📍 ހދ. ކުޅުދުއްފުށި
ކައިޓްބޯޑިން ކުޅުދުއްފުށީގެ ފަރާތުން ބޭއްވި "ލައިޓް ޝޯ" ވަރަށް ހިތްގައިމު
ހދ.ކުޅުދުއްފުށި ސިޓީގައި އެ ރަށުގެ ކައިޓްސާފަރުން “ލައިޓް ޝޯ” ގެ ނަމުގައި ކައިޓް ދުއްވުމުގެ ވަރަށް ހިތްގައިމު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކައިޓްބޯޑިންގެ ކުޅުދުއްފުށީގެ ފަރާތުން 22 ޖުލައި 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކައިޓްތަކާއި އަދި ކައިޓް ސާފަރުންގެ ގައިގައި ކުލަބޮކިލައި ދިއްލައިގެން ވަނީ ކައިޓް ދުއްވާފައެވެ. އެކިކުލަކުލައިން ކައިޓްތައް ދިއްލާލައިގެން ކުރިއަށް ގެންދިޔަ ހިތްގައިމު މި ހަރަކާތް ބަލައިލަން އެ ސިޓީގެ […]