މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

9,633 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހުރިހާ ރަށެއްގެ ޚަބަރު

9633 ޚަބަރުގެ ތެރެއިން
ގިނަ ދުވަހު މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ނެދޭވޭ އަސަރުތަކެއް ކުރާނެ، ރައްޔިތުންގެ އެއްބާރުލުން ބޭނުން: މޭޔަރ 📍 ހދ. ކުޅުދުއްފުށި

ގިނަ ދުވަހު މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ ނެދޭވޭ އަސަރުތަކެއް ކުރާނެ، ރައްޔިތުންގެ އެއްބާރުލުން ބޭނުން: މޭޔަރ

ކުޅުދުއްފުށި ސިޓީ ގިނަ ދުވަސްތަކަކަށް މޮނިޓަރިންގ ގައި އޮންނަން ޖެހިއްޖެނަމަ އެރަށުގެ އިޤްތިޞާދަށާއި އާންމު ފަރުދުންގެ ދިރިއުޅުމަށް އެތަށް ނެދޭވޭ އަސަރުތަކެއް ކުރާނެކަމުން މި ހާލަތުން އަރައިގަތުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން އެދޭކަމަށް މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެ އެވެ. މޭޔަރ މިހެން ވިދާޅުވީ ކުޅުދުއްފުށި ސިޓީ އިން ގުޅުމެއް ނެތް  ފުލޫ ސާމްޕަލްތަކެއް ޕޮސިޓިވްވެ އެސިޓީ މޮނީޓަރިންގ ހާލަތަށް ގެނެސްފައިވަނިކޮށް މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. “މި ޙައް...

އިބްރާހިމް އަސްވާޤް
ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް ބަންދު 📍 ހއ. ދިއްދޫ

ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް ބަންދު

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސް އެއް ފެނި ހއ. ދިއްދޫ އަނެއްކާވެސް ބަންދު ކޮށްފިއެވެ. އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. މި ކޭސް އާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން (އެޗްޕީއޭ) އިން ދިއްދޫ ކައުންސިލަށް އެންގީ މިރޭ 20:43 ގައެވެ. އަދި ސިއްޙީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި ރަށް މޮނިޓަރ ކުރުމުގެ ގޮތުން، […]

އަޙްމަދު އަރުޝަމް
ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް: ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ޕޮޒިޓިވްވެ ޖުމްލަ 14 އަށް 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް: ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ޕޮޒިޓިވްވެ ޖުމްލަ 14 އަށް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ފުލޫ އޯޕީޑީއަށް ދެެއްކި 4 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށީގެ ޖުމްލަ 14 އަށް އަރައިފި އެވެ. ކޭއާރުއެޗްއިން ވިދާޅުވީ މިހާރު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑްއެއް އޮތްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންކަމުން މާސްކުއަޅައި ގައިދުރުކޮށް އެއްވުންތައް ވީހާވެސް މަދުކުރުމަށް އެދިފައިވެއެވެ. ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އެ ކުއްޖާއާއި ގުޅުން...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުގެ 30ގައެވެ. މި މަސައްކަތް ނިންމަން 360 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. މިއީ 90.5 މިލިއަނ...

އަޙްމަދު ވަހީދު
ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ ތައްޔާރީތައް ޒުވާނުންގެ ޖަމިއްޔާއިން ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީ ކުރުމުގެ ތައްޔާރީތައް ޒުވާނުންގެ ޖަމިއްޔާއިން ފަށައިފި

ބޭޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް ހަނިމާދޫ ސްކޫލާއި ގުޅިގެން އެ ޖަމްޢިއްޔާއިން ވާން ފަށައިފިއެވެ މިގޮތުން 25 ޖުލައި 2021 ވީ އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގާ ކޮމިޓީން ވަނީ ހަނިމާދޫ ސްކޫލުގެ އިސް […]

އިބްރާހިމް ޚަލީލް
ޢީދަށް ދާންވީ ބާރަށަށް 📍 ހއ. ބާރަށް

ޢީދަށް ދާންވީ ބާރަށަށް

1442 ވަނަ އަހަރުގެ ބާރަށުގެ އަޟްޙާ ޢީދު ޝެޑިއުލް މިފަހަރު މި ފެނުނީ މާ ފަހުންނެވެ. މިހެން ހިތަށްނޭރިއްޔާ ދެރަތާއެވެ. ޢީދު ދުވަހުން ފަށައިގެން ޖުމްލަ ހަ ދުވަހުގެ ނިޔަލަށް އަތުރާލާފައިވާ ތަފާތު ކުޅިވަރުތަކާއި އެ ކުޅިވަރުތަކުގެ މާހައުލުގެ ހިތްގައިމު ފޮޓޯތައްފެނި މިކަމަށް ޢިތުރު ޝަޢުޤެއް އުފައްދައިފިއެވެ. ޢީދުދުވަހު ޢީދު ނަމާދުން ފޭބުމާއެކު ކުޅިވަރުތައް ފެށުނީއެވެ. ދެން ހަމަ ހުއްޓިލާ ހުންނާނެ ވަގުތެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ޢީދު ނަމާދަށް ފަހު ރަށުގެ ކުދިބޮޑު […]

އިބްރާހިމް ޚަލީލް
މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި 📍 ހދ. ކުރިނބީ

މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި

މޫސުން ގޯސްވެ ކުރިނބީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ވާކަނޑައިގެން ގޮސް އެރަށު ފަރަށް އަރައިފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:45 ހާއިރުކަމަށެވެ. މި ދޯނި އަރައިފާވަނީ އެރަށު ފަޅުގެ ނެރުބައްތި ކައިރި ތޮށިގަނޑަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ދޯނި މިހާރު ވަނީ އެރަށު ރައްޔިތުން ނިކުމެ އެއްގަމުކޮށްފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ދޯނި އެއްގަމުކުރެވުނު ނަމަވެސް އެ […...

