މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ 📍 ހދ. ނޭކުރެންދޫ

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމާލުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ 13 އޮގަސްޓު 2026ގައެވެ. ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުނ...

އަލީ އާދިލް
ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް 📍 ހދ. ކުމުންދޫ

ކުމުންދޫ އަތުން ހަނިމާދޫ ހޯދި މޮޅާއެކު ހަނިމާދޫ އާއި ނޮޅިވަރަންފަރު ސެމީއަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުމުންދޫ އަތުން ލިބުނު މޮޅާއެކު ހަނިމާދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެއެވެ. ދެ ގްރޫޕަކަށް ކުޅޭ މި ބުރުގައި ގްރޫޕް އޭގައި ހިމެނެނީ ހަނިމާދޫ އާއި ކުމުންދޫގެ އިތުރުން މުބާރާތް އޮންނަ ރަށްކަމަށްވާ ނޮޅިވަރަންފަރެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ މިވަގުތު ފުޓްސަލް ރަސްގެފާނު ނައިވާދޫ އާއި ނޭކުރެންދޫ އަދި ކުރިންބެވެ. މިއަދުގެ މެޗަށް ނުކުތް އިރު ގްރޫޕް ”އޭ”ގެ ނޮޅިވަރަންފަރާއި، ކުމުންދޫ އަށް ވެސް އޮތީ […]

ޝިއުނާ އާދަމް
ގޮއިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލްގެ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

ށ. ގޮއިދޫ ކައުންސިލުން އެރަށު އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. “ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026″ ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލް މުބާރާތަށް އެދެވޭ ތަރުޚީބެއް ލިބިފައިނުވާތީ، ކައުންސިލުން ނިންމާފައިވަނީ އޭގެ ބަދަލުގައި ބަށި މުބާރާތެއް ކުރިއަށް ގެންދިޔުމަށް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ” 2017 ވަނަ އަހަރުން ފެށިގެން މި ރަށުގައި މި ވަނީ ބަށި ކުޅުން ހުއ...

ފާތިމަތު ސަޙާ
ކޭއާރުއެޗުގެ ސީއީއޯއަށް އިންޒާރުދީ، ރިޝްވަތުގެ ތުހުމަތު އަޅުވާ މައްސަލަ ކުށްވެރިކޮށްފި

ކޭއާރުއެޗުގެ ސީއީއޯއަށް އިންޒާރުދީ، ރިޝްވަތުގެ ތުހުމަތު އަޅުވާ މައްސަލަ ކުށްވެރިކޮށްފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ގުޅުވައި މީސްމީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީއަށް އަމާޒުކޮށް އިންޒާރުދީ، ފުރައްސާރަކޮށް އަދި ރިޝްވަތުގެ ތުހުމަތު އަޅުވަމުންދާ މައްސަލަ އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ކޭއާރުއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ގުޅޭގޮތުން ހިނގައިދިޔަ ކަމަށް ބުނާ ހާދިސާއަކާ ގުޅުވައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން އ...

އަލީ އާދިލް
ހޯރަފުށީ އެވިޑް އިންޓަނޭޝަލް ސްކޫލްގައި ކުލަގަދަ ދިވެހި އަދަބީ ހަފްތާއެއް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެވިޑް އިންޓަނޭޝަލް ސްކޫލްގައި ކުލަގަދަ ދިވެހި އަދަބީ ހަފްތާއެއް

ހއ. ހޯރަފުށީގައި ހުންނަ ކޭމްބްރިޖް އެވިޑް އިންޓަރނޭޝަނަލް ސްކޫލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ދިވެހި އަދަބީ ހަފްތާ ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. މިއީ ދިވެހި އަދަބިއްޔާތާއި، ސަޤާފަތް ދިރުވައި، ދަރިވަރުންގެ ހިތްތަކުގައި އެކަންކަމަށް ލޯބި ޖެއްސުމުގެ މަޤްސަދުގައި ކުރިއަށްގެންދިޔަ ހަރަކާތެއްކަމަށް ހޯރަފުށީ ކައުންސިލް މެމްބަރ އާމިނަތު ވިސާމާ ” ތިލަދުން “އަށް ވިދާޅުވިއެވެ. ލިޔުންތެރިކަމާއި، ކިޔުންތެރިކަމުގެ އިތުރުން  ހުށަހެޅުންތެރިކަމަށް އަމާޒުކޮށް، ގ...

ފާތިމަތު ސަޙާ
އުތީމު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި 📍 ހއ. އުތީމު

އުތީމު ކައުންސިލުން ތަރައްގީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި

ހއ. އުތީމު ކައުންސިލުން އެރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ”މުތީ ޕާކު” ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. އުތީމު ކައުންސިލް ރައީސް  ޢަބްދުﷲ ރަޝީދު ވިދާޅުވީ މުތީ ޕާކަކީ، އުތީމުގައި މި ވަގުތު ކުޑަކުދިންގެ ޕާކެއް ޤާއިމު ކުރެވިފައި ނެތުމާއެކު، ކުޑަކުދިންނާއި އާންމުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ކައުންސިލުން އިސްނަގައިގެން ތަރައްޤީ ކޮއްފައިވާ ޕާކެއް ކަމަށެވެ. ކައުންސިލުން ޚަރަދުކޮއްގެން ޤާއިމު ކުރި މި ޕާކަށް ބޭނުންވާ ސާމާނު ހޯދުމާއި، ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ކޮ...

