މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި 📍 ހދ. ނޭކުރެންދޫ

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ. ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް […]

ޔުމްނާ ޢަލީ
ކުޑަފަރީގައި ހުމާއި ހޮޑު ރޯގާ ހަލުވިކަމާއެކު ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ކުޑަފަރީގައި ހުމާއި ހޮޑު ރޯގާ ހަލުވިކަމާއެކު ފެތުރޭތީ ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

ނ. އަތޮޅު ކުޑަފަރީގައި ހަލުވިކަމާއެކު ހުމާއި ހޮޑު ރޯގާ ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ރަށު ޞިއްޙީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ. އެ މަރުކަޒުން މިކަމަށް އިލްތިމާސްކުރީ ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ސްކޫލުތަކާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިންގެ ސަމާލުކަމަށް މިކަން ގެނައުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ. ކުޑަފަރީ ޞިއްޙީ މަރުކަޒުން ބުނީ، ފާއިތުވި ދުވަސްތަކުގައި އެ މަރުކަޒަށް ހުމާއި ހޮޑު ރޯގާގެ ޝަކުވާއާއެކު ފަރުވާ ހޯދަން އަންނަ މީހުންގެ އ...

އަލީ އާދިލް
ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި 📍 ށ. ބިލެތްފަހި

ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

ކުރިން އަށް ގަޑިއިރު ޚިދުމަތް ދެމުން ދިޔަ، ބިލެއްފަހީގެ ޞިއްޙީމަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފިއެވެ. ބިލެއްފަހީ ޞިއްޙީމަރުކަޒުގެ ޒިންމާދާރު ވެރިޔާ ޢަލީ ސާމިރު ”ތިލަދުން” އަށް ވިދާޅުވީ މި ބަދަލު ގެނައުމާއެކު މިހާރު އެ ރަށު ޞިއްޙީމަރުކަޒުގައި ފަސް ނަރުހުން މަސައްކަތް ކުރައްވާ ކަމަށާއި، ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުވުމާ ގުޅިގެން  ލުއި ފަސޭހަކަމާއެކު، ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އާ އިމާރާތުގ...

ފާތިމަތު ސަޙާ
ނަރުދޫ ކައުންސިލްގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ހޭންޑްބޯލް ޓްރެއިނިން ޕްރޮގްރާމް ފަށައިފި

ނަރުދޫ ކައުންސިލުން، އެ ރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ޓްރެއިނިން ސެޝަން ފަށައިފިއެވެ. ކައުންސިލްގެ ނައިބް ރައީސް  އަޙްމަދު މާހިރު ”ތިލަދުން” އަށް ވިދާޅުވިގޮތުގައި މި ތަމްރީންގައި އެރަށުގެ 35 އަންހެންބޭފުޅުން ވަނީ ބައިވެރިވެފައެވެ. އަދި މި ތަމްރީނަކީ އަށް ދުވަހުގެ ތަމްރީނެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ލިބުނު ބޮޑު ތަރުޚީބާއެކު މި ތަމްރީނުގައި ދުވާލަކު، ދެ ސެޝަން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ހަވީރުގެ ވަގުތުކަމަށް ވާއިރު، [...

ފާތިމަތު ސަޙާ
ކުމުންދޫގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރު އަތުން މުހިންމު މޮޅެއް 📍 ހދ. ނޮޅިވަރަންފަރު

ކުމުންދޫގެ ފުރަތަމަ މެޗުގައި ނޮޅިވަރަންފަރު އަތުން މުހިންމު މޮޅެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، “އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫގެ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓް ކަށަވަރުކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ކުމުންދޫ މޮޅުވީ ފުރަތަމަ މެޗުން ހަނިމާދޫ ބަލިކޮށް ތިން ޕޮއިންޓާއެކު ކުޅެން ނުކުތް ނޮޅިވަރަންފަރުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކުމުންދ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (15)

ސިލްސިލާ ވާހަކަ: ލޯބިވޭ ނިހާޔަތަށް (15)

