މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,621 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9621 ޚަބަރުގެ ތެރެއިން
މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރަން ލަގޮނޑި އިންވެސްޓްމަންޓަށް

މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރަން ލަގޮނޑި އިންވެސްޓްމަންޓަށް

ށ. މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރުމަށްޓަކައި ލަގޮނޑި އިންވެސްޓްމަންޓާ ހަވާލުކޮއްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި މަސައްކަތް ކުރުމަށް ލަގޮނޑި އިންވެސްޓްމަންޓާ ޙަވާލުކުރީ 20 އޯގަސްޓް 2026 އިން ފެށިގެން 45 ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތުގެ އަގަކީ 199،890 ރުފިޔާ ކަމުގައި ވެސް ކައުންސިލުން ބުންޏެވެ. މީގެ އިތުރުން މާއުނގޫދޫގެ އތމ ކޮމެޓީގެ ދަނޑުބިމުގައި ފެންސުޖެހުމުގެ މަސައްކަތް ވެސް އެ ކައުންސިލުން ހަވާލުކޮއްފައިވަނީ ލަގޮނޑި އިސްވެންސްޓްމަންޓާއެވެ. އެ މަސައްކަތް ހަވާލު ކޮއްފައ...

ފާތިމަތު ސަޙާ
އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް 📍 ހދ. ކުޅުދުއްފުށި

އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ކުޅުދުއްފުށި ސިޓީއަށް

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ކުންފުނީގެ މަޝްރޫއުތައް ބައްލަވާލައްވައި، ހިދުމަތްތައް އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފިއެވެ. މި ދަތުރުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދު ވެސް ބައިވެރިވެލެއްވިއެވެ. އެމްޑީ ހުސައިން ފަހުމީއާއެކު މެމްބަރު މުހައްމަދު ދާއޫދު ވަނީ މި ދަތުރުގެ އެކި ހަރަކާތްތަކުގައްޔާއި ބައްދަލުވުންތަކުގައި އަމަލީގޮތުން ބައ...

އަލީ އާދިލް
ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް 📍 ހދ. ނޭކުރެންދޫ

ފޯރިގަދަ ސެމީ ފައިިނަލް މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނޭކުރެންދޫ ބަލިކޮށް ހަނިމާދޫ ފައިނަލަށް ދަތުރުކޮށްފިއެވެ. ހަވީރު 16:45 ގައި ފެށި ސެމީގެ މެޗުގައި ހަނިމާދޫ މޮޅުވީ 2-1 ލަނޑުންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ހަނިމާދޫ އިންނެވެ. އެއީ އެ ޓީމުގެ އަލީ ހުސައިން (ދަގަނޑޭ) ޖަހައިދިން ލަނޑެކެވެ. އެއީ ނޭކުރެންދޫގެ އަބާން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޖެހުމެއް ގޯލުގެ ތެރެއަށް […]

ޔުމްނާ ޢަލީ
ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް 📍 ހއ. ކެލާ

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް

ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ “ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ” (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަ...

އަލީ އާދިލް
ހޯރަފުށީގައި ދިރިއުޅޭ 18 އަހަރުން މަތީ މީހުންގެ ސިއްހީ މައުލޫމާތު އެއްކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ދިރިއުޅޭ 18 އަހަރުން މަތީ މީހުންގެ ސިއްހީ މައުލޫމާތު އެއްކުރަނީ

އިބްތިދާއީ ޞިއްޙީ ފަރުވާގެ ނިޒާމް އަލުން އާލާކޮށް ދިރުވުމުގެ ހަރަކާތެއް މިއަދު ހއ. ހޯރަފުށީގައި ފަށައިފިއެވެ. ހޯރަފުށީ ސިއްހީ މަރުކަޒުން ބުނީ އިބްތިދާއީ ޞިއްޙީ ފަރުވާގެ ނިޒާމް އަލުން އާލާކޮށް ދިރުވުމުގެ ހަރަކާތެއް މިއަދުން ފެށިގެން އެ ރަށުގައި ކުރިއަށް ގެންދާނެކަމަށެވެ. މި ހަރަކާތުގެ ދަށުން ރަށުގައި ދިރިއުޅޭ އާބާދީގެ 18 އަހަރުން މަތީގެ ހުރިހާ ދިވެހި ރައްޔިތުންގެ ޞިއްޙީ މައުލޫމާތު އެއްކުރުމުގެ ގޮތުން އެ މަރުކަޒުގެ ޓީމުތައް ރަށުގެ ގޭގެއަށް ޒިޔާރަތްކުރަމުން ގެންދާނެކަމަށް އެ މަރުކަޒުން […]