ފާތިމަތު ސަޙާ
''އީފާސް'' ޓީމް ކުޅުދުއްފުއްޓަށް، ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ބުދަ ދުވަހު 📍 ހދ. ކުޅުދުއްފުށި

''އީފާސް'' ޓީމް ކުޅުދުއްފުއްޓަށް، ބައްދަލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ބުދަ ދުވަހު

”އީފާސް” ޓީމުގެ އަތޮޅު ދަތުރުގެ ތެރެއިން ހދ. އަތޮޅު ދަތުރުގައި މި އަންނަ ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީ އަށް ޒިޔާރާތްކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ބައްދަލުވުމުގައި އީފާސް ޓީމާއި ބައްދަލުކޮށް އީފާހާއި ބެހޭ މަޢުލޫމާތު ހޯދުމާއި، އިފާސް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ވަގުތުން ވަގުތަށް ޙައްލުކުރާނެގޮތުގެ މައުލޫމާތު ހޯދޭނެއެވެ. މި ބައްދަލުވުން އޮންނާނީ 19 އޯގަސްޓް 2026 ވާ ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ގަލަދުން ޕާކުގައެވެ. އީފާސް […]

ފާތިމަތު ސަޙާ
މޮޅަދޫ ރައްޔިތުން އެދެނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގައި އީއައިއޭ ރިޕޯޓަށް ޢަމަލުކޮށްދިނުމަށް 📍 ހއ. މޮޅަދޫ

މޮޅަދޫ ރައްޔިތުން އެދެނީ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގައި އީއައިއޭ ރިޕޯޓަށް ޢަމަލުކޮށްދިނުމަށް

ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ތައްޔާރު ކުރައްވައި ކައުންސިލްގެ ޚިޔާލު ހޯދުމަށް ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތުން ދިން ޖަވާބަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އީއައިއޭ ރިޕޯޓާ އެއްގޮތަށް ޢަމަލު ކޮއްދެއްވުމަށް ކަމަށް، މޮޅަދޫ ކައުންސިލުން ބުނެފިއެވެ. ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ކައުންސިލްގެ ޚިޔާލު ހޯދުމަށް އެ ވުޒާރާއިން ފޮނުއްވާފައިވާ ކުރެހުމާއި ގުޅޭގޮތުން...

ފާތިމަތު ސަޙާ
ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށްގެންދިޔަ ''އތމ ކޮމެޓީ ވިޔަފާރި ފޯރަމް'' ނިންމާލައިފި

ވިޔަފާރި ފުޅާ ކުރެވޭނެ ގިނަ، ފަހި ފުރުޞަތުތަކެއް ބީއެމްއެލްގައި ހުރިކަމަށާއި، ގޭގައި ތިބެގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކަމާއެކު ވިޔަފާރި ފެށުމަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮއްދޭކަމަށް ފުނަދޫ އތމ ކޮމެޓީއިން ބުނެފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ސޭލްސް އެންޑް އެޑްވައިޒަރީ ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ  “އތމ ކޮމެޓީ ވިޔަފާރި ފޯރަމް 2026 “ގެ ސެޝަންތައް އިއްޔެ ވަނީ ނިންމާލައިފައެވެ. މި ފޯރަމް ބޭއްވީ ހަ [...

ފާތިމަތު ސަޙާ
ޅައިމަގުގައި ހިންގި ހޯމް ގާޑަނަން ޕްރޮގްރާމް ވަރަށް ކާމިޔާބު 📍 ށ. ޅައިމަގު

ޅައިމަގުގައި ހިންގި ހޯމް ގާޑަނަން ޕްރޮގްރާމް ވަރަށް ކާމިޔާބު

ށ. ޅައިމަގުގައި ކުރިއަށް ގެންދިޔަ ހޯމްގަރޑެނިން ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމް މި ދިޔަ ޖޫން 24 ގައި ފަށައި ނިންމާލުމާއި ހަމައަށް ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ވަރަށް ކާމިޔާބު ރަނގަޅު ނަތީޖާ ފެނިގެންދިޔަ ޕްރޮގްރާމެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މި ޕްރޮގްރާމް ހިންގުމަށް ކައުންސިލުން ބިމެއް ހަމަޖައްސައިދީފައިވާއިރު، މި ޕްރޮގްރާމްގެ ދަށުން އެ ބިމުގައި...