12 އޯގަސްޓްގެ އަދަދާއިގުޅޭ: ” އާނ! ހޯދާ.” އާއިޒް ބުންޏެވެ. އޭނާގެ ހުއްދަ ލިބުމުން ޖަމީލާގެ ހިތަށް ބޮޑު އުފާވެރިކަމެއް ވެރިވިއެވެ. ހެވިފައި އިން މަންމަގެ މޫނަށް ބަލައިލަމުން އާއިޒް ހީލިއެވެ. މަންމަ އެ އިނީ ވަރަށް އުފާވެފައިކަން އާއިޒަށް އެ ވަގުތު ދެނެގަނެވުނެވެ. ” ދޮންތަ ކައިރީ ބުނާނަން އާއިޒް ތިހެން ބުނި ވާހަކަ.” ޖަމީލާ ބުންޏެވެ. ” އުނހު. ބުނާނެ ކަމެއް ނެތް. އަހަރެން މިހާރު ކުއްޖަކު ހޯދައިފިން.” އާއިޒް ބުނެލީ ފަސޭހަކަމާއެކުއެވެ. ” […]

ސަލާމާ ޢަބްދުލް ޢަލީމް
އުތީމު ދަރިވަރުންނާއެކު ރައީސް ވަގުތުކޮޅެއް، ދަރިވަރުން ބޭނުންވާ އެއްކަމަކީ ކުޅޭނެ ޓާފް ދަނޑެއް 📍 ހއ. އުތީމު

އުތީމު ދަރިވަރުންނާއެކު ރައީސް ވަގުތުކޮޅެއް، ދަރިވަރުން ބޭނުންވާ އެއްކަމަކީ ކުޅޭނެ ޓާފް ދަނޑެއް

ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ހއ. އުތީމަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން، އެ ރަށުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ ސްކޫލްގައި ކުޅޭނެ އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ދިމާވާ ދަތިތައް ހިއްސާކޮށްފައެވެ. އެގޮތުން ޔުނީފޯމާއެކު ކުޅެން ނިކުންނަން ޖެހެނީ ބޭރަށް ހިރަފުހަށް ކަމަށް ބުނެ، އެކަން ޙައްލުކޮށްދެއްވައި ޓަރފް ދަނޑ...

ޔުމްނާ ޢަލީ
މުޙައްމަދު ނަޞީރު: ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު 📍 ހދ. ވައިކަރަދޫ

މުޙައްމަދު ނަޞީރު: ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު

ދިވެހިބަހާއި ވާހަކަދެއްކުންތެރިކަމުގެ ފަންނަކީ ދިވެހިންގެ އަމިއްލަވަންތަކަމާއި ސަގާފަތުގެ އެންމެ މުހިންމު އެއް ތަނބެވެ. މި ފަންނު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ހުނަރުވެރި ވާހަކަދެއްކުންތެރިން ބިނާކުރުމުގައި އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރައްވާފައިވާ ހދ. ވައިކަރަދޫ، ދަނބުގެ، އަލްފާޟިލް މުޙައްމަދު ނަޞީރަށް މިއަހަރު ވަނީ “ވާހަކަދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން” ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަރުވައިފައެވެ. މުޙައްމަދު ނަޞީރުގެ ވާހަކަދެއްކުންތެރިކަމުގެ ދަތުރު ފެށުނީ އޭނާގެ...

ތިލަދުން
އަރުޝަދު އަޙްމަދު: އީޖާދީ ސޮފްޓްވެއަރ އާއި އޭ.އައި ގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު

އަރުޝަދު އަޙްމަދު: އީޖާދީ ސޮފްޓްވެއަރ އާއި އޭ.އައި ގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު

ދިވެހިރާއްޖޭގެ މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން؛ ކޮމްޕިއުޓަރ ސޮފްޓްވެއަރއާއި، ސޮފްޓްވެއަރ އެޕްލިކޭޝަން ތަރައްޤީކުރުމުގެ ރޮނގުން މިއަހަރު ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ ހއ. އުލިގަން، ފަހިވާ، އަލްފާޟިލް އަރުޝަދު އަޙްމަދަށެވެ. އަރުޝަދަކީ ސޮފްޓްވެއަރ ޑިވެލޮޕްމަންޓާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި.) ގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ އީޖާދީ އަދި އިންގިލާބީ މަސައްކަތްތަކެއް ކުރައްވަމުންދާ، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަންނީ މާހިރެކެވެ. “ޖަވާބު” ގ...