ފާތިމަތު ސަޙާ
ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް 📍 ހއ. ފިއްލަދޫ

ދައްޕަރުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް ހިންގުމަށް 226 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ބީލަމަށް

ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ދަށުގައި އޮންނަ ދައްޕަރު ސަރަހައްދުގައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްގީކޮށް، އޮޕަރޭޓްކޮށް އަދި މެނޭޖްކުރުމަށްޓަކައި މޫދާއެކު 226.13 ހެކްޓަރުގެ ބިން ކުއްޔަށް ދޫކުރުމަށް ފިއްލަދޫ ކައުންސިލުން އާންމުކޮށް ބީލަމަށް ހުޅުވާލައިފިއެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަރުތުހަމަވާ ފަރާތްތަކުގެ ތެރޭގައި ޤާނޫނީގޮތުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕ...

ޔުމްނާ ޢަލީ
ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ 📍 ހދ. ކުޅުދުއްފުށި

ބޭރުން ކިޔެވުމުގެ އެހީތެރިކަމަށް ''އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ'' ކުޅުދުއްފުށީގައި ބާއްވަނީ

ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ‘އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ’ ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮއްފިއެވެ. އެހެންވެ، މި އެކްސްޕޯގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީކުރުމަށް މިހާރު ހުޅުވާލައިފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު 2 ވާ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް، ކުޅުދުއްފުށި ސިޓީގެ ފުނަވަލު މާލަމުގައެވެ....

ފާތިމަތު ސަޙާ
މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށް ޑަބްލިއުޑީސީތަކަށް ޚާއްސަ ވެބިނާއެއް 📍 ހއ. ދިއްދޫ

މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށް ޑަބްލިއުޑީސީތަކަށް ޚާއްސަ ވެބިނާއެއް

މުޖުތަމައުގެ އިސްކަންދޭ ކަންކަން އަމަލީ މަސައްކަތަށް ބަދަލުކުރުމަށްޓަކައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއު.ޑީ.ސީ) ޚާއްސަކޮށްގެން ބާއްވާ ވެބިނާއެއްގައި ބައިވެރިވުމަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ވެބިނާއަކީ “މުޖުތަމައުގެ ބޭނުންތަކުން އަމަލީ ނަތީޖާއަށް” މި ޝިއާރުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ވެބިނާއަކީ ހއ. ދިއްދޫ ކުރިމަގު ޖަމިއްޔާ އާއި ހައިވް ޑިޖިޓަލް ސެންޓަރު ގުޅިގެން، ޑަބްލިއު.ޑީ.ސީ ތަކަށް ބޭއްވުމަށް ނިންމާފައި...

ޔުމްނާ ޢަލީ
ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު 📍 ހދ. ނައިވާދޫ

ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ.އަތޮޅުގެ ސެމީ ފައިނަލް މެޗުތައް މިއަދު

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ. މިގޮތުން މިއަދު ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ހަނިމާދޫ އާއި ގްރޫޕް ބީގެ ދެވަނަ ހޯދި ނޭކުރެންދޫ އެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:45 ގައެވެ. ސެމީގެ ދެވަނަ މެޗު ފަށާނީ މިރޭ 20:30 ގައެވެ. މި މެޗުގައި ކުޅޭނީ ގްރޫޕް ބީ އިން އެއްވަނަ ހޯދި މިވަގުތު ރާއްޖޭގެ ފުޓްސަލް […]

ޔުމްނާ ޢަލީ
ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ރަށުގެ ޚިދުމަތްތެރި ކަނބަލުންގެ އަގުވަޒަންކޮށް އެވޯޑު ދީފި

ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)އިން އެރަށުގެ ޚިދުމަތްތެރި އަންހެންބޭފުޅުންގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ. މި އެވޯޑްތައް ދީފައި ވަނީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ކޮމެޓީން އިންތިޒާމްކޮށްގެން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ޙަފްލާއަކީ ގިނަ ދުވަހު ރަށަށް ޚިދުމަތް ކޮއްދެއްވާފައިވާ ކަނބަލުންނާއި ފާހަގަ ކޮއްލެވޭ ކާމިޔާބީތައް ހޯދައި، ރަށަށް ރީތިނަން ހޯދައިދީފައިވާ ރަށުގެ ކަނބަލުންނާއި އާމްދަނީ ހޯދުމަށް ގޭގައި ކުރާ މ...