ފާތިމަތު ސަޙާ
ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަން ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހް މުހިންމު: އަލީ މޫސާ 📍 ހއ. ހޯރަފުށި

ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރަން ޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހް މުހިންމު: އަލީ މޫސާ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހި ވިޔަފާރިވެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ މުހިންމު ކަމެއް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ މި ބިލުގެ ބަހުސްގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަލީ މޫސާ ވިދާޅުވީ، ގެންނަން ހުށަހަޅާފައިވާ ބަދަލަކީ މީރާ އުފެދ...

އަލީ އާދިލް
ޒުވާނުންގެ ދުވަހު މޮޅަދޫގެ 4000 ފޫޓު ދިގު ތުނޑީމަގުގައި ރުއް އިންދައި ގިނަ ހަރަކާތްތަކެއް 📍 ހއ. މޮޅަދޫ

ޒުވާނުންގެ ދުވަހު މޮޅަދޫގެ 4000 ފޫޓު ދިގު ތުނޑީމަގުގައި ރުއް އިންދައި ގިނަ ހަރަކާތްތަކެއް

ޒުވާނުންގެ ދުވަހާއި ގުޅިގެން ހއ. މޮޅަދޫގައި ރުއް އިންދުމު ބޮޑު ހަރަކާތަކާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މޮޅަދޫ ކައުންސިލްގެ ރައީސް އަބުދުލް މުޙްސިން ”ތިލަދުން” އަށް ވިދާޅުވީ މި ރުއް އިންދުމުގެ ހަރަކާތުގައި ދިގުމިނުގައި 4000 އެއްހާ ފޫޓު ހުންނަ އެރަށުގެ ތުނޑީމަގުގެ ދެ އަރިމަތީގައި ހުރި ރުއްތަކުގެ ތެރެއިން ބަލިކޮށް ހުރި ރުއްތައް ނަގައި، އައު ރުއް އިންދާފައިވާކަމަށެވެ. އެ ރުއްތައް ބެލެހެއްޓުމުގެ މަސައްކަތް، ހަމަޖެހިފައި އޮތް އުޞޫލާއެކު ކުރިއަށް ދާނެ ކަމަށާއި ރުއްތައް […]

ފާތިމަތު ސަޙާ
ޅައިމަގުގައި ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމެއް 📍 ށ. ޅައިމަގު

ޅައިމަގުގައި ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމެއް

ށ. ޅައިމަގުގައި ހަމައެކަނި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ “ޖެންޑާ އެކްޝަން ލާނިން ސިސްޓަމް ޓްރެއިނިން ޕްރޮގްރާމް” ފަށައިފިއެވެ. ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް މަގުފަހި ކުރުމަށް މަޢުލޫމާތު ހޯދައިދިނުމާއި، ވިޔަފާރި ކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، މުޖުތަމަޢު ބާރުވެރި ކުރުވައި، މިންތީގެ ހަމަހަމަކަން ޤާއިމް ކުރުމުގެ މައްޗަށް ބިނާ ކޮއްފައިވާ މި ޕްރޮގްރާމްގައި ޖުމްލަ 25 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމްގައި ކުރިއަށް ގެންދަނީ ދުވާލަކު އެއް ސެޝަންކަމަށާޢި، ކޮންމެ ސ...

ފާތިމަތު ސަޙާ
ބާރަށުގެ ކުނި މައްސަލައަށް ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް، ކުނި މެނޭޖުކުރުން ވެމްކޯއަށް 📍 ހއ. ބާރަށް

ބާރަށުގެ ކުނި މައްސަލައަށް ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް، ކުނި މެނޭޖުކުރުން ވެމްކޯއަށް

ހއ. ބާރަށުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، އެ ރަށުގެ ކުނި މެނޭޖުކުރުމުގެ މުޅި މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު ބާރަށުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ޝިނާންއެވެ. އަދި ބާރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް ޢަލީ ޝަމީމެވެ....

ޔުމްނާ ޢަލީ
އުތީމުގައި ޤައުމީ ފެންވަރުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް، އުތީމު ރައީސްގެ ''ހިޔަހާސް ފަށުން ވިޔަނުވާހާ ގިނަގުނަ ޝުކުރު'' ރައީސަށް 📍 ހއ. އުތީމު

އުތީމުގައި ޤައުމީ ފެންވަރުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް، އުތީމު ރައީސްގެ ''ހިޔަހާސް ފަށުން ވިޔަނުވާހާ ގިނަގުނަ ޝުކުރު'' ރައީސަށް

ހއ. އުތީމުގައި ޤައުމީ ފެންވަރުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ފާހަގަކޮށްދެއްވައި، އުތީމު މަހާރަދުންނާ ގުޅުންހުރި މުހިންމު ދެ މަޝްރޫޢެއް އެ ރަށުގައި ނިންމަވައިދެއްވާފައިވާތީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވައި، ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ. ހޮނިހިރު ދުވަހު އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، އުތީމުގެ ތާރީޚުގައި ރަންއަކުރުން ފަވަައިލެވޭނ...

އަލީ އާދިލް