ކޯވިޑް-19 އާއި ގުޅިގެން މަހެއްހާ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު އެރަށް އެ ހާލަތުން ނަގާފައިވާ ކަން އެޗްޕީއޭއިން އެރަށަށް އަންގައިފިއެވެ.
ދިއްދޫއިން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 24 ޖޫން 2021 ގައެވެ.
އެ ރަށުގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިން އިން ނެގިކަން އަންގާފައި ވަނީ 21 ޖުލައި 2021 ވީ ބުދަ ދުވަހުގެ ރޭ 22:45 ގައެވެ.
24 ޖޫންގައި ދިއްދޫގެ ކޮމިއުނިޓީން ކޯވިޑް ފެނުމާއިއެކު އެރަށުން 146 މީހަކު ވަނީ މި ބަލި ޖެހިފައެވެ. އޭގެތެރެއިން 100 އަށް ވުރެ ގިނަ މީހުން މިހާރު ބަލިން ވަނީ ރަނގަޅު ވެފައެވެ.
ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ 14 ރަށެއް މިވަގުތު ވެސް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!