މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

އުރީދޫ ވާޗުއަލް ދުވުމުގައި ތިލަދުންމަތި ތަމްސީލް ކުރާނީ މި ތިން ދުވުންތެރިން

މި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އުރީދޫ ވާޗުއަލް ދުވުމުގައި އަތޮޅުތައް ތަމްސީލް ކުރާ ދުވުންތެރިން އިއުލާން ކޮށްފިއެވެ. މި ދުވުމުގައި ހއ. ތަމްސީލު ކުރާނީ މައުމޫން އަބްދުލް ސައްތާރެވެ. އަދި ހދ. އަތޮޅު އައިޝަތު މިޒްނާ ތަމްސީލު ކުރާއިރު ށ. އަތޮޅު ތަމްސީލް ކުރާނީ އަހުމަދު ޒާހިދެވެ. މީގެ އިތުރުން ނ. އަތޮޅު އަބްދު ޔާސިރު ތަމްސީލު ކުރާއިރު ރ. އަތޮޅު އަބްދުލް ލަތީފު ހަސަން، ބ. އަތޮޅު މުހައްމަދު މަދީން، ޅ. އަތޮޅު […]

އަޙްމަދު ވަހީދު
ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ 📍 ހދ. ނޮޅިވަރަންފަރު

ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނަގަން ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާއިން ދަނޑުވެރިކަން ކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުބިންތަކުން ކުލިނެގުމަށް ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައި ދޫކޮށްފައިވާ ދަނޑުތަކުން ކުލިނެގުމާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީއާއި ގުޅިގެން އެ ކައުންސިލުން ދަނޑުވެރިކަންކުރުމަށް ކުލީ ދަނޑުގެގޮތުގައ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންދާ މަގުތައް ބޭނުންކުރަންވާނީ ހުޅުވާލުމުން: ކައުންސިލް

ހަނިމާދޫގައި ތާރުއަޅަމުންދާ މަގުތައް ނިންމައި ބޭނުން ކުރުމަށް ހުޅުވާނުލަނީސް އެ މަގުތައް ބޭނުން ނުކުރުމަށް ހަނިމާދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ހަނިމާދޫގައި ތާރުއަޅައިގެން ހަދަމުންގެންދާ މަގުތަކުގެ ތެރެއިން ތާރު ފަށަލަ އެޅުމަށްފަހު އެމަގުތައް ވަކިގަޑިތަކެއް ވަންދެން ބޭނުން ނުކޮށް ތާރުހިކުމަށް ބާއްވަންޖެހޭތީ، ބޭނުންކުރުން މަނާ ކުރެވިފައިވާ މަގެއްކަން އެންގުމަށްޓަކައި އިންޒާރުގެ ޓޭޕް ދަމާފައިވަނިކޮށް، އެޓޭޕް ކަނޑާލުމަށްފަހު މަގ...

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ

ކުޅުދުއްފުށީގައި އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ

ހދ. ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ޕްރީފެބްރިކޭޓެޑް ޕަވާހައުސްގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފްއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުއާއެކު މިއަދު ކުރިއަށް ދިޔަ މި މަޝްވަރާއި ގުޅޭގޮތުން މެންބަރު ޔާސިރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ޔަގީންކަން ދެއްވި ކަމަށެވެ. މި ބައްދަލުވުމުގައި މި މަޝްރޫޢު އަވަހަށް ނިންމުމަށް، ފެނަކަ...

އަލީ އާދިލް
ކުޅުދުއްފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުންދާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ. ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މިއަދު ކުޅުދުއްފުށި ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެނަމަ ކޮންމެ މީހަކު ވެސް މާސްކު އެޅުމަށާއި، އަދި އެކިއެކި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ކަމުގައިވާ ޓެކްސީ ޑްރައިވަރުންނާއި ފިހަރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ޚިދުމަތް ދެއްވަން ތިއްބަވާއިރު...

އިބްރާހިމް ޚަލީލް
ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް

ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް

ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 46 އަކަށް އަރައިފިއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ކަމަށް ބެލެވިގެން، އެ ފަރާތްތަކުގެ ސާމްޕަލްތަކާއި އެކު ފީވަކުން މިހާތަނަށް ޖުމްލަ 107 ސާމްޕަލްއެއް ވަނީ ނެގިފައެވެ. އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވް ވިއިރު […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފި

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 7 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 51 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުރިން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ 18 ފަރާތެއްގެ ސާމްޕަލް މިއަދު ނަގައި ޓެސްޓް ކުރެވުނު އިރު، އޭގެ ތެރެއިން 7 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް […]

ޔުމްނާ ޢަލީ
ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ހދ. އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯރޓްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

ކުޅުދުއްފުށި ސިޓީގައި ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ ހދ.އަތޮޅު ކައުންސިލުން ދެމުން އަންނަ ޓްރާންސްޕޯޓްގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ. އެ ކަސުންސިލުން މިކަން ހާމަކޮށް މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ކޯވިޑް ފެތުރެމުންއަންނާތީ، އެ އިދާރާއިން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ އިދާރާއިން ދެމުންއަންނަ  ތިން ޚިދުމަތެއް 01 އޯގަސްޓް 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލާފައިވާކ...