އަޙްމަދު އަރުޝަމް
ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ކުނބުރުދޫ ނުވަތަ ކޭލަކުނު ހިމެނުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީގެ އިހްތިސާސް ތެރެއަށް، ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނު ހިމެނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެދިއްޖެ އެވެ. ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ މިގޮތަށް މަޝްވަރާ ކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެސިޓީއަށް ދާދިފަހުން ކުރެއްވި ދަތުރުގައި އެކައުންސިލް އާއިއެކު ކުރިއަށްގެންދިޔަ މަޝްވަރާ ތަކުގެ ތެރޭގައި ކަމަށެވެ. މިކަމުގެ މަޢުލޫމާތު “ތިލަދުން” އާއި ހިއްސާ ކުރައްވަމުން މޭޔަރު މުޙައްމަދު ޢާޠިފު ވިދާޅުވީ، ކުޅުދުއްފުއްށި ސިޓީގެ ބި...

އިބްރާހިމް އަސްވާޤް
އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި 📍 ށ. ބިލެތްފަހި

އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި

ށ. ބިލެތްފަހީގެ ބަނދަރުގެ މަސައްކަތ ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލްކޮށްފަ އެވެ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މ24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ...

އަޙްމަދު ވަހީދު
ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލް

ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އަރައި މިއަދުގެ ދަތުރުތައް ކެންސަލްކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު އޮތް ހުރިހާ ދަތުރެއް ވަނީ މާދަމާއަށް ފަސްކޮށްފައެވެ. ދަތުރުތައް ކެންސަލް ކުރީ މިއަދު ކުރި ވިއްސާރައިގެ ސަބަބުން އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ މެއި މަހުވެސް އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ. މި ދަތުރުތައް އަލުން ފެށީ މިދިޔަ މަހުއެވެ. ހޯރަފުށީ އެއާޕޯޓަކީ މި ސަރުކާރުން ހެދި ފުރަތަމަ އެއާ...

އަޙްމަދު ވަހީދު
ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ޔުމްނާ ޢަލީ
ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބޭސިކް ފަހާ ކޯހެއް ފަށަނީ 📍 ހއ. ދިއްދޫ

ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ބޭސިކް ފަހާ ކޯހެއް ފަށަނީ

ހއ. ދިއްދޫގައި އަންހެންވެރިންނަށް ޚާއްސަ ކޮށް ބޭސިކް ފަހާ ކޯހެއް ފަށަން ނިންމައިފި އެވެ. މި ކޯސް އިންތިޒާމް ކޮށްފައިވަނީ ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީންނެވެ. އެ ކޮމިޓީން އިއްޔެ ވަނީ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކައް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 00:00 ގެ ކުރިން ނަންނޯޓުކުރަން ޖެހޭނެކަމަށް އެ ކޮމިޓީން ހާމަކުރިއެވެ. 15 ދުވަހުގެ މުއްދަތަކަށް […]

އަޙްމަދު އަރުޝަމް
ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް 📍 ހދ. ކުޅުދުއްފުށި

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި މޮނީޓަރިންއަށް

ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނީޓަރިންއަށް ލައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތު ދެމުން ބުނެފައިވަނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގުނު 13 އަހަރުގެ ކުއްޖެއް ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވްވެފައިކަމަށެވެ. އެހެންކަމުން މި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިފައިވާކަމަށާއި, ކުޅުދުއްފުށި ސިޓީ މިވަގުތުވަނީ މޮނީޓަރިންގ އަށް ލެވިފައިކަމަށް ކޭއާރުއެޗް އިން ބުނެ އެވެ. ކުޅުދުއްފުށ...

އިބްރާހިމް އަސްވާޤް
ހއ އަތޮޅުން ނ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅުން ނ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ނ އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރުނީ ބޯކޮށް ވާރެވެހުމާއެކު ގުގުރާނޭކަމަށް ލަފާކުރެވުމުންނެވެ. މި ވައިޓް އެލާޓް ނެރެފާވަނީ މިއަދުގެ 17:00 އާއި 22:00 އާ ދޭތެރެއަށެވެ. މިވަގުތުތަކުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުންޏެވެ. މިއަދުގެ 10:00 އިން މާދަމާގެ 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލ...

އަޙްމަދު އަރުޝަމް
2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް: ވަޙީދު 📍 ހއ. ދިއްދޫ

2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް: ވަޙީދު

2019 ވަނަ އަހަރަކީ ދިއްދޫގެ ޙަޔާތުން ގެއްލިގެން ދިޔަ އަހަރެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، ރޭ “ދިއްދޫ ކުރިމަގު” ކްލަބްހައުސް ފޯރަމްގައި ބައިވެރިވި ދިއްދޫ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްކެވި ވާހަކާގައެވެ. މެންބަރު ވަޙީދު ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމުގެ ހުވާކުރެއްވުމަށްފަހު 20 ސެޕްޓެމްބަރު 2019 ގައި ރަށުގައި ރައްޔިތުންނާއެކު ޢާންމު ބައްދަލުވުމެއް ބޭއްވިކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، އޭގެ ފަހުން އެ ޙާލަތު ވަ...

އަލީ އާދިލް