ފާތިމަތު ސަޙާ
ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ "ޝޮޕް ވިސިޓް" ޕްރޮގްރާމެއް

ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޚާއްޞަ “ޝޮޕް ވިސިޓް” ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ށ.ފީވަކުގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކުށްމަދުކުރުމުގެ އިތުރުން ވިޔަފާރިވެރިން ހޭލުންތެރިކުރުން ކަމުގައި ށ. އަތޮޅު ފުލުހުން ބުނެފައިވެއެވެ. ށ. އަތޮޅު ފުލުހުން ބުނެގައިވާ ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ (ސްކޭމް) މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ފިހާރަ ބަންދުކުރާއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން...

ފާތިމަތު ސަޙާ
''މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10-12 އަހަރުން ދަށުގެ މުބާރާތް'' ހަނިމާދޫގައި ބާއްވަނީ 📍 ހދ. ހަނިމާދޫ

''މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕްގެ 10-12 އަހަރުން ދަށުގެ މުބާރާތް'' ހަނިމާދޫގައި ބާއްވަނީ

“މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް – 10-12 އަހަރުން ދަށުގެ މުބާރާތް” ހދ. ހަނިމާދޫގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. މި މުބާރާތް ހަނިމާދޫގައި ކުރިއަށް ގެންދިއުމާ ގުޅޭގޮތުން، ސޮކާ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްވީއޭ) އިން ހަނިމާދޫ ކައުންސިލާއެކު ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމް ” ތިލަދުން ” އަށް ވިދާޅުވީ، މައިލޯ އެކަޑަމީ ޗެމްޕިއަންޝިޕް – 10-12 އަހަރުން ދަށުގެ […...

ފާތިމަތު ސަޙާ
ފީވަކު އަންހެނުންގެ ކޮމެޓީގެ ވޮލީމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފީވަކު އަންހެނުންގެ ކޮމެޓީގެ ވޮލީމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފީވަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) އިން އިސްނަގައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ”ޑަބްލިޔުޑީސީ ވޮމެންސް ވޮލީބޯލް ޓޯނަމަންޓް 2026” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ފީވަކު ކަނބަލުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށާއި، ވޮލީބޯޅަފަދަ ކުޅިވަރުތަކުގެ ރޫޙު ދިރުވައި އާލާކޮށް، ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމާއި، އެ ފަރާތްތަކަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. ހަމައެކަނި ށ.ފީވަކު ކަނބަލުންގެ ޓީމްތަކ...

ފާތިމަތު ސަޙާ
176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް 📍 ހއ. ދިއްދޫ

176 ދަރިވަރުންނާއެކު ދިއްދޫގައި ނަމާދުވޯކްޝޮޕް

ހއ.ދިއްދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ނަމާދުވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ބުނިގޮތުގައި މި ނަމާދު ވޯކްޝޮޕަކީ އެ ކޮމެޓީއާއި ދިއްދޫ ކައުންސިލް ގުޅިގެން ރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ޖުމްލަ 176 ދަރިވަރުން ބައިވެރިވެފައިވާކަމަށް އެ ކޮމެޓީން މައުލޫމާތުދެއެވެ. މި ނަމާދު ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންގޮސްދެއްވީ އިސްލާމިކް ލައިފް ކޯޗިންގެ ސީއީއޯ އައްޝައިޚް މުޙައްމަދު އަފްޒަލްއެވެ. މި ވޯ...

ފާތިމަތު ސަޙާ
މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި 📍 ހދ. ކުޅުދުއްފުށި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމުގެ ޤައުމީ ކޮންފަރެންސް ކުޅުދުއްފުށީގައި

މޫސުމީ ކަންކަމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޒުވާނުން އިސްނަގައިގެން ބާއްވާ ޤައުމީ ކޮންފަރެންސް، ލޯކަލް ކޮންފަރެންސް އޮފް ޔޫތު (އެލްސީއޯވައި މޯލްޑިވްސް) ހދ. ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކޮށް ކުޅުދުއްފުށީ ސިޓި ކައުންސިލުން ބުނީމި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ 20 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:30 އިން 17:00 އަށް ކަމަށެވެ. އެހެންވެ، މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝަައުޤުވެރިވާ ފަރާތްތަކުން އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ...

ފާތިމަތު ސަޙާ