ތިލަދުން
ކުޅުދުއްފުށީ ސިޓީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ފަށައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ސިޓީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ “ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026” އިއްޔެ ފަށައިފިއެވެ. މި ޗެލެންޖު ފެށުމުގެ ގޮތުން ރޭ 20:30 ގައި ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ “ފައިވް” އާއި “ކޭވައިއާރުސީ ޖޫނިއާރސް” އެވެ. މި މެޗު 28-19 އިން ކާމިޔާބުކުރީ ”ފައިވް” އެވެ. މި މެޗުގެ ކްއީން އޮފްދަ މެޗަކަށް ހޮވުނީ ފައިވްގެ ސާދުނާ އިބްރާހިމެވެ. ރޭ ވަނީ މި ޗެލެންޖުގެ ދެވަނަ މެޗު ވެސް ކުޅެފައެވެ. […]

ފާތިމަތު ސަޙާ
ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި 📍 ހއ. އުތީމު

ރައީސް އުތީމު ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިއަދު އުތީމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވި މިބައްދަލުވުން އޮތީ އުތީމު ކައުންސިލް އިދާރާގައެވެ. މިއަދު މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު...

ޔުމްނާ ޢަލީ
އުތީމު ވަލުގެ ތެރޭގައި ތަރައްޤީކުރި "ވާހަކަ ވައު" ހުޅުވައިފި 📍 ހއ. އުތީމު

އުތީމު ވަލުގެ ތެރޭގައި ތަރައްޤީކުރި "ވާހަކަ ވައު" ހުޅުވައިފި

ހއ. އުތީމު ކަނދުވަލު މިސްކިތް ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ތާރީޚީ “ވާހަކަ ވައު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ ޤައުމީ ދުވަހުގެ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އުތީމަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ރައީސް މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރ...

ޔުމްނާ ޢަލީ
ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް 📍 ހއ. އުތީމު

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބޭ: ރައީސް

ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ (މުހައްމަދު ތަކުރުފާނުގެ) ސީރަތުން ލިބޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ޤައުމީ ދުވަހުގެ ބަތަލު ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، އުތީމު މަހާރަދުންގެ ސީރަތަކީ ދިވެހި ޤައުމު ހިންގުމުގެ ފަލްސަފާގެ ބިންގާ ކަމުގައި ސިފަކުރެއްވިއެވެ. ”އަޅުގަނޑު ގަބޫލުކުރާގޮތުގ...

ފާތިމަތު ސަޙާ
ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ނަރުދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ މުޅި ރަށަށް ހުޅުވާލައިގެން، އަހަރަކު އެއް ފަހަރު ރަށު ފެންވަރުގައި ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އެ ރަށު ކައުންސިލުން ހާމަ ކުރި ގޮތުގައި، ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވުމަކީ މި މުބާރާތް ބޭއްވުމުގެ އެއް މަޤްޞަދެކެވެ.  އޭގެ އިތުރުން ރަށު ފެންވަރުގައި ޤުރުއާން ކިޔަވާނެ ރަނގަޅު ދަރިވަރުން...

ފާތިމަތު ސަޙާ
ޤައުމީ އިނާމު ނަސީރާއި އަރުޝަދު ހިމެނޭހެން 10 ބޭފުޅަކަށް 📍 ހދ. ވައިކަރަދޫ

ޤައުމީ އިނާމު ނަސީރާއި އަރުޝަދު ހިމެނޭހެން 10 ބޭފުޅަކަށް

މި އަހަރުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި، ޖަމުޢިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި‏އެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ: ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުޙައްމަދު ނަޞީރު، ދަނބުގެ، ހދ. ވައިކަރަދޫ  މުއާޞަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދ...

ފާތިމަތު ސަޙާ