ރޫޅާލައިފައިވާ އަތުކުރީ ގަޑިއެއް ނީލަމުގައި ވިއްކާލަނީ، ފެށޭ އަގު 10 ރުފިޔާ
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހޮވައިގެން ގެނެސްފައިވާ، ރޫޅާލައިފައިވާ އަތުކުރީ ގަޑިއެއް ސިޓީ ނީލަމުގައި ވިއްކާލަން އެ ކޯޓުން ހުޅުވާލައިފިއެވެ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، މި ގަޑީގެ ވެރިފަރާތް ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން އެއާ ޙަވާލުވާން ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން، އެ ކޯޓުގެ ޤަޟިއްޔާ ނަންބަރު 2026-B12-CIV-272 ޙުކުމާ ގުޅިގެން މި ގަޑި ނީލަން ކިޔުމަށް މިހާރު ވަނީ އިޢުލާނުކޮށްފައެވެ. މި ނީލަން ކުރިއަށްދ...