިސަލް ވިދާޅުވެއްޖެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ހެޑް އޮފް ޕީޑިއަޓްރިކް ޑިޕާރޓްމެންޓ،ް ޑރ. ފައިސަލް މިފަދައިން ވިދާޅުވީ އިއްޔެ އެ ހޮސްޕިޓަލުގައި، ދުވަސްނުފުރާ ވިހޭ އެއްމާބަނޑު 2 ކުދިން ސަލާމަތް ކުރެވުމާއި ގުޅިގެން ކޭއާރްއެޗް އިން އާންމު ކުރި ވީޑިއޯއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސިއްހީ ނިޒާމު ކުރިއެރުވުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މ...

އަޙްމަދު އަރުޝަމް
އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. އިމަގުން އިސްނަގައިގެން އިހަވަންދޫގެ ކުޑަކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ފުރިހަމަ ގޮތުގައި ނަމާދު ކުރަން ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ދުއިސައްތައަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރި ވެފައެވެ. ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ 04 ޖުލައި 2021 ވ...

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހިނގާ ސަރަހައްދުގެ މަަސައްކަތް ކަމަށެވެ. މި މަސައްކަތުގެ  91 އިންސައްަތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން، […]

އަޙްމަދު ވަހީދު
ކޭއާރުއެޗްގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް!

ކޭއާރުއެޗްގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ދުވަސް ނުފުރާވިހޭ، އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށް އިތުރު ރެކޯޑެއް ހަދައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، އެހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް އާރޓިފިޝަލް ސާރފެކްޓެންޓް (Artificial Surfactant) ގެ ހިދުމަތްދީ، ދުވަސްނުފުރާ ނެގުނު އެއްމާބަނޑު ދެކުދިންގެ ފުރާނަ ސަލާމަތްކޮށްފައިވާކަމަށެވެ. އާރޓިފިޝަލް ސާރފެކްޓެންޓް (Surfactant Artificial) ހިދުމަތަކީ ދުވަސްނުފުރާ ނެގޭ ކުދިންގެ ނޭވާލުމުގެ ނިޒާމު ފުރިހަމަނުވެ ހުންނަ މައްސަލ...

އަޙްމަދު އަރުޝަމް
ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު 📍 ހދ. ހަނިމާދޫ

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރު ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެ: ރައީސް ނަޝީދު

ހދ. އަތޮޅުގެ ބައިނަލްއަގުވާމީ 2 ބަނދަރުކަމުގައިވާ ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އާއި ހދ.  ކުޅުދުއްފުށީ ރީޖަނަލް ޕޯޓް ތަރައްޤީ ކުރެވުމުން ރައްޔިތުންނަށް ފައިދާވާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިހާރު ކުލަބްހައުސް މެދުވެރިކޮން ކުރިއަށްދާ ”އާސްކް ސްޕީކަރ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވިދާޅުވީ ހދ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެންމެ ބޮޑަށ...

އަލީ އާދިލް
ހަނިމާދޫގެ 800އަށް ވުރެ ގިނަމީހުން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ 800އަށް ވުރެ ގިނަމީހުން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ގޮތާއިމެދު ހަނިމާދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިމަނައި، ހަނިމާދޫ ރައްޔިތުންގެ ތެރެއިން 800 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. ހަނިމާދޫގެ ވޯޓްލުމުގެ ހައްޤުލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސަތަ މީހުން ސޮއި ކޮށްފައިވާ މި ޕެޓިޝަން ހުށަހަޅާފައި ވަނީ 04 ޖުލައި 2021 ވީ އާދީއްތަ ދުވަހު (އިއްޔެ) ގެ ވަގުތެ...

އިބްރާހިމް ޚަލީލް
ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި 📍 ހދ. ކުޅުދުއްފުށި

ފަރި ރީތި ފިހާރަތަކުގެ "ފަރި ޕްރޮމޯޝަން": ޖޫން މަހުގެ ނަސީބުވެރިޔާ ހޮވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ފަރި ރީތި ފިހާރަތަކުގެ ކަސްޓަމަރުންނަށް ފަށާފައިވާ “ފަރި ޕްރޮމޯޝަން” ގެ މިދިޔަ މަހުގެ ނަސީބުވެރިޔާ ހޮވައިފި އެވެ. މަސް ނިމޭއިރު އެންމެ ގިނައިން ފައިސާ ދައްކާ ކަސްޓަމަރަށް ހާއްސަ އިނާމެއް ހުށައަޅާފައިވާ މި ޕްރޮމޯޝަންގެ މިދިޔަ މަހުގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހއ. ހޯރަފުށި ވޯޓަރލޫ، މުޙައްމަދު ނިޒާމު އެވެ. “ފަރި ޕްރޮމޯޝަން 2021” ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު […]

އަލީ އާދިލް
މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ. މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި […]

އަޙްމަދު އަރުޝަމް
ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ. ދިއްދޫގެ ކޯވިޑްގެ އަޕްޑޭޓް އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކުރެއްވީ މިއަދު 14:50 ގައެވެ. އެވަގުތާއި ހަމައަށް އެރަށުން 106 މީހަކު ޕޮޒިޓިވްވެފައިވާއިރު އަލަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ޕޮޒިޓިވްވި 3 މީހެކެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހެއް […]

ޙުސައިން ޝަހުދީ
ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރު އޮތީ އަމިއްލަ އިޚްތިޔާރަކުނޫން: ސިރާޖް

ލާމަރުކަޒީއޭ ކިޔަސް ކަންކަން ކުރުމުގެ ބާރުއޮތީ އަމިއްލަ އިޚްތިޔާރަކުނޫން ކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް ވިދާޅުވެއްޖެއެވެ. ހދ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކަކުން އިސްނަގައިގެން ކްލަބް ހައުސް އެޕްލިކޭޝަން މެދުވެރިކޮށް ރޭ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ބައްދަލުވުމުގެ މައުލޫކަމަށްވާ “ސަރަހައްދީ ބާރުވެރިކަން”އަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ، ބާރުވެރި ނުވެގެން މިއުޅެނީ ކޮންކަމަކުން ކޮންގޮތަކުންތޯ އޭނާ ހިތަށް އަރާ ވަޑައި ގަންނަވާ ކަމަށެވެ. “...

އަލީ އާދިލް
ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ

ނޮޅިވަރަންފަރު ބަނދަރަށް ވަދެނުކުތުމުގައި ސަމާލުވުމަށް ކައުންސިލުން އެދިއްޖެ ހދ. ނޮޅިވަރަންފަރު ބަނދަރަށް އުޅަނދުފަހަރު ވަދެ ނުކުތުމުގައި ސަމާލުވުމަށް އެ ރަށު ކައުންސިލުން އެދިއްޖެއެވެ. މިގޮތަށް އެކައުންސިލުން އެދުނީ ރޭ އެރަށު ނެރުމައްޗަށް މުދާ އުފުލާ ދޯންޏެއް އުރުމާއި ގުޅިގެން،  އެ ދޯނި ފުންކުރުމުގެ މަސައްކަތް ކުރިއަށްދާތީ ރައްކާތެރިވުމުގެ ގޮތުންނެވެ. އެއީ “އަލިސާފު” ނަމަކަށް ކިޔާ، 90 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. އެދޯނި އުރިފައި ވަނީ ނޮޅިވަރަންފަރު ކަނޑިންމައިން އެރަށު ބަނދަރަށް ވަންނަން އުޅު...

އަޙްމަދު އަރުޝަމް