އިބްރާހިމް ޚަލީލް
ކޭސްތަކުގެ އަދަދު މައްޗަށްދާތީއާއި، ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވަމުން ދާތީ ކޭއާރުއެޗްގެ ހާއްސަ އިލްތިމާސްއެއް 📍 ހދ. ކުޅުދުއްފުށި

ކޭސްތަކުގެ އަދަދު މައްޗަށްދާތީއާއި، ރެންޑަމް ސާމްޕަލް ވެސް ޕޮޒިޓިވްވަމުން ދާތީ ކޭއާރުއެޗްގެ ހާއްސަ އިލްތިމާސްއެއް

ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވަމުން އައުމާއި އަދި އެ ސިޓީން ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ވެސް ޕޮޒިޓިވް ކޭސްތައް ފެނިފައިވާތީ އިތުރަށް ސަމާލުވެ ރައްކާތެރި ފިޔަވަޅުތަކާއިއެކު އުޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިލްތިމާސް ކޮށްފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ ފާއިތުވި ދެ ދުވަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ނުލިބޭ 94 ސާމްޕަލެއް ހިމެނޭ ކަމަށެވެ. ނަމަވެސް މިއަދު އެ ސާމްޕަލްތަކުގެ ނަތީޖާ ލިބޭނެ ކަމަށެވެ. ކުޅުދުއްފު...

އިބްރާހިމް ޚަލީލް
ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި 📍 ހއ. ދިއްދޫ

ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހއ. ދިއްދޫގައި ކަރަންޓީނު ކުރެވިފައިވާ ގޭތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު 500 ރުފިޔާ ހަމަޖައްސައި ދިނުމަށް ސަރުކާރަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ގޮވާލައިފިއެވެ. ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ބަންދުން ވީއްލުނުތާ ހަފުތާއެއްގެ ތެރޭގައި ރަށުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެގެން އަލުން ދިއްދޫ ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވ...

ޝިއުނާ އާދަމް
ސްމާޓޭ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ކުމުންދޫގައި އެކަޑަމީއެއް 📍 ހދ. ކުމުންދޫ

ސްމާޓޭ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ކުމުންދޫގައި އެކަޑަމީއެއް

ސްމާޓޭ ފުޓްބޯޅަ އެކަޑަމީގެ ނަމުގައި ހދ. ކުމުންދޫގައި ފުޓްބޯޅަ އެކަޑަމީއެއް ތަޢާރަފްކޮށް އެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކުމުންދޫގައި ފުޓްބޯޅައިން ރަނގަޅު ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި އެކަޑަމީގައި ކޯޗެއްގޮތުގައި މަސައްކަތް ކުރާނީ އެ ރަށު، އަލީ ހަސަން (ސްމާޓޭ) އެވެ. މި އެކަޑަމީ ފަށުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 30 ބައިވެރިންނާއި އެކުގައެވެ. އެއީ 5 އަހަރާއި 10 އަހަރާއި ދެމެދުގެ 15 ބައިވެރިންނާއި 10 އަހަރާއި 15 އަހަރާއި ދެމެދުގެ […]

އިބްރާހިމް ޚަލީލް
ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި 📍 ހއ. މޮޅަދޫ

ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ. އުމުރުން މިހާރު ފަންސާހުގ...

އިބްރާހިމް ޚަލީލް
ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 19 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކުރިން ޕޮޒިޓިވްވި މީހުންނާއި، ސީދާ ބައްދަލުވި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. “މިހާރު ވެސް މިދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން، އަލާމާތް ފެނިގެން އަމިއްލައަށް ވެސް ސާމްޕަލް ނަގަން ބޭނުންވެގެން އެބަ ރިކުއެސްޓް […]

ޙުސައިން ޝަހުދީ
ކުޅުދުއްފުށީގެ އަދަދު މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގެ އަދަދު މައްޗަށް، އިތުރު 8 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށިން އިތުރު 8 މީހަކު ކޯވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ސިޓީން އިތުރު 8 މީހަކު ވަނީ މިއަދު އަލަށް ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި 8 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލް ތަކުން ޕޮޒިޓިވްވި މީހުންނެވެ. މިއާއިއެކު އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ޢަދަދު 34 އަށް އަރާފައިވާ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެއެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ […]

ޝިއުނާ އާދަމް
ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް 📍 ހއ. ތަކަންދޫ

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް

ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ތަކަންދޫން ޕޮޒިޓިވްވީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އޭނާ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެއެވެ. ޕޮޒިޓިވްވިކަން އިނގުނީ މިއަދު އެވެ. އެރަށުން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިއިން ދުވަހަކު ދަތުރެއް ވެސް ނުކޮށް ރަށުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ހާސްކަން ކުރިމަތިވެފައިކަމަށެވެ. އަދި މި ދުވަސްވަރަކީ […]

ޔުމްނާ ޢަލީ